ގދ. ތިނަދޫ ދަނޑުކޮޑޭ އަވށު ވަލުގައި ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ސަރަހައްދުގައި ރޯވެގެން އެމްއެންޑީއެފް އިން ރިޕޯޓް ކުރީ މިއަދު މެންދުރު 13:57 ހާއިރު ކަމަށެވެ.

އެ ވަލު ތެރޭގައި މާބޮޑަށް ރޯވެފައެއް ނުވެއެވެ.

ފޮޓޯ އިން ފެންނަ ގޮތުގައި ރޯވެފައިވަނީ ވިނަ އާއި ކުދި ގަސްތަކެއް ހުރި ސަރަހައްދެއްގައެވެ.

މި ހާދިސާގައި ބަޔަކަށް އަނިޔާވެފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެެއެވެ.