ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖޭގެ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރިއިރު މަގާމުން ވަކިކުރެއްވި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ޝަރުއީ ދައިރާގެ ގަޟާއީ އަހަރު އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ރޭ ބެއްވެވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ކަމަށެވެ.

ރައީސް ރޭ ވިދާޅުވީ، ހަމައެކަނި އިދާރީ ބަދަލުތަކާއި ޤާނޫނީ ބަދަލުތަކުން ފަނޑިޔާރުގެ އިސްލާހު ނުވާނެ ކަމަށާއި، ފަނޑިޔާރުގެ އިސްލާހު ވާނީ ފަނޑިޔާރުން ކޮރަޕްޝަންނަށް ނޫނެކޭ ބުނެެގެން ކަމަށެވެ. އަދި ފާޅުގައި ކޮރަޕްޝަނަށް ނޫނެކޭ ބުނަން ފަނޑިޔާރުންނަށް ނުކެރޭނަމަ އިންސާފު ނުލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ދައުލަތުގެ މަޤާމްތަކަށް ބަލާއިރު ވަކި މުއްދަތެއް ނެތް ގޮތަށް މަޤާމަށް އައްޔަން ކުރަން ޤާނޫނު އަސާސީން ލާޒިމް ކުރާ ބަޔަކީވެސް ހަމައެކަނި ފަނޑިޔާރުން. މިފަދަ ދުސްތޫރީ އިނާޔަތްތައް ފަނޑިޔާރުންނަށް ލިބިފައި އޮންނަނީ، އެ ފަނޑިޔާރުންގެ ފަރާތުންވެސް، ވަރަށް މަތިވެރި މަޤްސަދުތަކެއް ހާސިލްކުރަން ބޭނުންވާތީ. އެއީ ރައްޔިތުންގެ މެދުގައި ތަފާތު ނުކޮށް އަދުލު އިންސާފު ޤާއިމްކުރުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފަނޑިޔާރު ގެއާއި ބެހި ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާ، ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.

ރައީސްގެ މި ވާހަކަތަކާއި ގުޅިގެން އަބްދުﷲ ދީދީ ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އިހުލާސްތެރި ނިޔަތެއްގައި ކަމަށް ދެއްކެވި ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން އަބަދުވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މާމީ

    ދެން ތިހެން ކިއުމުގެ ފައިދާއެއް ނެއް ކަލޭމެން މިގައުމު ބޮޑެތި މުޖުރިމުން ޖަލުން ދޫކޮއްލީ ދުނިޔެއަށް އުފަންވި ގޮތައް މިހާރުތިފެންނަނީ އެކަމުގެ ހިތިނަތީޖާ ތިބޭފުޅުންގެ ލޮލަށް ފެނޭތޯ،

    66
    2
    • ޙައްގުބަސް

      ރަގަނޅު ވާހަކައެއް!! ޔާމީން ސަރުކާރު ބަދަލުވި ދުވަހު އޭރުގެ ޕީޖީ ބިޝާމް އާއި އޭރުގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ހީކުރީ އެމްޑީޕީ ސަރުކާރުން ބުނާ ހުރިހާގޮތެއް ހަދާ އޭރު ތިބި ބޮޑެތި ހުރިހާ މުޖްރިމުން ހުދުކާފޫރަށް ހަދާ ދޮވެ ސާފުކޮށް ދޫކޮށްލީމާ ތިމަންމެނަށް މަގާމުގައި ތިބެވޭނެކަމަށް!! މިމީހުން ލައްވާ ބޭނުން ހުރިހާކަމެއް ކުރުވާފަ އެންމެފަހުން ވަޒީފާއިން ވަކިކުރީ!! މިފަދަ މަގާމުގައި ތިބޭ ފަރާތްތަކުން އިންސާފުވެރިކަމާ ހަމަހަމަކަމާ އެކު މަސައްކަތް ނުކުރާނަމަ އޭގެ ގެއްލުން ލިބޭނީ މުޅި ގައުމަށް!! މިހާރު މިއޮތީ އެހެން މިގައުމަށް ދިމާވެފަ!! ސިޔާސީ ބޮޑުން ކުށްކޮށްގެން އޭގެ އަދަބު ލިބެމުން ދަނިކޮށް އެކަންކަން މުޅިން ރިވަސްކޮށް އެންމެން ދޫކޮށްލީ ހަމަ ސްޕްރީމް ކޯޓުން ދީދީ އިސްވެ ހުންނަވައިގެން!! މިހާރު ކޮންވާހަކައެއްތޯ ތިދައްކަވަނީ!! ޔާމީނު ޖަލަށްލާން ވެގެން މިސަރުކާރުން ޖެހި ހުރިހާ މަޅިއެއްގެ އެއްކޮޅުގައި ތިބީ ހަމަ ފަނޑިޔާރުން!! ފަނޑިޔާރުން ނަޒާހަތްތެރިކަން ދެއްކި ދުވަހަކުން މިގައުމު ސަލާމަތްވާނީ!! ހަމަ އެއާއެކު މިނިވަން މުއައްސަސާތަކުގެ ރޯލުވެސް މުހިންމު!!

