ވަޅިން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އެ މައްސަލައިގައި ދައުވާ ލިބޭ އަދުހަމް މުހައްމަދުގެ އިންކާރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ޅ.ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް ބުނީ ގާސިމް މަރާލުމަކީ އޭނާ އަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށެވެ. ގާސިމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ޓެކްސީ ދަތުރެއްގައި ހުޅުމާލެ ގޮސް އުޅެނިކޮށެވެ.

ޤާނޫނު ނަމްބަރ 17/2010 (ބިރު ދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން އަދުހަމްގެ މައްޗަށް ކޮށްފައިވާ މި ދަޢުވާ އަށް އޭނާ އިންކާރުކޮށްފައި ވަނީ، އެ މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަވަސް ނިޔާގެ އަޑުއެހުމުގައެވެ.

ޝަރީއަތް ފެށުމުގެ ގޮތުން، މި މައްސަލަ ބައްލަވާ ޤާޟީ އިސްމާޢިލް ރަޝީދު ވަނީ، ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރަށް، އިބްތިދާޢީ އަޑުއެހުމުގައި އަދުހަމް އިޢުތިރާފްވެފައިވާތީ، އެކަން ކަށަވަރުކުރުމުގެ ގޮތުން ސުވާލުކޮށްފައެވެ. އަދި ދަޢުވާ އިތުރަށް ސާފުކުރުމަށް ބޭނުންވާ ނަމަ، އެ ފުރުޞަތުވެސް އަދުހަމަށް މިއަދުގެ މަޖިލީހުގައި އޮތްކަމަށް، ޤާޟީ ވަނީ ވިދާޅުވެފައެވެ.

އަދުހަމަށް ދިން ފުރުޞަތުގައި އެންމެ ފުރަތަމަ އެދުނީ ދަޢުވާ ސާފުކޮށްދިނުމަށެވެ. އަދުހަމުގެ އެދުމުގެ މަތިން، ދަޢުލަތުން މިއަދުވެސް ވަނީ އަދުހަމުގެ މައްޗަށް ކުރާ ދަޢުވާ އިއްވާފައެވެ. ދައުވާ އިއްވުމާއެކު، އެ ދަޢުވާ އަށް ޖަވާބުދެމުން އަދުހަމް ބުނީ، މުޅި ދަޢުވާ އަށް އިންކާރު ކުރާ ކަމަށާއި، ޤާޞިމްގެ މަރަކީ އޭނާ އަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށެވެ.

"އިއްޒަތްތެރި ޤާޟީ. އަޅުގަނޑު މި ދަޢުވާ އަށް އިންކާރު ކުރަން. އަޅުގަނޑު ހައްޔަރު ކޮށްފަ އެންމެ ފުރަތަމަ ވެސް ގެންދިޔައީ، އަޅުގަނޑު ފޮރުވި މަސްތުވާ ތަކެތި ހޯދަން. އަޅުގަނޑު ގޮވައިގެން ގޮސް އެތަކެތި ނެގުމަށްފަހު، އަޅުގަނޑަށް އެ ބޭނުން ކުރަން ފުލުހުން މަޖުބޫރު ކުރި. 24 ގަޑި އިރު އަޅުގަނޑު ބައިންދަނީ މަސްތުގެ ޙާލަތުގަ. ފުލުހުންގެ ޚަރަދުގައި ވެސް މަސްތުވާއެއްޗެހި ގަނެދީފަ އަޅުގަނޑަށް ބޯންދިން. މި ކޯޓުގައި ބޭއްވި ޝަރީޢަތުގައިވެސް އަޅުގަނޑަށް އެކަމަށް އެއްބަސް ވެވުނީ މަސްތުގެ ޙާލަތުގައި ހުރެ. އަޅުގަނޑަށް ހޭވެރިކަން އައީ އޭގެ ހަތަރު ދުވަސް ފަހުން. އެއީ ކަރެކްޝަންގެ ބެލުމުގެ ދަށަށް އަޅުގަނޑު ބަދަލު ކުރި ހިސާބުން. އަޅުގަނޑު ނޯންނާނެ ޤަސްތުގައި މީހަކު މަރާފައެއް. ޤާސިމްގެ މަރަކީ އަޅުގަނޑަށް އެނގިގެން ވީ ކަމެއް ނޫން. އެއީ އަޅުގަނޑު ދެނަހުރި ކަމެއްވެސް ނޫން." ދައުވާ އަށް އިންކާރު ކުރަމުން އަދުހަމް ބުންޏެވެ.

