ކެނެޑާއަށް އުފަން ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕް ރާއްޖެ ގެނައުމާއި ދެކޮޅަށް ވާހަކަދެއްކި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ،އަށް، ޑރ.ބިލާލް ހަރުކަށި ފިކުރުގެ މީހަކަށްވީ 2 ޕީސްލައިގެން މޫދަށް ނޭރޭތީ ތޯ، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ސުވާލު އުފައްދައިފިއެވެ.

ޑރ. ބިލާލް ރާއްޖެ ވަޑައިގަންނަވާނެ ކަން ހާމަކުރައްވަމުން ޔޫތް މިނިސްޓަރ މަހްލޫފް އަހުމަދު ކުރެއްވި ޓްވީޓަކާއި ގުޅިގެން، ބިލާލް ރާއްޖެ ގެންނަން ބޭނުން ނުވާކަން އީވާ ވަނީ ހާމަކުރައްވާ ވިދާޅުވީ، ޑރ. ބިލާލްއަކީ ތަހައްމަލު ކުރުމާއި، އަމާންކަމާއި ގުޅޭގޮތުން މައުލޫމާތު ދޭން ރަނގަޅު ބޭފުޅެއް ނޫން ކަމަށާއި، އެކަން ގޫގުލް ސާރޗް ކުރުމުންވެސް އެނގޭނެ ކަމަށެވެ.

"ބިލާލްއަކީ ހައްދު ފަހަނަ އެޅުމަށް ހިތްވަރުދޭ، އަންހެނުންނަށް އަނިޔާ ކުރަން ހިތްވަރުދޭ، ނުވިތާކަށް ޑިމޮކްރަސީއަށް ފާޑު ކިޔާ ބޭފުޅެއް، ހުއްޓާލާ އީވާގެ ޓްވީޓުގައި ވެއެވެ.

އީވާ އެގޮތަށް ވިދާޅުވުމާއި ގުޅިގެން، ޒައިދު ވަނީ ޑރ. ބިލާލް ހަރުކަށި ފިކުރުގެ މީހަކަށް ވަނީ ލާދީނީ އަމަލާއި، ލާދީނީ ވާހަކަނުދައްކާތީތޯ ސުވާލު އުފައްދަވަފާއެވެ.

"ބައެއް ބޭފުޅުންނަށް ހީވަނީ މަޖިލީސް މެންބަރުކަން ލިބުމަކީ ދެން މާ މަތި ކަމެއް ކަމަށް. ބައްލަވާ ރަސްރަސްކަލުންގެ މަތިން ﷲ ވޮޑިގެންވޭ". ޒައީދު ވިދާޅުވިއެވެ.

އީވާގެ އިތުރުން، އެމްޑީޕީއަށް ނިސްބަތްވާ ބައެއް އެހެން މަޖިލީސް މެންބަރުންވެސް ދަނީ ޑރ. ބިލާލް ރާއްޖެ ގެނައުމާއި ދެކޮޅު ކަން ހާމަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޢަލީ

    މިލާދީނީ ބައިގަނޑު މިޤައުޖމުން ބޭރުކުރަންވީ

    87
    4
    • Anonymous

      ޒައިދުމެން ގެނައި ސަރުކާރެއް ދެން ކޮން ވާހަކައެއް. ޙައްޤު ތްއުހީދަށް އުޅެވޭތޯ މަސައްކަތް ކުރައްވާ

  2. ޢަލީ

    މިލާދީނީ ބައިގަނޑު މިޤައުމުން ބޭރުކުރަންވީ

    67
    4
    • ޣަނީ

      އަޅެ ބޫރުކޮށްބަލަ

      7
      16
      • އަލީ

        އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއް ނުވާނެ...

  3. ސަޓޯ

    އެއްވެސް މީހަކު ބުނެ ކިޔާކަށް ނުޖެހޭނެ އެމްޑީޕީގެ ހުރި ލާދީނީ ކަން އީވާ ކަހަލަ މަތީ ފަޑި މީހުންގެ ކިބައިން ފެންނާނެ.. ދެން މި މުސްލިމް ގައުމަށް ވާނެގޮތް ވިސްނާލާ... ސެކިއުލާރ ސަރުކާރު ވެއްޓޭނެ އިންޝާﷲ

    86
    4
  4. ހަމައަސްލު

    ޢެމްޑީޕީ ލަދު ކޮބާ؟

    70
    3
  5. ބެއްޔާ

    އެމްޑީޕީގެ ލާދީނީ މަޖްލިސް މެމްބަރުން އެނުކުންނަނީ ބައިބަޔަށް. ބޮޑު މަކުނު ހިތްރުހޭގޮތަށް ވާހަކަ ދައްކަންފެށީ.

