ރިޔާސީ އިންތިހާބުގައި ވައުދުވި ފަދައިން، މާލޭގެ ރައްޔިތުންންނަށް ހާއްސަކޮށް ގާއިމްކުރާ 4000 ހައުސިންގ ޔުނިޓާއި، އަދި އިތުރު 3000 ހައުސިންގ ޔުނިޓާއެކު ޖުމްލަ 7000 ހައުސިންގ ޔުނިޓްގެ މަސައްކަތް މި އަހަރު ފަށަން ނިންމާފައިވާކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ސްޓްރީޓްސްކްރޭޕިންގ ޕްރޮޖްކެޓް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދޭން ޖެހިފައިވާ ޕްރޮޖެކްޓްތައް ވަަރަށް ބައިވަރު ކަމަށެވެ. މީގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހައުސިންގ ޔުނިޓްތައް އެޅުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހާއްސަކޮށް 4000 ހައުސިންގ ޔުނިޓްތައް އަޅާދޭނެ ކަމަށް ރިޔާސީ އިންތިހާބުގައި ވައުދުވި ކަމަށާއި، އެހެން ނަމަވެސް މާލޭގެ ރައްޔިތުންނަށް ހާއްސަކޮށް އެއަށްވުރެ އިތުރު ހައުސިންގ ޔުނިޓްތައް ބޭނުންވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ދިރާސާކޮށް ބަލާއިރުގައި، އެއަށްވުރެ އިތުރަށް ބޭނުންވޭ، އެހެންކަމުން އަޅުގަނޑުމެންގެ އެ ދިރާސާގެ އަލީގައި އެއަށް ބަދަލު ގެނެސް އަޅުގަނޑުމެން މި ދަނީ މާލޭގެ ރައްޔިތުންނަށް އިތުރަށް ބޭނުންވާނެ ބޯހިޔާވަހިކަމުގެ މަސައްކަތްވެސް ކުރަމުން". ރައީސް ވިދާޅުވިއެވެ.

މިގޮތުން ކުރިއަށް މި އޮތް މަސް ދުވަސް ތެރޭގައި ފުރަތަމަ 1700 ހައުސިންގ ޔުނިޓާއި، 1300 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ ބިންގާ އެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރު 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެން ދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން،ކުރީގެ ސަރުކާރުތަކުގެ ވައުދާއި އެއްގޮތަަށް ހިޔާ މަޝްރޫއަށް ކުރިމަތިލާފައިވާ ފަރާތްތަކާއި، ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް އޭރުގެ ސަރުކާރުން ވައުދުވެ އެއްބަސްވެފައިވާ ގޮތަށް އެ ކަންތައްތައް ލަސްތަކެއް ނުވެ ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ގާސިމު

    ބިމުން މައްޗައް އަރާ ނިމިފަ ހުރި އެއްޗެއް ނުދެވިގެން އުޅޭ ބަޔަކައް ބިމުއަޑީގަ ހުރި އެއްޗެއް ދޭނެގޮތެއް ވިސްނަބަލަ

    125
    1
    • ނަކް

      އަދި ހުޅުމާލެ އެއީ މާލެއެއް ނޫން މާލޭ ފަޅެއްވެސް ނޫން.. މި ކ އަތޮޅުގެ ހުރިހާ ފަޅަކާ ރަށެއް މާލޭ މީހުންނަށް ދޭންވެއްޖެއްޔާ ކޮބާ މި ކ އަތޮޅުގެ އެހެން ރައްޔިތުންގެ ހައްޤުތައް؟ މާލެ އެއޮތީ ހިއްކާނެވަރަށް ހިއްކާފަ މާލޭ ރަޖިސްޓްރީގަ ތިބި މީހުނަށް ފުކެޓާ ބިމާ ދީ ހުސްކޮށްފި.. ކޮން ރަށަކަށް ޖެހިގެން އޮތް ފަޅާ ރަށް ދިނީ އެ ރަށެއްގެ ބިން ފުރުނީމަ؟ ވަކި މާލެއަށް ކީއްވެ ލިބެންވީ.. ވިސްނާތި ރައްޔިތުން ލަނޑާނެ ހާއްސަކޮށް މާލޭގަ ދިރިއުޅޭ އެހެން ރަށްތަކުގެ ރައްޔިތުން.

