ދުނިޔެއަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ދިވެހި ރާއްޖެއަށް ގެނައުމާއި ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން، ރާއްޖޭގެ ނަން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ރައްދުދެއްވައިފިއެވެ.

ޑރ. ބިލާލް ރާއްޖެ ގެނައުމާއި ދެކޮޅަށް ވާހަކަދައްކަމުން ރައީސް ނަޝީދު ވިދާޅުވީ، ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ.

އަދި އެބޭފުޅާ ރާއްޖެ ގަންނަން ނުފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ޓްވީޓަށް ރައްދުދެއްވަމުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، ދީނީ ނަސޭހަތް ރަނގަޅު ގޮތުގައި ދެއްބާ ބޭފުޅުންނާއި އެ ނޫން ބޭފުޅުން ވަކި ކުރައްވަން އެނގިވަޑައިގަންނަވާ ވަރަށް ވުރެ މަނިކުފާނުގެ ލާދީނީކަން ބޮޑު ކަމަށެވެ.

"ނޭނގޭވާހަކަ ނުދައްކަވާ މަޑުން ހުންނެވޭތޯ ބައްލަވާ. ފަތަންވެސް ލުއިވާނީ އެއިރުން". ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ އިޔާޒްގެ އިތުރު ޓްވީޓެއްގައި ވަނީ، ޑރ. ފިލިޕް ރާއްޖެ އަންނާތީ، އެކަމާއި ބައެއް ބޭފުޅުން ކަންބޮޑުވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވަފާއެވެ.

"މާފުށީގައި އޮރިޔާން ހާލުގައި ހުރި އަންހެނަކު ހަމަ މަގަށް އަޅުވަން އުޅުނީމަ ފަތުރުވެރިކަމަށް ގެއްލުންވެދާނެ ކަަމަށް ބިރުން އުޅުއްވި ބޭފުޅުން، ޑރ. ބިލާލް ފިލިޕް ރާއްޖެ ވަޑައިގަންްނަވާތި ކަންބޮޑުވެލައްވަނީ ކީއްވެބާ؟. އެ އަންހެން މީހާ އުޅުނު ގޮތަށް އޮރިޔާމުން ރަށު ތެރޭ ނުހިނގާނެތީތޯ؟". ޑރ. އިޔާޒްގެ ޓްވީޓުގައި ވެއެވެ.

އެމްޑީޕީ ބައެއް މަޖިލީސް މެންބަރުން ބުނާގޮތުގައި، ޑރ. ބިލާލްއަކީ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ.

ޔޫތް މިިނިސްޓްރީގެ ދައުވަތަކަށް ޑރ. ބިލާލް ރާއްޖެ ވަޑައިގަންނަވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބެއްޔާ

    ނަޝީދުގެ ފަތަށް ގިނަވާނަމަ އިޔާޒުގެ ފަތަށްވެސް ގިނަވާނެ. އެގޮތަށް ލާދީނީ ވާހަކަ ދެއްކުމަށް ފުރުސަތުދިނީތީ. ހަަސަދަވެރިކަމުން ޔާމީނުގެ ސަރުކާރާ ދެކޮޅުވެގެން ގެނައި ލާދީނީ ވެރިކަމެއްވިއްޔަ.

    68
    15
  2. ސަމާލު

    ބައްލަވާ ބަޤަރާސޫރަތުގެ 9_12 ވަނަ އާޔަތުގެ މާނަ

    24
  3. ޔާމިން

    ކެނަރީގެ ލާދީނީ ނަޝީދު ހާ ދޮގުނުހަދާތީ ހަރުކަށިވީ އަބަދު ހަމައިގަ ހުއްނާތީ ހަރުކަށިވީ ނަޝީދުއަކަށްނޭއްގޭނެ ރާއްޖެ އައްނަންޖެހޭ މީހުނެއް.

    51
    2
  4. ހުސޭނުބޭ

    އިޔާޒު ބުންނަ ވާހަކައެއް! ތި މީހާއަށް ހެޔޮ ވިސްނާދިނުމަށްވުރެ އިބިލީހަށް ނަސޭހަތްލާދިނަސް މާ ރަގަޅުވާނެ! އިބިލީސްވެސް ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރޭ!

