ޗެނަލް 13 އިން ގެނެސްދޭ މަޝްހޫރު "މަޑިސީލަ" ޕްރޮގްރާމްގައި ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރާ ގުޅުވައިގެން ދެއްކީ ގާނޫނާ ހިލާފު ވާހަކަތަކެއް ނޫން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި އޮތީ މިދިޔަ އޮކްޓޯބަރު 15 ވަނަ ދުވަހުގެރޭ ޗެނަލް 13 އިން ގެނެސްދިން މަޑިސީލަ ޕްރޮގްރާމްގައި އިޒްމިއާ ފިރިހެން ނޫސްވެރިންނަށް ޖިންސީ ގޯނާ ކުރަމުންދާ ކަމަށާއި އިޒްމިއާ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރި ފަހުން، އޭނާ އަންގައިގެން ފިރިހެން ނޫސްވެރިން ހައްޔަރުކޮށް، އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ބުނެ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

އެހެންވެ، އެ ޕްރޮގްރާމް ދެއްކީ ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ ހިލާފަށް ކަމަށް ވެސް ބްރޯޑްކޮމް އަށް މައްސަލަ ހުށަހެޅި ފަރާތުން ބުންޏެެވެ.

އެ މައްސަލައިގައި ބްރޯޑްކޮމް އިން ބުނީ މަޑިސީލަ ޕްރޮގްރާމްގައި ދެއްކި ވާހަކަތަކީ ބްރޯޑްކާސްޓް ކުރުމުގައި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް ކަމަށް ބެލެވޭ ޖާގައެއް ނެތް ކަމަށް މައްސަލަ ބެލި ކޮމިޓީ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

ޗެނަލް 13 ގެ ސީއޯއޯ މުހައްމަދު ސަމާހް "ވަގުތު" އަށް ވިދާޅުވީ އެ ޓީވީ ޗެނަލް ފުނޑާލަން ސަރުކާރުގެ ވެރިން ކުރަމުން އަންނަ މަސައްކަތް ފަސޭހައިން ކާމިޔާބު ނުވާނެކަން މިއަދު އެނގިގެން ހިނގައްޖެ ކަމަށެވެ.

އަދި "މަޑިސީލަ" ޕްރޮގްރާމްގައި ގެނެސްދޭ މައުލޫމާތުތަކަށް ރައްޔިތުންނަށް އިތުބާރު ކުރެވޭނެ ކަން މިއަދު އިތުރަށް ސާފު ވެގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗެނަލް 13 ގެ މަޑިސީލަ ޕްރޮގްރާމަކީ މިހާރު ޓީވީތަކުން ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ މަގުބޫލް އެއް ޕްރޮގްރާމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނަކް

    މިސަރުކާރުގަ މީޑިއާގެ މިނިވަންކަން އޮންނާނެ.. ކަމިޥަނުތަކަށް އައްޔަނުކުރި މީހުން އެކަން ދަންނާނެ

    15
    52
    • ހުސޭނުބޭ

      އާނ! މިނިވަންކަމުން މިއުޅެނީ ކޮންމެޓެއް ލިޔެލިޔަސް އެ ލިއުނު މީހަކު ހޯދަން އައިޕީ އެޑްރެސް ހޯދަން ފުލުހުން ފޮނުވާވަރުން! ދެތިކި ޕީ!

      65
      1
  2. އި×ޒީ

    ކަންކަމާ ކުރިމަތި ލާއިރުވެސް އެގެންޖެހޭނެ ކޮންމެވާހަކައެއްވެސް ގޮވާނެކަން އަދި ބަޕާޅު އަދި ދައިތާފުޅު ކިތެމެ އިސްވިއަސް ދެންތިއީކާކު؟؟ ރައްޔަތުންގެ ރިސޯޓެއް ކުރީގެރައީސް ހުދުމުހުތުރު ވެރިޔަކު ބަޕާޅުގެ އަގަބަންދުކުރަންކުރިކަމެން އަދިވެސް އެތިވަރުގޮވަންވީ ތިޔަބައިގަޑައް؟؟

