ރާއްޖެއަށް އެހެން ދީންތައް ގެންނަން އުޅެނީ ލާދީނީ ފިކުރުގައި ތިބި ސިޔާސީ ލީޑަރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ބާރުއަޅާ، މުސްލިމަކަށް ނޫނަސް ދިވެހި ރައްޔިތަކަށް ވެވެންޖެހޭނެ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަނުން ހުށަހެޅި ރިޕޯޓް ކުށްވެރި ކުރައްވައި އުމަރުގެ ވައިބާ ޕަބްލިކް ޗެޓްގައި އާންމު ކުރެއްވި ބަޔާނުގައި ވިދާޅުވީ ރާއްޖެއަށް އެހެން ދީންތައް ގެނައުމަށް އީޔޫ އިން ކުރާ މަސައްކަތްތަކަށް ދިވެހީން ސަމާލުވާން ޖެހޭ ކަމަށެވެ.

އަދި މި ގައުމަށް އެހެން ދީންތަށް ވައްދައި ބަނގުރަލާއި އަފިހުންނާއި ޑިސްކޯގެ ނައިޓް ކުލަބުތަށް ހުއްދަ ކުރުމުގެ މަސައްކަތް ކުރަނީ ލާދީނީ ފިކުރުގައި ތިބި ސިޔާސީ ލީޑަރުން އެކިގޮތްގޮތުން އެހީވެދީގެން ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

"ދިވެހިން ސަމާލުވާން ޖެހޭނެ އީޔޫއިން ދިވެހި ރާއްޖޭއަށް އެހެން ދީންތަށް ގެނެވުމަށް އެކުރާ މަސައްކަތަށް. އެ މަސައްކަތް އީޔޫއިން އެކުރަނީ ލާދީނީ ފިކުރުގެ ސިޔާސީ ލީޑަރުންގެ އެހީތެރިކަމާއި އެކު" އުމަރު ވިދާޅުވިއެވެ.

އަދި އީޔޫ އިން މަސައްކަތް ކުރަނީ ސަރުކާރަށް އޮތް ނަފްރަތުގެ އޮއިވަރުގެ ތެރެއިން ރާއްޖެއަށް އެހެން ދީންތައް ވެއްދުމަށް ކަމަށާއި ރާއްޖެއަށް އެހެން ދީންތައް ވެއްދުމަށް ކުރާ މަސައްކަތަކީ ވަރަށް ކުރީންފެށިގެންވެސް ކުރަމުން އަންނަ ޒަމާންވީ މަސައްކަތެއްކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

މި ގައުމަށް އެހެން ދީންތަށް ވައްދައި ބަނގުރަލާއި އަފިހުންނާއި ޑިސްކޯގެ ނައިޓް ކުލަބުތަށް ހިއްދފަ ކުރުމުގެ މަސައްކަތް ކުރަނީ ލާދީނީ ފިކުރުގައި ތިބި ސިޔާސީ ލީޑަރުން އެކިގޮތްގޮތުން އެހީވެދީގެން ކަމަށް އުމަރު ވިދާޅުވި ނަމަވެސް އެ ލީޑަރުންގެ ނަމެއް އުމަރު ވިދާޅެއް ނުވެއެވެ.

އުމަރު ނަސީރު މީގެ ކުރިން އެކި ފޯރަމްތަކުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ލާދީނީ ބޭފުޅެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ގޮވާލާ ގައުމުތަކަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވީ އެގައުމުތަކަކީ އެމީހުންގެ ބޮން އަޅާ ޖެޓްތަކުން ކުށެއް ނެތް މައުސޫމު އެތައް ބަޔަކަށް ކޮންމެ އަހަރަކު މަރުގެ އަދަބު ދެމުންދާ ގައުމުތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފާ

    ވ ރަނގަޅު ވާހަކަ އެއް

  2. ޢަފްލާ

    ޝުކުރިއްޔާ ޢުމަރު ނަސީރު

  3. ރަނޑޭ

    އަމަތްޔާތް މީނަގަނޑުވެސް އެބަ އުޅޭތަ؟

  4. ޣާދިރު މަނަދޫ

    100 އިން 100 ގެ ވާހަކައެއް..

  5. ޙަފްޞާ / މާލެ

    އެއީ ކޮން ލީޑަރުންނެއްކަން ސާފުކޮށް ބުނެލިނަމަ ޢުމަރުގެ ޘާބިތުކަމަކީ!!!

    • ޒާހިދު

      އެއީ ކެނަރީގޭ ނަސީދާ އޭނަޔަށް ވާގިވެރިވަ މީހުން ސާފް ވެއްޖެ ހެކި މިއޮތީ އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވީ އިސްލާމްދީން ނޫން އެހެން ދީންތަށް ގެނައުމަށް ގޮވާލާ މީހުންނާއި, އެފަރާތްތަކަށް އެކަމުގެމަށްޗަށް ވާގިވެރިވާ އެންމެހާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންކަން ކަށަވަރު ކަމަށާއި އެފަދަ އެންމެންގެ ކިބައިން ބަރީއްއަ ވާކަމަށެވެ.

  6. ބޮސް

    ޅާދީދީނީ ލީޑަރަކީ ކެނެރީގޭ ޝައިތޯނާ

    • ހުމާމު

      ތިކަމުގައި ހަމަ އެއްވެސް ޝައްކެއް ވަސްވާހެއް ނެތް. އެ ޝައޠާނަކީ ހަމަ ކެނެރީ ޝައިޠޯނު. އޯވާޑޯޒުވެގެން އެ ޝައިޠާނު މަރުވެއްޖިއްޔާ!