ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއި ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުންގެ އަޑު އަހާނެ ބައެއް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ އެގޮތަށް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސަރުކާރުގެ ސުޕަ މެޖޯރިޓީއެއް މަޖިލިހުގައި އޮވެ، ސަރުކާރުން ހުށަހެޅި ބިލް، އެއްވެސް ބަދަލަކާ ނުލައި މަޖިލިހުން ފާސްކޮށްފާނެތީއެވެ.
ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު އޮތް ސަރުކާރާއި މަޖިލިހަކީ ވެސް ރައްޔިތުންގެ އަޑު އަހާނެ ބައެއް ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ އެގޮތަށް ވިދާޅުވި އިރު، ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރުމަށް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައި ވަނީ ސަރުކާރަށެވެ.
އެ މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބިލް މަޖިލިހަށް ހުށަހަޅާފައި އޮތީ ސަރުކާރުން ބޭނުންވި ގޮތަށް ކަމަށެވެ. އަދި މަޖިލިހުން ކޮންމެ ބިލެއް ވެސް ފާސް ކުރާނީ އާންމުން ބޭނުންވާ ގޮތް ބެލުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނު ވެސް ފާސް ކުރާނީ އާންމުން ބޭނުންވާ ގޮތަށް އިސްލާހުކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ބަލިވެގެން ސަލާމް ބުނުމުގެ މާއްދާއަށް ވެސް އިސްލާހުތަކެއް ގެންނަން ސަރުކާރުން ހުށަހެޅިއެވެ.
އެގޮތުން މެޑިކަލް ސެޓްފިކެޓް ނުވަތަ ސަލާމުގެ ސެޓްފިކެޓް ވަޒީފާއަށް ނިކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ވެގެން ނުވާ ކަމަށް ބިލްގައި ވަނީ ބުނެފައެވެ.
ތިޔަހެން ތިޔަވިދާޅުވީ މިހާރު ސަރުކާރާއި މަޖިލިސް ރައްޔިތުންގެ އަޑު ނާއްސަވަނީތޯ؟
ސަރުކާރުން ރައްޔިތުންގެ އަޑު އައްސަވާ ވަރު ފެންނަނީ އިންޓަނެޓުގެ އަގު ހެޔޮ ކުރަނީ 2023ގައި
ރައްޔިތުންނަކީ ކޮބައިތޯ؟ އެމްޑީޕީގެ މުޒާހިރާކުރާ ކުދިންކޮޅަށް ތިޔަބިލު ބަރާބަރު. މިވާގޮތެއް ނޭނގެ
ސަރުކާރާ މަޖިލީހުގެ މުނާފިގުކަމާ ނުބައިކަން ރައްޔިތުންނަށް ފެނިގެންދަނީ ކުރިން އޮތް ލުއިގޮތް މުވައްޒަފުންނަށް ބުރައަކަށް ހަދަން ބޭނުންވި ނުވީމަ މުނާފިގުން ވާހަކަ ދައްކާ ވައްތަރު ދެކިބަލަ
ރައްޔިތުންނަށް ދުއްތުރާކޮށް އަނިޔާވެރި ޢަމަލުތައް ހިންގާފަ ރައްޔިތުން ކެކިގަތީމަ އެކަންތައް ހުއްޓާލުމަކީ ރައްޔިތުންގެ އަޑުއެހުން ނޫންކަން ނޭނގޭވަރުގެ ގަމާރުން ސިޔާސަތުތައް ކަނޑައެޅުމަށް ތިބީމާ މިކަހަލަ ހަމަނުޖެހޭ ވާހަކަތައް އަޑުއިވޭނެ
މިހާރު އެގިގެން ދިޔައީ މިސަރުކާރަކީ ވަޒީފާއަދާކުރާ މީހުނަށް އަނިޔާވެރި ސަރުކާރެއްކަން އަދި ދީނަށާ ރަސޫލާއައް ފުރައްސާރަކޮއް ހަޖޫޖަހާ މީހުނަށް ހިއްވަރުދީ ނުވިތާކަށް ބޮޑެތި މުސާރަދީގެން ގެންގުޅޭ ސަރުކާރެއްކަން
ރޮރެޒައިނާ ކަލޭ ބޭކާރު ވާހަކަ ނުދައްކާ އިސްތިއުފާދީ...ތިވެސް ވިކިފަ ހުރި މީހެއް.
