އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭނީ ސަރުކާރުން ނިންމި ގޮތަށް ކަމަށާއި އެކަން އެގޮތަށް އެމްއޭސިއެލްގެ ބޯޑުން ތަންފީޒު ނުކުރާ ނަމަ ބޯޑު ބަދަލުކޮށްގެން ނަމަވެސް ސަރުކާރުގެ ނިންމުން ތަންފީޒު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ ޓީއެމްއޭ އަށް 6400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޫކުރުމަށެވެ. އެއީ ދައުލަތައް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ލިބޭނެ ކަމެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެނިންމުމުގެ ސަބަބުން ދައުލަތައް ގެއްލުން ވާނެ ކަމަށް އޮޑިޓަރ ޖެނެރަލް ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދެއަހަރު ދުވަހުގެ މުއްދަތައް ޓީއެމްއޭއަށް ޓާމިނަލް ދިނުން އެއީ މިވަގުތައް ރަނގަޅު ނިންމުމެއް ކަމަށް ވެސް އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން އަމިއްލަައަށް ހިންގަން ވާން ޖެހޭ ތައްޔާރީތައް ނިމި ޓާމިނަލްއާ ހަވާލުވާނެ ކަމަށެވެ. އެއަށް ފަހު ބާކީ އޮންނަ ޖާގަ ދޫކުރާނީ ބިޑް އުސޫލުން މާކެޓްގެ އަގުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން، ސަރުކާރުން 100 ޕަސެންޓް ޝެއާ ހޯލްޑާ މި ހުށަހަޅަނީ މިގޮތަށް ކުރިއަށް ގެންދާށޭ، އަަޅުގަނޑަށް ހަމަ ޔަގީން އެގޮތަށް ކަން އެކަން ކުރިއަށް ދާނީ. ދެން ހަމަ ކުރީ ސަރުކާރުތަކުގައި ވެސް ކުންފުނިތަކުން ކަންތައް ކޮށްފައި އެހެރީ ހަމަ ސަރުކާރުން އަންގައިގެން. އަޅުގަނޑުމެން އެމްއޭސީއެލްގެ ބޯޑަށް ހުށަހަޅާފައި މިވާ ގޮތަށް އެކަންތައްތައްް ނުކުރެވޭ ނަމަ ހަމަ އަޅުގަނޑުމެން ބޯޑު ބަދަލު ކުރުމުގެ އޮޕްޝަން ވެސް ސަރުކާރަށް އޮންނާނެ،" އަމީރު ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ބޯޑު ބަދަލުކޮށްގެން ނަމަވެސް ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން ސަރުކާރުން ނިންމާފައި ވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރްއަށް ދިނީ ވެސް އެއެއްބަސްވުމުގައި ސޮއި ކުރަން އެމްއޭސީއެލްގެ ބޯޑުން ދެކޮޅު ހެދުމުން ކުއްލިއަކަށް ބޯޑު ބަދަލު ކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. ޝާހް،ރ.ވާދޫ

    އެވަރަށް ރިޝްވަތު ކައިފަ. އޭބަ ބޭނުންވާ ގޮތައްނޫނި އެއްކަމެއްވެސް ނުކުރެވޭނެ. ފާޅުގަ ހިންގާ ޖަރީމާ، އެމްޑީޕީންމަށް މިކަން ބަރާނަރު.

    124
    2
  2. Anonymous

    ޕީޕީއެމް ކުދިންކޮޅު މިތާނގައި ފުމެން ފެށުމުގެ ކުރިން 2 ބިލިޔަން މަތިން ހަނދާންކޮށް ގުދަށް ނުގޮވައި ހިމޭނުން ތިބިއްޔާ މާ ތާހިރުވަނެ! ސޭވެ ދަ އެމްބަރަސްމެންޓް

    7
    163
    • ......

      ޕީޕީއެމް އިން އަރާ ދެބިލިއަން ކާލީމާ އެއީ އެމްޑީޕީ އަށް ސަރުކާރުގެ ފައިސާ ހަލާލުވީތޯ

      61
      1
    • އެމްއެމްއައި

      ކަލޭގެ ލަދު ހަޔާތް ކުޑަކަން ސޭވް ކުރިއްޔާ މާ ތާހިރުވާނެ.

