ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ޗައިނާއިން ރާއްޖޭގައި ހިންގަމުންދާ ވަރުގަދަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަކީ ދަރަނީގައި ބެއްދުމަށް ކުރަމުންދާ މަސައްކަތްތަކެއްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ އިންޑިޔާގެ "ފަސްޓް ޕޯސްޓް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އެބަސްދީގަތުމެއްގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ޗައިނާއިން ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢޫތަކެއް ހިންގާ، ސަރުކާރަށް އެހީތެރިވަމުންދަނީ އިންސާނީ ޙައްޤުތަކަށް އަރައިގަނެ، ބައެއް ޚިޔާލުތައް ފާޅުކުރާ ފަރާތްތަކުގެ އަޑު މަޑުކުރުމަށްކަމަށެވެ.

މީގެއިތުރުންވެސް، ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ބައެއް ބިންތައް އަތުލުމުގެ މަސައްކަތް ޗައިނާއިން ކުރަމުންދާކަމަށާއި އެކަން ކުރަމުންދަނީ ވަރަށް ހަލުވި މިނެއްގައިކަމަށެވެ. ހަމައެހެންމެ، އެކަންކަމާ ދެކޮޅު ހަދަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"ދުނިޔޭގެ އެތަން މިތަނުން ބިން އަތުލުމުގެ ވަރަށް ބާރު ޕްރޮސެސް އެއް މިހާރު އެބަ ކުރިއަށްދޭ. ރާއްޖެއަށް މިހާރު މިވަނީ އެކަން އަމާޒު ކުރެވިފައި." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވީނަމަވެސް، ބިން ހޯދުން ނުވަތަ ލޭންޑް ގްރެބިންގ ގެ އެއްވެސް ކަމެއް ކުރަމުން ނުދާކަމަށް ޗައިނާއިން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކުގެ ތެރެއަށް އިންޑިޔާއިން ވަންނާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތްކަމަށާއި އަދި ހުޅަނގުގެ ޤައުމުތަކުންވެސް ރާއްޖެއަށް ފިޔަވަޅު އަޅަން އެދޭކަމަށް ވެސް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން، އިންޑިޔާ އާއި ދެކޮޅު ޚިޔާލާއި ވާހަކަތަކެއް ރާއްޖޭގައި ފަތުރައްވަމުންދާކަމަށާއި އެކަން ކުރަމުންދަނީ ހައްދުފަހަނަ އަޅައިދިޔުންވެސް ބޭނުންކޮށްގެންކަމަށެވެ. ހަމައެހެންމެ، އެއީ ވަރަށް ކަންބޮޑުވާކަމެއްކަމަށާއި އަދި އެކަން ހުއްޓުވަންވެސް ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މިކަލޭގެ މައިތިރިވެގެން އަގަމަޑުންލައިގެން ހުރިނަމަ މިހާރު ވެރިކަން ބަދަލުވެއްޖައީސް. މީނަދެކެލޯބިވާވަރަށްވުރެ ގިނަވާނީ ހަތުރުން.

  2. ސައީދު ހެއްދެވީ އިތުރުފުޅެއް، އަމާޒަކީ ރަނިން މޭޓުކަން ކަމަށް ތަމެން ތިމަރޭ މެން ބުނި ނަމަވެސް ތަމެންނަށް އިތުބާރު ނުކުރެވި އަދި ތަމެން ޑަމްބް ކަމުން ނޫންތޭ ގާސިމް ވެސް އުމަރާއި ޑރ. ޖަމީލު ދެ ކޮންސެލްޓުންނަށް އެދެ މެން ހަމަ ޖެއްސީ. ތަމެންނަށް ކީއް ރަނިންގް މޭޓް ކަމަށް ސައިއްޓޭ ކުރި މަތި ލިނަމަވެސް. އެއީ ތަމެންނާއި ބެހޭ ކަމެއް ނޫނޭ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. ޑޯންޓް މޭކް މީ ބްލަޝް އިޓްސް ގޮނާ ސަކް ދޯ.

  3. 3 އަހަރުގެ ތެރޢގައި 31 ބިލިޔަނަށް ޤަވްމު ދަރުވާލީވެސް ޗައިނާތަ؟ ރައީސް ޔާމީންގެ 4 އަހަރުގައި އޭގެތެރެއިން 12 ބިލޔަންވަނީ އަދާކޮށްފަ! ލަދުކުޑަ

  4. އަމިއްލަ މީހާއަށް ތިކުރެވޭ ކަންތަކުން.....ދަރަނިން
    ސަލާމަތް އެބަ ވޭތަ؟ ނޫނީ ދަރަނީގައި ބައްދަން ތައް؟

  5. ޢައްދާރު ފިނޑި ފިލާ އޮވެގެން

  6. މިހާރު ވަރަށް އުފާވޭ އެބަ. ސަބަބަކީ މިކަލޭގެ ކަންތައް ނިންމާނީ ޗައިނާއިންކަން ޔަޤީން ވާތީ

  7. އިންޑިޔާއަށް ހުޅުލެ ހިބައިންދީފަ 4000 އިންޑިޔާމީހުން އެތާ ވަޒަންވެރިކުރަން އުޅުނީ ޗައިނާއިންތަ؟!

