ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް މާލޭގެ ދިރިއުޅޭ ފަރާތްތަކަށް ފައިދާ ކުރާނެހެން ވަގުތީ މާރުކޭޓެއް ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މާލެ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓުގެ މައްސަލައަކީ ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށެވެ.

ރައީސް ވިދާޅުވީ، އެކަމަށް މިހާރު ހައްލެއް ހޯދި މާރުކޭޓުގައި 178 ގޮޅި ހަމަޖައްސައި ލިސްޓް ފައިނަލް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

"ކުރިއަށް އޮތް ރޯދަމަހަށް ވަގުތީ ގޮތުން މާރުކޭޓެއް ތައްޔާރުކޮށް، މާޅޭގެ ރައްޔިތުންނަށާއި މާލެއަށް އަންނަ، އަތޮޅުތަކުގެ ދަތުރުވެރިން ގެންނަ ތަކެތި ވިއްކޭނެ އިންތިޒާމު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސާނަން" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ދަތުރުވެރިންގެ މާރުކޭޓް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މާރުކޭޓް ބަންދު ކުރިއިރު ސިޓީ ކައުންސިލުން އެތަން އަލުން ހުޅުވޭނެ ދުވަހެއް އިއުލާނު ކޮށްފައެއް ނުވެއެވެ. މާރުކޭޓް ބަންދު ކުރި އިރު އެތަނުގައި 174 ގޮޅި ހުއްޓެވެ. ފަހުން ސިޓީ ކައުންސިލުން ނިންމާފައިވަނީ ގޮޅިތަކުގެ އަދަދު 117 އަށް ކުޑަކޮށް ގޮޅިތަކުގެ ސައިޒު ބޮޑު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމީ

    ސާލިހު މާރުކޭޓު މިހާރު ކުރީހުރި ވަރައް ވުރެވެސް ކުޑަ ބުނަން މާރުކޭޓު މެނޭޖުކުރަން ނޭގުނު ކައުންސިލަރުންނަށް ދެންކޮންކަމެއްވާނީ ،މިހާރު ކައުން ސިލަރުން ތިތިބީ ކަޓު ނަގާގެން ގޮޅިތައް ދޭނީކޮން ބަޔަކަށް ކަން ނޭގިފަ..70މިލިއަނައް ސަޅިމާރުކޭޓު މަރާމާތުކުރަން 0 ޓޮލަރަންސުގެ ދަށުން ،،،

    13
  2. މޫސަ

    މާރުކޭޓެއް މެނޭޖްކުރަން ނޭގުނުބަޔަކައް ކޮން ސަރުކާރަކާއި ވަގުތީ މާރުކޭޓެއްތަ ހިންގޭނީ މިބައިމީހުންގެފެންވަރު މިހާރުވަރައް ރަނގަޅައް ދިވެހި ރައްޔިތުންނައް އެނގިއްޖެ މިވާހަކަ މިދައްކަނީ މިވެރިކަން ގެނައުމައްޓަކައި ވީގުރުބާނީއާއި ކުރެވުނުބުރަމަސައްކަތް ކުރެވުނީތީ ހިތާމަކުރާ ހާލުގަ

  3. ޒާ

    ކުރާނަން ކުރާނަން ކިޔާފައި އެއްކަމެއްވެސް ނުކޮށް އަނެއްކާވެސް ވައުދުވަނީ ގުނބޯލި ސަރުކާރު.