ފެބްރުއަރީ 15 ވަނަ ދުވަހުގެ 10:20 އެހައިކަންހާއިރު، ހައިވޭއިން ހުޅުމާލެއަށް އަރަން އޮންނަ ހިސާބުގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް ބަޔަކުވޭތޯ ބަލަން ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓްގައި އަންހެނަކަށް އަނިޔާވިއެވެ. އޭނާ އަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލްގައެވެ.

ހުޅުމާލެ ހޮސްޕިޓަލުން އެދުވަހު ވިދާޅުވ އެކްސިޑެންޓުވި އަންހެންމީހާގެ ފްރެކްޗާތަކެއް ހުރުމާއި ގުޅިގެން އިތުރު ފަރުވާ އަށް އެ އަންހެން މީހާ އައިޖީއެމްއެޗް އަށް ބަދަލުކޮށްފައިވާ ކަމަށެެވެ. އަދި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް އެހޮސްޕިޓަކުން މައުލޫމާތު ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަންމޭ

    ބަލާއެއްތާ ކަލޭމެން ގޮސްނުބަލަނީތަ ރަނގަޅަށް ނޫނީ ބަލަން ދެވުނުލެއް މާލަސްވީތަ. އަދި އަވަސް ތިއިއުލާނުކުރަން އިބޫކާރިބުނެގެން ކެމެރާގަނޑެއް އަޅުބަލަ ސްޕީޑުލިމިޓް ނުބަލާ

    6
    1