ކެނެޑާއަށް ނިސްބަތްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާއި ދެކޮޅަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ވެސް ތެދުވެއްޖެއެވެ.

ޔޫތް މިިނިސްޓްރީގެ ދައުވަތަކަށް ޑރ. ބިލާލް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ، އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. އެކަން ހާމަކުރެއްވީ ޔޫތް މިނިސްޓަރ މަހްލޫފް އަހުމަދުއެވެ.

މަހްލޫފް ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގެން، ތަހައްމަލު ކުރުމާއި، އަމާންކަމާއި ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށެވެ. އެކަމާއި ދެކޮޅުކަން ހާމަކުރައްވަމުން އިންތި ވިދާޅުވީ، ބިލާލް ފިލިޕްސްއަކީ މި މައުޟޫއަށް ދަރުސް ދޭން އެންމެ ރަނގަޅު މީހާ ނޫން ކަމަށެވެ.

"ހަގީގަތަކީ އޭނާ ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ ސަބަބުން ގިނަ ގައުމުތަކަށް ވަނުންވެސް މަނާކޮށްފައިވާކަން". އިންތިގެ ޓްވީޓުގައި ވެއެވެ.

އިންތި މިގޮތަށް ވިދާޅުވިއިރު، ގަޅޮލު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲވެސް ވަނީ ބިލާލް ރާއްޖެ ގެނައުމާއި ދެކޮޅު ކަމަށް ވިދާޅުވެފައެވެ. އީވާ ވިދާޅުވީ، ޑރ. ބިލާލްއަކީ ތަހައްމަލު ކުރުމާއި، އަމާންކަމާއި ގުޅޭގޮތުން މައުލޫމާތު ދޭން ރަނގަޅު ބޭފުޅެއް ނޫން ކަމަށާއި، އެކަން ގޫގުލް ސާރޗް ކުރުމުންވެސް އެނގޭނެ ކަމަށެވެ.

ޑރ. ބިލާލް މީގެ ކުރިންވެސް ރާއްޖެ ވަޑައިގެން ދީނީ ނަސޭހަތްދެއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޙޚޏޛ

    އިންތި މިގައުމުން ބޮއިކޮޓް ކުރަން ފެނޭ.ދީނީ ވާހަކަ ދައްކަން މީ ކޮން ގަމާރެއްއް ތަ؟؟ދީނޭ ކިޔަންވެސް ކުފޫ ހަމަ ނުވާ މީހެއް...ތީ އަންނިގެ އަނދިރި ދައުލަތުގަ އުޅޭ ޕަޕެޓުން..މިގައުމުން އިސްލާމް ދީން ފޮހެލަން ފޮނުވާފަ ހުރި ޕަޕެޓުންގެ ނުބައި ކަމާއެވެ.ކީއްވެ ޖޭއެސްސީ އިސްލާހު ކުރަންށޭ ކިޔާފަ ގެނައި ފާދިރީ އާ ދެކޮޅައް ނުތެދުވީ؟؟؟

    31
  2. ފާއިޒު

    ތަހައްމަލު ކުރުމާއި، އަމާންކަމާއި ގުޅޭގޮތުން މައުލޫމާތު ދޭން އެންމެ ރަނގަޅުވާނީ އިންޑިޔާގެ ބޮޑުވަޒީރު މޯދީ ކަމަށް ތިބޭފުޅުންނަށް ޤަބޫލުކުރެވޭނެއެވެ،

    33
  3. ގުސައްޔު

    ދިވެހި ރައްޔެތުންނައް ވިސްނޭބާ ލާދީނީ މީހުން ޔޫރަޕްގެ ދޮންފަރަންޖީން ވަރިހަމަ ކޮއްމެގޮތަކައްއުޅިނަސް އޯކޭ

    28
  4. ާއިއްބެ

    ޢެފަދަ ޢިލްމުވެރިންނަށް ލާދީނީ މީހުން ވަރަށް ބިރުގަންނާނެވެ.

    36
    1
  5. ޔާމިން

    މޑޕ ޔަހޫދީ އެކަކުވެސް ބޭނު މެއްނުވާނެ ދީނީ މީހަކު ގެއްނާކަށް. އެމީހުއް ބޭނުއްވާނީ ޔަހޫދީން މިގައުމަށްގެއްނައް މިސާލަކަށް މޯދީ ، ނަތައްޔާހޫ ، ޓުރަމްޕު. މިކަހަމީހުއް ވެރިކަމުގަ ހުރީވެސް ހުސް މިކަހަ އެއްޗެހި.

  6. ހުސޭނުބޭ

    ޑރ ބިލާލް ރާއްޖެ ގެނައުމާ ދެކޮޅަށް ފަޔަށް ހިނިއަރައިގެން އުޅުނުއިރު އެމްޑީއެން ގެ ރިޕޯޓުގައި އިސްލާމްދީނަށް މަލާމާތްކުރިއިރު މި ވެސް މަޖިލީހުގައި އިނީ ހޭން!

  7. ހުސައިން

    "ގިނަ ގައުމުތަކަށް ވަނުންވެސް މަނާކޮށްފައިވާކަން".
    1. ދުނިޔޭގެ 195 ގަވްމުތަކުން ކިތައް ގަވްމުތޯ؟
    2. އެ ގަވްމުތަކުގައި މުސްލިމުންނަށް ކަންތައް ކުރަނީ ކޮންގޮތަކަށްތޯ؟
    3. 4 - 5 ގަވްމުން ބޭންކުރުން އެއީ ގިނަ ގަވްމުތަކށްވާނަމަ ބާކީ ހުރި ގަވްމުތަކަކީ މަދު ގަވްމުތަކެކޭބ؟
    4. ތިބުނާ 4 - 5 ގަވްމުތަކުން އިސްލާމީ ޢިލްމުވެރިން ބޭންކުރަނީ އެގަވްމުތަކުގައި އިސްލާމްދީނުގެ ޢިލްމު ފެތުރި އެގަވްމުތަކުގެ ޢައިރު މުސްލިމުން އިސްލާމްދީން ގަބޫލު ކުރަމުންދާތީކަން ނޭނގެނީތޯ؟ މީގެ މިސާލެއް ޑރ. ޒާކިރް ނާއިކް.

    މަޖްލިސްގައި އަޑުގަދަކުރަމުންދާ މެމްބަރުގެ ފެންވަރު އެނގިއްޖެ.

  8. ވާނުވާ

    މި ބުރާންތިންނަށް ރަގަޅުވާނެ ދޮން މަންޖެއެއް އޮރިޔާމުން މަގުމަތީދުވަނިކޮށް....ބިލާލުވެސް އައިސް އެހެން އުޅެންޔާ އޯކޭވާނަ 100%ޔަޤީން....މޯދީ މެންކަހަލަ އިގިރޭސިން ޖަހަލަ މުސްލިމުންނަށް ގޯނާކުރާމީހުން އޯކޭވާނެ......ރައްޔިތުން ބޭނުން ބިލާލް ގެންނަން.

  9. .......