      38
    • Anonymous

      ކަލޭގެ ތިޔަވާހަކަ ދެކޮޅުނުޖެހޭ، ސަބަބަކީ ޖަލޭމެން ވެރިކަމަށްއަންނަން މަސައްކަތްކުރިއިރު ރައްޔިތުންނަށް އެންބޮޑަށް ވިސްނާދިނީ ތިމަންނަމެން ވެރިކަމަށް މިއަރަނީ ޕީޕީއެމް ސަރުކާރުގައި ހިންގާ ޚިޔާނާތާއި އައްދާރުކަން ނަތްތާލާފަ ނަހަމަގޮތުގާ ދައުލަތުގެ އެއްމެ ލާރިއެއްގަވެސް ނުޖެހި ރައްޔިތުންނަށް ބޮޑުފައިދާތައް ނެރެދޭނެ އަމާނާތްތެރި ވެރިކަމެށް ކޮށްދޭންކަމަށް، ނަމަވެސް މިހާރު ކަލޭމެންގެ ބަހާއި އޟަލުން ތިޔަ ދޭހަވަނީ ކުރީގެ ސަރުކާރުގެ ޚިޔާނާތްތެރި ޖަރީމާތައް އޅުން އިޔާދަކުރަންޖެހޭގޮތް ދޮތެ.؟؟

      44
    • ޢިއްބެ

      ޢޮރިޔާން ނިވާކޮއްބަލަ ، މިއަދު ލަދުގަނަން ޖެހޭނެ އަނގަ ފުލާކުރަން ،

  3. ލަދުބެ

    ދިވެހި ރައްޔިތުންނަކީވެސް ތިބި ބައެއްކަން ދައްކާލާނަން އަމީރުއަށް. ގަދަބަސް ބުނެފަ ހަދާނެ އެއްޗެއް ހަދާތަން ބަލަން ތިބޭ ގަމާރުން.

    142
    1
  4. ސަންތިމަރިޔަބު

    ސާބަހޭ ޒީރޯޓޮލަރަންސް އެންކަރަޕްޝަން ކަމިޝަނުންނާއި އޯޑިޓަރ ޖެނެރަން ދައުލަތައް ބޮޑެތި ގެެއްލުން ތަކެއްވާނެ ކަމަށް ވިދާޅުވެފާވަނިކޮއް ޒީރޯޓޮލަރަންސްގެ ދަށުން ދެވޭނެ
    ހަމަހިނިއަންނަނީ

    128
    1
  5. މާލެސިޓީ މީހާ

    ކަލޭމެން ރައްޔިތުންނަށް ތިކުރާ ޖެއްސުން ހުއްޓާލުމަށް ގޮވާލަން ތިކަމުގެ ސަބަބުން ގެއްލުންވެ ނިކަމެތިވަނީ ރައްޔިތުން ކަލޭމެންގެ ޖީބަށް ބަރު މިފަސް އަހަރު ދެން އަންނަ ފަސްއަހަރު ކަލޭމެން ވަޒީފާ އެއް އަދާނުކޮށް ރެސްޓް މޯޑުގައި އޮވެވޭނެ އެއީ ތިކުރާ މަސައްކަތަކީ. ރައްޔިތުންނަށް ވަރަށް ސާފު

    109
    • ޙޚޏޛ

      5 އަހަރު ވުމުގެ ކުރިއައް އަމިއްލައަކައް ވެއްޓޭނެ މި ބައިގނޑު.ކަމެއް ކުރަން އެނގޭ ބައެއް ނޫން މިއީ.މިހާރު މާ ލަސްވެސް ވެއްޖެ ސޯޓު ބާލުވަން

      36
      1
  6. ރައްޔިތުމީހާ

    މީ ދޯ އެބުނާ ދެފުށް ފެންނަ ހަމަ ހަމަ ސިޔާސަތުގެ ޑިމޮކްރަސީގަ ކަންކަން ކުރާ ގޮތަކީ؟ ކޮންމެގޮތެއް ހަދާފަވެސް މިނިސްޓަރު ބޭނުންވާގޮތަށް ކަންކަން ނިންމުމަކީތޯ ފުރިހަމަ ޑިމޮކްރަސީގަ އޮންނަ ގޮތަކީ؟ .... ދާއިމަށް މަގާމުގަ ތިބެވޭނެކަމަށް ހީކުރާ، ހެއްދެވި ފަރާތެއްވާކަންވެސް ގަބޫލުނުކުރާ މީހުން މިބާވަތުގެ ގަދަބަސް ބުނެއުޅެނީ. ކަލޯގެއާ ހޭއަރާ!!

