ވަގުތީ ގޮތުން ވަޒީފާ ދޭ މުވައްޒަފުން ގެ ޕްރޮބޭޝަން މުއްދަތު 6 މަހަށް އިތުރުކުރުމަށް އިސްލާހު ހުށަހެޅުމުން އިދިކޮޅު ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ފާޑުވިދާޅުވެއްޖެއެވެ.

ޕްރޮބޭޝަން މުއްދަތު ހަމަސް ދުވަހަށް އިތުރު ކުރުމަށް އިސްލާހު ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގައި މިހާރު އޮންނަނީ ތިން މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް، ޕްރޮބޭޝަންގައި މުވައްޒަފުން ބޭތިއްބޭނެ ކަމަށެވެ. އެހެން ނަމަވެސް މިއިސްލާހަށއ ފަހު 6 މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޕްރޮބޭޝަންގައި ބެހެއްޓިދާނެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިއީ އަނިޔާއެއް ކަމަށާއި، އިދިކޮޅަށް ވެރިކަން ލިބިއްޖެ ކަމުގައިވާނަމަ އެ މުއްދަތު ހަމަސްދުވަހުން މިހާރު އޮތް ގޮތަށް ބަދަލުކުރާނެ ކަމަށެވެ/

ކުރިއަރާފައިވާ ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތް ހޮންކޮންގް އަދި ޗައިނާ ފަދަ ގައުމުތަކުގައި ވެސް ވަޒީފާގެ ޔަގީންކަމެއް ނެތި ޕްރޮބޭޝަން ޕީރިއަޑެއް ނޯވެއެވެ. ވަޒީފާ ދާއިމީ ވުމުގެ ކުރިން އެމީހަކު ވަޒީފާ އިން ވަކިކުރަނަމަ އަމަލު ކުރަން ޖެހޭ އުސޫލުތަކެއް އެހެން ގައުމުތަކުގައި ލިޔެވިފައި ހުރެއެވެ.

އެމުއްދަތުގައި ވެސް ވަޒީފާދޭ ފަރާތުން ބޭނުންވާ ކޮންމެ ވަގުތަކު މުވައްޒަފު ވަޒީފާ އިން ވަތްކެއް ނުކުރެވޭނެއެވެ. އެމުވައްޒަފަކު ވަޒީފާ އިން ވަކިކުރެވޭނީ އެއްބަސްވުމުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތުގެ މަތިންނެވެ. އެއްބަސްވުމާއި ހިލާފަށް ވަޒީފާ އަދާކުރާ މުވައްޒަފުގެ އަމަލުތައް ނެތް ނަމަ، އޭނާ ވަޒީފާ އިން ވަކިކުރުން ކުރިއަރާފައިވާ ގައުމުތަކުގެ ޤާނޫނުތަކުން މަނާކުރެއެވެ.

މީގެ އިތުރުން ސަލާމް ބުނުމުގެ ގަވައިދަށްވެސް ވަނީ ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައެވެ. އެގޮތުން ޑޮކްޓަރެއްގެ ސެޓްފިކެޓް ހުށަނާޅައިފި ނަމަ އޭރުން ބަލާނީ ވަޒީފާއަށް ހާޒިނުވާ ދުވަހެއްގެ ގޮތުގައެވެ. އަދި އެދުވަހެއްގެ މުސާރައެއްވެސް ނުހިނގާނެއެވެ.

މި ބަދަލުތައް ހިމެނޭ އިސްލާހަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމީ

    އެމްސީ(ސަލާމްސެޓުފިކެޓު) ދޫ ކުރާކުލިނިކު ތަކަށް ވަރައް ފައިދާ ވާނެ،،، 300 އަށް އެމްސީ އެއް މިހާރުވެސް ލިބެނީ.... އޮލިމްޕަސް ކާރިހުންނަ ކުލިނިކަކުން ކުއްލިއަކައް އެމްސީ ހޯދާކުދިންގެ މައުލޫމާތައް ބުނެލިން

    12
  2. މަރީ

    މަޖިލީހަށް ހާމިރު ނުވާ ދުވަސް ތަކަށް މަޖިލިސް މެމްބަރުންގެ މުސާރަޢާއި އެލަވަންސް ކަންޑަން ފެނޭ. މިހާރުވެސް ދައުލަތުގެ ބޮޑު މުސާރަ ނަންގަވަނީ އެބޭފުޅުން