މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރުގައި ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެ މަޝްރޫއަކީ 462 މިލިޔަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ ހުރިހާ މަގުތައް ތާރު މަގުތަކަށް ބަދަލު ކުރެވިގެންދާނެއެވެ.
މާލެ ސިޓީ ސްޓްރީޓްސްކްރޭޕިންގ ޕްރޮޖްކެޓްގެ ނަމުގައި މިއަދު ފެށި މި މަޝްރޫއުގެ މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައި ވަނީ، ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެވެ. މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
މި މަޝްރޫއުގެ ފުރަތަމަ ފޭސް މިއަދު ފެށިގެންދިޔައިރު، މާލޭގެ 1.94 ކިލޯމީޓަރު ހެދުމާއި، މާލޭގެ އަށް މަގެއް ހެދުމުގެ މަސައްކަތެވެެ. މި ފޭސްއަށްވެސް 50 މިލިއަން ރުފިޔާ ހަރަދުވެގެން ދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
މި މަޝްްރޫއުގެ ފުރަތަމަ ފޭސް ކުރިއަށްގެންދާނީ މާފަންނު ކަނބައައިސާރަނި ހިނގުމުންނެވެ.
އެ މަޝްރޫޢު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވީ މި މަޝްްރޫއުގެ ފުރަތަމަ ފޭސްގެ މަސައްކަތް ދެ މަސް ދުވަސް ތެރޭގައި ނިންމާލާނެ ކަމަށެވެ.
"ޓްރެފިކް ފުލުހުންގެ މަޝްވަރާއާއެކު، ފަހަަރަކު ދެ މަގު ބަންދު ކުރަމުން އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށްގެންދިއުން. އިރާދައްކުރެއްވިއްޔާ ޕައިލެޓް ޕްރޮޖެކްޓް (ފުރަތަަމަ ފޭސް)ގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ނިންމާލާނަން". މޫސާ ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން މާލޭގައި މިހާރު ތޮށްޖެހިފައިވާ މަގުތަކުގެ ތަރުތީބު ގެއްލިފައިވާ، އަދި ކާރުބާރުގެ ސަބަބުން ޕާކް ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
"އަދި މާލޭގެ މަގުތައް އެތަނުން މިތަނުން ކޮނެ،ރައްޔިތުންނަށް އެ ދިމާވާ ދަތި އުނދަގޫ މައްސަލަތަކުން މިންޖު ވުމަށް ލިބޭ ފުރުސަތަކަށް މި ފުރުސަތު ވެގެން ދާނެ. އިމާރާތް ކުރުމަށް އަޅަން ޖެހޭ ފެންހިންދާ ހޮޅިތައް، އެތެއިން އަޅަން ޖެހޭގޮތަށް ހަމަޖެހިގެން ދާނެ. ވާރޭކޮޅެއް ވެހިލާއިރަށް މާލޭގެ ސަރަހައްދުތަކުގައި ފެންބޮޑުވެ، ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކާއި، ކުރިމަތިވާ ނުހަނު ބޮޑެތި ގެއްލުންތަކުން ސަލާމަތް ވެގެން ދާނެ". ޝިފާ ވިދާޅުވިއެވެ.
އަދި ޝިފާ ވިދާޅުވީ، މަގުތައް ހަލާކުނުކޮށް، ފަސޭހައިން ކަންކަން ކުރެވޭނެ ގޮތްތައް މި މަޝްރޫއުގައި ވިސްނާފައިވާނެ ކަމަށެވެ. ޝިފާ ފާހަގަކުރެއްވިގޮތުގައި، މާލޭގެ މަގުތައް ފަސް ގިންތިއެއްގައި ދަރަޖަ ކުރެވިގެންދާއިރު، 4ފުރޮޅުލީ ބަރު އުޅަނދު ފަހަރާއި، ހަތަރު ފުރޮޅުލީ އާދައިގެ އުޅަނދު ފަހަރާއި، ދެ ފުރޮޅުލީ އިންޖީނު އުޅަނދުފަހަރާއި، ދެ ފުރޮޅުލީ އިންޖީނުލާ އުޅަނދު ފަހަރާއި ހަމައެކަނި ފައިމަގުގައި އުޅެވޭނެ ހަމައެކަނި އުޅެވޭނެ މަގުތައް ކަނޑައެޅިފައިވާނެ ކަމަށެވެ. އަދި ޕާކިންގއަށް ހާއްސަ ތަންތަންވެސް ހިމަނާފައިވާނެ ކަމާށް ޝިފާ ވިދާޅުވިއެވެ.
އަދި ދުވާރު ނެތް މަގުތަކުގައި ދުވާރުތައްވެސް ހަދާނެ ކަން ޝިފާ ފާހަގަކުރެއްވިއެވެ.
އަދި މަގުތައް ފަރުމާ ކުރެވޭނީ ޒަމާނީ ބައްތިތަކައި އެކުގައި ކަމަށާއި، އެހެންކަމުން ހިނގާ މީހުންނަށް އަމާންކަން ކަށަވަރު ކުރެވި،ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހަވާނެ ގޮތަކަށް ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ދަށުން މަގުތަކުގައި ކެމެރާތައް ހަރުކުރެވިގެންދަނެ ކަމަށާއި، ބަސް ދަތުރުކުރުމުގެ ނިޒާމަކަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މި ޕްރޮޖެކްޓުގެ ސަބަބުން މާލޭގެ ޓްރެފިކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.
ކޮންމަގެއްގަތޯ އަމަލީ މަސައްކަތް ފެށީ؟؟
ހާސްނުވޭ! ވޯޓުން ބަލިވީމާ އަމަލީ މަސައްކަތް ކިޔާ އެތިވެސް ގެއްލޭނެ!
