ސިވިލް އޭވިއޭޝަން ދާއިރާ އައި ވިޔަފާރީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި، މުހައްމަދު ލަތީފް، ޕީޕީއެމް ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރަން ނިންމަވައިފިއެވެ.

އައްޑޫސިޓީގެ ހިތަދޫ އަށް އުފަން މުހައްމަދު ލަތީފަކީ ވިޔަފާރީގެ ދާއިރާއިން މާސްޓާސް އައި ފައިނޭންސް އެންޑް އެކައުންޓިންގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ވިޔަފާރީގެ ދާއިރާ އިން 23 އަހަރުގެ ތަޖުރިބާ ހާސިލްކުރައްވާފައިވާ ލަތީފަކީ، ސިވިލް އޭވިއޭޝަން ދާއިރާގައިވެސް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

އެގޮތުން އޭނާ ފުރުއްވި މަޤާމުތަކަކީ

  • އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރ
  • މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ޗެއާމަން
  • އައިލޭންޑް އެވިއޭޝަން ސަރވިސް ލިމިޓެޑްގެ ބޯޑުގެ ޑިރެކްޓަރ
  • ސިޓީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ
  • ސްރީލަންކަން އެއާލައިންސްގެ ހެޑް އޮފް ޕެސެންޖާރސް
  • ޖަޒީރަ އެއާވޭސް، ވިލާ އެއާ ޕްރައިވެޓް ލިމިޓެޑްގެ ސްޓޭޝަން މެނޭޖަރ
  • ސްރީލަންކަން އެއާލައިންސްގެ މެނޭޖަރ، ސޭލްސް ޕްރޮމޯޝަން
  • އެއާމޯލްޑިވްސްގެ ލިމިޓެޑް ޗީފް ސްޓީވާޑް
  • އެއާ މޯލްޑިވްސްގެ އެކައުންޓްސް އެސިސްޓެންޓް

ގިނަ ދުވަސްތަކެއް ވަންދެން ސިވިލް އޭވިއޭޝަން ދާއިރާ އާއި ވިޔަފާރީގެ ދާއިރާގައި މަތީމަޤާމްތައް ފުރުއްވުމުގެ އިތުރުން، ސިޔާސީ ދާއިރާގެ ހަރަކާތްތައް ވެސް ފާއިތުވި ދުވަސްތަކުގައި އޭނާ ވަނީ ވަރަށް ގާތުން ތަޖުރިބާކުރައްވާފައެވެ.

ފެށުނީއްސުރެ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ލަތީފް އަކީ ޕީޕީއެމް އުފެދުމުގެ ކުރިން ޑީއާރުޕީގެ މެމްބަރެކެވެ.

އައްޑޫސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވުމަށް ނިންމެވި ސަބަބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ އައްޑޫ ތަރައްޤީ ކުރުމަށް ބޭނުންވަނީ އިގްތިސާދު ހިންގާގޮތަށް ލޯހުޅުވިފައިވާ، ސިޔާސީ ފިކުރަށް ގޮސް ހުސްވެފައި ނެތް މީހެއް ކަމަށެވެ.