    93
    2
  7. އއއ

    ރަނގަޅު ރަނގަޅު ތީހަމަ ގައުމުގެ ގިނަ މީހުން އެދޭގޮތް. އެހެން ވުތާ ތި ބައިގަނޑު ވެރިކަމަށް ގެނެއްސަ ތިތިބި.

    80
    3
  8. އިއްބެ

    އަމީރު އެދަނީ އޭނާގެ ދާއިރާއަށްވެސް ގޮތްދައްކަމުނެވެ.މިކަހަލަ ޢަދުލުވެރިކަމެއް ބޭނުމެއްނޫނެވެ.މާދަމާއޮތްކަންވެސް ދަންނަންވާނެއެވެ.

    26
  9. ައަލިތަކުރު

    ގެޔަށްދާން ތައްޔާރުވޭ

    31
    1
  10. ވައިވޭ

    ކޮބާ ބޯޑް އެއްގެ ބޭނުމަކީ ހަމައެކަނި ބަޔަކަށް މުސާރަ ދޭންތަ އަމީރު ކަލޭ ކިޔެވި އެއްޗަކާ ދޭތެރޭ ވެސް ޝައްކު ބޯޑަކީ ސަރުކާރުން އައްޔަން ކުރި އެއްކަމަކު އަންގާހާ ގޮތަކަކަށް އަމަލް ކުރަން ތިބޭބަޔެއްނޫން ގަދަބަސްބުނެފަ ބޯޑު ބަދަލު ކުރާނަމޭ ތިބުނަނީ ކަލެޔަށް އިގޭތަ ބޯޑު ސަރުކާރުން އައްޔަން ކުރި ފަދައިން ސަރުކާރަކީ ގެ ވެރިން ނަކީ ރައްޔިތުން ކަން ހިލްމުގެ ކަންފުޅެއްވެސް ނެތް

    31
  11. އާދަނު

    އަމީރު ހާދަ ވަރުގަދައެ. އުފަލަކަށްފަހު ހިތާމައެއް އަންނާނެ. އުސްގަނޑަކށްފަހު އަޑިގަނޑެއް ވެސް ބައްދަލު ކުރާނެ.

    36
  12. ނަޖްވާ

    ކެބިނެޓްގެ މީ ކާޓެލް ގަ އުޅޭ ކަމަށް ވަނީ ފިނޭންސް މިނިސްޓަރ އަމީރާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒާ އަދީ ފޮރިން މިނިސްޓަރ އަބްލޯ ސާހިދު ކަމަށް ވަނީ! ކުރިންވެސް ހަމަ ޖީއެމްއާރުވެސް ދިނީ ފަހު ވަގުތު އެމްއޭސީއެލްގެ ބޯޑު ބަދަލު ކޮށްގެން! އިންދި އެންޑް ޗިކަންސް ކޭމް ހޯމް ޓު ރޫސްޓް ދޯ!

    22
  13. އ. ޖ. އ

    ??

    2
    1
  14. Anonymous

    ފާޅުގާ އަހަރުމެންގެ ގައުމުގެ އެސެޓްތައް ނަހަމަގޮތުގާ ބޭނުންކޮށް ވަކިބައެއްގެ އަންބޮނޑިއަށް ބަރުވާގޮތަށް މިހިންގާ ޖަރީމާ ބަލަން ހަމަ ރައްޔިތުން ތިބެންވީތަ؟؟ މިހާރު ފިނޭންސް މިނިސްޓަރުގެ ބަސް އެހެރީ އޭނަގެ ބަނޑަށްވެސް ރިޝްވަތު ފައިސާފުންޏެއްއަޅާ ފުރާލާފައިވާގޮތަށް، އިދިކޮޅު މައިޕާޓީ ޕީޕީއެމް ހުސް އަނގަނުތަޅާ އަހަރުމެން ރައްުޔިތުންގެ ޝުއޫރާއި އަޑުއުފުލަން ރައްޔިތުން ގޮވާއިގެން މުޒާހަރާއަށް ނިކުންނަން މާލަސްވެސް ވެއްޖެ، ގައުމަށް އެއްވެސް ތަރައްގީއެއެެް ކޮށްދޭން ނެއެގޭބަޔަކު ގާބިލު ރައީސް ރ.ޔާމީނު ކޮށްދީފައިވާހާ ތަރައްގީތަކުން މިހާރު ވެރިކަމަށް އަރާފައިތިބި ސަންގޯރުމެން އަމިއްލަ އެދުމަށް ނާޖާއިޒު ފައިދާނަގަމުން އެދަނީ، ނިކަމެތި ރައްޔިތުންނާއި ގައުމު އިތުރަށް ނިކަމެތިވަމުންދާތަން މިފެންނަނީ

    25
  15. އަލީމުހަންމަދު

    ގަދަބާރުން ކަންކަންކުރުމަކީ ޖަންގަލީގެ ޖަނަވާރުންގެ ސިފައެއް. މިޙާރު ފުދިއްޖެ.

