މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތައް.

23:16

22:11

17:11

ޖަޕާނުގައި ކަރަންޓީންކޮށްފައިވާ ކްރޫޒް ލައިނާ ޑައިމަންޑް ޕްރިންސަސްގައި އިތުރު 88 އަށް މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ. މިއާއެކު އެ ކްރޫޒްލައިނާގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 542 އަށް ވަނީ އަރާފައި.

16:52

ރާއްޖެއަށް ޕްރައިވެޓް ހެލިކަޕްތަރެއް ގެނައުމުގެ ހުއްދަ ދިނުމަށް، ޓްރަންސްޕޯޓް އެންޑް ސވިލްއޭވިއޭޝަން މިނިސްޓްރީގައި، ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އެދިވަޑައިގަންނަވައިފި.

16:24

މިވަގުތަކީ އެއްވެސް ބޭފުޅަކު ޗައިނާއާއި މެދު ދެރަ ގޮތެއް ވުމަށް ހިތް ނިޔަތް ގަނެގެން ވާނެ ވަގުތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.

15:28

14:50

14:44

14:27

13:42

13:42

13:41

12:19

11:45

11:44

11:31

11:19

ޖަޕާން ބަނދަރުގައި އޮތް "ޑައިމަންޑް ޕްރިންސަސް" ގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފި.

11:00

10:43

10:22

09:50

08:54

ވޫހާން އިން އިންޑިއާއަށް ގެންގޮސް ކަރަންޓީން ކުރި ހަތް ދިވެހިން ރާއްޖެ އައުމަށް ދަތުރު ފަށައިފި. ހަތް ދިވެހިން ރާއްޖެ އަންނަނީ އެއާ އިންޑިއާގެ ފްލައިޓެއްގައި. އެ ފްލައިޓް ޖައްސާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭ ގަޑިން ހެނދުނު 10:05 ގައި.

08:50

ދެކުނު ކޮރެއާއިން ކޮވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ. މިހާތަނަށް ދެކުނު ކޮރެއާ އިން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 31 އަށް އަރާފައި.

08:49

ކަރަންޓީން ކޮށްފައި ވަނިކޮށް އުސޫލުތަކާއި ހިލާފުވި ދެމީހެއްގެ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ހޮންކޮންގް އިން ބުނެފި.

08:46

00:12

ފާއިތުވި 24 ގަޑިއިރު ކޮވިޑް-19 އާއި ގުޅިގެން ލިބުނު ޚަބަރުތަކަށް ބަލާއިރު ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 1800 އާއި ގާތް ކުރިނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު މަދުވެ، އަދި މަރުވާ މީހުންގެ އަދަދު ވެސް ކޮންޓްރޯލް ވަމުން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އަންނަ ވޫހާންގައި ތިބި ހަތް ދިވެހިން އިންޑިއާ އަށް ގެންގޮސް ކަރަންޓީން ކުރުމަށް ފަހު މާދަމާ މާލެ ގެނައުމަށް ވަނީ ހަމަޖެހިފައި.

މުހިއްމު އިތުރު ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލް "ވަގުތު" ބްލޮގް އިން ފެންނާނެ.