ވޯޓަ އް ދޭތޯ؟ ވޯޓެ އް ނުދޭނަމޭ ވޯޓެ އް ނުދޭނަމޭ މިފަހަރު މަމި ބުނަނީ. ދީގެން އެއ އްކަމެސް ވެފަކާ އެ އް ދެންނެތޭ. ސާބަހޭ ސަބަހޭ މިސަރުކާރަ އް.ސާބަހޭ. ވަ އުދު ފު އްދާޝޭ ކިޔާ އާ ސަރުކާރެކޭ ބަލަމި އީ. ކޮންކަމެ އްހޭކުރީ އެއ އްކަމެސް ނުވެސް ވެޔޭއ އަވަހަ އް ފަ އިބަން އުޅޭ. ? ?
ފާޚާނަ ތެރޭގަތަ
މިހާރު އެތެޅެެނީ ކޮންކަމަކާ ރާއްޖޭގެެ ކައުންސިލްތަކުގެެ ސުޕަ މެޖޯރިޓި އެއޮތީ އެެމްޑީޕި ފިކުރުގަ ހަރާން ވާކަމެއް ސަރުކާރަށްސަނާ ކިޔުންނޫން ކަމެއް ހަރާން ރައްޔިތުންނޭ މިފަހަރު މިމީހުން ގެ މަކަރާހަިލަތުން ގައުމު ލޫޓުވާ ވައްކަންކޮށް ގއުމު ފަނާ ކުރަން މިފަހަރު ބފުރުސްތު ދީގެެން ނުވާނެ
އަދިވެސް ފަށަންތަވީ ، ކުރިންވެސް ފަށާފައިވަނީ މިހާރުވީ ނިންމަން
ތީވޯޓައްބައްކާ ދަޅަ ތިމަޅިޔަކު ދެނެއް ނުޖެހޭނެ ޓެކްސީ ތަކައްތިކުރާ ޖެއްސުން ހަނދާން އެބަހުރި ސަރުކާރައް ވ ސަލާމް
ތީ ފެށިގެން ކުރިއަށް ގޮސްގޮސް ހުރި މަސައްކަތެއް. ތިމާމެންނަށް ނުވެގެން ހުއްޓާލާފަ އޮތީ. އަލުންވެސް ފެށިނަމަ ފަށައިފިއޭ ބުނެވޭނީ. ނުވެސް ފަށާ ހުސް ދޮގު.
ގޭ ދޮ ށު މަ ގު ގަ
އަސްލު އަހަރެމެން ހާދަގަމާރޭދޯ މިއިން ދުވަހަކުވެސް މިރާއްޖެ ތަރަށްގީ ނުވާވަރަށް މިރާއްޖެ ތަރަށްގީކޮއްދިން ވެރިމީހާ ކަމުނުގޮސްގެން މާމޮޅު ވެރިއަކު އަނގަތަޅާގެން ވެރިކަން ކުރާތަން ފެނުނީމަ އަމިއްލަ ނަފްސާ އެތަކެއް ސުވާލުތަކެއް ކުރެވޭ މިކަމުންވެސް އިބުރަތެއް ހާސިލް ވިކަމަށް އެންމެން ބަލަމާ އަހިއްވަރެއްލާ މިއީ އަހަރެމެން އެންމެންގެ ގައުމުކަމަށް ދެކި 2023 ގައުމު ހިންގޭފަދަ ވެރިއަކަށް ދިނުމަށް އެންމެން އަތުގުޅާލަމާ ހިނގާށެ
މާލޭ މަގުތަކައް ތިވަރު ހަރަދު ތިކުރަނީ ކިތައްފަހަރުތޯ؟؟؟ މާލޭ މަގުތައް ތީ ކޮންމެ ސަރުކާރަކުން އެ ތިބޭ ބަޔަކައް ފައިސާ ހޯދާ މެސިނެއްތޯ؟؟؟ ހާދަހާ ޖަޒީރާއޭ ދޯ
އަމަލީ މަސައްކަތަކީ އެކަމަށް ހަރަދުވާ ވަރު ދައުލަތުގެ ބަޖެޓުން ނަގާ ބެހުން. މަގުތައް އޮންނާނީ އޮންނަ ގޮތަށް. 2 ގާ ހަމައަށް އޮތިއްޔާ 3 ވަނަ ގާ އޮންނަނީ ފުނޑިފަ.
ޕޭމަންޓުތައް މަތީގަ ހިނގޭވަރެއް ނޫން އިމާރާއްތަކުގެ އޭސީ އަދީ ފާހަނަ ހޮޅިން ބޮލަށް ފެން ފައިބާވަރުން . ނުވިތާކަށް ޕޭމަންޓު މަތީގަވެސް ހޮޅި. ގާ އަތުރާފަ ހުރިލެއް ޗާލުކަމުން މާލޭގެ ހިނގާފަ އުޅޭ މީހެއްގެ މައިބަދަ އަދި ކަކޫ ހުންނާނީ ވީރާނާ ވާން ކައިރިވެފަ. ދުއްވާފަ ދާ ކާރެއް ސައިކަލެއްގަ ފުރޮޅު ސަލާމަތަކުން ނުހުރޭ. އަދިވެސް އަމަލީ މަސައްކަތް ފައްޓައިގެން ތިބޭ މަމެން ތިބޭނަން ބަލަން
ލާރި ކާނކުރާ ކަމެއްތީ ކުރާ މަސައްކަތެއް ނުފެންނާނެ..މަގުތައް ފެންވަރުގަ ހަދަންޔާ ފުރަތަމަ މި ކޮންކުރީޓުތައް ޖެހޭނީ ތަޅާ ހަފުސްކުރަން، އެކަންވާނެތަ ނުވާނުން ސޯ ބޭކާރު ވާހަކަ ތި ދައްކަނީ.