ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަނީ "އަންޒަމާނު ކަރައަށް ވައި އެރި އިރު" ގެ ބިލްތައް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސަރުކާރަށް ބަހުގެ ހަމަލާތަކެއް މިއަދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ ބައެއް ފަހަރު މަޖިލީހަށް ބިލުގެ ގޮތުގައި ހުށަހަޅަނީ ސުރުހީއެއް ކަމަށާއި، އެހެންކަމުން އެފަދަ ބިލްތަކަށް ރައްޔިތުންގެ ވިންދު އަހައި، ބަދަލުގެނެސް ބިލު ބިލަކަށް ހަދަނީ މަޖިލިހުން ކަމަށެވެ. އެގޮތުން މިދިޔަ ދައުރުގައި 56 ބިލެއް އެއް ފަހަރާ މަޖިލިހަށް ލިބުނު އިރު، އެއީ އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ސަރުކާރުން ހުށަހަޅާފައި ހުރި ބިލްތަކަކީ އެއްވެސް ހާލެއްގައި އެމްޑީޕީގެ މެނިފެސްޓޯގައި އަމާޒުތައް ސީދާ ގޮތުގައި ފާހަގަވާ ބިލްތަކެއް ނޫން،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަސް ވަންދެން ކުރެއްވި ނަޝީދު މަޖިލިހުގައި ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ނަޝީދު

ނަޝީދު ސިފަ ކުރެއްވި ގޮތުގައި މިހާރު މަޖިލިހަށް ހުށަހެޅީ 1980 ގެ އަހަރުތަކުން އެކިއެކި ވުޒާރާތަކުން ހެދި ބިލްތަކެވެ. އެކަމާ ގުޅިގެން ޒުވާނުން ކަންބޮޑުވުން ފާޅުކުރާ އިރު، އެކަން ބަލައިގަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އެ ހުރިހާ ރައްޔިތުންނަށް ވެސް ސާފުކޮށްދޭން ބޭނުންވާ ކަމަކީ މިދެންނެވި ބިލްތަކަކީ އަންޒަމާނު ކަރައަށް ވައި އެރި އިރުގެ ތަކެތި ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

ވަޒީފާގެ ޕްރޮބޭޝަންގެ މުއްދަތު ހަމައަށް އިތުރު ކުރަން ހުށަހަޅައިފި

ނަޝީދު އެގޮތަށް ވިދާޅުވި އިރު، ދާދި ފަހުން ސަރުކާރުން މަޖިލިހަށް ހުށަހެޅި ބައެއް ބިލްތަކާ މެދުގައި އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.

ނަޝީދު ވިދާޅުވީ މަޖިލިހަށް މި ފަހުން ހުށަހެޅި ބިލްތަކަކީ ޔޫއެންޑީޕީ އާއި ދުނިޔޭގެ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި އެކުވެރި ދައުލަތްތަކުގެ ޕްރެޝަރާ ހެދި ސަރުކާރުގެ ވުޒާރާތަކުން ބަހަނާ ދެއްކުމުގެ ބޭނުމުގައި ހެދި ބިލްތަކެކެވެ. އެ ބިލްތަކުގައި ލިޔެފައި ހުރީ ވެސް ބަހަނާ ކަމަށާއި، އެހެންކަމުން އެ ބަހަނާތަކަށް ބައްލަވައިގެން މެންބަރުން ބިލްތައް ހުށަހެޅުއްވަމުން ނަޝީދު އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ބޮލި މުލައް

  ބަލަ ތިޔަށްވުރެ ބޮޑު ސަރުކާރެއް ނެތެއްނު
  ޓީއެމްއޭއަށް ޓަރމިނަލް ދޭންކަމަށް 13 މިލިޔަން ޑޮލަރު ތިމާ ޖީބަށް. ސަރުކާރުން އުއްފުވެސް ނުބުނަނީސް ތިމާ ތިހިރަ ތެޅިފޮޅެނީ އެތަން ނުދެވިގެން ގައިމު ފައިދާތަކެއް ވެފަ އޮތީމައެއްނު ނަމުގަ މަޖުލީސް ރައީސް ނަމުގަ 3 ބާރު ވަކިވެފަ

  68
  1
 2. ގެރި މޯދީ

  ހަހަހަހަހަ!!!!! ކަލޭމެން ދެބޯގެރި ދުއްވަންވީނު....

  52
  1
 3. އ. ޖ. އ

  ހީ ނޯ ގޫޑް ދިވެހި

  21
  1
 4. ސަޓޯ

  އަންނި ގެންނަން އުޅޭ ޖަޒީރާ ގޮތައް!!

  21
 5. ރައްޔިތުން

  ލޮލޮ މިހާރު މި ބިލްތައް ވެސް މި ވީ އެމްޑީޕީގެ ބިލްތަކަކަށް ނޫންދޯ.. ކެކެކެކެ

  17
 6. ބެއްޔާ

  ޓީއެމްއޭގެ އެގްރިމެންޓްވެސް އޮތީ އަންޒަމާންކަރައަށް ވައި އެރިއިރުގަ ހަދާ ނިންމާފަ. މިހާރު ހަމައެކަނީ ވީކަމަކީީ ގަޔަށް ބޮލަށް ހިނިއެރުން.

  25
 7. އިބްރާހިމް

  ވެރިކަމާއި މަޖިލިސް މެޖޯރިޓީ ކިބުނީމަ ހިންގާލަން ނޭނގުނު ފުރަތަމަ ޕާޓީ އެމްޑީޕީ. އަތަށް ގޮވަނީ

  14
 8. ހުސޭނުބޭ

  އެހެން އެއްޗިއްސަށް ވައި އަރައިގެން އެ ވައި ބޭރުކުރަން ލަންޑަނުގައި އޮޕަރޭޝަންކޮށްފައި ތިބޭ މީހުން ރިއާސަތުގައި ތިބެންޏާ ހީވާނެ ސަރުކާރުން ހުޅައަޅާ ބިލެއްގެ ސަބަބުން އަނެއްކާވެސް އެޔަށް ވައިއަރާފާނެހެން!

  11
  1
 9. ހުސައިން

  ތިއީ އަންޒަމާން ކަރައިގެ ބޮޑު މީހާ ނޫންތޯ ޖަޒީރާ ގޮތަށް ދީނުގެ ކަންތައް ބައްޓަން ކުރަން އުޅެނީ

 10. ވަޒީރެއާލާ

  އެހެންވީމާ މަނިފާނުން އަމުރު ކުރައްވަންވީނޫންތޯ މީގެ ފަހުން ސަރުކާރުން އެއްވެސް ބިލެއް މަޖިލީހަކަށް ހުށައެއް ނޭޅޭނޭ. މަޖިލީހަށް ބިލް ހުށަހެޅޭނީ ހަމައެކަނި އެމްޑީޕީ އަށޭ. އޭރުން އަންޒަމާނު ކަރައަށް ވައި އަރާގެން އުޅޭކަށްނުޖެހޭނެ.