    66
    2
  6. ބޯބުރާންތި

    ''ބޭނުން ފުޅު ވަނީ އެންމެ ހެޔޮފުޅު ސަރުކާރުގެ ލަޤަބު''...ލޮލް މަނިކުފާނު އެކަން ބޭނުންފުޅު ވިޔަސް އެކަން ވިޔަ ނުދޭނެ....
    މި ލިޔުނީ ސުރުހީ ކިޔާފަ އިނގޭތޯ!

    52
    2
  7. ޔާމިން

    ރަގަޅު ވާހަކައެއް މޑޕ މީހުނަކަށް ހަޖަމެއްނުވާނެ ދީނީ އިއްލުވެރިން މިގައުމައް އަންނައްނަކާ ވަރައްބިރު ގައްނާނެ އީވާ ގޮތެށް ޕޫލުގަ ބިކިނީގަ ނޫޅޭތީ ހަރުކަށިވީ.

    57
    4
  8. މަކިނބޫ އެޓް ދުބާއީ

    ހަހަހަހާ... ހަމަ ތެދު ވާހަކަ އެއް.

    37
    3
  9. މާމީ

    ޒައިދު މެނައް މިހާރު ސައިޒު ފެނޭ ދޯ އަހަރުމެން ލަދުގަނޭ މިހާރު ޒައިދު މެން ތިކަހަލަ އެއްޗެއް ބުނީމަ އެހެނި މިގައުމުގަ ހުރީ ރަސޫލާ ދުއާ ދެންނެވިފަދަ ވެރިއެއްކަމަށް ޒައިދު މެން ކަހަލަ އިލްމު ވެރިއަކު ބުނީމަ އަދި އެވެރިމީހާ ހެއްދެހާ ދޮގުތައް ހަދާފަ ދީނަށާ ރަސޫލާއަށް ފުރައްސާރަ ކުރާ ބަޔަކަށް މަދަދު ދީގެން އުޅޭއިރު ތިޔަތިބެނީ އނގަމަތީ ޓޭޕު އަޅާގެނެއްނޫން ވީމާ މިހާރަކު ޒައިދުމެން އިޔާޒުމެން އަނިލްމެން އަދި ވަކިން އިލްޔާސު މެނަށް ދިވެހި ވަރައް ގިނަރައްޔިތު ރުޅިއާދޭ ،،،،،

    55
    4
  10. ހިތިރަހަ

    ކަލޯ ނަސީދުގެ ނަސީދަ ކީ މީހަކު ވަގައްނަގާ ގެން ކުއްސާބިތުވެ ކ 12ނއަހަރަށް ޖަލުހުމެއް އިއްވަފައި ވާ މިހެއް ކަލޭމެންކަހަލަ ގައްދާރުން ގިނަވީމަ ނަސީދުމެންނަށް މިގޮތަަސް ވަހަކަ ދައްކާނެ ފުރުސަތު ލިބިގެން ދިޔައީ މިގައުމަށް ނަސަިދުމެންގެ ސަބަބުން މިޖެހޭ ހުރިހާ މުސީބާތެއްގެ ޒިންމާ ނަގަން ޖެހޭނީ ތިބައިނޑު އެބަޔަކު ކެޑި ކަޑުލެއްލެ ހިތި އެބަޔަކު ފިލުވަންޖެހޭނީ

  11. ކުޑަކާށި

    ޝެއިޚުން ނޮޅަންއުޅުނު ހާ ތިއޮތީ އިދިކޮޅަސް ނޮޅިފައި ދެން ރިހަކެެއްކޭތޯ ބަލާ ، އެމް.ޑީ.ޕީ. ނުދަންނަ މީހަކަށް އުޑަށްއަރާ ކެތިވެސް ނޭގޭނެ

