މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ "މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑް" ގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލުކުރައްވައި، އެ ބޯޑު އަލުން އެކުލަވައިލައްވައިފިއެވެ.
މާލެ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑުގެ ނަން ބަދަލުކޮށް، އާ ބޯޑު އެކުލަވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.
މި ބޯޑުގައި މިހާރު ހިމެނޭނީ،
- ރ ޢަބްދުލްޢަޒީޒު ޔޫސުފް (ވ. އަކީލާ)
- ނ.ޢ.ޢ.ވ. އަނީސާ އަޙްމަދު (މ. ލޮނުވެލި)
- ޑރ ފަރުޒާނާ ފިރުދައުސް (ގ. ފެއިތު)
- ޑރ އިސްމާޢީލް ޝަފީޢު (މ. ޕޮޕީ)
- އަލްފާޟިލް ޙާމިދު ޞާދިޤު (އަލިހިޔާގެ، ޅ. ނައިފަރު)
- އަލްފާޟިލް ޢަބްދުލްމާޖިދު (ގ. ކްރީމްގެ
- އަލްފާޟިލާ ޢާޠިފާ އިބްރާހީމް (މ. ދެބުދާރު)
- އަލްފާޟިލް އިބްރާހީމް ސަލީމް (މއ. ބަންދުގެ)
- އަލްފާޟިލާ މާރިޔާ ސަޢީދު (މއ. ކޮށީގެ)
މި ބޯޑުގެ ޗެއާމަންގެ ގޮތުގައި ރައީސް ސާލިހު ވަނީ ޑރ ޢަބްދުލްޢަޒީޒު ޔޫސުފް ޢައްޔަނު ކުރައްވާފައެވެ. އަދި، މި ބޯޑުގެ ވައިސް ޗެއަރމަންގެގޮތުގައި އައްޔަން ކުރައްވާފައިވަނީ ނ.ޢ.ޢ.ވ. އަނީސާ އަޙްމަދެވެ.
ޑރ.ފަރުޒާނާ ފިރުދައުސް؟؟؟؟؟؟؟؟؟
އާން ތިކަހަލަ ކަންކަން އެކަނި މިސަރުކާރަށްވާނީ. ތަންތަނުގެ ނަން ބަދަލުކުރުމާ، ކުރީގެ ވެރިކަންތަކުގަ ފަށާފަހުރި މަޝްރޫޢުތައް ނިމުނީމަ ރިބަން ކެނޑުމާ.
ނަންބަދަލުކުރުމަކީ މިސަރުކާރުން އެއްމެ އިސްކަމެއްދީގެން ކުރާކަންތައް ނަމުންކެކޭނެ ރިހައެއް އޮވޭބާ؟
ކަލޯގަޔާ.. މެގަ ޕްރޮޖެކްޓެއް ނިންމާލީތާ ދޯ...؟؟
ޮއޮޑިޓުކޮއްފިއްޔާބޭޒާރުވާނެ