އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފްގެ މަންމަ އިއްޔެ ނިޔާވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނީ އަފްޝަންގެ މަންމަ، މއ މަލުވިލާ މަރިޔަމް ރަޝީދު 60، ނިޔާވީ އާލާސްކަންފުޅާ އުޅުމަށް ފަހުއެވެ. ނަމަވެސް މަރިޔަމް ނިޔާވީ ކޮން ބައްޔެއްގައި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

"އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޝަން ވާހަކަ ދައްކަވަނީ..؛-ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

އެމްޑީޕީން ބުނީ އަފްޝަންގެ މަންމަ ނިޔާވުމުގެ ފުން ހިތާމައިގައި އެ ޕާޓީން ބައިވެރިވާ ކަމަށެވެ. މި ފުން ހިތާމައިގައި އަފްޝަން އާއި އޭނާގެ އާއިލާ އަށް އިހްލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"މަރުހޫމާ މަރިޔަމް ރަޝީދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުމަށް އެދި ދުއާ ދަންނަވަމެވެ،" އެމްޑީޕީން ބުންޏެވެ.

އަފްޝަން މަންމަގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު ފުރުގާން މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޮމެޮނެ

    ‎إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

    19
  2. ސަޓޯ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  3. ނާން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