    30
    1
  16. ސާ

    މާތްﷲތިނުބައި މީހުން ކިބައިން މިގައުމު ސަލާމައް ކުރައްވާށި

    31
  17. މޫސާމަނިކް

    ނުވާނެ ތިކަމެއް އިރާދަކުރެއްވިއްޔާ

    19
  18. Anonymous

    ތިތިބީ ދައުލަތުގެ ޚަޒާނާ އަތްމަތިވެފަ... ތީދާ އިމީ ކަމެއްނޫން. އަދި ރަ އްޔިތުން ގޮތްނިންމާނެކަން ހަނދާންކުރަންވާނެ. ..

    20
  19. ޔާމިން

    ފޮޑިވެސްޖެހޭނެ ތިކަމެއްނުވާނެ

    10
  20. Anonymous

    ރައްޔިތުންނޭ މިތިބަ ލާދީނީ މުރުތައްދުން މިއުޅެނީ ގައުމު ވިއްކާލަންވެގެން

    29
    1
  21. ކުޑަކާށި

    ޖ.މ.ރ. އެ އަރޕޯރޓް ދިނީވެސް ބޯޑް ބަދަލުކޮށްގެން ، އެ އީ ވަ އްކަންކުރަން އޮންނަގޮތްކަމަށް ތިދެކެނީ ...

    29
  22. ޖާނާ

    ތިޔައީ އެނގޭ ޙަޤީގަތެއް އެކަމަކު ވިސްނަންވާނެ ރައްޔިތުންގެ ތަންތަނާ ފައިސާއަކީ ރައްޔިތުންގެ އެއްޗެހި އެ ތަކެތިން ވައްކަން ކުރާކަށްނުވާނެ ރައްޓެހިންނަށް ހަދިޔާދޭއުސޫލުން ދޭކަށްނުވާނެ އަދި އެތަންތަނުގަ ވަޒީފާއަދާކުރާ ނުވަތަ ބަލަހައްޓާ މެމްބަރުނަށް ބޭނުންގޮތެއްހަދާފައި ރައްޔިތުންގެ ތަކެތި ބަހަން ދިމާކުރާކަށްނުވާނެ

    20
  23. އައައަ

    އެމްއޭސީއެލް ބޯޑު އެއޮތީ ވީ އެންމެ ކުޑަ އަގެއްގަ ތި ޓާމިނަލް ޓީއެމްއޭއައް ދެވޭނެގޮތެއްހަދަން ފޫގަޅައިގެން އެހެންވެ ކުޑައަގެއްގަދޭން ބޯޑުބަދަލުކުރާކައްނުޖެހޭނެ.

    14
  24. ލައިލާ

    ކަލޭގ ބަދަލުކޮއްބަލަ ތިކަމެއްނުވާނެ އިންޝާﷲ،،،

    14
  25. Anonymous

    ގައުމުގެ ރައްޔިތުން މި ރީނދޫ ހާމުދުރު ބައިގަނޑު ވެރިކަމަށް ނައަރުވާ، ސަބަބަކީ ރައްުިޔތުންނަށް މީގެކުރިންވެސް ތަޖުރިބާވެފައިވަނީ އެއީ ގައުމެއް ތަރައްގީކޮށް އަދި ރައްޔިތުންނަށް ފައިދާވާނެ ވެރިކަމެއް ކުރާނެ ބައެއްނޫންކަމާއި އެމީހުންނަކީ ގައުމުގައި ކޮށްފައިފައިވާ ތަރައްގީތައް ވިއްކާ އަމިއްލަ އަންބޮނޑި ބޮޑުކުރާ ބައެއްކަން ރައްުޔިތުން ހަނާކޮށްލާފަ، މި ސަންގޯރުން ވެރިކަމަށް އަރާފައިވަނީ އީސީގައިތިބި އައްދާރުމީހުން ބަނޑަށް ރިޝްވަތު ފައިސާ އަޅާފައި، ވޯޓަށް މަކަރު ހަދައިގެންކަން ފާޅުގާ އެނގިފައިއެވަނީ، އެރިޝްވަތުދިން އިންޑިއާގެ ގެރިމޯދީއަށް ދަރަނި އަދާކުރުމަށް އައްޑޫގައިވާ އެއްމެބޮޑު ހުސްބިން ދީގެން އިންޑިއާގެ މިލިޓަރީ ބޭސްތައްހަދާ ޖާގަޖަހަމުން އެދަނީ މިހަގީގަތް ނެއެގޭ ރައްޔިތަކު ނެތް!!!

