ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮވާނީ 2022ވަނަ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް އަންގައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓަރު މަލީހަށް އަންގާފައި ވަނީ އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) އަށް ރިއާޔަތްކޮށް، އޭގައިވާ ޓައިމްލައިންއާ އެއްގޮތަށް މަސައްކަތް ކުރުމަށެވެ. ރައީސް އޮފީހުން މިނިސްޓަރު މަލީހަށް މި މަހުގެ 10ވަނަ ދުވަހު ފޮނުވި ސިޓީގައި ވަނީ ކަނޑައެޅޭ ވަކި ޕަސެންޓޭޖަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން، އިންޓަނެޓުގެ ހުރިހާ ޕެކޭޖްތަކަކުން ރައްޔިތުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ލިބިގެންދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ކަނޑައެޅޭ ވަކި ޕަސެންޓޭޖަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން، ރައްޔިތުންނަށް އެކަން އެދެވޭ ގޮތެއްގައި ބަލައިނުގަނެވޭނެ ކަމަށާއި އަދި މުވާސަލާތީ ހިދުމަތްތަކުން ދައުލަތަށް ލިބޭ އާމްދަނީއަށް ބޮޑު އަސަރެއް މި ބަދަލު ގެނައުމުން އަންނާނެ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސެޕްގައި ކަނޑައަޅާފައިވާ ތާރިހަކީ 2022ވަނަ އަހަރެވެ. އެހެންކަމުން އެ އަމާޒަށް ވާސިލްވެވޭނެ ގޮތަށް އެކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދައި ހުށަހެޅުމަށް ކޮމިއުނިކޭޝަން މިނިސްޓަރު މަލީހަށް ވަނީ އަންގާފައެވެ. އަދި ހައްލުތައް ހޯދުމަށް މަސައްކަތް ކުރާއިރު ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަޝްވަރާއާއެކު ކުރިއަށް ދިއުމަށް ވެސް ވަނީ އެދިފައެވެ.

ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު މޮނީޓާ ކުރުމުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން އަދާކުރަންޖެހޭ ދައުރު ހަރުދަނާ ކުރުމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި އަދި ވަކިން ހާއްސަކޮށް ކުރިއަރާފައިވާ ގައުމުތަކުގައި ކަންކުރާ އުސޫލުތަކަށް ރިއާޔަތް ކުރުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ރައީސް އޮފީހުން މިނިސްޓަރު މަލީހަށް މިގޮތަށް ސިޓީއެއް ފޮނުވާފައި ވަނީ އިންޓަނެޓް އަގުހެޔޮ ކުރުމަށް މިނިސްޓްރީއިން ކުރަން ޖެހޭ މަސައްކަތް ނިންމައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ކޮމިއުނިކޭޝަން މިނިސްޓްރީން ސަރުކާރުގެ ޕޮލިސީ އޮފީހަށް ފޮނުވާފައިވާ ޕްރޮޕޯސަލްއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. މަ

    ސުއްބޫ!!!!??? 2023 ގެ ކެމްޕޭނަށްދޯ؟؟ ???? 2022 ވަނަ އަހަރުގެ ޑިސެމްބަރ ފަހުކޮޅުތޯ؟؟☺️

    105
    • ނޫސް ބަލާ މީހާ

      ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު މިހާރު 03 އަހަރު ފަހަށް ބަދަލުކުރީ. ރައްޔިތުންނޭ އަދިވެސް ހޭއަރާކަށް ނުވޭތޯ އަދިވެސް ޤަމާރުކަންމަތީ ތިބޭތި.

      68
      1
  2. ޔާމިން

    2023 ރިޔާސީ އިއްތިހާބު ތީތި ސަޅި . ދޭނެ ވޯޓެއް ހަ ރާމް ނުދޭތި އެކަކުވެސް މޑޕ އައްވޯޓު.

    106
  3. ބަކުރުބެ02

    ހަހަހަަހަ. އަލިފާން ކެވިފަ ތިބޭނީ އެމްޑީ ޕީ ބޮކި ގުރޫޕަށް. އެޖެންޑާ 19 ވަރަށް މީހުން މޮޔަހައްދާނެ.

    92
  4. ކާފަބޭ

    އިންޓަނެޓުން އިސްތަށި ފަޅާނެބާ..

