ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމާއި ގުޅޭ ގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެންމެ ފަހު ބަހަކީވެސް އެކުންފުންޏަށް ޓާމިނަލް ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމުގެ މައްސަލައިގައި ސަރުކާރުގެ އެންމެ ފަހު ބަހަކީވެސް، އަދި އެކަމުގައި ހަމައެކަނި އޮތް ބަހަކީވެސް، 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،400 އަކަމީޓަރުގެ ޖާގަ ޓީއެމްއޭއަށް ދިނުން ކަމަށެވެ.

ރޭ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އެދިވަޑައިގަތުމަކަށް ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވަނީ ސަރުކާރުން އެކަމުގައި އަމަލުކުރާނެ އުސޫލު ސާފު ކޮށްދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރުން އެކަމުގައި ނިންމާފައިވާ ނިންމުންމަކީ އެ މައްސަލާގައި ނިންމޭނެ އެންމެ އިންސާފުވެރި ގޮތް ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެކަމާއި އެމްއޭސީއެލްގެ ބޯޑުގެ ރުހުންވެސް ލިބިގެންދާނެ ކަމަށާއި ނުލިބިއްޖެ ނަމަ ބޯޑު ބަދަލުކޮށްގެންވެސް އެ ނިންމުން ސަރުކާރުން ތަންފީޒު ކުރައްވާނެ ކަމަށެވެ.

މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ އެ ކަމުގައި ސަރުކާރުގެ ސިޔާސަތު ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ސާފުކޮށްދެއްވާފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެއަށްފަހު އޮންނަ ބާކީ 21،000 އަކަމީޓަރު އަލުން ޓެންޑާކޮށް ކުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.

"މިވަގުތު ކަނޑަށް ޖައްސާ މަތިންދާބޯޓު ގެންގުޅޭ ހުރިހާ ކުންފުނިތަކަށް ވެސް މިވަގުތު އެ ކުންފުނިތަކުގެ ހިއްސާ ޝެއާ މާރުކޭޓުގައި އެމީހުން މަސައްކަތް ކުރާ މިންވަރަށް ބަލައި މިވަގުތު، އެމީހުންނަށް ލިބިދީފައި އޮތް ލައުންޖްގެ އަދަދު އެމިންވަރަށް ހަމަ 10:35 އަށް އެ ކުންފުނިތަކަށްވެސް ލިބޭނެ، ބާކީ އޮންނަ އެކާވީސް ހާސް އަކަމީޓަރު އަލުން އަނބުރާ ޓެންޑަ ކުރެވޭނެ އެއީ ހުރިހާ އެންމެނަށް ޓެންޑަރަށް ހުޅުވާލެވޭ ހުޅުވާލެވުމަކީ،" ނަޝީދު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ މަކަރާއި ހީލަތުންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެ ނިންމެވުމަކީ ދުރުވިސްނޭ، ފުޅާ، ރަނގަޅު ނިންމުމެއް ކަމަށެވެ

ޓާމިނަލްއާ ގުޅިގެން ނަޝީދު މިފަދައިން ވިދާޅުވިއިރު ނަޝީދުގެ މިވާހަކަތަކާއި އެއްގޮތަށް ކޮމެޓީން ވަނީ މައްސަލަވެސް ނިންމާފައެވެ. ފިނޭންސް މިނިސްޓްރީން ނިންމި ގޮތަށް ދެ އަހަރުގެ މުއްދަތަކަށް ސީޕްލޭން ޓާމިނަލުން ބައެއް ޓީއެމްއޭއަށް ދިނުމަށް ކޮމެޓީން ވެސް ވަނީ ނިންމާފައެވެ.

އެ ނިންމުން ފާސްކުރީ، މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ނުވަ މެމްބަރުންގެ ތެރެއިން 7 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެ ނިންމުމަށް ވޯޓު ނުދެއްވަނީ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދާއި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަޓޯ

    13 މިލިއަން ޑުލަރު ދީފިވިއްޔަދޯއަންނީ

    25
  2. ބީރުމީހާ

    ކަލެއަށް ހަލާކުހުރި ﷲ އަހަރުމެންނަށް ދެރަގޮތެއްމެދުވެރި ނުރައްވާނެ ނަސީބެޔަކީ އިންސާނުބްގެ ތެރެއިންވާ މީހެއްނޫން ދިވެހިން ރޮއެރޮއެތިއްބާ އެކަލޭގެ ބޭނުްގޮތެއް ހަދަނީ

    20
  3. ހުސޭނުބޭ

    ބަލަގަ ބުއްޅަބޭ! ކަލޭގެ ފަހު ބަހުގެ ފަހުބައި މަދެއްނު! "އަޅުގަނޑަށް 13 މިލިއަން ޑޮލަރު ލިބޭނީ އޭރުން" މިބައި ހަނދާންނެތުނީތަ؟

    25
  4. ކަލްދޯބަޖޭ

    ކުދީންނޭވެ މީއެބުނާ އެޖެންޓް 19 ގެ ތަފާތަކީ ރައްޔަތުން އަޅުވެތިކޮއް ޖިޒީ ނަގާފައި އެވަރުންވެސް ހިންނުފުރިގެން ރައްޔަތުންގެ އެސެޓްތައް ނުއަގުގައި ޖީބައް ފައިސާ އެޅޭގޮތައް ބަހާ ހުސްކުރުން މީ އެބުނާ އެމް އެމް ޕީއާރ ސީގެ ހަގުނަ ބޮޑުކަރަޕްޝަނެއް މުތަނައްސިރު އަރައްބެއްގެ ސައްހަ ރިޕޯޓެއްގައި ބުނެފައި އެބަހުރި މަވޯޓާ ކިޔާ މީހަކު ޙަބަރުދިންގޮތުގައި މީރިއާސީ ވައުދެއްކަން އެކަމުގެ ހެކި ސީދާ މަޖްލީހުން މިކަމުގެ ތެރޭގައި ވަކިހިއްޕާލުން މާތް ﷲ މިއަނިޔާވެރިންގެ ނިމުން އަވަސް ކުރައްވާ މިގައުމުސަލާމައް ކުރައްވާ ފާންދޭވެ އާމީން

  5. Anonymous

    އަޅުގަނޑު ގެ ފަހުބަހަކީ މިޤައުމުގައި ލާދީނިއްޔަތު ފަތުރަން މަސައްކަތް ކުރާ އަދި އެކަމަށް ވާގިވެރިވާ އެންމެންގެ ކިބައިން މިލޮބުވެތި ފަސްގަނޑު ސަލާމަތް ކުރަށްވާނދޭވެ. އާމީން.

  6. އައްލާބެ

    ބަލަތިޔަކިޔާ އެއްޗެއް ދިމައެއް ނުވޭ ނުންތޯ މިސަރުކާރު އައިފަހުން 2 އަހަރު ވަނީ ތިޔަބުނާ ސައީދަކީ ސަރުކާރުގެ ވަޒީފާ އެއްގައި ހުރިމީހެއްނޫން ދެން ކިހިނެއްތޯ ތިޔަބުނާ އެގްރިމެންޓް ގަސޮއިކުރެވޭނީ ކަލޭމެން ކުރަން އުޅުނު ކަންތައް ފަޅާއެރީމާ އަނެއްބަޔެއްގެ ބޮލައް ކަނޑާލަނީދޯ މިހާރު ތިޔަ އެޖެންޓް 19 ގެ މަގްސަދު މިދަނީ ފަޅާ އަރަމުން ބޭޒާރުވަމުން މާތް ﷲ ތިޔަ އެޖެންޓް 19 ގެ ކަންތައް ފަލީހައްކޮއް ބޭޒާރުކޮއް ދެއްވާނެ މިހާރުވެސް މިދަނީ އެގެމުން

  7. ހުސއ ވަގުން

    މިކަލޭގެ ލާރީގަ ނިހިފާނެ ވައްކަންކޮށް ފޭރޭ ލާރިތަށް ގަައުމު ފަސާދަކުރާމީހުނާ ލާދީނިއްޔަތު ފަތުރާ ފަރާތްތަކަށް ބަހާ ހުސްކުރާނި މިކަލޭގެއަށް ބޯކޮށް ލާރިދޭނެ ބޭރުގެ މެސަނަރީތަކުން