ހދ.ނޭކުރެއްދޫގައި އަޅާ ޖަލު ސަރަހައްދުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ގެ ހަދައިދޭނޭ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސްއިން ކުރި އިއުލާނެއްގައި ވަނީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެެވެ.

އެ އިއުލާނުގައި ވާގޮތުން ނޭކުރެންދޫގެ ޖަލު ސަރަހައްދުގެ އީއައޭ ރިޕޯޓު ހަދަން ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި އަންދާސީ ހިސާބު މިމަހުގެ 26 ވަނަ ދުވަހު ހުށަހެޅޭނެއެވެ.

ނޭކުރެންދޫގައި ޖަލެއް އެޅުމަށްޓަކައި 21 ހެކްޓަރުގެ ބިމެއް އެރަށުގެ ދެކުނު ފަރާތުން ވަނީ ކަނޑަޢަޅާފައެވެ. އެރަށުގައި ހައި ސެކިއުރިޓީ ޖަލެއް އަޅަން ވައުދުވީ ކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައިވެސް އެ މަސައްކަތް ކުރިއެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގެ ހޯމް މިނިސްޓަރގެ މަޤާމުގައި ޢުމަރު ނަޞީރު ހުންނެވި ދުވަސްވަރު ޖަލު އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިސޮރު

    އުމަރު ވަރަށް ބާރަށް ކޮން ކަމެއް ކުރީ

  2. ބަޒުރާ

    ނޭކުރެންދޫގައި ޖަލުއެޅުމުން ދައުލަތުގެ ބަޖެޓަށް ބާރުބޮޑުވާނެ މިންވަރު ދެނެގަތުމަށް ރިޕޯޓެއް ހެދުން މާ މުހިންމުވާނެ. ޖަލުން ކޮންމެ ދުވަހަކު މާލެއަށް މީހުން ގެންނަން ޖެހޭނެކަމަށް ވިސްނަންވާނެ. ރަށުން ލިބެންނެތް ޞިއްޙީ ފަރުވާއަށް، ޖިނާއީކޯޓުގައި ހުރި މައްސަލަތަކަށް، މީ އަބަދުވެސް ހިނގާކަންކަން.