‏އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް އައިޝަތު ނޫރާ މުޙައްމަދު އައްޔަންކުރައްވައިފިއެވެ.

ނޫރާ އެ މަގާމަށް އައްޔަންކުރެއްވީ ހޯމް މިނިސްޓްރީން އިއުލާނު ކުރީ މިއަދުއެވެ.

އެ މަގާމަށް ނޫރާ އައްޔަންކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުރި އަހުމަދު މުހައްމަދުފުޅު ކޮމިޝަނަރ އޮފް ޕްރިޒަން އަކަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމް ހުސްވީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

ނޫރާއަކީ ތައިލެންޑްގެ ޗުލަލޮންގކޯން ޔުނިވަރސިޓީން "މާސްޓަރސް އޮފް އާރޓްސްއިން އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ސްޓަޑީޒް" ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމެރިކާގެ އަޕަރ ލޯވަރ ޔުނިވަރސިޓީން ބެޗްލަރސް އޮފް ސައިންސް އިން ސައިކޮލޮޖީ އެންޑް ކޮމިއުނިކޭޝަންވެސް ވަނީ ހާޞިލްކުރައްވާފައެވެ.

ނޫރާ އެންމެފަހުން މަސައްކަތްކުރެއްވީ މޯލްޑިވްސް ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމްގައެވެ. އޭގެކުރިން ނޫރާ ވަނީ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންގެ ޑިރެކްޓަރ، ޕްރޮގްރާމްގެ މަޤާމް އަދާކުރައްވާފައެވެ. އަދި ޔޫއެންޑީޕީގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައާއި، ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރެއްވިއެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަކީ މީހުން ބަންދުކުރާތަންތަނުގެ ޙާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލާ މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ރިޕޯރޓްކުރުމަށްޓަކައި އައްޔަންކުރާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިހުނާ

    ހިންނަވަރު ބޭފުޅުން މިއުޅުއްވަނީ ހާދަ ކުރީގަޔޭ !!!
    ޚަރަދު ކުޑަވީމަ ވާގޮތް ތޯއްޗެއް !

    42
  2. ރީހް

    އެހެންތާވާނީ މީހިންނަވަރުސަރުކާރެއްވިޔަ

    33
  3. މެކުނު

    ރެޑްކްރެސެންޓް ހަލާކުކޮށްލާފަ މިހާރު ކަރެއްޝަންވެސް ދުއްވާލަން ތިއުޅެނީ

    19
    2
  4. ޒާ

    އިންސާނީ ހައްގާއި ކަރާމާތް އެނގޭމިންވަރު
    ބަލަން މިތިބީ

    20
  5. ފޭކް

    އަނގަ މުއްޗެއްހެން ހަދާގެން އިން އަންހެނެއް.

  6. ޙަސަނާ

    ރަގަޅައްވިއްޔާ އެމްޑީއެންގެ ވެސް ހިއްސާއެއް އޮންނާނެ ތިޔަހުރިހާޖަމްއިއްޔާތަކެއްވެސް އުފައްދާފާވަނީ ވަކިބޭނުމަކު އެތަންތާގަ މަސައްކަތްކުރާމީހުނައް މިސަރޔކާރު އައުމާއެކު ބޮޑު އީދެއް އައިސްގެންއުޅޭގެންހީވަނީ ރައްޔިތުންގެ ބޮޑުބައެއް ވަނީ މަގުގެއްލިފަ ފާޑެއްގެފިކުރެއްގެ އަވާގަޖެހިގެން..ހަދާނައްއަންނަނީ ހަމަ އަންދަލުސް...އަންދަލުސް