"އަޅުގަނޑަށް ލިބި ހުރި ތަޖުރިބާގެ އަލީގައި ބޭނުންވަނީ އައްޑޫގެ މަންޒަރު ބަދަލުކޮށްލަން. އިގްތިސާދުގައި އިންވެސްޓް ކުރާނެ އިތުރު މީހުން ހޯދާކަށް މިހާރު ކަންކަން ނުކުރެވޭ. އައްޑޫގެ އާބާދީ އަށް ބޭނުންވާ ޚިދުމަތްތައް ނުދެވޭ. އަނެއްކަމަކީ މިހާރު މިއޮތީ އެމްޑީޕީގެ ސަރުކާރެއް. އެމްޑީޕީގެ މަޖިލީހެއް. ދެން ކައުންސިލް ދިނީމަ ޗެކް އެންޑް ބެލެންސް ގެއްލުނީ." ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އައްޑޫގެ ގިނަ އަދަދަދެއްގެ ރައްޔިތުން އައްޑޫ ދޫކޮށް ފާއިތުވި އަހަރުތަކުގައި އެހެން ތަންތަނަށް ހިޖުރަކޮށްފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރަން މަޖުބޫރު ވަނީ އެސިޓީއިން ލިބޭ ޚިދުމަތްތައް ރައްޔިތުން އެދޭ ފެންވަރަށް ނުދެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގެ އިގްތިސާދު ބަދަލުކުރެވިއްޖެ ނަމަ އައްޑޫގެ ސިއްހީ ނިޒާމާއި، ތައުލީމީ ނިޒާމަށް ވެސް އިންގިލާބީ ބަދަލުތަކެއް އަންނާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކުރިއަށް އޮތްތަނުގައި ކައުންސިލްތަކުގެ ހިންގުން ލާމަރުކަޒީ ކުރާ އިރު، އިދާރީ ހިންގުމުގެ ދައިރާގެ ތަޖުރިބާ ހުރި މީހަކު އެ މަޤާމަށް ހޮވުމަކީ ކަންކަން ހިންގާ ވިލަރެސް ކުރުމުގައި ހަރުދަނާ، އިތުބާރު ހިފޭނެ އިންތިޒާމްތަކެއް ހަމަޖެއްސޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫސިޓީގެ ކަންކަން ކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސިސްޓެމެޓިކްކޮށް، ރައްޔިތުންނާއި ގާތުން ޚިދުމަތް ކުރަން މަޤާމަށް ވަޑައިގަންނަަވައިފި ނަމަ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީފާގެ މާހައުލުގައި އެކި ފަންތީގެ މީހުންނާއި އެކު ކުރެވިފައިވާ ތަޖުރިބާގެ އަލީގައި އެއްވެސް ބަޔަކު ބާކީނުކޮށް، ޤާއިމްކުރާ ދުޅަހެޔޮ މުޖުތަމައެއް ޤާއިމް ކުރުމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު އޮންނާނީ އޭޕްރީލް 04 ވަނަ ދުވަހު އެވެ. ކައުންސިލް އިންތިޚާބުގައި ދެން އައްޑޫ މޭޔަރު ކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން ކުރީގެ މެންބަރު ނިޒާރު އެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    އައްޑޫ ގިނަމީހުންނަކީ އަންނިއަށް ހާ ރީނދޫކުލަޔާހެދި މޮޔަވާ މީހުން!ތިމާމެން ގެއަތޮޅަށް އެއްކަމެއްކޮށް ނުދިނަސް ބާރަށް އަތްޖަހާނެ!ބޮޑު މިލިޓަރީބޭސް އަޅާއިރުވެސް އެއީ ޕޮލިސް އެކަޑެމީއެކޭ ކިޔާފަ މަތިޖަހާފޮރުވައިގެން!ކޮބާ މިހާރު ނުކުރޭތަ ވައްކަމެއް؟ި މިހާރު އިންސާފުވެރިކަމާ އަނިޔާވެރިކަމާ ކޮރަޕްޝަނެއްނެތް ދޯ؟ މުސާރަބޮޑުވެއްޖެތަ؟ ވަޒީފާގަނޑެއް އެބަލިބޭތަ؟ މިހާރު މަގުގައި ފެންބޮޑުނުވޭ ކާރުދުއްވަންވެސްއެހާފަސޭހަ!ހުރިހާ މަގެއްގަ ތާރުއަޅައިފިދޮތަ؟ދެން އަތްޖަހާ ބާރަތްއަތްޖަހާ

    87
    5
  2. ޝާން

    ނުހޮވޭނެ ކަމުގެ %100 ޔަގީން ކަން އިބައޮތް. ކާކު ވޯޓް ދޭނީ

    34
    68
    • މުޙައްމަދު

      ކިހިނެއް ކަލެޔަށް ނުހޮވޭނެކަމުގެ %100 ޔަޤީންކަން ދޭން އެގުނީ، މަގޭ ވޯޓް ލަޠީފު އަށް ދޭނަން އަދި މަގޭ އަންހެނުންނާއި 03 ދަރިންވެސް ވޯޓް ދޭން ބުނަނީ ލަޠީފަށް

      35
      3
    • ހޮވޭނެ

      އިންޝާﷲ ހޮވޭނެ

  3. އައްޑޫސިޓީ

    މަގޭވޯޓް ލަތީފު އައް.

    57
    17
    • ހޮވޭނެ

      ހޮވޭނެ އިންޝާﷲ މިފަހަރު މީ އަހަރެމެންގެ ފަހަރު ???

      3
      1
  4. ޢަލީ

    ޢިންޝާ ﷲ ލަތީފް ހޮވޭނެ، އަޅުގަނޑުގެ އުއްމީދަކީ އައްޑޫގެ އެންމެހާ ލޮބުވެތި ރަތްޔިތުން ލަތީފަށް ވޯޓް ދެއްވުން.