    76
  5. ހުސޭނުބޭ

    އަގުހެޔޮ އިންޓަނެޓް މިނިސްޓްރީން ތިކުރާ ބުރަ މަސައްކަތް ފެނިފައި ރައްޔިތުން މިތިބީ ދެފައި ކައިރިކޮށްލަންވެސް ނުކެރިފައި! ދެން 2022 ވަނަ އަހަރު ޑިސެމްބަރުމަހު އަލުން ތި މިނިސްޓްރީ އުފައްދަން އުވާލަންވީނު! މިހާރު ތި މިނިސްޓްރީގެ ބޭނުން އެ ކެނޑުނީނު!

    77
  6. ކިބޫ

    ނުވަންޔާ އިސްތިއުފާދީ އަވަހައް

    101
    1
  7. މާކަނާ

    ވިސްނާ ފިކުރުކުރާ ބަޔަކަށް ބޮނޑުމަންޒަރު ފެންނާނެ، ރަގަލަށް ވިސްނާ ތިބޭތި
    މިއޮތީވާ ވެރިކަމެށް!!!

    77
    • ވެރިން

      މީ ބަލާވެ ރިކަމެއް

      33
      • ބަލާއާއި މުސީބާތް

        ބަލާވެރިކަމެއްވެސް ނޫން. މިއީ ސުންފާވެރިކަމެއް.

        30
        1
  8. ޝާން

    2022 ގަ ބުނާތި 2023 ގަ އޭ. އަދި 2023 ގަ ވޯޓް ނިމުމުން ބުނާތި 2027 ގަ އޭ. ބަލަގަ އަހަރެމެންް ދިވެހިން މިއީ ކަލޭމެން ހީކުރާކަހަލަ ގަމާރުންނެއްނޫން. ތިގޮތަށް ކަންތައްކޮށްގެން 2023 ގަ އަހަރެމެންގެ ވޯޓެއް ނުހޯދޭނެ.

    66
    3
  9. އަހްމަދް

    2022 އަންނަދެން ގޭގަ މަޑު ކޮއްލާ ރައްޔަތުން ގުބޯ ހައްދަން

    78
  10. އަލިބެ

    ދެން ވޯޓް ކައިގެން ތިބޭ

    62
  11. މާކުން

    ފަސްއަހަރު ހަމަވަންވީމަދޯ ރައިތުން ހަދަން! މީހަމަކރު ބަޔަކު ދެން މިގައުމަކުން ނުފެން ނާނެ

    51
  12. ބެއްޔާ

    ސުބުޙާނަﷲ. ހަދާހާބޮޑެތި ދޮގުތައް. ރައްޔިތުން އަވަދިކޮށްފި. އެކަމަކު ތިމަލީހު ބުނި ހުރިހާކަމެއް ނިމިފައޭއޮތީ. އަގުތައްވެސް ވަރަށް ހެޔޮވާނޭ. ކީއްކުރަން 2022. ބޭނުމެއްނޫން. ތިބެދާނަށް މިހެން ހަނާވެހަނާވެ. މެމްބަރަކު ބުނި ހަނދާންވޭ ދިރާގާ ދެކޮޅަށް މަޖްލިހަށް މައްސަލައެއް ހުށަހަޅާނަމޭ. މިހާރު ދިރާގު ދަށުވެ އެކަން ނިމުނީބާ؟؟؟ ރައީސްމީހާބުނާނެ މިވަރުންވެސް ބޭނުންވަނީ އޯގާތެރި ސަރުކާރެކޭމީ.

    51
  13. ވަގު ޔާނު

    ކީއްވެ 2023 ހުގަޔޭނުބުނީ ލަދު ހަޔާތުދެ ކަންފުޅެއްވިސްނެތް

    33
  14. ޒާ

    ދެން މަހަށްދޭ

    27
  15. ލައިލާ

    މަގޭ ވޯޓެއް ދެން ނުލިބޭނެ މޑޕ އަކަށް

    32
  16. vebcam

    ރިލަޔަންސް ގެންނާނީ 22 ގަ ދޯ

    24
  17. ކަނޑަައްމުގޫ

    ތިޔައުޅެނީ 2023 ވަނައަހަރުގެ ވޯޓައްދޯ
    ؟

    19
  18. ހަސަދު

    2022 އެއީ އޮޅުމެއް އަގު ހެޔޮވރ އަދި ރައްޔިތުންނަށް ގިނަކަންކަން ދެން ކޮށްދެވޭނީ 2024 ވަނަ އަހަރު!!!.

