ފެމަލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ، އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.

އެ ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަން ނިންމި ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އަބްދުﷲ ގާޒީއަކީ ކުރިން ކްރިމިނަލް ކޯޓުގެ އިސްގާޒީއެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ފެމެލީ ކޯޓަށް ބަދަލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ފެބުރުއަރީ 21 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސުލޫކީކީ

    ތިޔައުޅެނީ އަނެއްފަހަރު ގޮނޑިދޫކޮއްލަން

    61
    1
  2. ކަލީމް

    އަލްޙަމްދު ލިއްލާަހި. މީނާ އަކީ ބަސް ނުހިފެހެއްޓޭ އަދި އެހެން މީހުން ލައްވައި ގޯސްހައްދާ މީހެއް. ފެމިލީ ކޯޓުގައި ބައިބައި ވުން އުފެދިފައި ވަނީ މީނާގެ ސަބަބުން. ސައިދީ ނިކަން މީހުން އޭނާގެ ގްރޫޕަށ ްވައްދާނެ. އަދި އިވްނިންގ ކެފޭގައި ބޮޑެތި ބައްދަލުވުންތައް ބާއްވައި ހަދާނެ. މީނާ އަތުން ޑޮލަރު ގަންނަ މީހުންވެސް އެތަނަށް ގޮސްހަދާނެ.

    4
    43
  3. ބެއްޔާ

    ވަރަށް ދުވަސްވެއްޖެ އަބްދﷲ ޤާޟީގެ ދުވަސް ދުއްވާލަން އުޅޭތާ. އަންނިގެ ދުވަސް ދިޔައީ އަބްދުﷲ ޤާޟީ ކުށެއްނެތި ހައްޔަރުކުރުމުން. އެކަމުގެ ހަސަދަ ތިފިލުވަނީ. ކުރިއަށްއޮތް އަހަރުގައި އެމްޑީޕީ ފިކުރުނޫން ފިކުރެއްގެ ޤާޟީއެއް މެޖިސްޓްރޭޓެއް ފަނޑިޔާރެއް ނުހުންނާނެ. ޖޭއެސްސީ އޮތީ އިންސާފުގެންނަށް ފޫގަޅާފަ. އޯގާތެރިކަމުން ފުރިފަ. ސަލާމެއްވެސް ބުނެވެން މިހާރުނެތް. ހުރިހާ މޮޅޮގޮތް ބޮޑެތި މީހުންނަށް. ނިކަމެތިންނަށް ނިކަމެތިގޮތް. މީއޯގާތެރި އެމީހަކަށް ހައްގުމިންވަރު ގެނެސްދޭ އެޖެންޑާ19.

    45
    2
  4. ޣާލް

    ތިވާނީ ބޮއްޅަބޭ ޖުޑސިއަރީގައި އިނދެގެން ހިންގާ ކަމަކަށް، ވެރިކމަށް މި އަންނަނީ މިކަމާ އުޅެންތަ ކޮންމެފަހަރަކު

    32
  5. ބްރޯ

    އެމްޑީޕީ ގެ ވެރިކަން ނިމެނީ މިވެރިކަން ނިމުމަކަށްގެނައުމަށް މިހާރު ދުއާކުރަންވެއްޖެ .މިހާރު ނަމަދުގަ މިކުރާ ދުއާގެތެރެއިން މި ވައިރަސް ފިއްލަވައިދެއްވާނދޭވެ .އާމީން

    37
  6. އާހް

    މިހާރުމިޤައުމުގައި މިއޮތީ ވެރިކަމެއްތަނޫނީ ޤާނޫނީވެރިކަމެއްތަ ނޫނީ ޚުދުމުޚުތާރުވެރިކަމެއްތަ ނޫނީގޭންގު ވެރިކަމެއްތަ ނޫނީ ކޮމްޕެނީ ވެރިކަމެއްތަ. ނޫނީ ޢާއިލީ ވެރިކަމެއްތަ ކޮންމެވެސް ބޭފުޅަކު މިކަން އަޅުގަޑުމެނައް ސާފުކޮށްދެއްވަފާނަންތޯ.

    28
  7. ޢަލީ

    ހަދާންވޭތަ އަބްދުﷲ ޤާޟީ ކުށްކުރި މީހަކު ދޫކޮށްލުމުން އޭނަ ގޮސް މީހަކު މަރާލި ހަދާން. ބައެއްފަހަރު ޕޮލިޓިކްސް އިން ބޭރަށް ވިސްނަންޖެހޭ

    3
    10
  8. އައިސްތު

    ކުރިން ވެރިކަން ވެއްޓުމުގެ ކުރިން ވީގޮތައް ހުރިހާ ކަމެއް އެބުރެމުން އެދަނީ. އޭރު ވެރިކަން ވެއްޓުން އިރުވެސް މަޖްލީހުގައި އެމްޑީޕީ ބާރުގައި އޮތް. މެންބަރުންނަށް ހުދުކާރާ މާލެއިން ބިން ގަނެދީގެން
    މެންބަރުން އޮތީ ހުދުފޮނުގައި. ވެއްޓެންވީމާ އޮލަބަށް ތިރިއަށް ބޯކޮޅު ވަތަށް.

    13
  9. ލޯކިން

    އަބްދުﷲ ގާޒީ. ދެން އަންނާނީ އިމްރާނާ ދިމާލަށް. ޝައިޙް ޝަމީމް އިސްލާމިކް މިނިސްޓަރު ކަމުގައި ހުއްޓާ ބްރުވާ ނުލެވިގެން އޮފީހުގައި ކެމެރާ ހަރުކޮށް މަޅިފަތި ޖަހާގެން އުޅެނިކޮށް އެރީ ހަމައެކަނި އަތް މޮޑެލުމެއް. އެވަރުން ވެސް އަބުރު ކަތިލާ ޝަހީމް ކުފުރު މަރެއްވާ ވަރަށް ޑިޕްރެޝަނަށް ވައްޓާލި. މިހާރު އަނެއްކާ އެހެރީ މިނިސްޓަރުންގެ ކޮޓަރިތަކުގައި ކެމެރާ ދޮންކޮއްފަ. ކުރިންވެސް ނަޝީދު. މިފަހަރުވެސް ނަޝީދު. ވެލިކާނީ ވެސް ނަޝީދު.

  10. އއއއއއ

    ތިޔައުޅެނީ އަނެއްފަހަރު ގޮނޑިދޫކޮއްލަން

  11. ވަޒީރެއާލާ

    އަންނިގެ ވައުދެއް ފުއްދަނީ. މައްސަލަ ނިމޭނީ މަގާމުން ވަކިކުރަން . އެއީ އަންނި ބުނެފާއޮތީ އަބްދުﷲ ގާޒީ ކޯޓާ 100ފޫޓަށްވެސް ކައިރި ނުވޭވޭނެކަމަށް. އެ ވައުދު ފުއްދަން މިއުޅެނީ.