ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމާލުމަށް ފަހު، އެހެން ރަށަކަށް ދިއުމުން މަޖިލީހުގެ އިދާރާގެ ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރުވި 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދައްކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.
ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ އެކްޓިވިސްޓުންނާ ބައްދަލުކުރައްވަން ކުރައްވާ އަމިއްލަ ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލިހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރު ކުރަމުންދާ ކަމަށް ބުނެ، އެ މައްސަލަ އޭސީސީ އަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.
އެ މައްސަލަ އޭސީސީން ބެލުމަށް ފަހު ބުނީ، މިދިޔަ އޮކްޓޯބަރު 31 ގައި ގއ. ވިލިނގިލީގައި ބޭއްވި ދެކުނު މަހާސިންތާ ނިންމާލުމަށް ފަހު، ކޫއްޑޫ އިން މާލެ އައި މަޖިލިހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް ހަރަދުކޮށްފައިވާ ކަމަށެވެ.
މަހާސިންތާ ނިންމާލެއްވުމަށް ފަހު، އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ބައިވެރިވި ނަޝީދުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ދިއުމުގެ ޓިކެޓު ކޮންމެ މީހަކަށް 1333ރ. ހަރަދުވެފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
"ނަމަވެސް އެ ދުވަސްވަރު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1222ރ." އޭސީސީގެ ނިންމުމުގައިވެއެވެ.
އޭސީސީއިން ބުނެފައިވަނީ މަހާސިންތާ ނިންމާލުމަށް ފަހު މާލެ ދިއުމުގެ ބަދަލުގައި، މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އޭސީސީން އަންގާފައިވާ ކަމަށެވެ.
444 މިލިއިން ޑޮލަރު އަސްލު ދައްކަން ޖެހޭނީ
ކަލޭބުނާވަރު ދައްކަން މަޑުކޮށްގެން އެހުރީ
ތިޔައީ ރޭވިގެން ފަސްބައި ހުދުކަން ދައްކަން ހިންގާ ޖަރީމާ ތަކުގެ ބޮޅެއް ނޫންބާ!
ތި ޢަދަދު ރައީސް ނަޝީދުގެ ފަރާތުން އަޅުގަނޑު ދޭގޮތައް ނިންމަންވީނޫންތޯ
އަދި ކިރިޔާ އޭސީސީއަށް ކަމެއް ތި ކުރެވުނީ
ވަގުން ކުރާނީ ހަމަ ވައްކަން އަދިވެސް ބުނާތި ޖަވާހިރެކޭ
އަޅެ ހާދަ ޒީރޯ ޓޮލަތެންސޭ! ހާދަ އަމާނާތްތެރިއޭ! ހާދަ ނަޒާހާތްތެރިއޭ! ހާދަ ބައިވަރެކޭ ޖޫރިމަނާއަށް އެ އެރީ! ޓީއެމްއޭ އަށް ސީޕްލޭން ޓާމިލަލް ދީފައި 13 މިލިއަން ޑޮލަރު ނަގާފައި އެންމެ 444 ރުފިޔާ! ހާދަ ބޮޑު ޢަދެދެކޭ ތި ދައްކަންޖެހުނީ....... !
ހަމަ އެކަނި ޓިކެޓުގެ ލާރިތޯ ނަގައިދެނީ. ކޮބާ އެވަގުތުތަކަށް ހިނގު މުވައްޒަފުންނެގ މުސާރަ، އެލަވަންސް އެމީހުންގެ ކޮއްތު. ނަޝީދުގެ އަމިއްލަ ކަމެއްގައި ނަމަ، އެއީ މަސައްކަތުގެ ޒިންމާއިން ބޭރުގައި ހޭދަކުރަންޖެހުނު ވަގުތުތަކެއްކަމުގައި ބަލައި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ފުރިހަމައަށް ނަގައިދޭންޖެހޭނެ. އަދި މިއީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ވެސް މައްސަލައެއް. ކީއްވެބާ އެދައުވާ ކުރަންނުޖެހެނީ.
ދެއްކެންވެސް ތިވަރެއްނެތް ނުހައްގުން ބޭނުންކޮށްފައިވާ މިލިޔަން މިލިޔަން ކޮބާތޯ
އަދި ކޮބާ މަޖިލިސް އިދާރާގެ ލޯންޗް ދަތުރުގެ ޚަރަދު.
ސަތޭކައިން ވިޔަސް ތިޔައޮތީ ވައްކަމެއް ކޮފައިތާ!!! ނަޒާހާއްތެރިއެއް ނުވިއެއްނުން..
ކުދިންނޭ ކުދިންނޭ.. މީ އޭސީސީ ވަކިފަރާތަކަށް ނުޖެހޭކަން ދައްކަން އަންނި ކުޅޭ ޑްރާމާގެ ފުރަތަމަ އެޕިސޯޑް.
މިހާރު ދެން ކިހާ ޓްރާންސްޕޭރެންޓްދޯ...؟؟
ކޫއްޑޫއިން ފޯއްމުލަކަށް އަދި ފޯއްމުލަކުން ގަމަށް 111 ރުފިޔާއަށް ދަތުރުކުރެވޭ އުޅަދެއް އޮންނަކަން އެގެނީ ދިވެހިރަޢިއްޔަތުންގެތެރެއިން ކިތައްބޭފުޅުންނަށްތޯ ކޫއްޑޫ ،ފޯއްމުލަށް އަދި ގަމުގައި އުޅުއްވާ އެއްވެސްބޭފުޅަކަށް މިކަންއެނގިލައްވާތޯ؟
މިއީ ހާދަހާ ހެއްވާ މައްސަލައެކޭ. ބޮޑީގާޑުން އެއީ ހަމަ އެކަނި ވެރއެއްގެ ރަސްމީ މަސައްކަތުގައި ހަށިފާރައަށް ތިބެންޖެހޭ ބައެއްތަ؟ އެހެން ވިއްޔާ ކޮންމެ ދުވަހަކު އޮފީސް ގަޑި ނިމުނީމާ އެމީހުން ގެއަށް ފޮނުވާލާ ގޮތަށް ހަދަންވީނު؟
އަންނި ހިޔާންތްތެރިވީމަ ހިޔާނަތްތެރިވިފައިސާ ދެއްކީމަ ނިމުނީ މަކަރާހީލަތްހެދީމަ މަކަރާހީލަތުން ހޯދި މަންފާ އަނބުރާ ދެއްކީމަ ނިމުނީ ނުވަތަވައްކަން ކުރީމަ ވަގަށްނެގި އެއްޗެއް އަނބުރާ ދިނީމަ ނިމުނީތަ؟؟އެގޮތަކަށް އެކަމެއް ނުނިންމޭނެ ޤާނޫނު ތަންފީޒުކޮށް ޤަނޫނު ނަގަހައްތައި ދަމަހައްޓަންޖެހޭ ދައުލަތުގެ އިސް މަޤާމެއްގަ ހުރިމީހަކު ޤާނޫނާ ޚިލާފު ކުށެއްކުރީމާ އާންމު މީހަކަށްވުރެ އަދަބު ބޮޑުވާން ޖެހޭނެ ކޮފޫފުޅިއެއް ނުވަތަ ކޮފީ ޕަކެޓެއް އޮފީހުން ގެޔަށް ގެންދިޔަމީހާގެ މައްޗަށް ޤާނޫނު ހިންގާފަ މިފަދަ އިސް މަޤާމެއްގަހުރި މީހަކު ޤާނޫނާ ޙިލާފު ޢަމަލެއްހިންގީމަ ލިބެންޖެހޭ އަދަބުވެސް ބޮޑުވާންޖެހޭނެ އިތުބާރުކުރެވޭ މަޤާމެއްގަހުރިމީހަކު ވަކިކަމެއްކުރީމައެއްނޫން އަދަބު ބޮޑުވާންޖެހޭނީކީ އެންމެންގެ މައްޗަށްވެސް ޤާނޫނު ހިންގުމުގަ ހަމަހަމަވާންޖެހޭ އަންނި މިހާރު އިސްތިއުފާދޭންޖެހޭ މުޖުރިމެއްކަން އެތައް ގޮތަކުން ހާމަވެފަ މިވަނީ
އޯކޭ.. ނައު ޑޫ ޝާހިދް..
ބަންގާޅީ އަކަށްވެސް ތިވަ ރު ދެއްކޭނެ
ތީއެއްކަލަ ވެލާނާ ބޮޑު ނޫންތޯ
މިހާރަކު ނުބުނެވޭނެ ނަޒާ ހައްތެރިއެކޭ މަގާމުގެ ނުފޫޒު ފޯރުވާފައިވާކަމުދެ އަލިގަދަހެއްކެއް ނިކަމެތި މީހާ ކޮފީޕެކެޓް ނެގީމާވެސް ހުކުމަކޮއް އަރުވާލީ އަރުވާލީ އަދި ބަލަން ނުކެރޭ ކިތައް މައްސަލަ ހުންނާނޭ ބޮޑައް ލަފަކުރެވެނީ ތިޔައީ ޓިއެމްއޭގެ ކަޓުގެ ވާހަކަ އޮއްބާލަން ކުޅެލި ޑުރާމާޔަކާ އަޅެފަހެ މީހަކު އަޖައިބެއް ނުވާނެ ތޯ ދަނޑު ސިޑި ބަރީ ފިހާރަޔަކައް ވުރެ އަގުދައްކޮއް ޓީއެމްއޭ އައް ޓާމިނަލް ރައްޔަތުންގެ ފައިސާއިން ބޮޑު ޙަރަދުކޮއް ހަދާފައި ހިލޢކަހަލަގޮތަކައް މދިނީ މީ ގައުމށާ ރައްޔަތުންނައް ވީ ބޮޑުޙިޔާނާތެއް ގިޔާމައް ދުވަހުން ބަރާބަރައް އިންސާފު ލިބޭނެ ކިތައމެ ވަރެއްދައްކާލިޔަސް
މިކަލޭގެ ދައްކަން އުޅޭ ޒީރޯ ޓޮލަރެންސް އޮޅިފައެއްނެތް. ހަތް ހުތު ކައްކާފައި ރާހުތަށް ލިޔަސް މީނަވާނި މީނައަށް. އަބަދުވެސް ވެރިކަމާއި ގެން ،ދުނިޔޭވެ އެދުމައިގެން އެކަކު އަނެކަކު ފިތުނަ ކޮށް ޤައުމު ބައިބައި ކުރުން.
ދުވަހަކުވެސް އުޚްރަވީ ޙަޔާތުގެ ވާހަކައެއް ނުދައްކާނެ. މަރުހަދުމަ ކޮށްބަލަ. މާދަން ވެސް މަރުވެދާނެ. ނަޝީދަށް ނެހެއްލި އަމަލުތައް ސީދާކުރޭ ރައްޔިތުންނޭ
ލަދެއް ހަޔާތެއް ހުރިނަމަ އިސްތިއުފާ ދޭނެ.
ޚަލޯގަޔާ. ޙަމަ އާޓް ނަޒާހަތް ތެރި ކަން ދައްކަން ޖައްސަާ ޑްރާމާ. ޗީ ކުދިންނޭ ކުދިންނޭ ހިނގާ ދަތުރު ދާން ޚޮންތާކަށްދާނީ ކެނެރީ ނާޒިމް އާ މާރިޔާ އައްތަގެ ގެސްޓް ހައުސް ގައި ޖާގަ އޮތްތޯ ބަލަމާ ލާމު އަތޮޅު ބަލާލަން ވާނެއްނު މީ މަގެ ރާއްޖެ ދަތުދާންވާނެ އޭރުންތާ މުއްސަދިންގެ ނަޒާހަތްތެރިކަން ހަމަ ލޮލުން ފެންނާނީ ބޭބެ ކޮށްކޮ ދެކެ ހާދަ ލޯބިވެޔޭދޯ
ކޮން 444ރުފިޔާ އެއްބާ 2 މީހުންގެޓިކެތައް މީހަކައް 1200 ހަރުދހުކުރީމަ 444 ރ މީ ކޮންކަހަލަ ހިސާބެއްމިހަދާލީ މީ ވަރައް އަމާނަތްތެރި ވަގެއް މަކަރާހީލަތުން މީނަ މިއުޅެނީ އެހެންދީންތަކުގެމީހުނައްރައްވެހިކަންވެސް ދޭން ކައުންސިލް އިންތޮހާބުކާމިޔާބުކޮއްފަ އެންމެފުރަތަމަވެސް އޮތީ މިބިލްފާސްކުރުން އިންޑިއާގެ ހިންދޫން މިތާވަޒަންވެރިކޮއް 100 އިން 100 އިސްލާމް ކަޑުވާލާނެ މީޔަގީންކައް ގަބޫލުކުރިއަސް ނުކުރިއަސް މީހަގީގަތް...
ޓީއެމްއޭއިން ރައީސް މުހައްމަދު ނަޝީދަށް 13 މިލިއަން ޑޮލަރު ދިންކަން އޮއްބާލަން މިއަދު އެމްޑީޕީގެ މެންބަރުން ލައްވާ ކުރީ ސަރުކާރޭ... ކުރީ ސަރުކާރޭ މި ކިޔަނީ."
ނަޝީދު ވިދާޅުވީ ގާނޫނާ ހިލާފަށް އަމަލުކުރާ މީހުންނާ ގާނޫނު އަރާ ހަމަ ކުރާނެ ދުވަސް އަންނާނެ ކަމަށެވެ.
ކޮންހާ ވާހަކައެއް. އަދިވެސްއ ކޮރަޮްޕްޝަން ވާހަކަ ދައްކާ
ވައްކަން ކުރާމީހުން ވައްކަން ނުކުރާމީހު ނާދިމާޔަށް ފިސާރި އަޑަށް ބާރުލާފައި ވަގަށްގޮވާނެ ހާއސަކޮ ށްމިސިފަ އެމްޑީޕީ މީހުންގެ ގައިގަ ހުންނާނެ ވަރަށްފާހަ ކުރެވޭދޯ
ތިވަރުމާކުޑަ
ތިޔަތަ ތިޔަކާވަރަކީ އިއްޔެވިހޭ ކުއްޖަކަށްވެސް އިނގޭނެ ތިޔަވަރަކައްނޫންކަން ކާނީ...ބޮޑުވަގު ލާދީނީ ގޮލައެއް.