    81
    2
  5. މާމީ

    މިހާރު އަހަރެމެން ދެކެކީ ނަޝީދު އާ އިޔާޒު އާ ދެމީހުނަކީ އެއްވަރުގެ ދެމީހުން ކޮންމެހެން ގުދޯގުދޯ ކިއާނެ ކަމެއްނެއް މީހުނައް މާ ރަގަޅު މީހަކައް ވާކައް

    24
    15
  6. އިސްތަށި ފިކުރު

    ބަލަ މަގުމަތީގަ އޮރިޔާން ހާލުގަ ދުވުން ވެސް ވާނީ ތިޔަ ބުނާ ހަރުކަށި ފިކުރުގެ މީހެއް ކަން ގާނޫނު އަސާސީ ގަ ލިޔެވިފަ ނެތް ތަ

    21
  7. އަޙްމަދް

    ދުނިޔެއަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ދިވެހި ރާއްޖެއަށް ގެނައުމާއި ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން، ރާއްޖޭގެ ނަން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ރައްދުދެއްވައިފިއެވެ.
    ****************************
    ރާއްޖޭގެ ނަން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބަދުވެސް އުޅުއްވަނީ ކޮއްމެވެސް ސިޔާސީ މީހަކާއި އަޅައިގަނެގެން އެމީހުންގެ ފަހަތުން ނުނެއްޓެވިގެން އެބައި މީހުންނަށް ރައްދު ދެވޭތޯއެވެ؟
    އެކަމު ކިޔަނީ ރާއްޖޭގެ ނަން މަޝްހޫރު
    "ދީނީ އިލްމުވެރިޔާ"ޑރ. މުހައްމަދު އިޔާޒް އެވެ.
    މިއީ ކޮންފަދަ ބޮޑު ޗޯކެއްތޯއެވެ!

    4
    5
  8. Anonymous

    މިޤައުމުގެ ވެރިޔަކީ ކާކު؟
    ނަޝީދު ތޯ ނޫނީ ނަޝީދު ގެ ރައްޓެއްސެއްތޯ؟
    އޭ ދުޢާދެއްވާފަ މީހެކޯ. ނަމާއި އެއްގޮތަށް ސޯލިޙުއޯ. ނަޝީދު ވެސް ހަމަ އެގޮތޯ ރައްޓެހި ކޮށް އުޅެވެނީވެސް އެހެންވެޔޯ.

    24
  9. ބްރޯ

    އިޔާޒް ބުނަންތަ ؟އަލުން އިސްލާމްދިނަށް ވަންނަން އެދުނިންތަ؟ސޯސަލް މީޑިޔާގް ހުރި ވާހަކަތަކަށް ބަލައިރު އިސްލާމެއްކަމަށް އަހަންނަން ވެސް ހަމަ ސައްކު ވޭ އިޔާޒް އެބުނީ ހަމަރަނގަލަށް . ބުނަން ކާފަރުން ބޭނުންވާނީ ނުބައިކަމުގެ ފަތަށް ގިނަކުރަން . އެކަމައަޅާނުލާ.

  10. އެދުރު ދާއިތަ

    ދެން ބޭފުޅާ ތިހެން ކިޔާނެކަމެއް ނެތް! މި މީހުން ވެރިކަމަށް ގެންނަން ކިހާ ބަރު ބަސްތަކެއް ބުނެފައި ތިތިބީ. މިކަމުން އިނގޭ އެއްޗަކީ ތިކަހަލަ ސޭކުންގެ ޢިލްމު ނެތް ވަރު. އެކަން އަމިއްލަ ނަފްސަށް ވިސްނަދޭންވީ. ދިރުބާކޮޅައް ނާރަންވީ ނެތް ފެންވަރުގައި

