އައްޑޫ އަތޮޅު ކަނޑަހެރެ މަންތާ ޕޮއިންޓުގައި ފީނަން އުޅުމުގެ ތެރޭގައި ޑީކޯވި ފަތުރުވެރިޔާ އަށް ފަރުވާ ދިނުމަށް މިއަދު ބަނޑޮސް އައިލެންޑު ރިސޯޓަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އޭނާ މާލެ ގެނައީ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ހެލިކޮޕްޓަރުގައި މިއަދު 11:38 ހާއިރެވެ.

އެންމެ ފުރަތަމަ އޭނާ އަށް ފަރުވާ ދީފައި ވަނީ އައްޑޫގައި ހުންނަ އިކިއުޓޯރިއަލް ހޮސްޕިޓަލުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ސްްޕެއިން އަށް އުމުރުން އުމުރުން 57 އަހަރުގެ ފަތުރުވެރިއެކެވެ.

ޑީކޯވާ މީހުންނަށް އަދި ހަމައެކަނި ފަރުވާ ދެވެނީ ބަނޑޮސް އައިލެންޑު ރިސޯޓުގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބާތައް ބޭނުންކޮށްގެން އެކަންޏެވެ. ސަރުކާރުން ވަނީ ރާއްޖޭގެ ދެކުނުގައިވެސް މިފަދަ ޗެމްބަރެއް ގާއިމް ކުރުމަށް ނިންމައިފައެވެ.

މި ފަހަކަށް އައިސް ރާއްޖޭގައިވެސް މީހުން ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ޑީކޯވާ މިންވަރު ވަނީ އިތުރުވެފައެވެ. މި ހަފްތާ ތެރޭގައި ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ޒުވާން ދިވެއްސަކު ވަނީ ނިޔާވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުޑަ އަލީ

    ރާއްޖެގައި ބާވަރު ޑީކޯ ޗެންބަރ އެބަހުރި ކުރަމަތި ،ކުރެއްދޫ