އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ވޯޓު ނުދިނުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ކެމްޕެއިން ފަށައިފިއެވެ.

މި ކެމްޕެއިން ކުރަމުން ގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން ގެންދާ ޒުވާނުންތަކެއް އިސް ނަގައިގެންނެވެ. މި ޒުވާނުންތައް އެމްޑީޕީއާ ދެކޮޅަށް ކެމްޕެއިން ކުރަމުން މި ގެންދަނީ ރިސޯޓު މުވައްޒަފުންނަށް ފުއްދައި ދޭނެ ކަމަށް ސަރުކާރުން ވެފައިވާ ވައުދުތައް މިހާތަނަށްވެސް ފުއްދިފައި ނުވާތީއެވެ. އަދި އެކަމުގެ ސަބަބުން ރިސޯޓު މުވައްޒަފުންނަށް އިތުރު ތަކުލީފުތަކެއް ލިބެމުން އަންނާތީއެވެ.

އެމްޑީޕީއަށް ވޯޓު ނުދިނުމަށް ގޮވާލަމުން އަންނައިރު މި ކެމްޕެއިންގައި ކައުންސިލް އިންތިހާބު ބޮއިކޮޓު ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ. އަދި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތަކަކީ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަކަށް ވެސް ގުޅޭ އިސްލާހުތަކެއް ނޫން ކަމަށްވެސް މި ކެމްޕެއިންގައި އަންނަނީ ގޮވާލަމުންނެވެ.

އެމްޑީޕީއާ ދެކޮޅަށް ކެމްޕެއިނެއް ފަށާފައި މިވަނީ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް އެތައް އާއްމުންނެއް ސޯޝަލް މީޑިއާގައި އަޑު އުފުލަން ފަށާފައި ވަނިކޮށެވެ. އަދި ހުދު އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންވެސް އަންނަނީ އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. މި އިސްލާހުގައި ރިސޯޓު މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާ ކަމަށްވާ ސާވިސް ޗާޖާއި ގުޅޭ ގޮތުންވެސް ވަނީ މާއްދާއެއް ހިމަނާފައެވެ.

އިސްލާހް ބުނާ ގޮތުން ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތެއްގެ މަތިން، މުވައްޒަފުންނަށް ސަރވިސް ޗާޖް ބެހުމުގައި، ކޮންމެ މުވައްޒަފަކު މަސައްކަތްކުރި ގަޑިއިރަކަށް ނިސްބަތްކޮށް، އެ މުވައްޒަފަކަށް ޙައްޤުވާ މިންވަރު ސަރވިސް ޗާޖުގެ ގޮތުގައި ދިނުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

މަސައްކަތަށް ހާޒިރުނުވާ މުވައްޒަފުންނާއި، މަސައްކަތަށް ގަޑިޖެހޭ މުވައްޒަފުންނަށް، މަސައްކަތަށް ހާޒިރުނުވާ ނިސްބަތުން އުނިވާގޮތަށް، ސަރވިސް ޗާޖު ބެހުމުގެ އިޚްތިޔާރު ލިބިގެންވާކަމަށް އިސްހާލްގައި ބުނެފައި ވެއެވެ.

އެހެންކަމުން ބަލިވެގެން ސަލާމް ބުނާ މުވައްޒަފުންނަށާއި، ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް ވެސް ދެން ސާވިސް ޗާޖެއް ނުލިބޭނެއެވެ.

ސަރވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމުލަ ޢަދަދުގެ ތެރެއިން، އިދާރީ ފީގެ ގޮތުގައި އެކެއް އިންސައްތަ ނެގިދާނެ ކަމަށް މިހާރު ހުށަހަޅާފައިވާ އިސްލާހްގައި ވެސް ބުނެފައި ވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް ގިނަ އަދަދެއްގެ އާއްމުން ކަންބޮޑުވުން ފާޅު ކުރަމުން އަންނާތީ ރޭ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ އެ ބިލާއި މެދު އިތުރަށް ވިސްނާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަލޯ ބެއްޔާ...

    ގަސްތުގައި އެމް.ޑީ.ޕީ ބޮޑުން އިސްވެތިބެ ކުރާކަމެއް މީ.. އަދިވެސް މިބުނަނީ އެމް.ޑީ.ޕީ އިން ކައުންސިލް ބޭނުމެއްނުވޭ.. ތަރައްކީ ކުރާނެ ޕްލޭނެއްނެތި ގާބިލް ކަމެއްނެތީމަ ކައުންސިލް ނުލިބުނޭކިޔާފަ ހުއްޖަތެއް ދައްކަން އެ އުޅެނީ....ބަލާތި...

    11
  2. Anonymous

    ސާބަސް ދަރިންނޭ.
    ކުރަން މާލަސްވެއްޖެ ކަމެއްތޯ. ބަހާއި ޢަމަލު އެއްގޮތަކަށްވެސް ދިމާނުވޭ. ބޮޑުތަނުން ބަލިކޮށްލަންވާނެ. ނާޤާބިލް ސަރުކާރުމީ. އިސްލާމީ ވަހުދަތު ނަގާލަން މަސައްކަތް ކޮށްފައި އޮތީ. އެމްޑީއެން ކިޔާބަޔަކަށް އަދިވެސް އަދަބު ނުދެވޭ.ޤައްދާރުވި ލުޠުފީ ޢިއްޒަތްތުގައި

    12
  3. ސަރުބަތު

    އެންޓި ކެ މްޕޭން އަކީ މޑޕ އައް އާކަ މެއް ނޫން. މޑޕ ނެގެޓިވްސް ބަލައިގަނޭ. އެކަ މު މަށަކީ ޕޕ މ މީހެއް.

  4. ނަން

    ރަނގަޅު
    ސިވިލް ސަރވިސް މީހުންވެސް ފަށަންވީނު

  5. ޙަމް

    އެމްޑީޕީ އާ ދެކޮޅު