ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމު ބިލު ކޮމެޓީ މަރުހަލާގައި ދިރާސާ ކުރަމުންދާއިރު ބުލީ ކުރުމަކީ ކުށަކަށް ހެދުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ގޮވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތައުލީމު ބިލަށް ބަހުސް ކުރައްވަމުން ހަސަން ލަތީފު މިއަދު ވިދާޅުވީ ބުލީ ކުރުމަކީ ޒަމާނުންސުރެ ފެށިގެން ރާއްޖޭގައި ހިނގަމުން އަންނަ ނުރަނގަޅު ސިފައެއް ކަމަށެވެ. އަދި އެއީ ނުރައްކާތެރި ސިފައެއްކަން ފާހަގަކުރައްވާ ހަސަން ލަތީފު ވިދާޅުވީ އެކަމަކީ މާބޮޑު ކަމަކަށް ނުހަދާ އަޅާނުލާ ދޫކޮށްލުމަށްވުރެ ބޮޑު ކަމެއް ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ބުލީ ކުރުމުގެ ސަބަބުން ނިކުންނަ ނަތީޖާތައް މާޒީގައި ފެނިގެން ގޮސްފައިވާ ކަމަށެވެ. މަދަރުސީ ހަޔާތުގައި ބުލީގެ ޝިކާރައަކަށް ވެފައިތިބި މީހުން މިއަދުވެސް ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިބިކަން ހަސަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން އެމީހުންގެ ވަޒީފާގެ މާހައުލުގައިވެސް އެކަމުގެ އަސަރު ކުރަމުން އަންނަ ކަމަށެވެ.

"ދައުލަތުގެ ޒިންމާދާރު ވަޒީފާތަކުގައި މިއަދު ވަޒީފާ އަދާކުރަމުން ދާއިރު އެބޭފުޅުން ކުޑައިރު ސުކޫލުގައި އެ ކުރެވުނު ބުލީގެ އަސަރު އެބޭފުޅުންގެ ގައިގައި މިހާރުވެސް އެބަހުރި. ނަތީޖާއަކަށް ވަނީ ޒާތީގޮތުން މީސްމީހުންނާ ދޭތެރޭގައި ކަންކަން ކުރަން ފެށުން." ހަސަން ލަތީފު ވިދާޅުވިއެވެ.

ބިލަށް ބަހުސް ކުރައްވަމުން ހަސަން ލަތީފް އިތުރަށް ވިދާޅުވީ ރާއްޖޭގައި އެއްވެސް ސަބަބެއް ނެތި ކުދިން ސްކޫލަށް ނުފޮނުވާ ބެލެނެވެރިން އެބަތިބި ކަމަށެވެ. އަދި އެފަދައިން ކުދިން ސްކޫލަށް ނުފޮނުވުމަކީ ކުށަކަށް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކީވެސް ތައުލީމު ލާޒިމުވާ ކުއްޖެއް ކަމަށް ބިލުގައި ބުނެފައިވާއިރު އެ އުމުރުގެ ކުދިން ސްކޫލަށް ނުފޮނުވުމުން ލިބޭނެ އަދަބެއް ނުވަތަ އެޅޭނެ ފިޔަވަޅެއްވެސް ބިލުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

"ކަމެއް ލާޒިމުކޮށްފައި އެކަން ނުކުރީމާ ދެން ވާނެ ގޮތް ގާނޫނުން ހަދާ ގަވައިދަކަށް ދޫކޮށްލުމުގެ ބަދަލުގައި ގާނޫނުގައި ކަނޑައެޅިފައި އޮތުން އެއީ ވަރަށް މުހިއްމު ކަމެއް،" ހަސަން ލަތީފު ވިދާޅުވިއެވެ.