    ދީނީ އެއްވެސް ކަމެއްގައި ރައްޔިތުން މަޖިލީހުންް ގޮތްް ފާޑު ކިޔުމާއި އަހަރެން ދެކޮޅު....މަޖިލީހުގަ ނެތް ދީން ކިޔަވައިގެން ހުރި މީހެއް...އެހެން ވީމަ ދީނޭ ކިޔޭނެ ހައިސިއްޔަތުވެސް ނެތްތާ...ބިލާލް ފިލިޕްސް އެއީ ހަރުކަށި މީހެއްކަމަށް ޘާބިތުވާ ދަލީލަކީ ކޮބާތޯ...އިންތިވެސް އީވާ ވެސް ޖަވާބުދާރީ ވުމަށް އެދެން...ބޭރު ގައުމުތަކުން އޭނަ ބޮއެކަޓް ކުރުމަކީ އެއީ ހަރުކަށި މީހެއްކަމަށް ނިންމޭނެ ދަލީލެއް ނޫން....ކާފަރުން އަބަދުވެސް ރުޅިއަންނާނެ މުސްލިމުން ދެކެ...އަދި މުސްލިމުންނަށް ހަރުކަށްޓޭ ކިޔާ ފުރައްސާރަވެސް ކުރާނެ....އެހެންވީމަ ގައުމުތަކަކުން އޭނަ ނޭރުވުުން އެއީ އޭނަ ހަރުކަށި ކަމަށް ނިންމެން އެއްވެސް މިންވަރެއްގެ ދަލީލަކަށް ނުވޭ....މަޖިލީހުން ދީނުގެ ކަންކަން ކަމާ ގޮތް ނިންމީމާ ފެނިގެން އެދަނީ ވަރަށް ހުތުރު މަންޒަރެއް...ކިތަންމެ އިނގިރޭސިއަށް މޮޅަކަސް ބޭރުގައުމުތަކަށް ކިތަންމެ ފަރިތަޔަސް އިސްލާމް ދީނުގެ އިލްމުނެތި ދީނުގެ ކަންކަމުގައި ގޮތްކިޔާާ ބޮޑެތި ހުކުމްތައްނެރެ ނެހެދޭނެދޯ....އަދިި ހަރުކައްޓޭ މިކަޔަނީ އެބުނެވެނީ އެއީ މުސްލިމެއްނޫނޭ ނުވަތަ އެ ކުފުރް ޖެހެނީކަންވެސް ނޭނގިތިބެ...އެހެންވިޔަސް ހަރުކަށި މިވެވެނީ ހަރުކަށިކަންވެސް ނޭނގޭ

    3
    1
  10. މަ

    އިންތިމެންނަށް ތަހައްމަލު ނުކުރެވެނީ އިސްލާމީ އިލްމުވެރިންގެ ދަރުސްތައް. ކާފަރު ފަރަންޖީން އެމިިހުންނަށް ނިކަން ފައްކާވާނެ. މީނަޔަށް ލޯޔަރުކަން ދިނީ ކާކުތަ؟ އިނގިރޭސި ލަވަޕްރޮގްރާމަށް ޓީވީއަށް އަރާ...

  11. ޙަސަނާ

    މީލާދީނީގުރޫޕު ފަލީހަތްވުން އިންޝާﷲ

  12. ހަމައަސްލު

    ކަލޯ ކޮންކޮޅަކުން އިރު އެރީ...ކިތަންމެ ވަރަަށް ނާރުތައް ފުއްޕާފަ ތި ގޮތަށް ހެދިޔަސް އިސްލާމީ ނޫރު ނުފޮހެލެވޭނެ..އެކަން އެއޮތީ އަންގަވާފަ.... ސޯ ވިޔާ އިންޝާ ﷲ ތިބެނީ ހައްގުގޮތުގަ

  13. މުދިމު

    ލާދީނީ ބައިގަޑަށް ބިލާލު ކަމަކުނުދާނެ

  14. ލަގަނާ

    މިފެންނަނީ ލަދީނީ މުނާފިޤު ގުރޫޕް މިވެރިންނަކައް ކަމަކުނުދާނެ ދޮންފަރަންޖީއެއްނޫނީ

  15. ވާނުވާ

    މީދެން ކޮންބައެއް ތާކުންތާކުނުޖެހޭ ވާހަކަ ދައްކަން.... މިމީހުނަށްދޯ އިގެނީ އެންމެ ރަގަޅަށް ދީން.....ބަލަގަ ކާފިރު ޤއުމުތަކުން މުސްލިމުން ކުރާ ކޮންމެކަމެއްވެސް ދެކޭނީ ހައްދުފަހޏަ އެޅީކަމަށް.... ކަރުދިގު ފުޅިއެއް ހިފައިގެން އިނީމަ އެވަނީ ހައްދު ފަހަނަ އެޅުމަކަށް ނޫންބާ

  16. ބިސް

    އަންނިގެ ޕަޕެޓުން

  17. ????

    އަޅޭ އިންތީ ޑރ. ބިލާލް ފިލިޕް އެރުން މަނާ ޤައުމުތައް ބުނެދީބަލަ