ކެނެޑާއަށް ނިސްބަތްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް އަންނަ މަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ޑރ. ބިލާލް ރާއްޖެ ވަޑައިގަންނަވަނީ ޔޫތް މިނިސްޓްރީގެ ދައުވަތަކަށެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހު އޭނާ ރާއްޖެ ވަޑައިގަންނަވާއިރު، އޭނާ ރާއްޖޭގައި ހަ ވަރަކަށް ދުވަސް މަޑުކުރައްވާނެއެވެ. ޑރ. ބިލާލް ރާއްޖެ ވަޑައިގަންނަވަނީ ތަހައްމަލު ކުރުމާއި، އަމާންކަމާއި ގުޅޭގޮތުން ޒުވާނުންނަށް މައުލޫމާތު ދިނުމަށެވެ.

ޑރ.ބިލާލް މީގެކުރިން ވެސް ވަނީ ރާއްޖެ ވަޑައިގެން ދީނީ ނަސޭހަތްދެއްވާފައި ވެއެވެ.

އަދި ދާދި ފަހުން މަޝްހޫރު އިލްމުވެރިޔާ މުފްތީ މެންކްވެސް ރާއްޖެ ވަޑައިގެން ދީނީ ދަރުސްތައް ދެއްވާފައި ވެއެވެ. އަދި އޭނާ ވަނީ ބައެއް ރަށްތަކަށް ވަޑަައިގެންވެސް ދީނީ ނަސޭހަތްވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޣފދ

  ތިއި ދުނިޔެގަ އެންމެ ފުންނަބު އުސް އިލްމުވެރިން ގެ ތެރެއިން ބެފުޅެއް ވަރަށް އުފަވެއްޖެ ވަޑައިގަންނަވަތި

  13
  1
 2. ހުސައިން

  މިނިސްޓަރަށް ޝުކުރިއްޔާ

  8
  1
 3. އަހަރެން

  އަންނަ މަހަކީ މާރޗް މަސް ، އޭޕްރީލް އެއް ނޫން ...