    50
    6
  5. އައްޑޫ ލެއި

    މަހުވައި މަ ވޯޓު ދޭނެއި ލަތީފު އައް އައްޑޫގެ ތަރައްޤީއައް ވަރައް ހެއުފާލައް ކަމުގައި މައްގަބޫލު ވެނީ

    45
    6
  6. ކަމަނަ

    މީ ވަރަށް ރަގަޅު ބޭފުޅެއް އިންޝާ ﷲ ކާމިޔާބުވާނެ

    43
    12
  7. ކާމިނީ

    އެހެން މީހަކު ކުރިމަތި ލީނަމަ
    ތީނަ ނުހޮވޭނެ. %100.

    43
    57
  8. އަބުއާ

    ހެޔޮ ފާލެއް. ކާމިޔާބީ އެދެން.

    28
    2
  9. ނަޖްވާ

    މީ ސީނދާ ޔާމީނު އިންދާ މީހެއް! ހެޔޮ ނުވާނެ މީނައަށް ވޯޓު ދޭން!

    5
    18
  10. ކާމިނީ

    ޖޭވީ ދޯ އެހެންވެ ތިބުނީ ނުހޮވޭނޭ އޭނަ ނުހޮވޭނެކަމަށް ތިހާބޮޑު ޔަގީކަމެއް އޮތްއިރު ކަލޭކުރިމަތި ލާންވީނު އެނަނުހޮވެއް ޏާތިމާހޮވޭތޯ ބަލާލަން ވީނު. ކާމިނީ

    15
    3
  11. ދޮންދީނާ

    މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި މޭޔަރުކަން ޕީޕީ މީހަކަށް މިވަގުތު ލިބުމަކީ ނާދިރު ކަމެއް. ހޭލުންތެރިކަން ނެތްތަނަކުން ފަހަރެއްގަ ހޮވިދާނެ

    4
    18
    • ޖަވާބު

      ކީއްވީތަ ހޭލުންތެރިކަން ހުރިތަނަކުން ލަޠީފަށް ވޯޓް ނުލިބެންވީ؟؟، ދާއިރާއަށް ތަރައްގީއާއި ފައިދާތަށްލިބުމަށް ބޮޑަށްބޭނުންވާނީ ހޭލުންތެރި މީހުންނޫންތޯ؟؟އެހެންވީމަ ނޫންތަ ކުރީގެމޭޔަރ ށޯބޭވެސް އެމީހުން ކަޓުވާލީ ދާއިރާއަށް ކަމެއްކޮށް ނުދެވޭތީ، ލަޠީފަކީ މިގައުމުދުށް އެއްމެ ސުޕަރ ތަރައްގީގެބާނީ ރ.ޔާމީނުގެ ފަރާތުން ދަރިވަރުވެފައިވާ ބޭފުޅެއް، އެމަނިކުފާނު ރައްޔިތުންނަށް ލުއިފަސީހަ ކޮށްދޭން ބޭނުންކުރި ހިކުމަތާއި ގާބިލުކަން ބޭނުންކުރާނެކަން ޔަގީން

      3
      1
  12. ޖަވާބު

    ކީއްވީތަ ހޭލުންތެރިކަން ހުރިތަނަކުން ލަޠީފަށް ވޯޓް ނުލިބެންވީ؟؟، ދާއިރާއަށް ތަރައްގީއާއި ފައިދާތަށްލިބުމަށް ބޮޑަށްބޭނުންވާނީ ހޭލުންތެރި މީހުންނޫންތޯ؟؟އެހެންވީމަ ނޫންތަ ކުރީގެމޭޔަރ ށޯބޭވެސް އެމީހުން ކަޓުވާލީ ދާއިރާއަށް ކަމެއްކޮށް ނުދެވޭތީ، ލަޠީފަކީ މިގައުމުދުށް އެއްމެ ސުޕަރ ތަރައްގީގެބާނީ ރ.ޔާމީނުގެ ފަރާތުން ދަރިވަރުވެފައިވާ ބޭފުޅެއް، އެމަނިކުފާނު ރައްޔިތުންނަށް ލުއިފަސީހަ ކޮށްދޭން ބޭނުންކުރި ހިކުމަތާއި ގާބިލުކަން ބޭނުންކުރާނެކަން ޔަގީން

  13. އ. ޖ. އ

    މި ކޮންތާކުން ނިކުތް މީހެއް

    1
    1