      1
      1
    • ޙިންނަބެ

      އަޅޭ ޞޯލިބޭކުރެން އަހާބަލަ ފްލެޓްއަޅަނީ ތިމާގެ އަންބޮޑިންތޯ ހިންނަވަރުގައި ޗައެއްޗެތި އަލޭބެއި

  2. ސަމްސިއްޔާ

    ވާއު، ޖަޒީރާ ރައްޖެ،

    28
    37
    • .......

      ހުވަފެނެއް ފެނުނީމަވެސް ތިހެން ބުނެލާ އުޅެންދޯ....!

      41
      1
  3. ހައްވަ

    ވޯޓުލާންކައިރިވީދޯ ވައުދުފުނިފުންޏައް ވާނެ އެކަމެއްނުވެއްވާނެ އަޅާފަހުރިއެއްޗެއްނުދެވުނުބަޔަކު ދެންކޯޖެއްތޯދެވޭނީ ހަމަވޯޓުހޯދަންހަދާހާދޮގު ނުދެވޭނެ މިފަހަރު ވޯޓުނުދެވޭނެ

    97
    2
  4. ބޮއިކޮޓް

    އދިވެސް މާލޭ ރައްޔިތިންނަށްތަ ފްލެޓް ދޭންވީ؟ މިތާ މާލޭގ އުޅޭ ރާއްޖރތެރޭ މީހުން ކުރާ ހުރިހާ މސައްކަތެއްގެ ފައިސާ މިދަނީ ކުއްޔަށް. ތި މީހުނަކށް ނުވިސްނޭނެ ތިމީހުން ތަހައްމަލް ކުރަންޖެހޭ ކަމެއް ނޫންވިއްޔަ މީކީއެއް. ޢަހަރެން ދެން އެމް.Dީ ޕީ އަަކަށް ވޯޓެއް ނުދޭނަން

    49
    11
    • ައަހުމަދު

      ރާއްޖެތެރޭ މަހުޖަނުން ދިގު މުއްދަތަށް ހަދާގޮތައް ހިސޯރުކޮށްގެން ފައިދާނަގާ ނިކަމެތި މާލެ މީހާގެ ގެ ކުއްޔަށް ހިފައިގެންވެސް އުޅެނީ ހަމަ ވަންނާނެ ތަނެއް ނެތް މާލެ މީހަކު1

      3
      1
    • ޯލޮލް

      ?????

      1
      1
  5. ހަމައަސްލު

    އޭ ރުން ދޯ ފްލެޓް ކުއްޔަށް ދީފާ ބޭ ރަށް ދެވޭނީ

    47
    1
    • ނޫރު

      ވަރަށް ދެރަވޭދޯ

  6. ޙަސަން

    ދައުލަތުގެ ލާރިން ވަކިބަޔަކަށް ފުލެޓު އަޅައި ދިނުމަކީ އެންމެ ރަގަޅު ގޮތެއްނޫން

    51
    5
  7. ކަނަމަނަ

    ރައީސް ޔާމީނު އެޅުއްވި 7000 ފުލެޓް ދައްކާފަބުނޭ މީތިމައްނަ ނިންމިތަންތަނޭ ހަޑިގިއްލާ

    57
    2
  8. މާހިރު

    ތިފުލެޓްތައް ނިމޭނީ 2023 ގައި ބާ؟؟ މާލޭ ބޭފުޅުންނާއި ތިމާގެ މީހުންނައް ލިބޭނެތާ؟؟

