ވަޒީފާ އާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައި އޮތީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށާއި، އެ ބިލް ފާސްކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރަައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން މި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މަޖިލިހުން ކޮންމެ ބިލެއް ވެސް ފާސް ކުރަނީ އާންމުން ބޭނުންވާ ގޮތް ބެލުމަށް ފަހުގައި ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނު ވެސް ފާސް ކުރާނީ އާންމުން ބޭނުންވާ ގޮތަށް އިސްލާހުކޮށްގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ބިލް ހުށަހެޅުއްވި މެމްބަރު އީސަ ދިފާއު ކުރައްވައި ނަޝީދު ވިދާޅުވީ، އެ ބިލަކީ އީސަ މެދުވެރިވެގެން މަޖިލީހަށް ހުށަހެޅި ބިލެއް ކަމަށްވީ ނަމަވެސް، އެ ބިލް ހުށަހަޅާފައި ވަނީ ސަރުކާރުން ބޭނުންވި ގޮތަށް ކަމަށެވެ.

"ސަރުކާރުން ހުށަހަޅުއްވަނީ ސަރުކާރު ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެމްބަރެއް މެދުވެރިކޮށް. އެ މެމްބަރު އެ ހުށަހަޅުއްވަނީ ސަރުކާރުން އެ ބިލް މިތަނަށް ހުށަހަޅަން ބޭނުންވާ ގޮތަށް. މިތަނުން މި ފާސްކުރަނީ އިއްޒަތްތެރި މެމްބަރުން އެކަމަށް ބަހުސް ކުރައްވާފައި. އަދި ޚިޔާލް ހޯއްދަވާފައި." ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން މަޖިލީހަށް ހުށަހެޅި ބައެއް ބިލްތައް ވެސް ފާސް ކުރީ ގިނަ އިސްލާހުތަކެއް ގެނެސްގެން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ފާސް ކުރީ މަޖިލިހުން ގެނައި 279 އިސްލާހާ އެކުގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މަޖިލީހަށް ބިލެއް ހުށަހެޅުނީމަ، އެ ބިލުގެ ފުރަތަމަ ކިޔުން ކިޔާ އިރު އެ ބިލެއް އޮންނަނީ އެ ހުށަހެޅުނު ގޮތަށް، މަޖިލީހުގެ ވާޖިބަކަށް ވަނީ އެ ހުށަހެޅުނު ގޮތާއި ގުޅޭ ގޮތުން ބަހުސް ކުރެވި މުތާލިޔާ ކުރެވި އެ ގެނެވޭ އިސްލާހަކާ އެކު ބިލެއް ފާސްކުރުމަށް ފަހު ގެޒެޓް ކުރަން ފޮނުވުން." ނަޝީދު ވިދާޅުވިއެވެ.

ވަޒީފާ އާއި ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލްގައި ވަނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް ތިން މަސް ދުވަހުން ހަ މަސް ދުވަހަށް ބަދަލު ކުރަން ހުށަހަޅައިފައެވެ.

މީގެ އިތުރުންވެސް ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭނެ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި ޗުއްޓީ ލިބޭނެ ގޮތާއި، މުވައްޒަފުންގެ އަހުލާގާއި ގުޅޭ ގޮތުން އެ މުވައްޒަފަކަށް ފިޔަވަޅު އެޅިދާނެ އުސޫލުތައް އުނިކުރުން މި އިސްލާހުގައި ވަނީ ހިމަނައިފައެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ބަލިވެގެން ސަލާމް ބުނުމުގެ މާއްދާއަށް ވެސް އިސްލާހުތަކެއް ގެންނަން އީސަ ހުށަހެޅުއްވިއެވެ.

އެގޮތުން މެޑިކަލް ސެޓްފިކޭޓް ނުވަތަ ސަލާމުގެ ސެޓްފިކޭތް ވަޒީފާއަށް ނިކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ވެގެން ނުވާ ކަމަށް ބިލްގައި ވަނީ ބުނެފައެވެ.

