އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ހަދަން ޖެހޭ އީއައިއޭ ހެދުމަށް ބަޔަކާ މިއަދު ހަވާލުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ޖީކޭ ޑިވެލޮޕްމަންޓްސް އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އައްޑޫގެ މަގުތަކުގައ ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ހަދަންޖެހޭ އީއައިއޭ ހެދުމަށް ސީޑިއީ ކޮންސަލްޓިންގ އާ ހަވާލުކޮށްފައިވާ ކަމަށެވެ.

ތާރު އެޅުމަށް ހަމަޖެހިފައި ވަނީ ހިތަދޫ ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަގުތަކުގައެވެ.

ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ކަންކަން ފެށިގެން ކުރިއަށް ދާއިރު، އައްޑޫގެ މޭޔަރު ޢަބްދުﷲ ސާދިގް، ކަމާއިބެހޭ މިނިސްޓްރީތަކުގެ ބޭފުޅުންނާ މާލޭގައި އިއްޔެ ބައްދަލު ކުރައްވާފައިވާ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ 134 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ގިނަ ގުނަ ފައިދާ ތައް ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫއުގައި 13 ކިލޯ މީޓަރުގެ މަގުތަކުގައި ތާރު އަޅާނެ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާބިދާ

    ލޯކަލް ކައުންސިލް އިންތިޚާބަށް ދޯ...............

    9
    1
  2. ޖ

    ހުވަފެން ދައްކަނީ

  3. ހުސެން

    އަނެއްކާވެސް ކަޑަ ޖުހަނީ (ސާވޭކުރަނީ) މިއީނުނިމުނު ކަމެއް.