    19
  19. އިބްރާހިމް

    ސާބަހޭ ގަބޫލްކޮށްފިން ކަނބުލޯ. ހުރިހާ ވޯޓެއް އެމްޑީޕީއަށް.

    15
  20. ވަޅޯ

    އަގުހެޔޮކުރިއަސް ރީދުލަކައް ނުދޭނަން ބޯޓެއް. މިހާރު ފުދޭވަރުވެއްޖެ

    20
  21. ބްރެއިން

    ތިވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. އަދިވެސް ތާކުން މީހެއް ފެންނައިރަށް ރައީސްކަން ދެވޭތޯބަލާ

    22
  22. ވާނުވާ

    ޢަގު ހެޔޮ ކު ރރރީރރމަ ނިމުނީ ދޯ...ތި ދި ރާގު ން ފު ރަތަމަ ތިޔޮއް 4 ޖީ އެއް ރަރގަޅު ކޮއްބަލަ...ބަރާ ބަރއް ބިލު ދައްކަން..ހަރާން ދެވޭ ހިދުމަތެއް...ހަމަ ޑޭ ލައިޓް ރޮބަރީ...

    23
  23. ސަޓޯ

    އެމްޑީޕީ ޓައިމްލައިން ހަދާފަ މިއޮތީ ދެން އަންނަ ދައުރަކަށް ހޮވޭނެ ކަމަށް.. އަހަރެމެން ވޯޓު ހަރާމް

    23
  24. Anonymous

    އެއަޓެލް އިންޑިޔާ އައިއްސަ ހެޔޮ ކުރާ ވާހަކަ.

    18
  25. އެންދެރި

    ދިރާގާ އުރީދޫ އަށް އެންމެ.ބޮޑު ފައިދާ އެއްވަނީ ޕޯން ސައިޓް ތަކަށް ވަންނަ މީހުންގެ ސަބަބުންނެވެ. އޮރިޔާން ސައިޓް ތައް ބްލޮކް ކޮށް ދިނުން އެދެމެވެ.

    21
    1
    • Anonymous

      މަގޭ ތާއީދު

      11
  26. އަކްމެޑް

    ސްޓާލިންކް އެބަ ރެޑީވޭ ތިއަށްވުރެ ކުރިން. އެއިރުން ހެޔޮ އަގުބޮޑުކުރިޔަސް

  27. ދޮގެއް؟

    ރައީސް އޮފީހަކަށްނޭނގޭނެ. ތިކަން ރަނގަޅަށް ސާފުކުރަންޖެހޭ އެބަ. ރައީސް އޮފީސް އޮންނަނީ ނިދިބުރާންތީގަ. ގަބޫލެއްނުކުރެވޭ ތިވާހަކައެއް.

    10
    1
  28. ރެޑްމޭން

    މަލީހު ދޮގުހަދައިފި.. އެކަލޭގެ ބޭރުކުރޭ... މަގާމަށް ދަހިވެތި މަލީހު އިސްތިއުފާދީ

    9
    1
  29. ޔޫއާރ

    ތަމެން އަމިއްލަ އަށް މަތިން ބައިން ޖެހިގެން ދޯ ބުނީ ތަމެންގެ ވެރިކަމަކީ އެއީ ޒީރޯ ޓޮލެރެންސްގެ ވެރިކަމޭ އެކަމަކު އިސްތަށި ގަނޑު ހާވާލާ އަޑި ބަލާލިއިރު ކޮރަޕްޝަންގެ ހާލި ހަދައިގެން ބިސް އަޅަންއޭ ތަމެން ތިބީ އެކި ނަންނަމުގައި ކޮމިއުނިކޭޝަންސް ކުންފުނި ތައް ހަދައިގެން ދެން ތަމެން ސީޕްލޭން ޓާރމިނަލް އާއި ގުޅޭ ގޮތުން ދައްކާ އެއްވެސް ވާހަކަ އެއް މަމެން ގަބޫލެއް ނުކުރާނަމޭ...

  30. ބީރުމީހާ

    ބަލަ މިނިސްޓަރަށް ނުވިތާ ލަމެއް މަލީހުގެ އަގު ވައްޓާލަން މަސައްކަތް ކުޭބަ