އަދުހަމް މި މައްސަލަ އަށް އިންކާރު ކުރުމާ ގުޅިގެން އޭނާގެ ވަކީލަށްވެސް ލިބިގެން ދިޔައީ ކުއްލި ހައިރާން ކަމެކެވެ. އަދުހަމްގެ ފަރާތުން އެއްވެސް އެއްޗެއް ބުނަން ބޭނުންވާ ނަމަ، އެ ފުރުޞަތު އޭނާގެ ވަކީލަށްވެސް ޤާޟީ ވަނީ ދެއްވާފައެވެ.

"އިއްޒަތްތެރި ޤާޟީ. މިއަދުގެ މި އަޑުއެހުމަށް އައި އިރުވެސް އަޅުގަނޑަށް އެނގިފައެއް ނެތް އަދުހަމް މި ދަޢުވާ އަށް އިންކާރު ކުރާ ކަމެއް. އަދި ފުލުހުންގެ މައްޗަށްވެސް ބޮޑެތި ތުޙުމަތުތަކެއް ކުރެވިގެން އެ ދިޔައީ. އޭގެން އެއްވެސް ކަމެއް އަޅުގަނޑާ ހިއްސާކޮށްފައެއް ނެތް. އެ ތުޙުމަތުތަކާއި ގުޅިގެން އިތުރަށް ކަންކަން ސާފުކުރުމަށް އަޅުގަނޑުވެސް އިތުރު ވަގުތު ބޭނުންވާ ވާހަކަ ދަންނަަވަން." އަދުހަމްގެ ވަކީލް ވިދާޅުވިއެވެ.

ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދުގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ، ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އަށް އޭނާ އިންކާރުކޮށްފައިވާތީ، އެކަން އަދުހަމްގެ މައްޗަށް ސާބިތު ކުރުމަށް ހެކި ހުށަހެޅުމުގެ ފުރުޞަތަކަށް ދަޢުލަތުގެ ވަކީލް ވަނީ އެދިވަޑައިގެންފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަންޖެހޭ ކަމަށް ޤަބޫލުނުކުރާ ކަމަށާއި، ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޝަރީޢަތް ފަށަން ކަމަށްވެސް ދަޢުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މި މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވީ، ދަޢުވާ އަށް އަދުހަމް އިންކާރުކޮށްފައިވާތީ، މި މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށާއި، އަދި ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކަށް ދެ ފަރާތަށްވެސް ފުރުޞަތު ދެއްވާނެ ކަމަށެވެ.

"އަދުހަމް ވަނީ ދަޢުލަތާއި އެކު އިޢުތިރާފުގެ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ. އަދި މީގެ ކުރިން ބޭއްވި އަޑުއެހުމުގައިވެސް މިކަމަށް ވަނީ އިޢުތިރާފުވެފަ. މިއަދުގެ މި އަޑުއެހުމަކީ، އަވަސް ނިޔާއާ ގުޅިގެން ބޭއްވި އަޑުއެހުމެއް. ނަމަވެސް އަދުހަމް އެ ވަނީ މި ދަޢުވާ އަށް އިންކާރު ކޮށްފަ. އެހެންކަމުން، މި މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެއް ބޭއްވުމަށް ޝަރީޢަތުން މި ނިންމަނީ." ޤާޟީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަށް، ޤާސިމްގެ އާއިލާގެ 7 މީހަކު ހާޟިރުވެ ތިއްބެވެ. އަދި މިއަދުގެ އަވަސް ނިޔާގެ އަޑުއެހުމަށްފަހު، ވާރިޘުންގެ ފަރާތުން ހެކިބަސް ނެގުމަށްވެސް ކޯޓުން ވަނީ ތައްޔާރުވެފައެވެ. ޝަރީޢަތް ފެށި އިރު، ހެކިބަސް ދެއްވާނެ ވާރިޘުންގެ އައިޑީކާޑުތައްވެސް ހުރީ ޤާޟީގެ އަތްޕުޅުގައެވެ.