    45
    4
  9. ޒާ

    ނުވާނެތިކަމެއް ރަށަށްދޭ

    34
  10. ލުޓޭރުންގެ ސަރުކާރު

    އެހެންވީމަ ކު ރިން ވައުދުވީ ދި ރާސާނުކޮށް..މިފަހަ ރު ޕްލޭނެނުކޮށް...މިސް ރާބެނެތް ދަތު ރެއްގަ ރައްޔިތުން ދިޔަވެފައޮތް އޮނޑިއެއްގަ ދަތު ރުކު ރަން އަ ރަން ކައްޕިގޮވަނީ....މާލެ އައްޑޫ ތިނަދޫ ކުޅުދުއްފުށި ދިއްދޫ ފުއައްމުލަ މިތަންތަނުގެ މީހުން މިސަ ރުކާ ރަށް މޑޕއަށް މަ ރުދޭނެ އެކައްޗެ ނުދިނަސް...ކޮބާ ފިޔާ އަގުބޮޑުތަ....ބޮޑެނޫންދޯ މިދިޔަ ސަ ރުކާ ރުގަ ކާޑުގެ ބާވަތްތަކުން ރުފިޔާއެއް ދެ ރުފިޔާ ބޮޑުވެގެން ތެލިތައްދޮވެ މަގުމަތީގަ ހިއްކަންއެޅި..މިހާ ރު 8 ރުފިޔާއަށްވިއްކި ފިޔާކިލޯ 40ހުން 30އަށް ވިއްކާއި ރު ހެވިދިލިފަ...އެހެންވީމަ ކިނބޫ ފަހަ ރަކުއެއްޗެ ކައިހުސްކު ރާއި ރުވެސް ރައްޔިތުން ކިނބޫ ކު ރިމަތީގަ ޑާންސްކޮއްލަކޮއްލާ...

    33
  11. ހުސޭނުބޭ

    ރައީސެއްކަމަކު މާލެ ޚާއްސަވަންޏާ ރާއްޖެތެރޭ ރަށްރަށަށް އަރަންވާނީ ކުޑަސިޓީ ހައްދައިގެން! ތި އުޅެނީ އަދުން ހުސޭނުމެން ބުނާގޮތަށް ހަދައިގެން!

    45
    2
  12. މިހެންވާނެބާ!

    މާލޭ މީހުންނަށް ދޭއިރު އެއީ ދަފްތަރުގަ ތިބިމީހުން ކަމަށް ވަންޔާ ތިދެވެނީ ވެންމަސް ވެނަށް، މާލޭ މީހުންތޯ ބަލާފަ، ގޯތިގެދޮރުގެ ދަތިކަމަށްބަލާފަ، ކުށްޔަށް ނުދެވޭ ގޮތަށް، ދައްކަން ޖެހޭ ވަރުކުޑަކޮށް ދެވިއްޖިއްޔާ ތީތި އެއްޗަކަށް ވެދާނެ

    27
    7
  13. ސޭކްސްތާން

    ރައީސް ޔާމީން 7000 ފްލެޓް އެޅީމާ މި މަރުކޮހުން މިއުޅެނީ ލާރި ނެތިގެނ 7000 ހައުސިންގ ޔުނިޓް އަޅަން. ކައުންސިލް އިންތިހާބާ ދިމާކޮށް އުޑުންް ތަރިވެސް ބާލައިދޭނެ. މަރުކޮހުންގެ ލާދީނީ ސަރުކާރު

    32
    1
  14. މޫސަ

    މާލޭ މީހުންނަށް ފްލެޓް އަޅައިދެނީ މާލޭ މީހުންގެ ރުފިޔާއިންތަ؟ފްލެޓް އަޅާފަ ދިނީމަ ރާއްޖެތެރޭ މީހުނަށް ބޮޑު އަގުގަ ކުއްޔަށްދީފަ އާއިލާ އެންމެން ވަދެތިބޭ ކޮތަ ރުކޮށްޓެއްގަ.

    21
    3
    • ލޫތު

      މީގެ ކުރިން ދިން ހުރިހާ ފުލެޓެއް ދިނީ ކަލޭމެނަށް. ކެވުނުލެއްމަދީދޯ

  15. ސަޓޯ

    މުޅިން ހިޔާލީ ފުލެޓު އަޅާ ސަރުކާރެއް މިއިބުރޭ ހިންގަނީ

    26
    1
  16. ފެއިލް

    ކަލޯ 7000 ހައުސިންގޔުނިޓްގެ ގުބޯހައްދަން ދެން ނޫޅުނިއްޔާ ރަނގަޅުވާނީ މިފަހަރު ކައުންސިލް އިންތިހާ ބުންބޮޑުތަނުން އެމްޑީޕީއަށް ނޫނެކޭ ބުނެލާނީ ވރަށްކެރިގެ ން ހައް ހާއްހާ

