ވ.ބޮޑުމޮހޮރާގައި، "ޖާބިރު ހެޕީ ކްލަބް"ގެ ނަމުގައި ތަރައްޤީކުރާ ރިސޯޓްގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ދާނެ ކަމަށް، އެ ރަށް ޓޫރިސްޓް ރިސޯޓަކަށް ތަރައްޤީކުރަން ހަވާލު ކުރި "މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ އެއް ހިސާދާރު ކަމަށްވާ، ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު "ވަގުތަށް" ވިދާޅުވީ އެ ރިސޯޓްގެ މަސައްކަތް ކުރިއަށް ގެންދާނީ 3 ފޭސް އަކަށް ބަހާލައިގެން ކަމަށާ، ފުރަތަމަ ފޭސްގެ މަަސައްކަތް 6 މަސް ދުވަސް ތެރޭގައި ނިންމާލާނެ ކަމަށެވެ. ފުރަތަމަ ފޭސްގައި ހިމެނޭނީ 100 އެދުގެ ރިސޯޓެއް ކަމަށާ، އެގެ ތެރޭގައި ހިމެނޭނީ އަތިރި މަތީގައި އަޅާ ކޮޓަރިތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރިސޯޓްގެ ދެވަނަ ފޭސް އާއި ތިންވަނަ ފޭސް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅުވަރަކަށް އަހަރު ތެރޭގައި ނިންމަވަން މަސައްކަތް ކުރައްވާކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި އެ ތަނުގައި ކަނޑު އަޑީގެ ކޮޓަރިތަކާއި، ގޭމިން ސެންޓަރެއް އެޅުމުގެ ވިސްނުންވެސް ގެންގުޅުއްވާ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

އެ ޕްރޮޖެކްތަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާ، އެ ރަށުގައި ޤާއިމްކުރާ ސެންޓަރު އެޅުމަށްޓަކާ، ބޭރުގެ ކުންފުނިތަކާއި އެކު ވާހަަކަދައްކަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފައްކާ ރަށެއް މިއީ. ރިސޯޓެއް ހަދަން މިއަށް ވުރެ ފައްކާ ރަށެއް ނޯންނާނެ. އެހެންވީމަ މި ރަށް ލިބުމުގައި ދަތިތަކެއް ހުރީ. އަޅުގަނޑު ވަރަށް ހެޕީ މިތަން ލިބުނީމަ. މިތަން ވާނީ ފުރަތަމަ ފަހަރަށް މޫދު އަޑީގައި އަޅާ މިކަހަލަ ކޮޓަރިތަކަށް. މިއީ ވަރަށް ވާއު ޕްރޮޖެކްޓެއް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު "ވަގުތަށް" ބަސްތީގަތުމެއް ދެއްވަނީ: ފޮޓޯ ވަގުތު

ވ.ބޮޑުހުރާގެ މަޝްރޫ އާއި އެކު ރައްޖޭގެ ޓުއަރިޒަމް އަށް ވެސް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށާ، ބޭނުންވަނީ ބޮޑުހުރާ ތަރައްޤީކުރުމުގެ މަސައްކަތް ސްޕެޝަލް ޒޯން ޑިވެލޮޕްމެޓް (އެސްއީޒެޑް)ގެ ދަށުން ކުރިއަށްގެންދަވަންކަމަށް ޖާބިރު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ޓްއަރިޒަމް އޮޕަރޭޓްވާތާ 41 އަހަރު ވެއްޖެ. ރާއްޖޭގެ ޓުއަރިޒަމް އަށް އަންނަން ޖެހޭ ރަނގަޅު ހެޔޮ ބަދަލުގެ ތެެރެއިން މިވާނެ ފުރަތަމަ އިނީޝިއޭޓިވް އަސް. ދެން އެސްއީޒެޑް ޤާނޫނު އޮތީ ހަދާފައި. އެހެންނަމަވެސް އެ ޤާނޫނުގެ ދަށުން އަދި އެއްވެސް ޕްރޮޖެކްޓެއް ނުހިންގޭ. އެހެންވީމަ އެ ޤާނޫނުގެ ދަށުން އަޅުގަނޑު ބޭނުންވަނީ މި ޕްރޮޖެކްޓް ހިންގަން. މިއީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު، ވ.ބޮޑުހުރާގެ މަސައްކަތް ފެށުމުގެ ކުރިން އެ ރަށް ބައްލަވާލައްވަނީ: ފޮޓޯ ވަގުތު

ޖާބިރު ވަނީ ރިސޯޓްގެ ފޭސްތަކުގެ ތެރެއިން އެ ސަރަހައްދުގައި އެއާޕޯޓެއް ޤާއިމްކުރުމުގެ ވިސްނުން ވެސް ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ.