މި އިސްލާހާއި ގުޅިގެން އާންމުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ލަބީބު

    ޕްރެޝަރ ބޮޑުވެ ހޭނެތުނީމަތަ ތިހެން ތިބުނީ؟ ނުވަތަ ލޯކަލްކައުންސލް އިންތިޚާބު ނިމެންދެން މަޑުޖައްސައިލީތަ؟ ގެރެންޓީ ނުބައެއް ތީ!!!!1

    23
    1
  2. ޢަުރެ

    ޢެމީހުން ހުށައަޅަނީ، އެމީހުން ދެކޮޅަށް ވަހަކަ ދައްކަނީ.. ޖޯކު.. ރައްޔިތުން ބޭނުންވާތީ ދުވާލެއްގެ މައްޗަށް އެތައް ލައްކަ އެއް ހަމަ އެކަނި ތިޔަތަނުގެ ކެއުމަށް ތިއަރުވާލަނީ

    18
  3. ލައިލާ

    ނުހެދޭނެއެއްވެސްގޮތެއް އަހަރުމެންނަކައްއިންޝާﷲ

    18
  4. އަޙްމަދު

    ތެޅި އަރުވައިގެން ކަލޭމެން ހަދާ ޤާނުނެއް ރަނގަޅޭއް ނުވާނެ! އެއްހަރު ވެގެން ދިޔައި ކަންކަން ނޭގުމަކީ މަޖްލީހާއި ކަމާއި ގުޅޭ އެހެން ފަރާތްތައް ފެއިލްވުން! އުއްމީދު ކުރަނީ ތިބޭފުޅާ ތިޔަވިދާޅުވާ ގޮތަށް ތިބިލް ފާސްވާނެ ކަމަށް!

    10
  5. އަލީ

    މި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލަން މަސައްކަތް ކުރާ އެއްޗެއް ތީ.... އިންތިހާބު ކާރިވާތީ ރައްޔިތުންނޭ ފަޅޮލޭ އަނބޭ ސޫލާ ބަނގުރަލޭ ކިޔާނެ ކަމެއް ނެތް..ތީ ހަމަ ލާދީނީ އެއްޗެއް

    19
  6. އަލީ ރަސީދު އިބުނު ހަސަން

    ގަންޖާބޯ އަކަށް އެއްވެސްކަމެއް ނުވާނެ،

    16
    1
  7. ކަބީރު

    އަޖައިބެއްނުން އަމިއްލަޕާޓީން ހުށައެޅިއެތި އަމިއްލައައް ބަލައިނުގަނެ އަމިއްލައައް އިސްލާހްކޮއް އަމިއްލައައް ތިބުނީ ރައްޔެތުންބޭނުން ގޮތަށޭ ފާސްކުރާނީ ކިހާބޮޑުކަމެއް ބަލަ ކުރިންވެސް ތިގޮތައް ރައްޔެތުން ބޭނުންވާގޮތައް ހުށައެޅި ދާނެނުން ކޮންމެހެން ސަރުކާރުގެ ހެޔޮފުޅު ކަން ދައްކަން ނޫޅުނުކަސް

    19
    • ރަންނަ

      ނިޒާމު ދަސްކުރުން ވަރަށް މުހިންމު. ބިލެއްހުށައެޅި އެއަށް ބަހުސް ކުރެވެންޖެހޭ. އިންސާނުންގެ ޚިޔާލު ތަފާތުވާނެ. ވަކި ޕާޓީ އަކުން ހުށައެޅީމަ އޭގަ ރަބަރު ސްޓޭމްޕް ޖަހާކަށް ނުޖެހޭ. ބިލްތަށް ކުރިޔަށް އޮތްތަނުގަވެސް ވީހާވެސް ބޮޑަށް ބަހުސްކުރޭ ގޮތަށް ހުށައެޅުމަށް ގޮވާލަން

      2
      7
      • ކޯޗެއް ބަހުސްކުރާކަށް

        ވަކި ކޮން ޕާޓީއެއްތަ މަޖްލީހުގައި ދެން އޮތީ؟؟ މަޖްލީހަކީ އެމްޑީޕީގެ މިލްކިއްޔާތެއް މިހާރު. ބިލް ހުށެހެޅުމާއެކު ކަންދެއްކުމަށް ކުރާ އަނގަތެޅުމަކާއެކު ތައްގަނޑު އެޖަހަނީ. ބަހުސްކުރަނީ ރީދޫ ހުންޖެހިފައިވާ އަޅުންގެ ލޮލުގައި އަދުންއަޅުވައި ގުބޯހަދަން. އެހެން ޕާޓީއަކުން ބިލެއް ހުށެހެޅިޔަސް އެބަލައިނުގަނެ ތަޅުމުން ބޭރު. ޑިމޮކްރަސީއޭ ކިޔާ އަޅުވެތިކަމެއް. މަޖްލީހުގައި ވަކި ޕާޓީއެއްގެ މެޖޮރިޓީ އޮތްހާ ހިނދަކު އެއީ ބޭކާރުތަނެއް. ރައްޔިތުންގެ އަތުން އިސްރާފްވާ ފައިސާއެއީ. އެއަށް ވުރެ މާ ރަނގަޅުވާނެ ރައީސް އަމިއްލަޔަށް ތައްގަނޑު ޖެހިއްޔާ. ރައްޔިތުންގެ ހިޔާލޭ ކިޔާ ހުސް ގުބޯ. ކަލޭ ތިއީވެސް ރީދޫހުން ޖެހިފައިވާ އަޅެއް.

        3
        1
        • އާދަމް އިބްރާހިމް

          ތިޔައީ ކޮން ހުމެއް ޖެހިފައިވާ މީހެއް؟ ސަރުކާރުން ހުށަހަޅާ ގޮތައް ބިލު ފާސްކުރާއިރަށް ބުނާނެ، ތިޔައީ ސަރުކާރުހެ ރަބަރު ސްޓޭމްޕެކޭ. ތިޔަހެން އުޅޭމީހުންނަށް ނޯންނާނެ ހެޔޮ އެއްގޮތްވެސް.

  8. ދިރާސާ

    ތި ވިދާޅުވެލެއްވިބަސްފުޅަށް އެއްބަހެއްނުވެވޭ އެއީ މަޖިލީހަށްހޮވާމެމްބަރުންއެއީ ރަށްޔިތުންހޮވާ
    މެމްބަރުންކަމުގައިވިއަސް މަޖިލީހަށްހުށަހަޅުއްވާ ގިނަބިލްތަކެއް ފާސްކުރައްވާފައިވަނީ ސަރުކާރުން
    ބޭނުންވާގޮތަށް

    15
  9. ރައްޔިތުން

    ތިބޭފުޅާ ރައްޔިތުންގެ ގޮތުގައި ދެކެނީ ހަމައެކަނި ތިބޭފުޅާ އަށް އަޅުކަން ކުރާ ބައިގަނޑު..

    މިކަން ނިމިގެންދާނީ ތިބޭފުޅާއަށް ފައިދާއެއް ލިބޭނެ ގޮތަކަށް.. މުޅިންވެސް ކޮރަޕްޝަން

    13
    • ރަންނަ

      މެޖޯރިޓީ ވިންސް ކިތަންމެ ހަޅޭ ލެވިޔަސް

      • ރައްޔިތުން

        މެޖޯރިޓީ ކިޔަން ލަދުގަންނަންޖެހޭދޯ.. ކޯލިޝަން ހަދައިގެން ކޮންމެ ފަހަރަކު ވެރިކަމަށް އަންނަނީ، އާދޭސްކޮށް ސަލާންޖަހައިގެން.

  10. ސިޔާސީ ގުއި

    މިކަލޭގެ މި އުޅޭ ހަޑި ހުތުރު ގޮތަކުން ސިޔާސީ ހަޔާތް ނިމިދާނީ ރައްޔިތުންގެ ތާއީދާއި ނުލާ ހެން ހީވަނީ.

