ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާނަކަށް ހުންނެވި ފައިސަލް އާދަމް މިއަދު އައްޔަންކުރައްވައިފި އެވެ.

މިއީ ސުޕްރީމް ކޯޓަށް ދާއިމީ އެސިސްޓެންޓް ރަޖިސްޓްރާއެއް އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދާއިމީކޮށް ބޭފުޅަކު އައްޔަންކޮށްފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނެވި ރައުފާ ހައިދަރު ވަނީ މިދިޔަ މަހު ކޯޓުގެ ރެޖިސްޓްރާ ކަމަށް އައްޔަން ކުރައްވާފައެވެ. އޭނާ ވަނީ އޭޕްރީލް 8، 2013 އިން ފެށިގެން މެއި 7، 2014 އާ ހަމައަށް ވަގުތީ ގޮތުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ މިޤަވާޢިދާ އެއްގޮތަށްތޯ ކަށަވަރުކުރުން ހިމެނެއެވެ. މިގޮތުން ބަލާބެލުމުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ ސުޕްރީމް ކޯޓުގެ ހިންގާ ޤަވާޢިދާ ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއް ނުވަތަ ލިޔުމެއްނަމަ އެ މައްސަލައެއް ނުވަތަ ލިޔުމެއް، ޤަވާޢިދާ އެއްގޮތަށް އިސްލާޙުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

ރަޖިސްޓްރާރ ނެތް ހާލަތެއްގައި ރަޖިސްޓްރަރގެ ޒިންމާތައް އުފުއްލަވާނީ އެސިސްޓެންޓް ރަޖިސްޓްރަރ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ފައިސަލަކީ ތަޖުރިބާ ލިބިފައިވާ ތައުލީމީ މީހެއް. ސްޕްރީމް ކޯޓަށް ބޭނުންވާ ވަކި ފަރާތަކަށް ނުޖެހޭ މިފަދަ މުސްތަގިއްލު މީހުން.

  2. ގައުމިއްޔަތު

    ، މިހާރުވެސް ގައިގައިހުރި އިޚްލާސްތެރިކަމަށް އުނިކަމެއް ނުގެނެއުން
    ، ސިޔާސީ ނުފޫޒަށް ނުގުޑާތި...

  3. ާހައްވަ

    މަރުހަބާ އުސްތާޒު