ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު، އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ފޯމް ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީން މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ޕްރައިމަރީގައި މާލޭގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ބަލިކުރައްވައި، މާލޭގެ މޭޔަރުކަމުގެ އެ ޕާޓީގެ ޓިކެޓް، ގާނޫނީ ވަކީލް އަދި ބާ ކައުންސިލްގެ މެމްބަރު އަނަސް ކަށަވަރު ކުރެއްވީ ގިނަ ބަޔަކު ހައިރާންކޮށްލައިފައެވެ. އަނަސްއާ އެކު، އެމްޑީޕީން މާލޭގެ 19 ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުން ވެސް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފަ އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި އަނަސް ވަނީ މާލޭގެ ހުރިހާ ރައްޔިތުން އޭނާ އަށް ތާއީދުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

އަނަސް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީ އެންމެ ހީނަރުވި ދަނޑިވަޅުގައި ޕާޓީގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. އެގޮތުން، އެމްޑީޕީއަށް ކުރީގެ ސަރުކާރުގެ ފިއްތުންތައް އައި ދުވަސްވަރު، އެ ޕާޓީގެ ކުރީ ސަފުގައި އުޅުއްވި އެއް ބޭފުޅަކީ ވެސް އަނަސްއެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު އަނަސް ކާމިޔާބު ކުރައްވާނީ 12،000 ވޯޓާ އެކު ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ލޯންޗު ކުރުން އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޫސާމަނިކް

    ތިއޮތީ12000 ކީއްކުރަން 20ވޯޓް ވެސްނުލިބޭނެ އިރާދަކުރެއްވިއްޔާ

    6
    1
  2. މާރިޔާ

    ޔާމިންގެފަރާތުންނުކުންނަ ކެޑިޑޭޓްކަމައްލަފާކުރެވެނީ ކާމިޔާބް ކުރާނީ އިންޝާﷲ

    7
    1
  3. ޔާމިން

    ތެޅިތެޅި ތިބެންޖެހޭނީ ޔާމިންޕާޓީކާމިޔާބްކުރާނީ އިންޝާﷲ ވ.ރައްއުފާވެރި ހަބަރެއް

    8
    1
  4. ވިލޭ

    މިހާރުވެސްފެންނަކަހަލަ ޔާމިން ޕާޓީންކާމިޔާބްކޮއްގެން އުޅޭހެން

    6
    1
  5. ނަޝީދު

    ރ.ޔާމިންއައްމަރުހަބާކިޔަން ހޯދިކާމިޔާބައް