  2. Anonymous

    ދޮގުހަދާ ބަޔަކަށް ހެޔޮ އެއްކަމެއްވެސް ނުކު ރެވޭނެ، އަބަދު ތު ރު ތު ރު އަޅައަޅާ ތިބޭނީ، މިގައުމުގަ ތިބި ދެ ރައީސުންނަށްވު ރެ ދޮގު ހަދާ ބަޔަކު ނެތް.

    32
  3. Anonymous

    މިވަ ރު ލަދަހަޔާތްކުޑަ ގޮތެއްފޮތެއްނެތް ވެ ރިޔަކު މުޅިހަޔާތުގަވެސް ނުދެކެން.

    32
  4. ބްރޯ

    މިއީ ކުރީގެ އުއްތަމަ ފަނޑިޔަރެއްނޫން މިހާރު ވެސް އުއްތަމަ ފަނދިޔަރަކީ މިއީ .އޭއޭ ދިދީ ވަކިކުރަން ޖެއެސްސީން ނިންމީ ގާނޫނުއަސާސީއަ ހިލަފަށްވާތީ ހުރިހާ ނިންމުންވެސް ވާނީ ބާތިލް ގާނޫނީ ހަމައިގައޮތީ އެއޭ ދިދި ގެ މަގާމް އެކަނި

    28
    2
  5. ކިސަޑު

    ރައީސް ސޯލިބޭ ދޮގެއްނުހަދާނެ ނުކެރޭނެ ދޮގުހަޑާކަށް ސޯލިބޭއަކީ ބުނާބަހާ އަމަލާ ދިމާނު ވާ ބެޔެއް އެއީ ދޮގުހެދުމެއްނޫނޯ

    29
    • ޖޯކަރު!

      ވަޓް އަ ޖޯކް! ބެސްޓް!

  6. އެކްޓަރ

    މިއީ ރިޝޮވަތުގެ ޤައުމެއް؛ ރައީސަކަސް މިނިސްޓަރކަސް؛ މެންބަރެއްވިޔަސް ، އަދި ތިކިޔާ ފަނޑިޔާރަކަށްވިޔަސް ތިބެނީ ޒީރޯ ނަޒާހަތްތެރިކަމުގަ؛ މަޤާމް ލިބުނީމަ ލިބޭ ތަނަވަސްކަން އެއީ ބިމުން ނުކުންނަ ރަތްމުތު ވިއްކާއިގެން ލިބޭކަޅުފައިސާ...ދީދީ ރައްޔިތުންގެ ދަރުބާރަށް ހާޒިރކޮށް ހުކުމްކުރާނެ؛ އަދި އަލީ ރަޝީދަކަސް އިންސާފު އަތުގަ ހިފާނެ.... ޤައުމު ފަނާކުރީ ސްޕްރީމް ކޯޓްގައި އުޅުއްވި ފަސްބައި ކަޅު ނަޒާހައްތެރިން.

    13
  7. އަހުމަދު

    ދީދީ ތިޔަބުނުއްވީ ތެދެއް އެކަމަކު އެލާދީނީ ބައިގަނޑައް ފުރުސަތު ދިނީ ތިބޭފުޅުން ދެން ތިވާހަކަ ދެއްކެވުމުގެ ބޭނުމެއްނެތް މިހާރު މިރާއްޖެޔައް މިދިމާވެފައިވާ ލާދީނީ ލާއިންސާނީ މުސީބާތް ތަކުގެ ޒިންމާ ތިބޭފުޅުންވެސް ނަންގަވަން ޖެހޭނެ

    25
  8. އަލީ

    މިސަރުކާރުންވެސް އަދި ކުރީސަރުކާރުންވެސް ޖުޑިޝަރީ އިސްލާހުކުރުމުގެ ނަމުގައި އެސަރުކާރެއްގެ ބާރު ފޯރުވަން މަސައްކަތް ކުރަމުންދާތީ ހިތާމަކުރަން

    6
    5
  9. އ. ޖ. އ

    ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ?? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ?