ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް ހިންގަން، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދީފި ނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ފާހަގަކުރައްވާ، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަރ ޖެނެރަލް އޮފީހުން އެކުލަވާލެއްވިި ރިޕޯޓްގައި ފާހަގަކޮށްފައިވާ އަދަދުތައް ޤަބޫލު ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އޭސީސީގެ ރިޕޯޓްގައި ބުނެފައި ވަނީ ސީޕްލޭން ޓާމިނަލް ދޭނެ، އެންމެ ބޮޑު އަގާ އަޅާ ކިޔާ އިރު، އެމްއޭސީއެލް އިން އަކަ މީޓަރަކަށް 10 ޑޮލަރުގެ ރޭޓުން ކުއްޔަށް ދީފައިވާ ނަމަ، އަހަރަކު 55 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެ ކަމަށެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ އެމްއޭސީއެލް އިން މުޅި ޓާމިނަލް އޮޕަރޭޓްކޮށްފި ނަމަ ނުވަތަ މާކެޓްގެ އަގުގައި ތަން ކުއްޔަށް ދޫކޮށްފި ނަމަ، އަހަރަކު 47 މިލިއަން ޑޮލަރު (729 މިލިއަން ރުފިޔާ) ލިބޭނެ ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، އެ އަދަދު އެކުލަވާލާފައި ވަނީ ރިސޯޓްތަކުގެ ޖާގަތައް ފުރެންދެން ފަތުރުވެރިން އައުމުން ލިބޭނެ އަދަށް ބަލާފަ ކަމަށާައި، އާއްމުކޮށް އަގުތައް އަންދާޒާ ކުރާ އުސޫލަކީ އެއީ ނޫން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަން ފުދޭވަރެއްގެ ރަނގަޅު ރެވެނިއުއެއް ލިބޭނެ ކަމަށް. އެއީ ވިޔަފާރި ކުރާ އިރި ވިޔަފާރީގެ ކަންތައްތައް ހުންނަ ގޮތް. ދެން ރަނގަޅު ވާހަކައެއް ޕާފެކްޓް ވޯލްޑެއްގަ ލައުންޖެއް، ހިންގަވާ 500 ޑޮލަރަށް ދިނިއްޔޯ އަކަމީޓަރެއް . އަދި މާބޮޑަށް ލިބޭނެ. އަޅުގަނޑުމެން ބިޑް ކޮށްގެން ޓެންޑާ ކުރާ އިރު، ފަހަރުގައި އެކަށީގެންވޭ އެއަށްވުރެ ބޮޑު އަދަދެއް ލިބުން. ފަހަރުގައި އެކަށީގެންވޭ އެއަށް ވުރެ ކުޑަ އަދަދެއް ވެސް ލިބުން." ފައްޔާޒް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްޤީ ކުރަމުން އަންނަ ސީޕްލޭން ޓާމިނަލް 15 އަހަރު ދުވަހަށް ޓްރާންސް މޯލްޑިވްސް އޭވިއޭޝަން (ޓީއެމްއޭ) އަށް ދިނުމަށް އެމްއޭސީއެލް އިން އެއްބަސްވުމަކަށް އައިސް ސޮއި ކުރަން ތައްޔާރުވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓްގައި ބުނެފައިވެއެވެ.

އެހެންނަމަވެސް ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމާފައި ވަނީ ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގައެއް އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ދެ އަހަރުގެ މުއްދަތަކަށް ދިނުމަށެވެ. އެއީ ހަތަރު ބުރިއަށް ހަދާފައި ހުރި އެ އިމާރާތުގެ އެއް ބުރިއެވެ.

ޓީއެމްއޭއިން އިއްޔެ ބުނީ އެ ކުންފުންޏަށް އާ ޓާމިނަލުން 19،000 އަކަފޫޓްގެ ޖާގަދޭން އެމްއޭސީއެލް އިން ކުރިން ޔަގީންކަން ދީފައިވާ ވާތީ، އެ އަށް ބިނާކޮށް، ބައެއް ރިސޯޓްތަކުން ޓާމިނަލްގައި ލައުންޖް ހަދާނެ ޖާގަ ވިއްކާފައިވާ ކަމަށެވެ.

ޓީއެމްއޭއިން ބުނީ އެ ކުންފުންޏަށް އާ ޓާމިނަލުން 19،000 އަކަފޫޓްގެ ޖާގަދޭން އެމްއޭސީއެލް އިން ކުރިން ޔަގީންކަން ދީފައިވާ ވާތީ، އެ އަށް ބިނާކޮށް، ބައެއް ރިސޯޓްތަކުން ޓާމިނަލްގައި ލައުންޖް ހަދާނެ ޖާގަ ވިއްކާފައިވާ ކަމަށެވެ.

އޮޑިޓަރޖެނެރަލް ހަސަން ޒިޔަތު ވަނީ އެފަދަ ޔަގީންކަމެއް އެމްއޭސީއެލް އިން ދީފައި ނުވާކަމަށް ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    މިހާރު މިއޮތީ ރައްޔިތުންގެ މުދާ ފޭރޭ ސަރުކާރެއް. ސަރުކާރު ވައްޓާލަން ރައްޔިތުން ނުކުންނަންވީ.

    28
    1
  2. ސަންފަ

    ޖީއެމްއާރރ ރ އެއަ ރޕޯޓު ދިނީމަ ޖީބާށް ކަމިޝަން ވަން ގޮތަށް އަދި އެއަށްވު ރެވެސް ގިނައިންކަމިޝަން ވަންނާނެ ކަމަށް ވަންޏާ ކޮންއޮޑިޓަ ރ ޖެނެ ރަލް އރެއް ހަމައެކަނި މަގޭބަސް އޮންނާނީ ހުހރިހާ ކަމިޝަނެއް ވަންނާނީ މަގޭ ޖީބާށް ހުހރިހާ ދިމާލެއްގަ މަގޭބާ ރު ހަމަ ތިބެން ޖެހޭނީ

    22
    1
  3. ޢަބްދުއްލާ

    (އޮޑިޓަ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ އެމްއޭސީއެލް އިން މުޅި ޓާމިނަލް އޮޕަރޭޓްކޮށްފި ނަމަ ނުވަތަ މާކެޓްގެ އަގުގައި ތަން ކުއްޔަށް ދޫކޮށްފި ނަމަ، އަހަރަކު 47 މިލިއަން ޑޮލަރު (729 މިލިއަން ރުފިޔާ) ލިބޭނެ ކަމަށެވެ.)

    (މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، އެ އަދަދު އެކުލަވާލާފައި ވަނީ ރިސޯޓްތަކުގެ ޖާގަތައް ފުރެންދެން ފަތުރުވެރިން އައުމުން ލިބޭނެ އަދަށް ބަލާފަ ކަމަށާައި، އާއްމުކޮށް އަގުތައް އަންދާޒާ ކުރާ އުސޫލަކީ އެއީ ނޫން ކަމަށެވެ.)

    (ޓީއެމްއޭއިން އިއްޔެ ބުނީ އެ ކުންފުންޏަށް އާ ޓާމިނަލުން 19،000 އަކަފޫޓްގެ ޖާގަދޭން އެމްއޭސީއެލް އިން ކުރިން ޔަގީންކަން ދީފައިވާ ވާތީ، އެ އަށް ބިނާކޮށް، ބައެއް ރިސޯޓްތަކުން ޓާމިނަލްގައި ލައުންޖް ހަދާނެ ޖާގަ ވިއްކާފައިވާ ކަމަށެވެ.)

    (އޮޑިޓަރޖެނެރަލް ހަސަން ޒިޔަތު ވަނީ އެފަދަ ޔަގީންކަމެއް އެމްއޭސީއެލް އިން ދީފައި ނުވާކަމަށް ވެސް ވިދާޅުވެފައެވެ.)

    سبحان الله
    މިވަރުގެ ދޮގުހަދާ ބަޔަކު އަހަރެމެންގެ ވެރިން ނަށް ތިބުމުން ލިބޭނެ ގެއްލުމާ ހަލާކުގެ

    ބޮޑު ކަމާއެވެ.

