އައްޑު އަތޮޅުގައި ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ޑީކޯވެގެން ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ކަނޑިހުރާ މަންތާޕޮއިންޓަށް ޑައިވިނަށް ދިޔަ ފަތުރުވެރިއަކު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ހެލިކޮޕްޓަރު ލޭންޑު ކުރުމަށް ހަމަޖެހިފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ކަމަށާއި، 11:15 ކަންހާއިރި ހެލިކޮޕްޓަރު ލޭންޑު ކުރާނެ ކަމަށެވެ.

ޑީކޯ ވެފައި ވަނީ ޑައިވިނަށް ދިޔަ 57 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

ޑީކޯވާ މީހުންނަށް އަދި ހަމައެކަނި ފަރުވާ ދެވެނީ ބަނޑޮސް އައިލެންޑު ރިސޯޓުގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބާތައް ބޭނުންކޮށްގެން އެކަންޏެވެ. ސަރުކާރުން ވަނީ ރާއްޖޭގެ ދެކުނުގައިވެސް މިފަދަ ޗެމްބަރެއް ގާއިމް ކުރުމަށް ނިންމާފައެވެ.

މި ފަހަކަށް އައިސް ރާއްޖޭގައިވެސް މީހުން ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ޑީކޯވާ މިންވަރު ވަނީ އިތުރުވެފައެވެ. މި ހަފްތާ ތެރޭގައި ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ޒުވާން ދިވެއްސަކު ވަނީ ނިޔާވެފައެވެ،

ކިޔުންތެރިންގެ ހިޔާލު