ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކޮށްފައިވާ ސީޕްލޭން ޓާމިނަލް ހިންގުމުގެ ޤާބިލްކަން، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި ހުރި ކަމަށް ވަކާލާތު ކުރެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާލް، ރާގު ބަދަލުކުރައްވައި، ސީޕްލޭން ޓާމިނަލް ހިންގުމުގައި އެމްއޭސީއެލްގެ ޤާބިލްކަން ހުރި މިންވަރާއި މެދު ސުވާލު އުފައްދަވައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސީޕްލޭން ޓާމިނަލް އަކީ ބޮޑު ޓާމިނަލްއަކަށް ވީ ނަމަވެސް، ވީއައިއޭއިން ހިންގަމުންދާ މަތިންދާ ބޯޓުގެ އޮޕަރޭޝަންތަކާއި އަޅާ ބަލާއިރު، ސީޕްލޭން ޓާމިނަލް ހިންގުމަކީ ކުޑަ ކަމެއް ކަމަށެވެ.

"އެމްއޭސީއެލް އަށް އެ ކުޑަ ކުޑަ ސީޕްލޭން ޓާމިނަލް ހޭންޑަލް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް." ފައްޔާޒް ވިދާޅުވިއެވެ.

އެމްއޭސީއެލް އަށް އޮތް އިތުބާރު ފާހަގަކުރައްވާ މި މެރުމުން ވާހަކަދެއްކެވި ނަމަވެސް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފައްޔާޒް ވިދާޅުވީ މި ވަގުތު ސީޕްލޭން ޓާމިނަލް ހިންގުމާއި ހަވާލުވެ ހިންގުމުގެ ޤާބިލްކަން އެމްއޭސީއެލްގައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން އެބަ ބަލަން ޖެހޭ އަޅުގަނޑުމެންނަށް އެބަ ހިންގޭތޯ ދެ އަަހަރު ތެރޭގައި. ނޫން. އަދިއެއް އިމީޑިއެޓްލީ ހަވާލެއް ނުވެވޭނެއޭ. ތިމަންނަމެން ތައްޔާރުވާން ޖެހޭނެއޭ. ކުރީގެ ސަރުކާރުން މިތަން އޮޕަރޭޓްކުރުމުގެ ވިސްނުމުގައި އެކަން ކުރި ނަމަ، އެ ބޭފުޅުން ކުރިން އޮންނާނީ އެކަމަށް ތައްޔާރުވުމުގެ ޕްލޭންތަކެއް ހަދާފައި." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ސީޕްލޭން ޓާމިނަލް އެމްއޭސީއެލް މެދުވެރިވެގެން ހިންގުމުގެ ވިސްނުން ކުރީ ސަރުކާރުގެ ނެތް ކަމަށާއި، ކުރީ ސަރުކާރުން ވިސްނީ ޓާމިނަލް ކުއްޔަށް ދޭން ކަމަށެވެ.

އެމްއޭސީއެލް މެދުވެރިކޮށް ޓާމިނަލް ހިންގަން ނިންމާފައި ވަނީ މި ސަރުކާރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އަދި އެމްއޭސީއެލް އށްް އެއް އަހަރު ދުވަހުގެ ތެރޭގައި، އެ ޓާމިނަލް ހިންގަން ހަވާލު ވެވޭނަމަ ޓީއެމްއޭއަށް ޓާމިނަލުން ބައެއް ދޭނީ އެއް އަހަރު ދުވަހަށް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އެހެންނަމަވެސް އެމްއޭސީއެލް އަށް ޓާމިނަލް ނުހިންގޭތީ ޓާމިނަލް ނުހުޅުވާ ތިބެއްޖެ ނަމަ، ސަރުކާރަށްވާ ގެއްލުން މާ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްޤީ ކުރަމުން އަންނަ ސީޕްލޭން ޓާމިނަލް 15 އަހަރު ދުވަހަށް ޓްރާންސް މޯލްޑިވްސް އޭވިއޭޝަން (ޓީއެމްއޭ) އަށް ދިނުމަށް އެމްއޭސީއެލް އިން އެއްބަސްވުމަކަށް އައިސް ސޮއި ކުރަން ތައްޔާރުވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓްގައި ވަނީ ބުނެފައެވެ.