    23
    1
  4. ވޯޓްވަގު

    އޮޑިޓަރ ޖެނެރަލާއި އެންޓި ކޮރަޕްޝަނުން އެދައްކާ ވަހަކަ އެއްގޮތަކަށްގެސް ގަބޫލު ކުރާނެކަމެއްނެތް، ރައްޔިތުމީހާ އެޕާރޓްމަބްޓެއް ކުއްޔަށް ހިފަނީ 800 އަކަފޫޓް 25000ރ އަށް އެއީ އަޖަފޫޓަކަށް 21 ޑޮލަރު، އެހެންވީމަ ޖީބަށް އެތިކޮޅެއް ލިބެންޏާ އަކަމީޓަރަޖަށް 10.35 ވެސް މަށަށް ބޮޑު، ރައްޔިތު މީހާ ދިރިއުޅޭނެ ތަނެއް ކުއްޔަށް ހިފައިގެން އުޅޭއިރު ޓުއަރިސްޓުން އޮބްބަނީ ރިސޯޓްތައް ފުރިގެން ޖުމުހޫރީ މައިދާނުގައި ފޭލިގެ ޖަހައިގެންބާ!

    16
  5. ވާނުވާ

    ރަނގަޅު ވާހަކައެއް ޕާފެކްޓް ވޯލްޑެއްގަ ލައުންޖެއް، ހިންގަވާ 500 ޑޮލަރަށް ދިނިއްޔޯ އަކަމީޓަރެއް . އަދި މާބޮޑަށް ލިބޭނެ. އަޅުގަނޑުމެން ބިޑް ކޮށްގެން ޓެންޑާ ކުރާ އިރު، ފަހަރުގައި އެކަށީގެންވޭ އެއަށްވުރެ ބޮޑު އަދަދެއް ލިބުން. ފަހަރުގައި އެކަށީގެންވޭ އެއަށް ވުރެ ކުޑަ އަދަދެއް ވެސް ލިބުން." ފައްޔާޒް ވިދާޅުވިއެވެ ބިޑުކުރީތަ ކޮއްގެން މާރކެޓްނުލިބުނީތަ ބަލަ ކޮންމެއެއްޗެއްގަވެސް ވެލިޔުސް އަގެއްހުންނާނެ އެއަގުހުންނާނީ ޑިމާންޑް އެންޑް ސަޕްލައިގަ އެއީއެއެއްޗަކައް މީހުންބޭނުންޖެހޭވަރެއްގެމައްޗައް މިސާލެއްގެ ގޮތުންބަލަމާ ފިޔާކިލޯއެއްމީގެކުރިން ބާޒާރުންގަންނަނީ ދިހަރުފިޔާއައް އެކަމަކު މިފަހަކުން ގަންނަންޖެހިއްޖެ ސާޅިސްރުފިޔާއައް ފިޔާކިލޯއެއް އެއައީ އެއްކަލަ ޑިމާންޑް ކުޑަފިހާރަގަނޑެއްހިންގަން ނޭންގޭބަޔަކައް ކަމެއްކުރަންޖެހުނީމަވާނެހައެތި ތިވަނީ ދެންވިއްކާ ނުއަގުގަ

  6. މިގޭ

    އެއްވެސްތަނެއްގެ ވާހަކަ ގަބޫލުކުރާނެކަމެއްނެތް. 1050 މިލިޔަން ޑޮލަރު ލިބެންޏާ ކީއްކުރަން އަޑު އަހަންވީ. ކުރިޔަށްގެންދޭ ވަގުކަލޭގެ.

  7. ނަޖްވާ

    ޓީއެމްއޭ ހިންގާ ބާތް އާ ޓެމްޕާސް ކެޕިޓަލު ފަދަ ބިޔަ ބޮޑެތު ޕްރައިވެޓް އިކުއިޓީ ފަރމް ތަކުން މި ކަހަލަ ބްލަންޑަރ އެއް އަޅާފާނެ ކަމަކަށް ޤަބޫލެއް ނުކުރަން! އެގްރީމަންޓެއް ނެތި ހަމަ ކުންފުންޏަކުން ފޮނުވާ ސިޓީ އެއްގެ މައްޗަށް ބިނާ ކޮށް ބޮޑެތީ އަދަދުތަކުގެ އިންވެސްޓެއް ނުުކުރާނެ! މީކީ ތޯތޯ ބަޔެއް ނޫން!

  8. ހަޖަމް

    އޭސީސީ އުވާލާ އޮޑިޓަރ މަގާމުން ވަކިކުރޭ! ރަބަރްސްޓޭމްޕް ޖަހާދޭނެ ބަޔަކު ހޯއްދައާ