  17. މަނާސް

    ތިޔަތިބީ ފެށިފަ ނޫންތޯ..؟

    22
  18. ގުބޯސަރުކާރު

    ކަލޯއަންނި އިބޫ ކަލޭމެން މިފަހަރު ކުރިޔަށް 6 ކުޅި ކުޅެއްޏާ ޕޕކުދިން މިފަހަރު ކުރިޔަށް ކުޅޭނަން 12 ކުޅި ރީނދޫ މަޅިޔަކު މިފަރު އިކޮޅުގައި ހުރިއެކަކު ވެސް ނުޖެހޭނެ ދެންފައިވާ އަތަށް ނަގައިގެން ދުވަންތައްޔާރުވޭ.

  19. މިހެންވާނެބާ!

    ކަލޯވެސް ދުވަހަކު ހަގީގަތަކަށް ނުވާ އެމްޑީޕީކޮންމެއިންތިޚާބަކާ ދިމާކޮ ދައްކަ މުންދާ ހަޤީގަތެނުވާ ކުލަނުޖެހޭހުވަފެން ފެނުމަށްއުމީދުކުރަންފެށީތަ އަނެއްކާ ހައްތާ ވެސް ބޯނެތް ބުރުމާ މިފެންނަނީ.

  20. ކިނބޫ

    ރާއްޖެޔެރޭ މީހުންނޭ ކަލޭމެންގެ ލާރިތައް ކައި ހުސްކޮށްފި ވަގުންތައް. ކުރިއަށް އޮތްތާ ތިންއިރު ކޮއްތުވެސް ހަތަރުކަށިމަތިން ކައިފަ ބާކީވާ ތަނުން ލިބޭނީ. އަދިވެސް ހޭއަރާކަށް ނުވޭ؟

  21. ވިސްނާމީހާ

    މިސަރުކާރުން އަބަދުވެސް ކަންތައްކުރާވާހަކަ ދައްކަނީ، ރައީސް އެވެ. ތިޔަހެން ދޮގުނަހަދާށެވެ.ކޮއްފަ ބުނީމަ ޤަބޫލް ކުރާނަމެވެ.

    8
    2
  22. ބްރޯ

    ޔާމީނު ރެޑީކޮށްފައިވާ 25 ބުރީގެ 4000 މިހާރު 3000 އަށް ބަދަލުކޮށްގެން އިމަރާތްކުރާ ވާހަކަ އެ ކިޔަނީ އެކަން ކޮށްދޭނެ ބަޔަކުނުވި މިހާރު ކައުންސލް ބެނުމުގެ ދޮގު ފަތުރަންފެށީ

