ދެކުނުގެ ރަށެއްގައި ދެއަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕުކުރި މައްސަލައިގައި އިހުމާލުވެފައިވާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އެކުއްޖާގެ ބައްޕަ ދޫކޮށްލައިފިއެވެ.

އެ ކުއްޖާގެ ބައްޕަ ދޫކޮށްލާފައި ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް (ޕީޖީ)ގެ މަޝްވަރާގެ މަތިން އިއްޔެގެ 14:30 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ދެއައަހަރުނުވާ ކުޑަކުއްޖާ އެކި ދުވަސްމަތިން އެކުއްޖާގެ ބައްޕަ ފަރާތު ކާފަ އާއި މުނިކާފަ، ޖިންސީގޯނާ ކޮށްފައިވާކަން، ކުއްޖާގެ ބައްޕަ އާއި ކުއްޖާގެ މަންމައަށް އެނގިހުރެ އެކަން ކަމާބެހޭ އިދާރާތަކަށް ނާންގާ އެ ކުއްޖާއަށް އިހުމާލުވެފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕަ ދޫކޮށްލައިފައިވާ ކަމަށެވެ.

ފުލުހުން ހާމަކުރިގޮތުގައި، ޖެނުއަރީ 18 ވަނަ ދުވަހު އެ މީހާ ހައްޔަރުކުރުމަށްފަހު މައްސަލައިގެ ތަހްގީގް ވަނީ ފުރިހަމަކޮށްފައެވެ. ކުއްޖާގެ ބައްޕަ އާއި މަންމަގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި، ޕީޖީ އޮފީހަށްް ވަނީ ހުށަހަޅާފައެވެ.

ދެއައަހަރުނުވާ ކުޑަކުއްޖާ އަށް އެކިދުވަސްމަތިން އެކުއްޖާގެ ބައްޕަ ފަރާތު ކާފައާއި ކުއްޖާގެ ބައްޕަ ފަރާތު މުނިކާފަ، ޖިންސީގޯނާ ކޮށްފައިވާކަން، ކުއްޖާގެ ބައްޕަ އާއި ކުއްޖާގެ މަންމައަށް އެނގިހުރެ އެކަން ކަމާބެހޭ އިދާރާތަކަށް ނާންގާ ކުއްޖާއަށް އިހުމާލުވެފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕަ މިއަދު ވަނީ ދޫކޮށްލާފައެވެ.

ކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ. އިބްރާހީމް ދީދީ 62، އާއި ހަސަން މޫސާދީދީ 82 ގެ މައްޗަށް ދައުވާ އުފުލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުންނެވެ. އެ ދެ މީހުންނަށް އުފުލީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙަޔާ

    ޟިދެން ބޮޑު މުސީބާތެއްނު ޖެހިފައޮތް

    26
    2
  2. ޒައުލް

    ވަރަށް ހިތާމަވެރި ހަބަރެއް... އަންނި މީ އަމިއްލަ އަށް ދާއިރާ އެއް ހަދައިގެން، ދާއިރާ އެއް އުފައްދައިގެން މަޖުލީހައް ވަން މީހެއް....މަޖުލީހައް ވަދެ ހުރެ ރައްޔިތުންނަށް ފައިދާ ހުރި ރަގަޅު އެއް ކަމެއް ކުރަނީކީ ވެސް ނޫން.... ކުޑަ ކުދިންނަށް ފައިދާ ހުރި ކަމެއް ކުރަނީކީ ވެސް ނޫން... އަންނި އާ އީވާ އިސްތިއުފާ... މަޖުލީހުގެ ރައިސް ކަމުން އަންނި އިސްތިއުފާ....

    27
    2
  3. ހޯހޯ

    ތި އެންމެންވެ ސް ދޫކޮށްލާނެ ކޮބާ އެކުއްޖާއަށް އިން ސާފެއް

    21
  4. ފސ.

    ތިއޮތީ ވަރަށް މޮޅުކަމެއް ކުރެވިފަ?

    19
    • ޢިމްރާން

      ލާދީނީ އަންނި އިސްތިއުފާ

      12
      1
  5. މުސްކުޅި

    ތި ވެސް ވާނީ ޝިދާތާ ކަމަކައް!! އިސްތިއުފާއައް ގޮވާނެ މީހަކު ނެއްތަ؟؟

    22
    2
  6. އަހްމަދު

    ޢަދިވެސް އެމްޑީޕީއަށް ވޯޓްދީ....

    19
    2
  7. ކުޑަބެ

    ޓޓ ޓީއެމް އޭގެ ވާހަކަ ހުއް ޓުވާލަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ

    6
    1
  8. ލަަދު

    ކޮބާ ރައީސް ގެ ލަދު ހަޔާތް. ލާދީނީ ނަށީދުގެ ބަހައް ތަބާވީމަ ވާގޮތް މީ.

    9
    1
  9. މާރިޔާ

    ރަނގަޅު

  10. ނައީމް

    ވާކަމެއް 7 ހަރާމުންހަރާން ބޭނުންވަނީ ވެރިކަން އެކަން އެއޮތީ ލިބިފަ އެނިމުނީ ދެން ވާނުވާވެސްނޭގިތިއްބާ ފަތިސްވީ އެކަމު އިރެއް ނުފެނުނު ހަމަހޭވެރިކަންވީ އިރުގަ މިހުރެވުނީ ފާހާނާގަ