ޗައިނާގެ ވޫހާން އިން އިންޑިއާއަށް ގެނެސް ކަރަންޓީން ކޮށްފައިވާ ހަތް ދިވެހިން މާދަމާ ދޫކޮށްލާނެ ކަމަށް ލަފާކުރެވޭ ކަމުގެ ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ގެންދިޔަ ހަތް ދިވެހިން ކަރަންޓީން ކޮށްފައި ވަނީ އިންޑިއާގެ ސިފައިންގެ މަރުކަޒެއްގައެވެ.

ކަރަންޓީން ކޮށްފައި ތިބި ދިވެހިން ވަނީ އިންޑިއާގެ "ވިއޮން" އަށް އިންޓަވިއުއެއް ދީފައެވެ. އެއިންޓަވިއުގައި ވާހަކަ ދެއްކި ދިވެހި ފިރިހެނަކު ބުނީ ކަރަންޓީން ކޮށްފައި ތިބި މީހުންނާއި މެދު އަމަލު ކުރަމުން އަންނަނީ ރަނގަޅަށް ކަމަށާއި ކޮންމެ ދުވަހަކު ޑޮކްޓަރުން އެމީހުންގެ މެޑިކަލް ޗެކަލް ހަދަމުންދާ ކަމަށެވެ.

ކަރަންޓީން ކޮށްފައި ތިބި ދިވެހިން ވެސް ވީޑިއޯ އިން ފެނެއެވެ.

https://www.facebook.com/VaguthuMv/videos/126870488686083/

ދިވެހިންނާއެކު ޖުމްލަ 406 މީހަކު ދިއްލީގައި ހުންނަ އިންޑިއާ ޓިބެޓަން ބޯޑާ ޕޮލިސް ޗައުޅާ ކޭމްޕް (އައިޓީބީޕީ) ގައި އެބަތިއްބެވެ.

އިންޑިއާގެ އޮފިޝަލުން އިއްޔެ ވިދާޅުވީ، އެ ކޭމްޕުގައި ކަރަންޓީންކޮށްފައިވާ މީހުންގެ ފައިނަލް ސާޕްޕަލްތައް މިހާރު ނަގާފައިވާ ކަމަށާއި، އެ ސާމްޕަލްތަކުގެ ރިޕޯޓް ލިބޭނީ ހޯމަ ދުވަހު ކަމަށެވެ.

ދިވެހިން އިންޑިއާ އަށް ދަތުރު ކޮށްފައި ވަނީ ވޫހާންގައި ތިބި އިންޑިއާ މީހުން އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން ހަމަޖެއްސި ފްލައިޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިޑިއަޓް

    އޯ ހުރިހާމީހުން އެއްކޮށް ގޭމް ކުޅެނީދޯ. އެންމެން ހީވަނީ ކުރިންވެސް އެކަކުއަނެކަކު ދައްނަހެން ބަލާބެލުމަށް.

    14
    1
    • ޣަގގަ

      އެންމެން އެކީ އުޅެނީ. މައްސަލައެއްތަ؟

    • ޝިދޫ

      އެހާ ގިނަދުވަހު އެއްތަނެއްގަ ބަންދުކޮށްފަ ބެހެއްޓީމަ ހުންނާނީ ރަނގަޅަށް ދަނެފަތާ ދޯ

  2. މެކް

    އެއީ ހަމަ ދިވެހިންތަ