    19
  26. ސޮމެޮނެ

    ސާބަހޭ. ތާރީޚް އިއާދަ ކުރެވެން ޖެހޭނެ.
    ޒީރޯ ޓޮލަރެންސް. ހޯޕް ހޯޕް!

    18
  27. Anonymous

    މިކަލޭގެވެސް ހާދަ ވަޒީފާ ގެއްލިދާނެތީވެ ބިރުން ތެޅޭހެން އެބަހީވެޔޭ، ތިމަންނަ ހަވާލުވެފައިވާ މަސްއޫލިއްުޔަތު އަދާކުރުމުގައި އިޚްލާސްތެރިކަމަށްވުރެބޮޑަށް ޢައްދާރުވެރިން ރުއްސަން ޢައްދާރު ޑިސިޝަން ނަގާނެކަން ފާޅުގާ ތިއަންގަނީ

    17
  28. އިއްބެ

    އަމީރަށް މިއުޅެވޭނީ ހުވަފެނެއްގެ ތެރޭގައެވެ.ހުވަފެނުން ހޭލެވުމުން އަޞްލު ފެންނާނެވެ.

    22
  29. އެމްއެމްއައި

    މިނިސްޓަރު އަމީރުގެ މުދާތަ މިއީ. ޤާނޫނީ ނިޒާމު ފެއިލްކޮށްލަނީ ރޯމާ ދުވާލު ފާޅުގަ. ޖީއެމްއާރަށް އެއާޕޯޓް ދިނީ ހަމަ ތިހެން.

    20
    1
  30. ޒާ

    ސަމާމަތް ނުވެވޭވަރަށް ޓީއެމްއޭއިން ލާރިގަނޑު ނަގާފައި އޮތީ އެހެންވެ ދޭން މަޖުބޫރުވަނީ.

    17
  31. އެމްއެމްއައި

    ޒީރޯ ޓޯލަރެންސް އޮޅާލާފަ ސޯލިހު އަނގަޔަށް ޖަހަންވީނުން.

    17
  32. Anonymous

    ކަލޭގެ ތިޔަވާހަކަ ދެކޮޅުނުޖެހޭ، ސަބަބަކީ ޖަލޭމެން ވެރިކަމަށްއަންނަން މަސައްކަތްކުރިއިރު ރައްޔިތުންނަށް އެންބޮޑަށް ވިސްނާދިނީ ތިމަންނަމެން ވެރިކަމަށް މިއަރަނީ ޕީޕީއެމް ސަރުކާރުގައި ހިންގާ ޚިޔާނާތާއި އައްދާރުކަން ނަތްތާލާފަ ނަހަމަގޮތުގާ ދައުލަތުގެ އެއްމެ ލާރިއެއްގަވެސް ނުޖެހި ރައްޔިތުންނަށް ބޮޑުފައިދާތައް ނެރެދޭނެ އަމާނާތްތެރި ވެރިކަމެށް ކޮށްދޭންކަމަށް، ނަމަވެސް މިހާރު ކަލޭމެންގެ ބަހާއި އޟަލުން ތިޔަ ދޭހަވަނީ ކުރީގެ ސަރުކާރުގެ ޚިޔާނާތްތެރި ޖަރީމާތައް އޅުން އިޔާދަކުރަންޖެހޭގޮތް ދޮތެ.؟؟

    15
  33. ކަނަމަނަ

    ދިވެހިރައްޔަތުންނައްމަކަރާހީލަތްހަދާފަ ވެރިކަމައްއައި ބަޔަކައް ތިވިދާޅުވި ކަންތައްކުރުމަކީމާކަ އުދަގޫކަމަކައްނުވާނެ ސުޕަމެޖޯރިޓީގެބޭނުންކޮއްގެން މީހުންގެ އަބިންވެސްމިގައުމުގަވިއްކާނެ އާމިރުމެންނަކީ ކިޔަވައިގެންތިބެވެސް ހަމަބުއްދީގަތިބޭބައެއްނޫން