ނަމަވެސް 15 އަހަރު ދުވަހަށް ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމަށް އެމްއޭސީއެލް އިން އެއްބަސްވުމެއްގެ ޑްރާފްޓް ތައްޔާރު ކުރީ ކޮން ދުވަސްވަރެއްގައި ކަމެއް ރިޕޯޓުން އެނގޭކަށް ނެތެވެ.

މާކެޓް ރޭޓަށް ވުރެ މާ ކުޑަ އަގެއް ކަމަށް ވާ އަކަމީޓަރަކަކަށް 10.35 ޑޮލަރު އެމްއޭސީއެލުން ހުށައެޅި ނަމަވެސް ޓީއެމްއޭއިން ބޭނުންވީ އަކައާމީޓަރެއް އެންމެ ހަތް ޑޮލަރަށް ޓާމިނަލް ކުއްޔަށް ނަގާށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ޖީބަށް ވަންނަ އެތިކޮޅު ގިނަވަންދެން ވާހަކަ ދާނީ އެގޮތަށް! ތީނަ ނޯށުން ވާހަކަދެއްކިޔަސް އެންމެނަށް އެނގޭ ރޯމާ ދުވާލު ކުރާ ވައްކަމެއްކަން!

    34
  2. ފެންވަރު

    މިހުރީ މިމީހުންގެ ފެންވަރު ފެންވަރުގެ ޓާމިނަލް އެއް ސީޕްލޭންއައް ކުރީ ސަރުކާރުން އަޅާދިނީމާވެސް އެއުޅެނީ އެތަން ހިންގާނެގޮތް ނޭންގިގެން ދެންބުނާނީ އާރަންވޭ އޮޕަރޭޓް ކުރެވޭކައްނެތޭ އެތަންމާބޮޑީއޭ ކުރީ ސަރުކާރުންނިންމާފަ އޮތީވެސް ބަޔަކައް ކުއްޔައްދީގެންހިންގާށޭ އެމްއޭ ސީ އެލްގެ ވެރިން ތިމަންނަމެންނައް ހިންގޭނޭ ބުނީމަވެސް ޤަބޫލެއްނުކުރިއެއްނު އެއީކީއްވެގެން ރައްޔިތުންނައްފައިދާވިޔަސް ތިމާމެންނައް ކަޓުނުނެގޭނެތީ ނުވަންޏާ ސަލާމް ބުނެފަ ގެއައްކަނޑާލާ

    15
  3. އައްލާ

    ވަރައް ރަގަޅު ވާހަކަ އެއް ފުލެޓްގެ ނަމުގަައި ގެސްޓް ހައުސް އަޅައިގެން ނިކަމެތި ރައްޔަތުންނައް ގާކޮށިން ދީފަ ހުރި އެޕާޓްމެންޓަކައްވެސް މަހަކު 1200.00 ޑޮލަރުގެ ފައިސާ ރައްޔަތުމީހާ އަތުން ނަގާފަ ޓީއެމް އޭއައް ވީމަ ހިލޭކަހަލަ ގޮތަކައް ދިނީމާ ވަރައް އިންސާފު ވެރި އަދި މިވެރިން ފުލެޓް ގެސްޓް ހައުސް މިހިންގަނީ ހަމައެކަނި މާލޭގެ ރައްޔަތުންނަށް ބިންކޮޅެއް ނުދީ ދަތިކޮއްފައި ބިމުގެ އަގު އަރުވާ މަކަރާ ހީލަތުން މީތޯ ތިޔަ ވިދާޅުވާ އިންސާފަކީ ނަސްލީ އިމްތިޔާޒް ހިންގާކައް މިވަރެއްނޯންނާނެ ނަންވާނީ ސައުތް އެފްރިކާ