ތައުލީމު ބިލުގައި ބުނެފައިވަނީ މަޖުބޫރު ތައުލީމު ލާޒިމުވާ ކޮންމެ ކުއްޖަކަށް ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީ ސުކޫލު ތައުލީމުން ފެށިގެން ސާނަވީ ތައުލީމާ ހަމައަށް ކިޔަވަން ސުކޫލަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް މަގްބޫލު އުޒުރެއް ނެތި ތައުލީމު ލާޒިމުވާ އުމުރު ފުރައިގެ ކުދިން ސްކޫލަށް ގަވާއިދުން ފޮނުވަން ޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޞވގހސ

    އެކަމު މީނަ އެންމެ ގިނައިން ބުލީ ކުރަނީ...

    21
    • ޗީޗީ

      ޢެކަލޭގެވެސް ބުލީ ކުރާކަށް އަސްލު ބޭނުމެއްނުން.
      ގާނޫނަކުން މަނާނުކުރާތީ ބުލީ ކުރެވެނީ. އެވާހަކައެބުނަނީ

  2. ނޯރާފަތޭހި

    "ދައުލަތުގެ ޒިންމާދާރު ވަޒީފާތަކުގައި މިއަދު ވަޒީފާ އަދާކުރަމުން ދާއިރު އެބޭފުޅުން ކުޑައިރު ސުކޫލުގައި އެ ކުރެވުނު ބުލީގެ އަސަރު އެބޭފުޅުންގެ ގައިގައި މިހާރުވެސް އެބަހުރި. ނަތީޖާއަކަށް ވަނީ ޒާތީގޮތުން މީސްމީހުންނާ ދޭތެރޭގައި ކަންކަން ކުރަން ފެށުން."

    އަމިއްލަ ވާހަކަ ދެއްތޯ ތިބުނުއްވަނީ

    11
  3. ހުސޭނުބޭ

    ހަތަރުކަށިމަތި މާލެ މީހުންނަށް ބުލީނުކެރެވެޔޯ! އެއީ ތެދެއްތަ؟

    12
  4. އަހުމަދު

    އަބުރުގެ ގާނޫނު އުވާލާފަ މީ ކީކޭ ކިޔާ ބީތާއެއް

    17
  5. ޚޮބޭ

    ބުލީކޮށް، ބުލީކުރުވަނީ ގަންޖާ...

    12
  6. ޙަސަނާ

    ރާއްޖޭގަ އެންމެފުރަތަމަ ބުލީކުރަންފެށީވެސް ނަސީދުގެ ގުރޫޕުން ތިޔަބައިމީހުން ހުރިހާނުބައި ސުންޕާ އާދަތަކެއް މިތާ ފަތުރާ ގައުމުގެ އިޖުތިމާއީފޭރާންވީދާލި ގުރޫޕަކީ ތީ ތީ ތީ...

    14
  7. ބޭޗާރާ

    މަށަކީ ހަތަރުކަށިމައްޗޭ ހަތަރުއަރިކަށްޓޭ މާލޭ ކަށިމައްޗޭ ކިޔައިގެން ރަށްރަށު މީހުންނަށް ބުލީކުރި މީހާ.

  8. ޑރ. ރާމީ ހަސަން މަނިކު ނިއުޔޯކް/އެމެރިކާ

    ބުލީ ކުރީމާ ގުޅާނެ ނަންބަރެއް ކުދިންނަށް ހާމަވާ ގޮތަށް ސްކޫލް ތަކުގައި ބެހެއްޓުމަކީ ރަނގަޅު ކަމެއް. މިހާރު އޮންނަ ގޮތުން އެހީއަށް އެދޭނީ ކޮންތާކު، ކޮންފަރާތެއްގައި ކަމެއް ކުދިންނަކަށް ނޭންގޭ. ބުލީ ކުރުމުގެ ސަބަބުން ރާއްޖޭގައި ދަންޖެހިގެން މަރުވި ފުރަތަމަ ކުއްޖަކީ ދެމަފިރިއެއްގެ ހުރި އެންމެ ދަރިއެއް !