    17
  11. ހިކާ

    ޟިހަރު ބުނަނެ އެހެން ބޯމަތީ ކަމެއް އެބައޮތެނު އެކަން ނިމެންވާލަހެށްވާނީ އޭރުން ބުނާނެ ތިމަންނާނުބުނަމޭ އޭރުންނުތިބޭނެ ރަތްޔިތުންނެށް އޭރުންތިބޭނީ ހުސްބުދު

  12. ބުއްޅަބެ

    ލިޔާ ކޮމެންޓެއް ޖަހާކަށް ނުކެރޭނެ. އެހެންވީމާ އެއްޗެކޭނުކިޔާ ހަނުހުރުން ރަގަޅުކަމަށް ދެކެނީ

  13. ާފާތޭ

    ??????????????????????????

  14. ސުވޭ

    ދެން ދެބޯގެރި ދުވާ ދޯ??????

  15. ސާއީ

    ??????

  16. ދެންހެވޭ

    ވަޒީފާގައި އުޅޭ އެންމެހައި މީހުންނަށް ތަކްލީފެއް ނޫން ދޯ ޖައްސާނީ އިސްލާހޭ ކިޔާފަ

  17. ދިވެހިންނޭ ހޭލާ

    ތިޔަތަނުގަ ތިނީ ރައްޔިތުން ހޮވާފަ ތިބިމީހުން އެމީހުން ތި ބިލް ފާސް ކުރީމަ އެ ފާސްކުރެވުނި ރައްޔިތުން ބޭނުންވާގޮތަށް އެހެން ތޯއްޗެ ތި ބުނަނީ! ފުރަތަމަ ކަމަކަށް ރައްޔިތުން ކަންބޮޑުވާކަހަލަ ބިލެއް ހުށަހެޅީ ރައްޔިތުން ކަންބޮޑުވަނީ ކިހާވަރަކަށްތޯ ބަލާލަންތޯ!

  18. ާއެމްޑީޕީ

    ވޯޓް ހޯދަން ގެންގުޅޭ އުކުޅެއް. އެމްޑީޕީ އަށް ނޫނެކޭ ބުނެމާ

  19. ލ.ގަމު

    މިކެނެރީ ބުއްޅަ ފިސާރި ބޮޑޭވެފަ ލ.ގަމަށް ގޮސް މުކުރިމަގު އަވަށު ބަދަރުގައި ނެނގި ބިޔަބޮޑު ރީނދޫ ދިދަ ކޮބައިތޯ ވީކިނެއްތޯ މިހާރުނެތީ ކީވެތޯ ބަޔަކުއެތިރިކުރަން ޖެހުނީކީވެތޯ ވީނުވީއެއް ނޭގިއެދިދަ ގެއްލުނީކީވެތޯ އެމިހާ ރުކޮބަތޯ އެދިދަތިރިކު ރިގޮތަށް އެދިދަ މައްޗަށް ނުނެނގިގެން އުޅެނީކީވެތޯ ކެނެރީ ބުއްޅަކައިރީ އަހާލަ ދީބަލަ ކޮންމެވެސް މީހަކު ރީނދޫ ކުދިން މިވާހަކަ ނުދައްކާ ހަނުމިތިބީ ކީއވެބާ،

  20. މަމެން

    ރިޒޯޓް ތަކުން އަދި ރިސޯޓް ބޯއީޒް ގެނގުޅޭ ޖަމްއިއްޔާއިން މި ބިލް ޑްރާފްޓް ކުރަން ފޮނުވި މީހުނެ ވާހަކަ ނުދެއްކީމަ ހަޑި، ބޭނުން ކޮތެއްވެސް ނުވާނެ ކޮބާ ސިވިލް ސާރވިސް މުވައްޒަފުންގެ މަސްލަހަތު ، ހަމަ ހިނި އަންނަނީ ، ރިޒޯޓް ބޯއީޒް a

  21. ދަވާލި19

    ކައުންސިލް އިންތިހާބައް ޖަހާ މަޅިފަތހިކަން ގިނަ ރައްޔިތުންނަކަށް ނުވިސްނޭނެ