ޤާސިމްގެ މަރަކީ، އަދުހަމަށް އެއްވެސް މިންވަރަކަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށް ބުނުމާއެކު، މުޅި މަންޒަރު ބަދަލުވެގެން ދިޔައެވެ. ޤާސިމްގެ އާއިލާގެ ފަރާތުން އަޑުއެހުމަށް ވަތް މީހުންނަށްވެސް ލިބިގެން ދިޔައީ ކުއްލި ހައިރާން ކަމެކެވެ.

ކޯޓު ރޫމްތެރެއަށް އަދުހަމް ވަދެގެން ދިޔައިރު، އޭނާގެ ފަރާތުން ތަފާތު އެތައް ކަމެއް ފެންނަން ހުއްޓެވެ. ލައިގެން ހުރީ، ޤައިދީންގެ ޔުނީފީމެވެ. ބޯ ހުރީ ކުރުކޮށް ކޮށައިފައެވެ. މިއަދު އިނީ އައިނެއް ވެސް އަޅައިގެންނެވެ. ނޭވަޔަށް އުނދަގޫވާ މީހުން އާއްމުކޮށް، ބޭނުންކުރާ، އިންހޭލާ އެއްވެސް އަދުހަމްގެ އަތުގައި އޮތެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ރޭ، ހުޅުމާލޭގައި ހިންގި މި ޖަރީމާ އާއި ގުޅިގެން، މީހަކު ހައްޔަރުކޮށްފައިވަނީ، އޭގެ 15 ދުވަސް ފަހުން، މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލައާއި ގުޅިގެން، ހައްޔަރުކުރި، އަދުހަމްގެ އަމިއްލަ އިޢުތިރާފާއެކު، އެ މައްސަލައިގެ ތަޙުޤީޤު އަވަސްކޮށް، އަވަސް ނިޔާ އާއި ހަމައަށް އައި އިރު، މުޅި މަންޒަރު މި ވަނީ ބަދަލުވެފައެވެ.

ގާސިމްއަކީ އދ. މާމިގިއްޔަށް ނިސްބަތްވާ މީހެކެެވެ. ގާސިމް ނިޔާވިއިރު އަނބިމީހާ އާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ޢހމދ

    ކޮބާ ހީވޭ ކަމެއްހެން.

    94
    1
  2. ވަގު ޔާނު

    ކޮބާ ހީވޭ ކަމެން ހެން ދެން ދޫކޮއްލާފަހުއްޓަ ފެންނާނި މީގޭން މީހަކު ކުއްވެރިވަނީ ކޮންކަމެއްކުރީމަތޯ

    69
    2
  3. އެމް ސީ

    ޕްރޮސިކިއުޓަރ ޖެނެރަލާ އެކީ ހެދިފައިވާ ޑީލްގެ ދަށުން ތިކަން ތިހިނގަނީ.

