ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ޖުމްހޫރީ ޕާޓީ އިން ވަކިވެ ވަޑައިގެންފިއެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ޑރ. ޖަމީލް މިއަދު ވިދާޅުވީ، އޭނާ އެ ޕާޓީން ވަކިވަޑައިގަންނަވަން ބޭނުންފުޅުވާ ވާހަކަ ސިޓީއަކުން އެ ޕާޓީއަށް އަންގާފައިވާނެ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ، ޖޭޕީއާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް ދަތިތަކެއް ހުރިކަމަށެވެ. ޖަމީލް މިގޮތަށް ވިދާޅުވި ނަމަވެސް، އެ ޕާޓީގައި ހުރި ކޮން ކޮން ދަތިތަކެއްގެ ވާހަކަކަން ހާމައެއް ނުކުރައްވައެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ފެނިގެން ދާނީވެސް ސިޔާސީ ދާއިރާއިން ކަމަށެވެ. އަދި އޭނާއަކީ އެމްޑީޕީ ފިކުރަށް ތާއިދު ކުރާ މީހެއް ނޫންކަމަށް ފާހަގަކުރެއްވި ނަމަވެސް، އޭނާ ދެން ފެނިގެން ކޮން ޕާޓީއަކުން ކަން ހާމައެއް ނުކުރައްވައެވެ.

ޑރ. ޖަމީލް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމަށްވެސް އައްޔަން ކުރެއްވިއެވެ.

އަދި އޭގެ ފަހުން މިދިޔަ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާއަށް ވާދަކުރައްވާފައިވެއެވެ. ނަމަވެސް އޭނާވަނީ އިންތިހާބު ނާކާމިޔާބުވެ ވަޑައިގެންފައެވެ.

އަދި އިންތިހާބަށް ފަހު ޑރ. ޖަމީލް ވަނީ ސިޔާސީ ހަރަކާތާ ދުރަށްޖެހި ވަޑައިގަތުމަށް ފަހު އެނބުރި ސިޔާސީ ހަރަކާތަށް ވަޑައިގެންފައެވެ.

މީގެ ކުރިން ޖަމީލް ވަނީ އޭނާ ހުންނެވީ އިދިކޮޅު ކޯލިޝަނާއެކު ކަމަށާއި އަދި އެ ކޯލިޝަނާއި ގުޅިވަޑައިގަތީ ރައްޔިތުންނަށް ގޮތެއް ހޯދާދެއްވުމަށް ކަމަށް ވިދާޅުވެފައެވެ. މިހާރު ޑރ. ޖަމީލް އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މަރުހަބާ

  މަރުހަބާ އަވަހައް ޕީޕީިއެމްއާއިގުޅިވަޑައިގެން އިސްލާހުގެމަސައްކަތުގައި ބައިވެރިވެ ވަޑައިގަންނަވާ

  39
  3
 2. ނަކް

  މި މިނިކާ ބާޒު ދަނޑިވަޅުގެ ގައިދާނަގައި ޕީޕީއެމްގެ ތެރެއަށް ތޮރުފެން މި މަސައްކަތްކުރަނީ.. ސިޔާސީ ފެއިލިޔަރއެއް..ދުވަހަކުވެސް މާފެއްނެތް.

  7
  30
 3. އަފީ

  އިސްލާމްދީން ގަބޫލްކުރާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ގޭޓް އޮތީ ހުޅުވިފައި. ނަމަވެސް ޕާޓީގެ ރައީސް އަކީ ރައީސް ޔާމީން، އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ރައީސް ޔާމީން،.

  13
  2
 4. ނަރެލް

  ޑރ ޖަމީލެކޭ އަރަބިގެސްޓެކޭ އެއްގޮތްވާނެ ހެޔޮ އެއްގޮތެއްވެސް ނޯންނާނެ ދެން ރަނގަޅުވާނީ އަނެއްކާގޮސް ބޭރުގަ އުޅެލީމަ

  7
  19
 5. ޢަލި

  މީ ސިުާސީ މީހެއްތަ؟

  2
  1
 6. ދީދީ

  ޑރ ޖަމީލަކީ އަބަދުވެސް ޕީޕީއެމް ފިކުރުގެ ބޭފުޅެއް، ޕާޓީ އާއި ދުރަށް ޖެހިވަޑައިގަންނަވަން ޖެހުނީ، މިހާރު ޖޭޕީ ހިސޯރުކޮށްގެން އެއުޅޭ ސޮރުންގެ ދުއްތުރާލާހުރެ

  68
  2
 7. އ. ޖ. އ

  ބޮނޑިބަތް މޫސުން އައީ...

 8. ޝާން

  މީނައަކީ މަގާމާއި ހެދީ މޮޔަ ބޮލަށް އަރާފައި ހުންނަމީހެއް. މިހާރު މިތެޅެނީ ޔާމީނު ޖަލުގަ އޮތީމަ އަވަހަށް ޕީޕީއެމްޓިކެޓް ދަމައިގަނެވޭތޯ!

 9. ޝާން

  މިއީ ބޮޑާކަމާއި ކިބުރުވެރިކަމުން ހައްދުންނެއްޓިފައިވާ މަގާމުގެ ދަހިވެތިކަމުގަ އުޅޭމީހެއް. ހާސްފަހަރު ވޯޓް ލިއަސް މީނައަށް ވޯޓެއްނުލާނަން.