    15
  34. ޙޚޏޛ

    ތިއުޅެނީ 2013 ގަ ވިހެން ވާން..ތި ކުޅެވެނީ އަލިފާނާ..އެއަރޕޯޓަކީ ދިވެހިންގެ މިލްކިއްޔާތެއް.ކަލޭ ހީނުކުރައްޗޭ އެއީ ކަލޭގެ އަމިއްލަ ތަރިކަ މުދަލޭ އެއީ..ވެރިކަން ވެއްޓެން އުޅޭ ކަމުގެ އަލާމާތްތައް މި ފެނިގެން ދަނީ

    13
  35. ާކަލޯއަހަރުމެއްއެބަތިބިން

    ނިކަންދީބަލަ

    12
    1
  36. ރައްޔިތުން

    ސަރުކާރުން ކުންފުނި ތަކުގެ ބޯޑަށް ބާރު ފޯރުވިގެން ނުވާނެ

    14
  37. އަހުރެން

    ފިނޭނަސް މިނިސްޓަރ ކަށްހުރެ ރައްޔަތުންނަށް މިހާއަވަހައް ހަރާންކޯރު ވާން ނިއްމެވިކަން މީ ވަރައް ދެރަކަމެއް ރަނގަޅުވާނީ ތިކަން ނުކުރައްވާ އިސްތިއުފާ ދެއްވާފަ ގެޔައް ވަޑައިގަތުން

    14
  38. މޮޔަ މީހާ

    ފިނޭނަސް މިނިސްޓަރ ކަށްހުރެ ރައްޔަތުންނަށް މިހާއަވަހައް ހަރާންކޯރު ވާން ނިއްމެވިކަން މީ ވަރައް ދެރަކަމެއް ރަނގަޅުވާނީ ތިކަން ނުކުރައްވާ އިސްތިއުފާ ދެއްވާފަ ގެޔައް ވަޑައިގަތުން

    14
  39. ޢަހުމަދު

    ރައްޔިތުންނޭ އަދިވެސް އެއްޗެއް ނުވިސްނޭތަ؟

  40. ާައަހުމަދު

    މި ފިނޭންސް މިނިސްޓަރބާ މިހާރު ބޯޑުތަކަށް މީހުންހަމަޖަށްސަނީ، އާ މީހުން ތުހުމަތު ކުރާގޮތުގަ މީނަ މަސައްކަތް ކުރަނީ އިކޮނަމިކް މިނިސްޓަރ އަންގާގޮތަށޯ ކިޔާއަޑުއިވޭ.

  41. 19 ނަވާރަ

    މާތް ﷲގެ ކުޅަދުންވަންތަ ވެރިކަން ވިސްނާބަލަ. ޖީއެމްއާރުއަށް އެއާޕޯޓް ދިނީވެސް ބޯޑް ދަންވަރު ބަދަލުކޮއްފަ. މިފަހަރުވެސް އެކުޅިގަނޑު. މި ކަމުން މިގައުމު ސަލާމަތް ކުރަންވާދޭވެ.

  42. އެމަންޖެ

    އިބުރާހިމް އާމިރު ކަލޭ ވިސްނައިގެން އުޅޭތި އަދި ދުވަހެއް އޮތްކަން.

    10
  43. މާސިންގާ

    ބައިވަރު ޑޮލަރު ޓިއެމްއޭއިންނެގީދޯ އަންިއާ އަމީރު

  44. ޢިންސާފު

    މިނިސްޓަރ ދަންނަވާލަން މަގާމު ބޭނުމުގައި ކަނޑަ އެޅިގެން ތިހައްދަވަނީ ގޯހެއް،..

  45. ބްރޯ

    ތިޔަ ވިދާޅުވެވުނު އެއްޗެއް އެގޭތަ؟ ޓާމިނަލް އަތުލަފަ ބަދަލްދިފަ އަމީރު އަތުން ބަދަލުގެ ފައިސަހޯދާނެކަން ހަނދާންގަބަހައްޓަވާތި

  46. ކިންގފިޝަރ

    ކުރީގެ ގޮތް ތަކުރާރުވާ މަންޒަރު މިފެންނަނީ.