    58
    2
  4. އަހުމަދު

    ދޮނަކަލޯ ކަލޭވެސް މަރުވާނެ އެދުހުކުން ކަލެއަކަށް ދޮގެއްނުހެދޭނެ

    77
    1
    • ތަކުރުފާނު

      ދޮންކަލޯ؟ ވަރަށް ދޮން ވިއްޔާ އެގޮލަ ލޮލް

      19
      2
  5. ބޯހަލާކު

    މާކުރިންވެސް ހިތަށްއެރި ތި ސޮރު ތިޔަޑްރާމާ ޖައްސާނެޔޭ ދެން އޮންނަ އަޑުއެހުމެއްގަ މޮޅުވަކީލަކު މޮޅަށް ގާނޫނު ބުނެދިނީބާ؟ ދެން މިނިވަން ކުރޭ އަވަހަށް ބޯހަލާކު..!

    69
  6. ޢިންސާފު

    ދިފާއީ ވަކީލަކާޖެހުނީމަ އަލިފާން ފެނަށްވެ އިރު ހަނދަށްވެދޭ. ވަކީލުންގެދޮގުވެރި ނަސޭހަތް ބައެއްފަހަރު ދުނިޔެފަނާކުރުވާ. މިމީހުންހީކުރޭ މީ މަރުވާނެބައެއްނޫނޭ އަދި ވީހާވެސްުގިނަ ދޮގާއިމަކަރު ހަދައިގެން އޮޅުވާލުމޭ މޮޅުކަމަކީ.

    18
  7. ޒާ

    ތިރީ ކުޅޭ ޑްރާމާ. ހަމަ ތިކޯޓްތައި ފުރަތަމަ ދުވަހު އޭނާ އެކަމަށް އެއްބަސްވެ މަޢާފް ކުރުމަށް ރޮއިހެދީ ތިޤާޟީ ކުރިމަތީގައި، މިއަދު އަނެއްކާ މުޅި މަންޒަރު ބަދަަލު ކޮށްލެވޭނެ ގޮތަކަށް ގެންދިއުމަށް އިތުރަށް ދައުވާ ސާފުކޮށްދީ ޑްރާމާ ކުޅުނީ. ތީއޭ ކޯޓްތަކުގައި ހިންގާ ސަރީޢަތަށް ރައްޔިތުން އިތުބާރު ނުކުރާ ސަބަބަކީ. މިވަރުން ދެން ކާކުތޯ ނުބުނާނީ ޤާޟީން ކަރަޕްޓް ނޫނޭ.

    41
  8. ރައްޔިތުން

    ތިޔަވީ..

    35
  9. ސަޓޯ

    މިއީ އަދި މާ އާދަޔާ ހިލާފު ނުލަފާ ހަޔާތްކުޑަ މީހެއް

    78
  10. ނާދިރާ

    އަދިވެސް މި ސޮރު ސަލާމަތްކުރަން އިތުރު ސްޓަންޓެއް ޖައްސާ. ރޭވުމެއްމީ.

    55
  11. މާޔޫސްނުވޭ

    4 ދުވަހު ކިކު ހުންނަ ޒާތުގެ ކުނޑި ބޮއިގެން ނޭ މިއަދު ބުނެލިޔަސް ގިޔާމަތް ދުވަހުން އެކަކަށް އެންމެ ގިނަ އަޒާބު ލިބޭ މީހަކީ ހައްގަކާނުލާ މީހަކު މަރާލާ މީހާ. މިއަދު ސަލާމަތް ވެވިދާނެ. މާދަމާ އަކީ އަސްލު ޝަރީއަތުގެ ދަރުބާރު އޮތްދުވަސް. ބިރުވެތިވޭ ބިރުވެތިވޭ!

    77
  12. ކައްޒާބު

    ކަލޯ ތައުބާ ވީމޭ ވެސް ބުނި. އެޔަށް ވާނީ ދެން ކިހިނެއް؟

    62
  13. ހޫން

    ޓޮއިން. މި ވަކީލުން ހަނދާން ނުހުންނަނީބާ ﷲ އަށް ޖަވާބު ދޭން ޖެހޭނެ ކަން. އެންމެ ބޮޑުބަލާ މީ

