ރައްޔިތުންގެ މަޖިލިހުގެ ދާއިމީ ކޮމިޓީތަކަށް ގެނައި ބަދަލުތައް މިއަދު ފާސް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ޖެހުނީ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، ޕީޕީއެމަށް ސޮއިކުރެއްވުމާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ، މަޖިލިހުން ކުރިން ފާސްކުރި ސިޔާސީ ޕާޓީތަކާއި އަމިއްލަ މެމްބަރުން ކޮމިޓީގައި ހިމެނޭ ގޮތް ބަދަލު ކުރަން މިއަދު ވޯޓު ގަޑީގައި އޮންނާނެ ކަމަށެވެ.

މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެންނަން ނިންމާފައިވާ ގޮތަށް ބަލާއިރު، ގަވާއިދު ކޮމިޓީގައި ޕީޕީއެމް މެމްބަރެއްގެ ގޮތުގައި އިންނަވާނީ މަހިބަދޫ ދާއިރގެ މެމްބަރު އަހުމަދު ތޯރިގެވެ. އަދި އިޖްތިމާއީ ކޮމިޓީގައި ޕީޕީއެމް މެމްބަރެއްގެ ގޮތުގައި އިންނަވާނީ ހުސެއިން މުހައްމަދު ލަތީފެވެ.

އަދި އަމިއްލަ މެމްބަރުން ހިމެނޭ ކޮމިޓީތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު، މާލިއްޔަތު ކޮމިޓީއަށް އައްޔަން ކުރާނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. އެހެންވެ، ޖާބިރު މާލިއްޔަތު ކޮމިޓީގެ އިތުރުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އާއި ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ)އެވެ.

އަމިއްލަ މެމްބަރުންގެ ތެރެއިން، ސްޓޭޓް އޯންޑް ކޮމިޓީއަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އަދި ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ވިލިގިލީ ދާއިރާގެ މެމްބަރ ސައުދު ހުސެއިން އައްޔަން ކުރަން ވަނީ ނިންމައިފައެވެ.

މަޖިލީހުގައި މެމްބަރުން އެކުލެވޭ ގޮތަށް އައި ބަދަލާ އެކު، އަމިއްލަ މެމްބަރުން ހިމެނޭ ކޮމިޓީތަކުގެ ތެރެއިން ދޫކޮށްލާނެ ކޮމިޓީތަކާއި މެދު ގޮތެއް ނިންމުމަށް މިދިޔަ ހަފްތާގެ ތެރޭގައި އެ މެމްބަރުންނާ ނަޝީދު ވަނީ ބައްދަލު ކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު