ލ. ކުނަހަންދޫ ކައުންސިލް މެންބަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިރްގާމް ސައީދު (ލަރޭ) އަނެއްކާވެސް ޑީއާރްޕީއަށް ސޮއިކޮށްފިއެވެ.

އޭނާ ޑީއާރްޕީއާ ގުޅުނުކަން އެ ޕާޓީން ވަނީ ކަށަވަރުކޮށްދީފައެވެ.

އެ ޕާޓީން ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގައު ކުނަހަންދޫ ކައުންސިލަރު ކަމަށް ޑީއާރްޕީގެ ޓިކެޓުގައި އޭނާ ވާދަކުރާނެ ކަމަށެވެ. އޭނާ ވަނީ ކުރިންވެސް ޑީއާރްޕީގައި މަސައްކަތްކޮށްފައެވެ. އޭނާ ޑީއާރްޕީން 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 11 ވަނަ ދުވަހުއެވެ.

ކައުންސިލް އިންތިހާބުގައި ޑީއާރްޕީންވެސް ހުރިހާ ދާއިރާ އަކަށް ކުރިމަތިލާނެ އެވެ.

ޑީއާރްޕީގެ ލީޑަރުކަމާއި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ހަވާލުވެ ވަޑައިގެންނެވި ފަހުން އެޕާޓީގެ ހަރަކާތްތައް ވަނީ ވަރުގަދަ ކޮށްފައެވެ.

ޑީއާރްޕީ އަކީ މިހާރު މިއޮތް ސިޔާސީ ޕާޓީގެ ނިޒާމްގައި ދެވަނަ އަށް އުފެއްދި ސިޔާސީ ޕާޓީއެވެ.