  8. ރާއްޖެއަކީ ނެތިގެން ދާ ތަނެއްކަމަށް ބުނެ އެކިޤައުމުތަކުން ދިވެހިން އުޅޭނެ ބިންހޯދި މީހަކު ކުއްލިޔަކށް ރާއްޖޭގެ ބިން ޗައިނާއިން އަތުލަނީޔޭބުނީމަ ހަމަ ހިނިއަންނަނީ

  9. ކަރުހިމަފުޅީގަ ބައްދައިގެން އޮވެބަލަ އަނގަނުތަޅަ ބޮޑު މުސީބާތެއް ނޫން ބޮޑު އާފާތަކައްވެއްޖެ މި ބުރާންތި ޢާއި ހެދި. ޔާ ﷲ މި ނަަސީދުގެ ކިބައިން އަޅަމެންގެ ރާއްޖެ ސަލާމަތް ކުރައްވާފާދޭވެ އާމީން

  10. ވެރިކަމަށް ކުރިމަތި ލެވޭތޯ މަރުފަލިޖަހަނީ.... މިހާރު މީނަ ޕާރޓީ ތެރެއިންވެސް މީނަޔަކަށް މާ ސަޕޯރޓެއްނެތް ކަމަށްވަނީ.... ގައުމީ މަޖްލިހުގަ މީނަގެ ފެކްޝަނަށް ވުރެ ދެންއޮންނަ ފެކްޝަނަށް ތާއީދުކުރާ މެމްބަރުން ގިނަކަމަށްވަނީ....

  11. މީނަގެ ކިބައިން މިގައުމު ސަލާމަތްް ކުރަށްވާށި.

  12. މި މޮޔަމީހާ: (ކެނެރީގެ ނަޝީދަށް) ރައްދު ދިނުމަކީ ބޭކާރު ކަމެއް!
    އެހެނީ މިފާޑުގެ ޖާހިލަކަށް ރައްދު ނު ދިނުމަކީ މިފާޑުގެ ޖާހިލަކަށް ދެވޭނޭ އެއްމެ ވަރުގަދަ ރައްދެވެ.

  13. މިދެން ކާކު

  14. މީނާގެ ވާހަކަތައްް ހެޔޮނުވާނެ ނުލިޔެބަލަ
    އިންޑިޔާ ލައްގަޅޭ މައިން މަގައްލައްގަޅޭ ކިޔަން ބަހައްޓާ

  15. ޑިމޮކްރަޓިސްޓް

    ގައުމަށް ނިސްބަތްވާ ބޮޑު ބުރާންތި!!!

  16. ޑިމޮކްރަޓިސްޓް

    The mad man!! Is that all?? You don’t have any other topic to say something against

  17. ދެން ކަލެއަށް ކީއް ބުރާންޗާ ކަލޭގެ ވެރިކަމުގަ އެއްވެސް ބައެއްގެ އަތުން ލޯ ލާރިއެއްވެސް މިޤައުމަކަށް ނުލިބުނު...ދެން ކޮސް ނުގޮވާ މައިތިރިވޭ...

  18. ނަޝީދަކީ 13 އަހަރުގެ ޖަލުޙކުމަށް ފިލައިގެން
    އުޅޭ ކުށްވެރިއެކެވެ ރާއްޖޭގެ ކަންކަމާ ގުޅޭގޮތުން
    ނަޝީދު ވާހަކަ ދައްކަނީ ކުއްވެރިއެއްގެ ގޮތުގައި
    ކަމަށްވާތީ އެވާހަކަ ބަލައިނުގަނެވޭނެއެބެ.

  19. ނަސީދު ބުނީ "ޗައިނާއިން ރާއްޖޭގައި ހިންގަމުންދާ ވަރުގަދަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަކީ" . އުމްރާނީ ތަރައްގީ ކަމާ އޭގެވަރުގަދަކަން އެގެންޔާ ދެންވެރިކަމައް އަންނަން މުޑިނަގާފަ ތިބިމީހުން މޭކަރާނެ، އަދި އެއްގޮތްނެތީއާ އަނެއްގޮތުންވެސް އެމަސްރޫއުތައް ހުއްޓުވޭތޯބަލާނެ.