  23. ފަހުފުރުސަތު

    މާލޭމީހުނަށް ފުލެޓެއް ވެސްނޫންދޭނީ ސޯލިހު މާލޭމީހުން ފުލެޓް ކޮށްލާނީ ހައްހައްހާ ފުލެޓްވެފަ ތިބި ބަޔަކަށް ކޮންފުލެޓެއް އެޅޭނީ އަދިވެސް އެބައިގަނޑު ދައްކާ ވާހަކަ ގަބޫލްކުރާ މޮޔައިން އެބައުޅޭތަ އެކަމަކުވާ ހޭއަރާބަލަ މިއީ އެބައިގަނޑު ގެކިބައިން ސަލާމަތް ވުމަށްލިބޭހަމައެކަނި ފުރުސަތުކަން ހަދާންކޮށބަލަ މިއީ ބުހުތާން ވައުދު ވާތިންވަނަ ބުރުކަން ހަދާންކޮށްދަލަ ހޭވެރި ވެބަލަ އެރީނދޫބައި ގަނޑު އެބުނާ އެއްކަމެއް ވެސްނުވާނެ މިފަހަރު އެބައިގަނޑު ހޮވުނީމަ ބުނާނެ ރައްޔަތުން ތިމަނަމެން މިއީކޮން ބައެއްކަން ހަމަރަގަ ޅަށް ވެސް އެގިތިބެ ތިމަން މެނަށް ވޯޓު ދިނީނޫންހޭ ކަމެއްނުވާ ކަންވެސްއެގެއެއްނުން ހޭހުރިހާއެއްޗެއް އެގިތި ބެވޯޓު ދިނީނޫންހޭ އެލާދީނީ ބައިގަނޑު ހޮވައިފިއްޔާބުނާނެ ރައްޔަތުންގެ ނިމްމުމޭ މިއީ އެބައިގަނޑު ރިޔާސީއިންތިހާބުން ވައްކަންކޮށްފަވެސް ބުނީ ހަމައެހެން މަޖިސްލިސްއިންތިހާ ބުގައިވެސް ބުނީހަމަ އެހެން އެލާދީނީބައި ގަނޑަށް މިފަހަރު ކައުންސިލްވޯޓު ދީފައި ފަހުން އެކަމާ ދިން މޮޔަހިތަށް އެރިޔަސް ދެންކުރެވޭނެ ކަމެއް ނޯންނާނެކަން ރައްޔަތުން ހަދާން ކުރާތި މިއީ އެލާދީނީ ބައިގަނޑު ފުށުން ސަލާމަތް ވާން ލިބޭ އެންމެ ފަހުފުރުސަތު ކަންރައްޔަތުން ހަދާން ބެހެއްޓެވުން އެދެން.

  24. މިއަދު

    އަހަރެމެންއަތުންނަގާ ޓެކުސްފައިސާ ތިކަމަށް ބޭނުން ނުކުރާތި ތިއީ ކައުންސިލް އިންތިޙާބަށް ދަމާ ރީންދޫ ދިދަފައްޗެއް އިންތިޚާބު ނިމުމުން ތިދިދަފަތިވެސް ނެތިހިނގައިދާނެ

  25. ޑިކްޓޭޓަރ ހުސެންހަލީމް

    ނުވާނެ. މިސަރުކާރަކަށް ނުވާނެ ތިކަމެއް. މިބުނަނީ ވަރަށް ކެރިހުރެ، ކައުންސިލް ހޯދަން ރައްޔިތުން ގުނބޯހައްދަނީ. ނުވާނެ. ނުވާނެ. ނުވާނެ.

    13
  26. ޥަހީދާ

    އަދުންހުސޭނުގެ މާލޭޒަމް ފަތުރަންނޫޅޭ!!

    12
    1
    • ަަަައައްޔުމަން

      އެއްކަލަ ނިކަމެތި ރާއްޖެތެރޭ މީހާ.

  27. ޥޫހާން

    ކައުންސިލް މަޅިފަތި ޖަހާ ލަވަން ފެށީ! މަކަރާ ދޮގުމީ މެޓާ!

    10
  28. ނިހާމް

    ތަރައްގުއި ސަރްކާރް

  29. ޔޫކާންޓް

    ސިޓީތަކަކީ އޮޅުވާލުމެއް، ޖިނާއީ ތަހުގީގަކަށް ދާން ޖެހޭ ކަމަށްވާނަމަ މިއިން އެގިގެން ދަނީ ތަމެންގެ ފިރިމީހާ ގެ ނަމުގައި ކުންފުންނެއް ހަދައިގެން ތަމެންނަށް ބައި އަޅާ ގޮތަށް ހެދި ކުންފުނިން ޓީއެމްއޭ ..

  30. ޢާސީ

    ޗިޕް ޖަހަނީތޯ

  31. Anonymous

    އަނގައިން ފަށަފަށާ ތިބޭ އެއްކަމެއްވެސް ނުވާނެ

  32. ރަސީ

    ރާއްޖެތެރޭ މީހުން ކައިރިއަށް ވޯޓު ހޯދަން ނާންނާތި. ހަރާންވާނެ ދިނިއްޔާ

  33. ކަފަބުރު

    އެޖެންޑާ ނަވާރަ ޖަޒީރާ ތޮއްޖެއްސުން.

  34. މާރިޔާ

    މާލޭ މީހުން ކަލޭ ހޮވީ.