އަދި ޕްރައިވެޓް އައިލެންޑްގެ ކޮންސެޕްޓް ތައާރަފްކޮށް، ރާއްޖެގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް ގެންނާނެ ތަނަކަށް "ޖާބިރު ހެޕީ ކްލަބް" ވުމަކީ ކުރައްވާ އުންމީދެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ޖާގަ އެބަ އޮތް. މިއީ ޖާގަ އޮތް ތަނެއް. ބައިވަރު ކުދި ކުދި ޕްރައިވެޓް އައިލޭންޑްސް ފަޅު ތެރޭ ހަދާލަން ބޭނުން. އޭރުން ހަމަ އެމީހާ ޕްރައިވެޓް އައިލޭންޑްގައި ހުންނާނީ. އެހެންވީމަ އެ ކޮންސެޕްޓަށް މިތަން ހިނގާނީ. ދެން މިހާރު މިތަން ކުރަަހަމުންދާ ކުންފުނިތަކާއި ރާއްޖޭގެ އެކްސްޕާޓުން ދަނީ މި މަސައްކަތް ކުރައްވަމުން." ޖާބިރު ވިދާޅުވިއވެެ.

ވ.ބޮޑުމޮހޮރާގެ ފަޅު ކައިރީގައިވާ ސަރަހައްދު: ފޮޓޯ ވަގުތު

ވ.ބޮޑު މޮހޮރާއަކީ ގާތްގަނޑަކަށް ހަ ހެކްޓަރުގެ ރަށެކެވެ.

އެ ރަށް ރިސޯޓަކަށް ތަރައްޤީކުރަން ނިންމާފައި ވަނީ މެރިން ކޮންސްޓްރަކްޝަން މޯލްޑިވްްސް ޕްރައިވެޓް ލިމިޓެޑުންނާއި، ބޮޑު މޮހޮރާ ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އަކީ ސަރުކާރުގެ 10 އިންސައްތަ ހިއްސާ އާއި، ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ 10 އިންސައްތަ ހިއްސާ އަދި 80 އިންސައތްަ ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގަބުރު

    ޔާމީނުގެ ބައިވެރިވުމާއެކު ފެށި ވިޔަފާރިން ހަމަ އެޔާމީނު އަދަވަޅަށްވެއްޓާލި އެތައްބަޔަކު ގެ ތެރެއިން އެކަކު!

    33
    2
  2. ނަސީދު

    މިރައްމީނާއައް ލިބުނުގޮތެއް ބަލާލަން ވަރައް ބޭނުން ސަބަބަކީ ވަރައް ބޮޑު މައްސަލަތަކެއްޖެހުނު. ޜަށެއް ތީ

  3. އިސްމާޢީލްގެ ޢަލީ

    އަތުގަ ރުފިޔާ ހުރެގެން ހަދަނީކީނޫންދޯ؟ ތިގޮތަށް އަހަރެމެންނަށްވެސް ހެދޭނެ. ހުރިތާކުން ފައިސާ ހޯދައިގެން. ކޭބަލްކާރު ދުއްވަންވެސް ފައިސާ ހޯދަނީ ހަމަ ތިގޮތަށްތޯ؟ އަހަރެން ހަމަ އަޖައިބުވަން. މިރާއްޖޭގެ މީހުން މާއްދިއްޔަތަށް ދެވި ހިފާފަ ހުރިވަރުން. އެހެންޏާފަހެ މި ޖާބިރުމެން ހަމަ ކޮންމެ ވާހަކައެއް ދައްކާލިޔަސް ހަމަ ޤަބޫލުކޮށްލާވިއްޔަ. ބޮޑެތި ޢިލްމުވެރި ބޭފުޅުންވެސް ހަމަ އަތްޖައްސަވަނީ. ކީކޭ ބުނާނީ، އެއްދުވަހު ހޮނޑައިދޫ ބީޗްގަ މުޅި މޫނުފުޅު ވެލިފޮދު އުނގުޅުއްވައިގެން އިންނެވިއްޔާ އަނެއްދުވަހު މަޖިލީހުގައި ގަދަބސް ވިދާޅުވާން. ފައިސާ ކޮޅެއްވެސް ކޮންމެވެސް ވަރަކަށް ގެންގުޅޭހެން ހީވަނީ. އެއީ ވާވައްދާލާ މީހުން އެހާގިނައީ ފައިސާކޮޅެއްވެސް އަތުގާހުރީމަތާ. މަ ހަމަ ޙައިރާންހީވޭ!

    11
  4. ދިޔާނާގެފިރި

    މީނަގެ އެކައުންޓްތައް ފްރީޒްކޮށްގެން ބަލަން ވެއްޖެ ކޮންތާކުން ހޯދާ ކަޅު ފައިސާތަކެއް ތޯ!

  5. މެކް

    ތިފޭރިގަތީ ވ.ރަކީދޫ މީހުންގެ ހައްޤެއް

  6. ކަފަބުރު

    ޖާބިރައް ތިރައް ލިބުނީ ކިހިނެއް؟؟؟؟

  7. ކާށިދޫ ރައްޔިތެއް

    ކޮބާހޭ ކާށިދޫގަ ގެންގުޅުނު މުވައްޒަފުންގެ މުސާރަ. ގަންނަން އެއްބަސްވި ގޯތިތަކުގެ ބާކީ ފައިސާ. ތިހެން ފިލައިގެން އަބަދު ނޫޅެވޭނެ. ޕޭމަންޓްތައް ނުނިންމާ މިރަށަށް އަރަންޖޭނީ މީސްމީޑިޔާގަ ފަލީހަތްވާން.. ފަހަތުންވެސް ހިނަގާނަން. ޝަހާދެއް މިބުނީ. އަހަރެމެން އިތުރަސް ރުޅިގަދަ ކުރަން ނުހަދާ..