    55
  14. ފަގީރުކޮއި

    ތަނެއްގައި އަދުލު އިންސާފު ނެތި ﷲއަށް ބިރުވެތި ކަމެެއް ނެތި ދިއުމުން ޖަންގަލީގެ ގާނޫން އިންސާނުންގެ މަށްޗަށް. ޥެރިވެ ކުއްކުރާމީހުން އިއްޒަތް ތެރިންނަށްވެ ނިކަމެތިން ރޮލުން ކާލުމަކީ ވެސް އާދައިގެ ކަމަކަށް ވެދެއެވެ މީ ﷲގެ. ޙުދޫދު ފަހަނަ އަޅާދިއުމުން ކުރިމަތިވާ މުސީބާތެވެ

    37
    1
  15. ނުރަބޯ

    މަސްތުގެ ހާލަތުގަ ހުރެ އެކަންކުރި މީހަކަށް ޓީޝާޓް ފޮރުވިތަނާ، ވަޅި އެއްލާލިތަނާ ވެސް ހަނދާން ހުރި. އެކަމަކު މީހަކު މަރާލެވުނުކަމެއް ހަނދާނެއް ނެތް. ވަޓް އަ ޖޯކް.

    73
  16. ކައުންސެލަރު

    ނިމުނީނު. ކުށްވެރިވާކަމަށް ފެނުނުމީހާ އިއްޒަތްތެރިއަކަށްވީ؟ މިހާރުހަދަންޖެހެނީ އެހެންގޮތެއް. މިކަހަލަކޭސްތައް އަޑުއެހުން ބާއްވާއިރު 5 ގާޒީންގެ ކުރިމަތީގައި ފުލުހުން ލައްވާ ސާމްޕަލް ނަގައިގެން ޓެސްޓުކޮށްގެން އެންމެފުރަތަމަވެސް ކުށްވެރިޔާއާ ސުވާލުވެސް ކުރަންވީ. މިދެން އެންނު އަޅެ؟

    39
  17. ސަމް

    ހެހެ، މިވަނީ އެއްކަލަހެން.

    31
  18. ސަދޫމް ކޯޓު

    .....ނިމޭއިރު ކާސިމު އަމިއްލައަށް މަރުވިކަމަށް ކަންނޭގެ އޮންނާނީ..... އަދި އޭނާ އަކީ ބޯހަމަ ނުޖެހޭ މީހެއްގެ ލިޔުން އެޓޭޗްކުރެވި......

    40
  19. ނަރީ

    ރާއްޖޭގަ ތި އަޑުއެހުންތައް ބާއްވާނެ ކަމެއްވެސް ނެތް ހުރިތާ ބަހައްޓާފަ ބަޑި ޖަހަންވީ. އިންކާރު ކުރުމުގެ ފުރުސަތު ދޭނެކަމެއް ނެތް!

    41
  20. އައިއޭ

    މުޅި ގައުމުގަ ހުމާމް

    35
  21. ސިނެކް

    މިގަޢުމުގަ މަރާލި މީހަކައް އިންސާފެއް ނުލިބޭނެ

    39
    1
  22. ޒަބާދުކުޑޭ

    މީނާދެ ވަކީލަކީ ތަންދޮރުދަންނަ މީހެއްނަމަ އެކަމުން ބަރީއަ ވާނެ. މީނާއަށް ވަކާލާތުކޮށްދޭކަށް ދެން ނުހުންނާނެ.

    41
  23. ހުސޭނުބޭ

    ޤާސިމް މަރާފައި ކަލޭ ތައުބާވޔމެކޭ ބުއްޅަބޭ ތައިލެންޑަށް ހައްޖަށްދިއުމެކޭ އެއްވަރު!