    41
  3. Anonymous

    މާޝާﷲ .ދިވެހި ރައްޔިތުންނަށް ލިބުނު ވ. ބޮޑު ނަޞްރެއް. ހިތްތަކުގެ ވިންދު މަޑިސީލައަކީ.
    ސަރުކާރުން ހަވާ ހަޑިތައް އޭ މަޑިސީލަ ޒިންމާވާންޖެހޭ ކަމެއްނޫން. ތިޔައީ ބޮޑުތަކުރުފާނު ޓީމް

    68
    5
  4. Anonymous

    މަޑިސީލައާ ނުކުޅޭ..އެއީ ރައްޔިތުންގެ އަޑު..އެއީ ރައްޔިތުންގެ ޝުއޫ ރު..މަޑިސީލައަކީ ރައްޔިތުމީހާގެ ހިތުގެއުދާސްތައް.އިހުސާސްތައް..މަޑިސީލަ ކު ރިޔަށް ގެންދިޔުމަށް ހިއްވަ ރުދޭންވީ ސަ ރުކާ ރުންވެސް..އެއީ ސަ ރުކާ ރުން ބުނަމުންއައީ ބަސްބުނުމުގެ މިނިވަންކަމަށް ހިއްވަ ރުދީ އެއްބާ ރުލުންދޭނަމޭ މިސަ ރުކާ ރުން އެހެންވީމަ މަޑިސީލައަކީ ރައްޔިތުންގެ ބަސް...ހިއްވަ ރާ ސާބަހާ ޝުކު ރު ދަންނަވަން މަޑިސީލަ ޓީމަށް...ސަމާހު ނަ ރީޝް ޝުއާއު އަބުދުﷲ ސްޕައިކާ ރ ނަބީލު....??✊?

    21
    1
  5. Anonymous

    ގިނަ ފުލުސް އަންހެނުން އުޅޭނީ ތިވައްތަރަށް.

    19
    1
  6. das

    މަޑިސީލަ ގްރޫޕައް ސާބަސް އަދިތިޔައްވުރެންވެސް ރަނގަޅައް އެބައިމީހުންހާވާ ހަޑި ރައްޔިތުންނާހަމައައް ތިލަކޮއްދެންޖެހޭ

    22
  7. ކާފަބޭ2020

    މަ ރުޙަބާ މަ ރުޙަބާ މަ ރުޙަބާ މަ ރުޙަބާ މަޑިސީލަ ކޮމިޝަނަށް ބޯކޮށްމަ ރުޙަބާ މުޅިޓީމަށް ޙަޤީޤީކަ ރާ ފެޅުމުގައި ތިޔަކު ރާއަގުނުކު ރެވޭޚިދުމަތުގައި ގިނަގުނަކު ރިއެ ރުންދެއްވުންއެދެން ޝުކު ރިއްޔާ!

    17
  8. ާސުރެން ސުރެން

    މިމަންޖެއަކީވާ މިކަހަލަ ތަންތަނަށް އަރުވާވަރުގެ މަންޖެއެއްތަ. ރައްޔިތުން ކުރިމައްޗަށް ނުކުންނަންވާނީ ފިސާރި ކެރިގެން. ތިމާއަށް ޖަދަލުކުރަަނެ މީހުން ތިބޭނެކަން ދަނެގެން. ޖަވާބުދާރީ ވެވެންޖެހޭނެ. މިވަރުން ކެތްތެރިކަން ނެތްނަމަ ތިޔަ ސްޓޭޖުން އަވަހަށް ފޭބުމަށް ނަސޭހަތްތެރިވަން.

    24
  9. ހަބޭސް

    މަރުހަބާ މަޑިސީލަގެ ހިވަރުގަދަ ފަހުލަވާނު ންނަށް ހަމަ އަށްސަރި ބަހާސާބަސް ފަހަތަށް އެންމެ ފިޔަވަޅެއް ވެސް ނާޅުއްވާތި ތީއީ ފިސާރިކެރޭ ގަޓުހުރި ޓީމެއްކަން މިހާރުގަބޫ ލުކުރަން ހާދަކެރެޔޭދޯ ދެގޮތެއްނުވެ ސާބިތު ކަމާއެކު ކުޔަށް ދާނެ ކަމަށްއުންމީދު ކުރަން ދެންހުރިހާ މަޑިތަކަށް ވަރަށްސަލާމް މަޑިސީލަ ހަމަހަބޭސް.