    13
  4. ކައްޕިތާން

    މިހާރު ހަނދާނައް އެބަ އާދޭ މަޖިލީހުގައި މީހަކު ވަރައްބާރައް ހުސްވަގުންނޭ އެމީހާ ބުނީ ތެދެއްކަން އަދިކިރިޔާ މިއިނގެނީ އެމީހަކައް ދައްކަވަން ހުރިކަމެއް ދައްކަވާފައި ނޫނީ މަރެއް ނުގަންނަވާނެ މިޔޮތީވާ ގައުމެއް ހަދާނައް އަންނަނީ ކެޔޮޅާ ބޭބޭ ދޫންޏާ ހިގާށެ ބޭރައްދާން މިނިކާރާއްޖޭ ގަސްކަރަ ބަލާފަ އަންނަންދާން ޝާއިރު އެބުނާ މިނިކާރާއްޖެ ހަމަ ސިފަވަނީ އޭސަހަރޯ މިޔޮއް ދުނިޔެ އެއް ރައްޔަތުންނޭ ވޯޓް ދޭން ދާއިރު ވިސްނާ މިވޯޓް ދެވެނީ އިންސާނަކައްތޯ

    16
  5. ޔޫކާންޓް

    ފަޒީލްގެ ވާހަކަތަކުން ވެސް ގޯސްވީ އެމްއޭސީއެލްގެ ބޯޑު ކަމަށްވާނަމަ ތަމެން ޒީރޯ ޓޮލެރެންސޭ ޓް....

    12
  6. މަނިކުފާން

    ކަލޯ އިންސާނުންނަށް އޮޅުވާލިޔަސް ތިއީބޮޑު ވަރު އިނގޭތޯ ހުރިހާކަމެއް ކޮށް ނިމުނީމަ ރައްޔަތުންނަށް އޮޅުވާ ލަން ތަފާތުގޮތަކަށް ވާހަކަދައްކާނެ ކަމެއް ނެތޭ ކަލޯ ކާކަށް އޮޅުވާލަންތަ ތިއުޅެނީ ކަލޯ މިފަހަރު ކަލޯގެ ތިއޮޅުވާލުން ކާމިޔާބެއް ނުވިޔޭ އިގޭތޯ އެއްކަލަ މަޑި އެބައާދޭ ސީލަން ނޭގެ މިފަހަރު ސީލާނީ މަނިކުފާނުގެ ބޮލަށް ނޫންކަމެއްވެސް ތީގެ އަސްލާއެކު ހެހޭ އަތް ޖެހުން ބާރަށް ކުރިޔަށް މުޅިސަރުކާރު ބަރަހަނާވީމަ ދެން ކޮންކަމެއް ސިއްރުކުރައްވަން ތޯ ތިއުޅުއްވަނީ. ވވސލމ

    12
  7. ޔޫކާންޓް

    ފަޒީލްގެ ވާހަކަތަކުން ވެސް ގޯސްވީ އެމްއޭސީއެލްގެ ބޯޑު ކަމަށްވާނަމަ އެމްއޭސީއެލްގެ ބޯރޑް ވެސް ބަދަލު ކުރަންވީއޭ ރައީސް..

    5
    2
  8. ޔޫއާރ

    އެއް ނަމްބަރު އޮފީސް ކޮރަޕްޓް ވުން ސްޕެޝަލީ ޕޮލިސީ ޑިޕާރޓްމެންޓްގެ ޕޮލިސީ ސެކްރެޓަރީ ލެވެލް އިން ފެށިގެން ކޮންފްލިކްޓް އޮފް އިންޓަރެސްޓް އޮންނަ އުސޫލުން ކަން ކަން ކުރާނަމަ ދެން ދަށް ފަންތީގެ ސަރުކާރުގެ ކުންފުނި ތަކުގެ ބޮޑުން ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނޯންނާނެ ނޫންތޭ ޔޫ ކާންޓް ބީ އަވަރ ހީރޯ ޔޫ އާރ ޓޭކިންގް އަވަރ ބްރެތް...

  9. އަހުމަދު

    ކުރީ ސަރުކާރުދޯ. އެ ވަރެއްނެތް.