  11. ގަލޮޅު މީހާ

    ބުރަދާ އިޔާޒު ކޮބާ ހީވޭ ކަމެއްހެން

    އަދިވެސް ތިފާސިދު ކަލޭގެ ފަހަތުގަ ހުރެލާ

  12. ސޭހް

    ފަތަށްވެސް ލުއިވާނީ އެއިރުން އެއީ ކޮންފަތެއް؟ ކަންފަތް،ނޭފަތް،ދުންފަތް

  13. ސުޢޫދު

    ފާގަދިޔަ ފޮނިއެއްޗަކައްވީ ބަލިވީމަ ބަލިންރަނގަޅުވީމަ ފަގަވީހިތިހަބަރައް ޗިޗަންޑާވީ ހިތިބޭހައް ނަޝީދުގެ ވެރިކަމުގަވާނެ ބުނެފަ ކިތައްމެހިތިވިއަސް ދިރުވާލަންޖެހޭކަމައް މީއެވަގުތު ތިއަޑުއަހާނެ އެހާގިނަބަޔަކުނެއް ދެފުށައްކެނޑުމުގެ ސަބަބުން ހިތިބޭސްބޯންޖެހޭނެކަން ހަނދާނެތުނީމަ ނަޝީދުރަގަޅު ނޫންނަމަ މައުމޫނުބުނާނެ ގޯސްނަމަ

  14. ކިނިކްސް

    މުސްލިމަކީ ތިމާގެ އަނެއް އަޚާއަށް ހެޔޮ އެދޭމީހާއެވެ. އިޔާޒު އެވެ. ނަޝީދަށް ބުނަންވާ ބަދު ބަހެއް އޭނަ ކައިރީގައި ބޫނާށެވެ. އޭނައަށް ބުނަންވާ ހެޔޮ ބަހެއް ރަށްމެދުގައި ބުނާށެވެ. ނަޝީދަށް ވިސްނުވައިދީގެން ޑރ.ފިލިޕް ގެންނަން މަސައްކަތް ނުކޮށް އޭނަ ލާދީނީ މީހަކަށް ފިލިޕް ގެނެވުނީ ކަމަށް ނުބެލެވޭނެއެވެ. ލާދީނީކޮށް ކުރުފުރު ނުކުރާށެވެ.

    1
    1
  15. ކަޅޭ

    މީގެކުރިން މަނިކުފާނަށް ތިވަރު ބަޔަކު ނެތިގެން ހަޅޭއްލަވާ އުޅުއްވީމެއްނޫންތޯ؟ ދެން މިހާރު ކީކޭތޯ ތިޔަ ވިދާޅުވަނީ؟ އަޅެ މީހަކު ހައިރާނެއް ފަހެ ނުވާނެތަ...؟ ޑރ އިޔާޒު އަކީ ދީނީއިލްމު ވެރިއެކޭ ދެންނެވުމުގެ ބަދަލު ޒާތީ ހަސަދަވެރިއެކޭ ދެންނެވިޔަސް ގޯހެއްނުވާނެ، އެބޭފުޅާ ވިދާޅުވާ ވިދާޅުވުންތަކުގައި ޒާތީ ގޮތުން ނޫނީ އެއްޗެއް ވިދާޅެއްނުވޭ، ދީނީ ނަޞޭޙަތް މީހުން ދެނީ ތިގޮތަށްތޯ؟

  16. ނަޖްވާ

    ފިލިޕްސް އަކީ ފަރަންޖީ ނަމެއް ނޫންތަ؟ ކީއްވެތަ ބިލާލު ކީއިރު، ބިލާލު ޢުމަރު ނޫނީ ބިލާލް އަބްދުއްރަޙްމާނު ނުކީކީ! މީގެންވެސް އިނގެނީ މި ވެރިންގެ ދެފުށްދެގޮތް ކަން! އެވަރު މީހުން ދެން ކޮން ފަތުވާ އެއް ދޭކަށްހޭ މި ބުނީ!

  17. ދދދd1ދދދދd1d1ދދދދd1ދދދދd1d1d111

    ނަން މަޝްހޫރު ހަސަދަވެރިޔާއޭ ބުނުން މާރަނގަޅު. ތިދޭތި ތީ އެއްވަ11ރުގެ ދޭތި.