ބައެއް ރަށްރަށުގެ މަގުތައް ހަދާފައި ވަނީ ހުންނަން ޖެހޭ މިންވަރަށް ވުރެ މާ މަތީ ފެންވަރަށް ކަމަށާއި، ބައެއް މަގުތައް ހަދާފައި ހުރީ މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބުދާތީވެވަޑައިގަންނަވަން މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި އިތުރު ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް މަގުތައް ހަދަނީ އެ ޤައުމެއްގެ ޓްރެފިކް އޮންނަ ވަރަށް ބަލައިގެން ކަމަށާއި ރާއްޖޭގައި މަގުތައް ހެދުމުގެ މަސައްކަތް ކޮށްފައިވަނީ އެގޮތަށް ވިސްނާފައި ނޫންކަމަށެވެ.

ިއްޒަތްތެރި ރައީސް އަޅުގަނޑު ވަކި ރަށެއްގެ ނަން ކިޔާކަށް ނެތިން. އާ މަގުތައް އެބަ ހެދޭ، ހެދިފައެބަހުރި މަތިންދާ ބޯޓަށް ޖެއްސޭ އެ މިންވަރަށް. އެވަރަށް ޑިޒައިން ކުރެވިފައި އެބަހުރި. އެއީ ހަމަ ވަރަށް ބޮޑަށް އޯވަރ ޑިޒައިނިން. އެހެންވެސް މަގު ހެދިދާނެ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގައި އެގޮތަށް މަގު ނުހަދާނަމަ، މަގުގެ ފެންވަރު ދަށްމަށް ބުނެ ޝަކުވާ ކުރާ ކަމަށާ، ޓްރެފިކް ނޮއޮންނަ ރަށްރަށުގެ މަގުތައް ބަރު އުޅަނދުތައް ދުއްވޭ ފެންވަރަށް ހެދުމުން ފުދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެއް ހާސް މީހުންގެ އާބާދީ އުޅޭ ރަށަކަށް 25 ޓަނުގެ ކްރޭނެއް އެރުމަކީ ނާދިރު ކަމެއް ކަމަށާ، އެފަދަ ރަށެއްގެ މަގު 25 ޓަނުގެ ކްރޭނެއް އަރާނެ ކަމަށް ޑަޒައިން ކުރުމަކީ އޯވަރ ޑިޒައިން ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަޅުމަތީގައި ދިރިއުޅެވޭނެ ގޮތް ހެދެން އެބައޮތް: އަސްލަމް

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. މިގޭ

  މިހާރު އަލަށް ހަދާ ރަށްރަށުގެ މަގުތައް ހުންނާނީ ޖަޒީރާ ވަންތަކޮށް ހެހެހެހެހެ

  31
 2. ހުސޭނުބޭ

  އެހެންވިއްޔާ ކަލޭ ކުރަންވީ ކަމަކީ މާލޭ މަގުތައްވެސް ޕޭމެންޓާއެއްޗެތި ނަގައި ދޮންވެލިލައި! އޭރުން ލާރިގަނޑު ކައިލެވޭނެ! ތިއީ ކުރިން އެމްޑީޕީ ކުރި ވެރިކަމެއްގައި 720 މިލިއަން ދަވައިލި މީހާނު!

  10
 3. ދޮން ފާތިމަ

  ބަލަގަ ކުދި ރަށްރަށުގައި ދިރި އުޅެނީ ދިވެހިންނެއް ނޫންތަ... ކޮބާ ހަމަހަމަ ކަން...

  21
 4. އެމްޑީޕީ ގުނބޯތަށް

  ފަރެސް މާތޮޑާގެ އެއާޕޯޓު À380 ގެ މަތިންދާބޯޓު ޖައްސާވަރަށް ޑިޒައިން ކުރީ ކާކުތޯ. 1500 މީހުން ހަނުވާ ފަރެސް މާތޮޑާއަށް À380 މަރުކާގެ ބޯޓު ޖައްސަފާނެކަމަށް ގަބޫލުކުރަނީ ކާކުތޯ. ހަވަރު ތިނަދޫގެ ބޭރު ތޮށިލާން ލިބުނު ބަޖެޓުން 1500 މީހުން ހަމަނުވާ ފަރެސްމާތޮޑާގެ ބޭރުތޮށި ލާފާނެކަމަށް ގަބޫލުކުރީކާކުތޯ. 1500 މީހުން ހަމަނުވާ ފަރެސް މާތޮޑާގެ އަސްލަމް ހަދާފަހުރި 20 ކޮޓަރީގެ ގެސްޓްހައުސްއަށް މީހުން ނުދިއުމަކީ ރައްރަށުގެ މަގުހަދާ ފެންވަރު ދައްކުރަން ޖެހޭ ސަބަބެއްވެސްނޫނެވެ.