    32
  24. ބްރޯ

    މިހާރު މީނަވެސް އެ ހިފީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުން. ކޮންމެވެސް މިހަކު އެވަނި އެ ތަންކޮޅު ބުނެދީފަ. ދެން ފުލުހުންޖެހޭނި ހެކި ހުށަހަޅަން . ހެކި ނުދެއްކިއްޖެ ނަމަ ކޯޓުންޖެހޭނި އޭނަދުކޮށްލަން . އެހެންވެ މިބުނަނި ގާނޫނުއަސާސިގެ 52 އައި ހެއްކަބެހޭ މައްދަތަކަކި މިގައުމުގަ ކުށްކުރުވާ މައްދަތަކެ އެއަށް އަވަސް ބަދަލުތަކެއްލިބިގެންނޫނީ ގައުމަށް ހަމަޖެހުމެއްނެތޭ.

    14
  25. ޓސްޓ

    ޔޫރިން ޓެސްޓާ ބްލަޑް ޓެސްޓާ ވަގުތުން ހައްދާފަ ތިކަހަލަ މުޖުރިމުން ޝަރީއަތަށް ވައްދަަން ވީ ވެސް. އެހެން ނޫނޫ ބުފާނެ ޖިންނި އަވަލާފަޔޭ މަ ހުރީ އެދުވަހު.

    26
  26. ގައްލަދު

    އެހެންވެ މަބުނީ މީ ސަދޫމޭ މާދަމާ ދޫކޮށްލަނެ މަސްތުވަނީ އަމިއްލަޔަށް މަސްތެއް އެހެން އެއްޗެއްކިޔާނެ ކަމެއްނެއް މީހަކު މަރާފި މީހަކަށް މަރަށް މަރު މިހާރު ލާހިކެއް ނޫން އިނސާފް ހޯދާކަށް ރައްޔިތުނގެ ކޯތުން ހުކުންކުރަންޖެހޭނީ މިސަރުކާރު ވެރިކަމަށް ައީ މިކަހަލަގެ މަކަރާ ހީލަތް ހަދާގެން އިނސާފު ހޯދާދޭނަމޭ ކިޔާގެން ވީކަމެއް ހަރާން މަގުމތިން ހުކުންކުރާ ހިސާބަށް މިގައުމުގެ ހާލަތު މިވެއްޓެނީ

    13
  27. މުނާފިގު

    ބަނޑު ފަޅަންވީ... ޝަރީޢަތުގެ ފުރަތަމަ ދުވަހު އިޢްތިރާފު ވުމާއެކުގަ ޙުކުމް އިއްވަން އެބަޖެހޭ..... ﷲ މޮޅަށް ދެނެވޮޑިގެންވޭ..

    31
  28. ރައްވެހި ފަތިސް

    ކޮބަ މިސަރުކާރު ވެރިކަމަށް އައީ ޑރ އަފްރާސިމް އަޅުގަނޑުމެންގެ އަޙް ޔާމިން ރަސީދު އިނސާފް ހޯދައި ދޭނަމޭކިޔާ މަރުކޮމިޝަނެއް ހެދީ ވަކި ބޭނުމެއްގަ ރ.ޔާމިންގެ ބޮލުގަ ޑރ އަފްރާސިމް މަރާލި ކަމުގެ ތުހުމަތުއަޅުވަން އެތައްލައްކަ ރުފިޔާއެއް މިކަމަށް އިސްރާފުކޮށް އެކަން އަތަށް ގޮވީމަ މަރުކޮމިޝަން ވީތަނެއްވެސްނޭގެ ރ ޔަަމިންޖަލަަަށް ލުމަަށް ޖެހިމަޅި އަތަށް ގޮވީ ދެން ރ ޔާމިންގެ ބޮލުގަ ވަށްކަމޭ ކިޔާގެން ނުހައްގުން ހުކުންކޮށް ޖަލަަށް ލެވުނީމަ އެހެރީ އަނިޔާވެރިކޮށް މަރާލި މިހުނަށް އިންސާފު ހޯދަވެވިފަ މިހާރު އެއާއިލާތަށް އެތިބީ ގޮތް ހުސްވެފަ އިންތިހާބެއް ކައިރިވާ އިރށް ތަންތނަށް އަރާތިބެ އިންސާފޭ ލަގަބޭ ކިޔާނެ އަދިވެސް ވޯޓުދީ ތިބޭނި އިންސާފުލިބިފަ

    11
    1
  29. މަމީހާ

    ދޮންކަލޯ ކޮންކޮޅަކުން އިރުއެރީ

  30. ބިރު

    ސަދޫމް އަށް ވީގޮތް ހަދާނަށް އަންނަނީ

    14
  31. އިންކާރު

    މިވަރުން ކިހިނެއް މިތަނުގައި އަމަން އަމާން ކަން ގާއިމް ކުރަނީ؟ ދެން ތިގޮލާ ވެސް ދޫކޮށްލާނެ ސާބިތު ނުވެޔޭ ކިޔާފަ. ޔަގީނޭ އެމްޑީޕީ އަށް ވޯޓު ދޭން މުޅި އާއިލާއިން އެއްބަސްވީ. ބޮއެ ހަލާކު

    11
  32. ޙަސަނާ

    މިގައުމުގަ ދެން އިސްލާމީސަރީއަތެއްނުހިންގާނެ ވެރިކަމުގަ ޖޭސީ ގަ ތިބީ އިސްލާމީސަރިއަތާ ދެކޮޅުމީހުން ގައުމުހަލާކުވެނިމިއްޖެ ކައުންސިލް އިންތިހާބުވއސް އަންނި ކާމިޔާބުކުރާނެ ބޮޑުތަނުން...

    6
    2
  33. ސަޓޯ

    މިއެމްޑީޕީ ސަރުކާރެއް އައިފަހުން މީހުން މެރުމާއި ފާޅުގަ މިކަހަލަ ކުއްވެރިން އާއްމުވެއްޖެ

    10
    1
  34. ޔާމިން

    ޤާޞީ އަށް ކިހާވަރެއް ލިބުނީބާ.

  35. މޯޑު

    މިހާރު އެވީ ހުދު ފޮތިކޮޅަކަށް ދެން އަވަހަށް ދޫކޮލާ ވސަލާން

  36. ނުރަބޯ

    ޤާތިލް ހުމާމްގެ ބޯ ދޮވެލި ފަދައިން، ޤާތިލް އަދުހަމްގެ ބޯވެސް ދޮވެލީ.....!!!

  37. ޙަމަހަމަ

    ލޯޔަރުވެސް އެކް ޓުކުރާނެކަމެއް ނެތް

  38. ފަޒޫ

    ތިކަންވެސް ނިމުނީ.ތީ މިގައުމުގެ ހާލަކީ.މިހާރު ސާފު ބިއްލޫރި.ކުއްވެރިޔާ އިއްޒަތްތެރިވީ.މި ރާއްޖޭގެ ޤާނޫޫނު ތަކަކީ ކުއްވެރިޔާ ސަލާމަތައް ހެދިފާާހުރި އެއްޗެއް.

  39. ބްރޯ

    މި ގައުމު ސަދޫމްފެންވަރަށް ދުއްވަލި މައުމޫނަ ދިމަކޮށް އޭރުގެ އިދިކޮޅުމީހުން ފާސްކުރި ގާނޫނުއަސާސީ ގެ ސަބަބުން . އެގާނޫނުއަސަސީގަ މައްސަލަ ހުރިކަމަށް ވިދަޅުވެ ގާނޫނުއަސާސި ތަސްދީގު ނުކުރަން މައުމޫނު އުޅުއްވުމުން ތީމުގެ ދޮށަށް އެއްވެ ދޮރު މައްޗަށް އަރައިގެން މައުމޫނު ލައްވަ އޭގަ ސޮއިކުރުވީ މިގައުމުގާ ކުށްކުރުން އާއްމުވީ މިގާނޫނުއަސާސީގެ ސަބަބުން. މިއިސްލާކޮށް ފުލުހުންނާ ކޯޓް ތަކަށް ބާރު ދީގެން މެނުވީ ގައުމަށް ހަމަޖެހުމެއްނެތް.