    35
    2
  12. އަޙްމަދް

    ބައެއް ބޭފުޅުންނަށް ހީވަނީ މަޖިލީސް މެންބަރުކަން ލިބުމަކީ ދެން މާ މަތި ކަމެއް ކަމަށް. ބައްލަވާ ރަސްރަސްކަލުންގެ މަތިން". ﷲ ވޮޑިގެންވޭ ޒައީދު ވިދާޅުވިއެވެ.
    *******************************
    އެހެން މީހުންނަށް ނަސޭޙަތް ދިނުމުގެ ކުރިން ޒަައިދު ކަލޭވެސް ތި ހަރުކަށި ފިކުރާއި ހިޒްބިއްޔަތުގެ މަންހަޖު ދޫކޮށް ﷲ ބައްލަވާ ވޮޑިގެންވާ ކަމާއި ދޭތެރޭ ބިރުވެތިވެ އިސްލާޙު ވެބަލަ!

    14
    22
  13. Anonymous

    ޝޭޚް އިލްޔާސް މިކަމާ ވިދާޅުވާނީ ކީކޭތޯ.
    ދުޢާދެއްވާފަ ވާ ވެރިއެއްގެ ކައިރީގައިވެސް އުޅޭނީ ދުޢާދެއްވާފަ ވާ މީހުންނޭތޯ.
    ނަމާއި އެއްގޮތަށް ސޯލިޙު މީހުންނާއެކު އުޅެނީވެސް ސޯލިޙް މީހުންނޭތޯ؟
    ދިވެހި ރައްޔިތުން ދަންނަނީ ލަނޑަޔާ ވާނީ ލަނޑަޔާ ކަން ހޭހޭ

  14. ޙަވާ

    ޢލްމުވެރިޔާ ވިދާޅުވެބަލަ ތިބާގެ އިލްމުވެރިން ތިކަހަލަ ހުތުރު އެކަމާ ނުބެހޭ ވާހަކަ ދައްކާނަމަ އިލްމެއް ލިބުމުގެ ބޭނުމެއް ވޭތޯ؟ހުސްހަސަދަ

    6
    20
  15. އެދުރުދާއިތަ

    ދެން ބޭފުޅާ ތިހެން ކިޔާނެކަމެއް ނެތް! މި މީހުން ވެރިކަމަށް ގެންނަން ކިހާ ބަރު ބަސްތަކެއް ބުނެފައި ތިތިބީ. މިކަމުން އިނގޭ އެއްޗަކީ ތިކަހަލަ ސޭކުންގެ ޢިލްމު ނެތް ވަރު. އެކަން އަމިއްލަ ނަފްސަށް ވިސްނަދޭންވީ. ދިރުބާކޮޅައް ނާރަންވީ ނެތް ފެންވަރުގައި

    22
    1
  16. ޙުލިހުލިސާވިތް ދަޑިކޮށީގޭ ބީތާ

    ޜީދޫ ބައިގަނޑު ޒައިދަށް އެގިނުލެއްވީތީ ހިތާމަ ކުރަން ދެން ކޮން ވާހަކައެއްތޯ ތި ދައްކަނީ

  17. ސޭހް

    ތިވާހަކަ އަހާލަބަލަ ޕާކިސްތާނު ބޮޑުވަޒީރުކުރެން

  18. ހަމައަހާލީ

    އި ބިލާލް ރާއްޖެގެނައުން މަޑުޖައްސާލިމާ އޮތީ ކޮންގުމެއް؟

  19. ހަސަންބެ

    ދީނީ ތާޖު އެޅި 3 ޝައިޙުން ނަށް ރަގަޅަށް އެނގިތިބެ ލާދީނީ ބަޔަކަށް ބައިތު ހިފައި ދެއްކުނުހާ ވާހައެއް ދައްކައިގެން މިގައުމު މިއޮތީ ލާދީނީ ކުރުވާފަ. ކޮމަންވެލްތާއި.ޔޫރަޕިޔަން ޔޫނިއަންގެ ގަރާރު ތަކުގަ ސޮއިކޮށް އިންޑިޔާގެ އަޅުވެތިކަމަށް ވައްޓާލައިފަ ޒައިދު މެން އަދިވެސް ދީނީ ބަޔަކަށް ހެދިގެން މާ ތަގްވާ ވެރިބަޔަކަށް ވާން އުޅުނަސް މިގައުމު غير دين ކުރުވި މީހުންގެ ލިސްޓުގާ ހިމެނިގެން ދާނެ.