ރޮޒެއިނާ ކަލޭ ބޭކާރު ވާހަކަ ނުދައްކާ އިސްތިއުފާދީ...ތިވެސް ވިކިފަ ހުރި މީހެއް.
އެހެން ވިއްޔާ އަޑު އަހާގެން ބިސް އަގުހެޔޮ ކޮށްދީބަލަ އިރު އިރުކޮޅާ އެއްޗެހި އަގުބޮޑު ނުކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދީބަލަ
އަޑުއެހުމަކީ، އަހަރެން ކަހަލަ ބޯބުރާންތި ރައްޔިތުން އަަބަދުވެސް ކުރާ ކަމެކެވެ. ރޮޒައިނާމެންގެ ވާހަކަ އަޑުއަހައިގެން އަހަރެމެން ރައްޔިތުން މިތިބެނީ ކަރުތާފެނުގައެވެ.
އަޑު އަދި ހަމައެކަނި އަހާލިޔަކަސް ނުފުދޭނެ. ބީރުނޫން ނަމަ އަޑު އިވޭނެ.
ކަންފަތް ނެތް އެއްޗިއްސަކަށް އަޑެއްނީވޭނެ!
އެއް ކަންފަތުން އަހާފަ އަނެއް ކަންފަތުން ދޫކޮށްލާ އުސޫލުން
ކަމަނާއަށް ރައްޔަތުން ކިޔާއެއްޗެހީގެ އަޑުއިވި ގެންތޯ އިއްޒަތްތެރި ކަމަނާ ތިހެން ތިޔަވި ދާޅުވެލެއްވީ ރައްޔަތުން ކިޔާއެއްޗެހި ސަރުކާ ރަށްއަޑުއިވިގެންތޯ އެމްޑީއެން ރިޕޯޓުނެރު ނުލާދީނީ ބައިގަނޑަށް ސަރުކާރުގެ މަތީމަގާމް ތަކުގައި އަދިވެސްއެތި ބީ ރައްޔަތުން ކިޔާއެ އްޗެހީގެއަޑު ކިހާބާރަށް މިލާދީނީ ސަރުކާރަށް އަޑުއިވޭތީތޯ ކަމަނާ ތިޔަވިދާޅުވާ މަޖިލިސްމެމް ބަރުން ކިހާވަރަކަށް އަޑުއަހާތޯ އެމްޑީއެން ރިޕޯޓު ނެރުނު ބައިގަނޑު ހަޔަރުކުރާށޭ ރައްޔަތުން ގޮވާއަޑު އެބައިވޭތޯ ތިއިއްޒަތް ތެރިމަޖިލީހުގައި ތިއްބެވި ކަމަނާ ހިމެނޭ އެމްޑީޕީގެ ލާދީނީ މެމްބަރުނަށް އެބައަޑު އިވެއޭތޯ ހާދަވަރަ ކަށޭދޯ ރައްޔަތުންގެ އަޑުތިއަށްސަވަނީ ވަގުވޯޓުން އައިހަރާން ލާދީނީ ރީނދޫ ގުންޑާމަޖިލީ ހާއި ނަމުންސޯލިހު ކަމުންޖާހިލު ސަރުކާރު
ދަރިފުޅާ! ޓީ އެމް އޭ އަށް ސީޕްލޭން ޓާރމިނަލުން ބޮޑު ބަޔެއް ކުޑަ އަގެއްގައި ކުއްޔަށް ދިނުމަށް މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަކީ ރައްޔިތުންގެ ބަސް ސަރުކާރާއި މަޖިލީހުން އަޑުއައްސަވާ ކަމުގެ ވަރަށްބޮޑު ދަލީލެކެވެ. ވަރަށްބޮޑަށް ޝުކުރިއްޔާ!
ކަމަނާއަށް ތިޔ ވަރު އެގުނީތީ ﷲ އަށް ޝުކުރުވެރިވަން މި ސަރުކާރަކީ އެންޑީޕީ ކޯލިޝަނަން އީސީ ސަރީފު އަކުރަމް ހޯދާދިން ސަރުކާރެއް އެކަން ވަރަން ސާފު