  14
 5. އަލީ ރަސީދު އިބުނު ހަސަން

  ތީ ވަކި ރަށެއްގެ ނަން ނުބުނިއަކަސް ލާމު ލިންކު ރޯޑުގެ ވާހަކަ ތިބުނީއަކީ، އެންމެ ފުރަތަމަ ތާރު އަޅާއިގެން ރަނގަޅު ފެންވަރަކަށް ހެދިމަކީ އަޑޫ ލިންކުރޯޑު މިކިޔާބޭފުޅުންނައް އެނގެން ބޭނުން އެމަގުގެ ތާރު ގަނޑުގެ ބޯމިނަކީއިންޗަކައްވުރެންވެސް ތުނި، އެހެން ކަމުން ތިމަގު ތިހާފެންވަރު ރަނގަޅު ކޮށް ހަދާދިން ވެރިއަކައް ހިތުގެ އަޑިން ޝުކުރު ދަންނަވަން ޖެހޭ

  11
 6. Anonymous

  މީހުން ކޮށްފަ ހުރި މަސައްކަތް ފެނުނީމަ އަސްލަމްމެން ކޮސްވީތޯ؟

  20
 7. Anonymous

  ހިއްކަން ވީ ވަޢުދުތައް ދިޔައީ

  17
 8. ޙޚޏޛ

  ތީގެންވެސް ތި އިނގެނީ ޕްލޭނިން މިނިސްޓަރުގެ ސިކުނޑީގަ ތެތް ކަމެއް ނެތްކަން..މާލެ އެކޭ އެއްފަދައިން ރައްރައް ވެސް އެބަ ޖެހެޔޭ ތަރައްގީ ވާން.އަސްލަމް ކަލޭ އަދިވެސް ތި އުޅެނީ 1800 ވަނަ ގަރުނުގައެޭ..މިކަހަލަ ގަމާރުން ލައިގެން ދުރު ރާސްތާ ވިސްނުމެއް ނެތި އަމާ ބުނީތީ ފަރައްދާ އުސޫލުން އަންބޮނޑި އައް ބައްގަޅަން އުޅޭ ބައެއް މީކީ...ވެރިކަން ވައްޓާލަފާނެތީ ބިރުން ޓެރެރިޒަމް ގާނޫނޭ ކިޔާފަ ތިއެއްޗެއް ހަދައިގެން ތި އުޅެނީ..ވރައް އަވަހައް ވެއްޓޭނެ އިރާދަ ކުރެއްވިއްޔާ!!!ވަރައް ވާހަކަ މީ

 9. ރައްޔިތުން

  ފެންވަރު ރަނގަޅުކޮށް ހެދީމަ ސަކަރާތް.. ޖީބަށް ވަންނަ އެތިކޮޅު ކުޑަވާނެ.. ޖަޒީރާވަންތަކޮން ހެދީމަ 6 މަހުން 6 މަހުން ސަރވިސް ކުރަން ޖެހޭނެ. އޭރުންތާ އޭގެ ބިޑުން ކުޑަ ގޮތެއް ހަދާލެވޭނީ

  12
 10. ޕަޓާސް

  މަތިންދާ ބޯޓޭ؟ ވިއްސާރަ މޫސުމުގަ އައްޑޫގެ މަގުތަކުގަ ސީޕްލޭންވެސް ޖެއްސޭނެ. ކެނޯއާ ޖެޓްސްކީ ވެސް ދުއްވޭނެ. ކަޑަ؟

 11. ފާއިޒު

  މަގުތައްމަތީ ތަޅުން އަޅަލާފައި ރޯލުފިހިން ތާރުހާކާލަން ދޯ މިސަރުކާރުން ބޭނުންވަނީ. ސާބަސް.