މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތައް.

23:45

23:09

22:43

ޓައިވާނާއި ސިންގަޕޫރުން ކޮންމެ ގައުމަކުން ވެސް އިތުރު ދެމީހަކު ވައިރަސް އަށް ޕޮޒިޓިވް ވެއްޖެ.

22:42

ހޮންކޮންގް އިން އިތުރު ތިން މީހަކު ވައިރަސް އަށް ޕޮޒިޓިވް ވެއްޖެ. މީގެ ތެރެއިން ދެމީހުންނާއި ވަނީ ބަލި ޖެހުނު މީހުންނާއި އެކު ކުރިން އުޅެފައި. ނަމަވެސް ތިން ވަނަ މީހާއަށް ބަލި ޖެހުނު ގޮތް އަދި ދެނެގަނެވިފައެއް ނުވޭ.

22:10

20:42

18:42

ރިޔާސީ އިންތިހާބުގައި ވައުދުވި ފަދައިން، މާލޭގެ ރައްޔިތުންންނަށް ހާއްސަކޮށް ގާއިމްކުރާ 4000 ހައުސިންގ ޔުނިޓާއި، އަދި އިތުރު 3000 ހައުސިންގ ޔުނިޓާއެކު ޖުމްލަ 7000 ހައުސިންގ ޔުނިޓްގެ މަސައްކަތް މި އަހަރު ފަށަން ނިންމާފައިވާކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ.

17:51

ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮވާނީ 2022ވަނަ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް އަންގައިފި.

 

17:21

މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރުގައި ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި.

 

16:59

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ޖުމްހޫރީ ޕާޓީ އިން ވަކިވެ ވަޑައިގެންފި.

 

16:44

16:09

ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެތުރެން ފެށި ކޮވިޑް-19 ގެ ސަބަބުން ޖަޕާނުގައި ކަރަންޓީން ކޮށްފައިވާ ކްރޫޒްލައިނާއިން އިތުރު 99 މީހަކު އެ ވައިރަސް އަށް ޕޮޒިޓިވް ވެއްޖެ.

14:21

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19ގެ ސަބަބުން ޖަޕާނުގައި ކަރަންޓީން ކޮށްފައިވާ ކްރޫޒްލައިނާ "ޑައިމަންޑް ޕްރިންސެސް" ގައި ތިބި މީހުންނަށް ޖަޕަނު ސަރުކާރުގެ ފަރާތުން އައިފޯނު ބަހައިފި.

13:44

13:44

12:25

12:03

ތައިލެންޑުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ.

ތައިލެންޑްގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި މިހާރު ތައިލެންޑުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 35 އަށް އަރާފައި. އެންމެ ފަހުން ވައިރަސް އަށް ޕޮޒިޓިވްވި 68 އަހަރުގެ ޗައިނާ އަންހެނެއް. އެއީ ތައިލެންޑަށް ދިޔަ ފަތުރުވެރިއެއް. އޭނާގެ އާއިލާގެ ތިން މެންބަރަކު މީގެ ކުރިން ވަނީ ވައިރަސް އަށް ޕޮޒިޓިވް ވެފައި.

10:58

ޖަޕާނުން އިތުރު ދެމީހަކު ވައިރަސް އަށް ޕޮޒިޓިވް ވެއްޖެ. ޖަޕާންގެ ހެލްތު މިނިސްޓްރީން ވިދާޅުވީ ވައިރަސް އަށް ޕޮޒިޓިވްވި އެކަކީ "ޑައިމަންޑް ޕްރިންސަންސް" އިން ވައިރަސް އަށް ޕޮޒިޓިވްވި މީހުންނަށް އެހީތެރިވާން އުޅުނު ހެލްތު މިނިސްޓްރީގެ މުވައްޒަފެއް ކަމަށާއި ދެވަނަ މީހަކީ ވައިރަސް އަށް ޕޮޒިޓިވްވި މީހަކަށް ފަރުވާ ދިނުމުގައި އުޅުނު ނަރުހެއް ކަމަށް.

10:28

08:51

ވޫހާންގައި ތިބި ޖަޕާން މީހުން އަނބުރާ ގައުމަށް ގެންދިއުމަށް ޗާޓަރު ކުރި ފަސްވަނަ ފްލައިޓް ޖަޕާން މީހުން ގޮވައިގެން ޖަޕާންގެ ވެރިރަށް ޓޯކިއޯގައި ޖައްސައިފި.

08:50

ދެކުނު ކޮރެއާ އިން އިތުރު މީހަކު ވައިރަސް އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް ދެކުނު ކޮރެއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 30 އަށް އަރާފައި.

08:49

ކޮވިޑް-19 ޗައިނާގައި ފެތުރެމުން ދާތީ އެންމެ ބޮޑެތި ދަތިތައް ދިމާވެފައިވާ އެއްބަޔަކީ ގައުމުން ބޭރުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުން. ވައިރަސް ފެތުރެން ފެށިއިރު ޗައިނާގައި ތިބި ދަރިވަރުން ތައުލީމް ހާސިލް ކުރާ ގައުމަށް އެތެރެވުމަށް އެގައުމުތަކުން މިހާރު އަންނަނީ ހުރަސް އަޅަމުން. އެކަމުގެ ސަބަބުން އެދަރިވަރުން މުޅި އުމުރު ދުވަހު ހުރި މަސައްކަތް ބޭކާރުވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައި.

08:45

08:43

00:13

ކޮވިޑް-19 އާއި ގުޅިގެން މިއަދު ފާހަގަ ކުރެވުނު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އަންނަ ވޫހާން އިން އިންޑިއާއަށް ގެނައި ހަތް ދިވެހިން ކަރަންޓީންގެ މުއްދަތު ހަމަކުރުމުން މާދަމާ ދޫކޮށްލާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައި.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1669 އަކަށް އަރާފައި. ނަމަވެސް ފާއިތުވި ދެދުވަހު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ މަދުވެފައި.

ރާއްޖެ އިން މިއަދު ފާހަގަ ކުރެވުނު ޚަބަރުތަކަށް ބަލާއިރު އެންމެ ފާހަގަ ކުރެވެނީ ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވި ޚަބަރު.

ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހްތަކަށް ފާޑުކިޔުން އަމާޒުވުމުން އެއިސްލާހްތަކަށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރ މިރޭ ވަނީ ވިދާޅުވެފައި.

ކިޔުންތެރިންގެ ހިޔާލު