ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕް ރާއްޖެ ގެނައުމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވާހަކަފުޅުދައްކަވައިފިއެެވެ.

ޑރ. ބިލާލް ރާއްޖެ ވަޑައިގަންނަވާތީ އެކަމާއި ދެކޮޅަށް އެމްޑީޕީ މެންބަރުން ވާހަކަދައްކަމުން އަންނަ ދަނޑިވަޅެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޑރ. ބިލާލް، ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ.

އަދި އެބޭފުޅާ ރާއްޖެ ގަންނަން ނުފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޔޫތް މިިނިސްޓްރީގެ ދައުވަތަކަށް ޑރ. ބިލާލް ރާއްޖެ ވަޑައިގަންނަވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. އެކަން ހާމަކުރައްވާ ޔޫތް މިނިސްޓަރ މަހްލޫފް ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގެން، ތަހައްމަލު ކުރުމާއި، އަމާންކަމާއި ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށެވެ.

ޑރ. ބިލާލް ރާއްޖެ ގެނައުމާއި ދެކޮލަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ވެސް ވަނީ ވާހަކަދައްކަވާފައެވެ.

އީވާ އާއި އިންތިވެސް، ޑރ. ބިލާލްއަކީ ތަހައްމަލު ކުރުމާއި، އަމާންކަމާއި ގުޅޭގޮތުން މައުލޫމާތު ދޭން ރަނގަޅު ބޭފުޅެއް ނޫން ކަމަށެވެ،

"ހަގީގަތަކީ އޭނާ ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ ސަބަބުން ގިނަ ގައުމުތަކަށް ވަނުންވެސް މަނާކޮށްފައިވާކަން". އިންތިގެ ޓްވީޓުގައި ވެއެވެ.

ޑރ. ބިލާލް ރާއްޖެ ވަޑައިގެން ދީނީ ނަސޭހަތް ދިނުމާއި ދެކޮޅަށް އެމްޑީޕީ މީހުން ވާހަކަދައްކަމުން އަންނައިރު، އޭނާ ވަނީ މީގެ ކުރިންވެސް ރާއްޖެ އައިސް ދީނީ ނަސޭހަތް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކަތުރުފަނި

    ދެން ޕޯޕް ގެންނަންވީނު ތިޔާބައިމީހުން ހިންހަމަޖައްސަން ޖީވާޔާ ސީވާ އިންސީ ޖިންސީ އާ އެންމެން ދެކޮޅޭ ކިޔާފައި

    49
    2
    • ޕޯޕު

      ކަލޭމެން މީހަކު ޖިންސީ ގޯނާއެއް ނުކުރަނީތަ؟

      3
      3
  2. ކާފަބޭ2020

    މިނިސްޓަރ މަޙްލޫފް؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

    26
    4
  3. ޙަސަން ޒަރީރު

    ތީދެން ޝައްކެއްހުރިކަމެއްނޫން އިސްލާމްދީނަށް ފުރައްސާރަކުރީމާ މައްސަލައެއްކަމަކަށްނުދެކުނު ދެން އެދީނަށްދައުވަތުދީ ނަޞޭޙަތްދޭން އޭނަމާކުރިންވެސް އިންކާރުކޮށްފައިވަނީ ވީމާ ބިލާލްފިލިޕް ރާއްޖެއައުމާ އޭނާދެކޮޅުވާނެ

    21
    1
  4. ާާާޢަލީ

    ހާދަހާ ވާ ރަނގަޅޭ...ތިވަރު މީހަކަށްވެސް ސަޖިދަ ޖަހާ ބާރުވެފަ ތިބޭބަޔަކުވެސް އުޅޭތީ ވ.ދެރަވޭ..މިޔަދުގެ މިގައުމުގެ ޙާލަތު..

    21
    1
  5. ޭއޭނަ

    މިމީހުންގެ އޮޕީނިއަން އެއް ނުޫނީ ފެންނަތޯ ނުފެންނަތޯ އަހައިފިތަ؟ޢ

    14
    1
  6. ސަޓޯ

    ކަލޯ އަންނީ... މާފުށީގަ ބޮއެގެން ބިކީނީގަ އުޅުނު އެއްކަލަ ވާންޗޯ ގެންނަންވީނު.. އެމްޑީޕީ މެމްބަރުން ދެން އަތްޖަހާ

    23
    1
  7. ސޮއްބެ

    ތިދިޔައީ މަހުފޫލްގެ ޒަމާން... އިހަށް އިމްރާން ބަހައްޓާފަ މަހުފޫލް ކަންނޭގެ ބުރުއަޅުވާލާނީ ސިދާތާއަށް ހެދިގޮތައް

    21
    1
  8. ހޫދު

    ޗާޗުސިޓީން މީހަކުގެންނަން ވީނުން......

    13
    1
  9. ޙަމައަސްްލު

    ހޫނނނނނނނނނނނނ ދެން ތިއޮތީ ހުރިހާ ކަމެއް ފުދި އިތުރުވެފަ....ހަމަ އަސްލުވެސް ވަރަށް ފޫހި.............ރނސ

    12
    1
  10. ރާކަނި

    ޔާ ﷲ އިބައިލާހަށާއި އިބަ އިލާހުގެ ނަބިއްޔާއަށް ފުރައްސާރަކޮށް މިލޮބެތި ފަސްގަޑުން އިބައިލާހަށް ޝިރުކުރުރާނެ މަގު ފަހިކުރުމަށް މަސައްކަތްކުރާ މިވަބާއި މިޤަވްމާއި ރައްޔިތުން ސަލާމަތްކޮށް ދެއްވާދޭވެ. އާމީން

    29
    2
    • މީހާ

      ބަލަ އިނބަ އިލާހަށް މާ ރަނގަޅަށް ހަގީގަތް އެނގޭނެއެއްނު؟

      3
      11
  11. ޢަހުލާޤ

    ހަހަ.. ތި ދެން އެންމެ ގެރޭ އެކަކު ދެކޮޅި ވާނެކަން ނުބުންޏަސް

    8
    2
  12. ހުސެން

    ކަލެޔަށް ހަލާކުހުރި،ތިކަން ސާބިތު ނުކޮށްފިނަމަ ކަލޭ އޭނާގެ ކިބައިން މާފަށް އެދެންޖެހޭނެ.ނިކަން ބަލަމާ.

    9
    2
  13. ޝުއާއިބު

    ރާބޯމީހުންގެ ސަރުކާރަކައް ސުންނީ މުސްލިމު އިލްމުވެރީން ކަމަކުނުދާނެ..

    16
    2
  14. 2ޕީސް

    ޢެމްޑީޕީގެ ވެރިކަންނިމުމަކައްގެއްނަންވީ ވޯޓުންތަޅާ ބަލިކޮއް ނޫނީ 2 ޕީސްއަކައްދައުވަތުދީފާނެ މާފައްއެދެން ބުނިގޮތައް މާފުށީގަ އުޅުނުމަންޖެ ކާރިން ލޯކަލްކައުންސިލް ވޯޓް އައްނި އީވާތާއިދުކުރާބަޔަކައް ނުދޭންވީ މިހާރުފާޅުގަ ބަސްބުނަނީ .

  15. މާރިޔާ

    ކަލޭ ތިޔަހެން ނުކިޔަބަލަ މަށައް އެނގެޔޭ ކަލޭތީ ލާދީނީ ގޮލައެއްކަން.