ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަ ގޮތުން ކުރެއްވި ދަތުރުފުޅަކަށް ރައްޔިތުންގެ މަޖިލީހުން ހަރަދުކުރިކަން ސާބިތުވުމުން، އެ ފައިސާ މަޖިލީހުގެ އިދާރާއަށް ދައްކަވަން އޭސީސީން އިއްޔެ އަންގަވާފައި ވާއިރު އެމައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އޭސީސީން ދައުވާ ވެސް އުފުލަން ޖެހޭނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން އެބަގެންދަވައެވެ.

ނަޝީދުގެ މައްޗަށް ދައުވާ ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެއް ބޭފުޅަކީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހްމީ އެވެ. އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ޙަމީދު ސުޕްރީމް ކޯޓުގެ މޮބައިލް ފޯަނަކުން ދަރިންނަށް ކްރެޑިޓް ޓްރާންސްފަރ ކުރި މައްސަލަ އޭސީސީން ބެލުމަށް ފަހު އޭނާގެ މައްޗަށް ދައުލަތުން ވަނީ ޖިނާއީ ދައުވާ އުފުލާފައި ކަމަށާއި ދައުލަތުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުްކުރުމުގެދައުވާ ނަޝީދުގެ މައްޗަށްވެސް އުފުލަންޖެހޭ ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި ޤާނޫނީ ވަކީލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު ވެސް ނަޝީދު އެކުރެއްވީ ކުށެއް ކަމަށެވެ. އެމާއްދާގައި ބުނެފައި އޮންނަނީ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީގަޑީގައި، އެ މުވައްޒަފަކު ލައްވައި އެހެން އެއްވެސް މުވައްޒަފަކު އަމިއްލަ ފައިދާއަކަށްޓަކައި، ގަވާއިދާ ޚިލާފަށް އަމިއްލަ މަސައްކަތެއް ނުވަތަ ކަމެއް ކުރުވުމަކީ، ކުށެއް ކަމަށެވެ.

މިފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ. އަދި މިކުށް ކުރުމުގެ ސަބަބުން ކުށްކުރި މީހާ ހޯދި މަންފާއާއި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު، އެމީހާގެ ކިބައިން އަތުލެވޭނެ ކަމަށް ވެސް ޤާނޫނުގައި ބުނެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި ޤާނޫނީ ވަކީލް ވިދާޅުވީ ނަޝީދާއި ގުޅޭ ގޮތުން އޭސީސީން ބެލި މައްސަލަ އަކީ ވަރަށް ސާފު މައްސަލައެއް ކަމަށެވެ.

"މިހާރު ވަރަށް ސާފުވެފައިވާ މައްސަލައެއް މިއީ. ނަޝީދު އެމަނިކުފާނުގެ އަމިއްލަފުޅު ބޭނުމަކަށް މުވައްޒަފުން ބޭނުންފުޅު ކުރެއްވި ކަމާއި، އަދި ދައުލަތުގެ ފައިސާ ވެސް އަމިއްލަފުޅު ބޭނުމަކަށް ބޭނުން ކުރެއްވިކަން. އެހެންވީމަ މިއީ ފައިސާ އަނބުރާ ދައްކާ ގޮތައް އެންގުމަށް ވުރެ މާބޮޑަށް ސާފު މައްސަލައެއް. މިއީ ދައުވާ އުފުލަން ޖެހޭ މައްސަލައެއް. އަދި ކުށް ސާބިތުވެސް ވާނެ މައްސަލައެއް." އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު ގއ. ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ފުވައްމުލަކާއި އައްޑުއަށް ނަޝީދު ކުރެއްވި ދަތުރުފުޅުގެ ސަބަބުން، އެ މަނިކުފާނުގެ އަރިހުގައި ދިޔަ ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ ޓިކެޓަށް 444 ރުފިޔާ އިތުރުވި ކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ.

އޭސީސީން އެންގީ 444 ރުފިޔާ އަނބުރާ ހޯދުމަށް ފަހު މަޖިލީހުގެ އިދާރާއިން އެކަން އެ ކޮމިޝަނަށް އެންގުމަށެވެ.

އިއްޔެ ނަޝީދު ވަނީ އޭސީސީގެ ނިންމުމަށް ޖޯކް ޖައްސަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސެކިއުރިޓީން ނެތި ތަނަކަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެހެކަމުން އެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެއްކެވުމަށް ނަޝީދު އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޢާބިދާ

    ކޮންމެ ގޮތަކަށް ކިތަންމެ މަދު ޢަދަދަކުން ކުރިޔަސް ވައްކަންވާނީ ވައްކަމަށް ނޫންތޯ؟ ދައުވާ ނުކުރަންޖެހޭ ސަބަބެއްނެތް ދެއްތޯ! ކުޑަ ޢަދަދަކުން ކުރާމީހަކު ބޮޑު ޢަދަދަކުން ވައްކަން ނުކުރާނެ ކަމަށް ނުބެލެވޭ، ކުރާ މިކަހަލަ ވައްކަން އެގޭނަމަ ބޮޑު ޢަދަދުންކުރާ ވައްކަންވެސް އެގުނީސް ތިވައްކަމަށް އަންނަންޖެހޭ ޝަރުއީ ޙުކުމް ކުރިމީހާގެ މައްޗަށް އަންނަންޖެހޭ

    118
    2
    • ނަކް

      ބުރޯ ވާނުވާ އެނގިބަލަ މާލިއްޔަތު ޤަވާއިދުން އެއީ ރީއެންބާސްކުރާ ފައިސާ.. ކޮންމެ އޮފީހަކުން އާދައިގެ މުވައްޒަފަކު ދަތުރު ދިޔަޔަސް ޚަރަދަށްވުރެއް އިތުރަށް ފައިސާދޭނެ އެޑްވާންސްކޮށް ބޭނުންކުރަން (އިންސިޑެންޝިއަލަ ހިމެނޭހެން) ބިލްތަކާއެކު ރިޕޯޓް ހުށަހެޅީމަ އިތުރަށް އިންބައި ރީއެންބާސްކުރަން އަންގާނި ފުރަތަމަ.. ދައްކަން ނުޖެހޭކަށް ފީލްވެ ނުދައްކަންޏާ އޮޑިޓް އޭސީސީ ކަހަލަތަންތަނުން ބަލާފަވެސް ފުރަތަމަ އަންގާނި އެ ރީއެންބާސްކުރަން.. ތިޔަ ދަޢުވާއާ އަނެއް އެއްވަކާ އަދި އޭގެ މާގަހުގެ ކަމެއް..ވައްކޭ ކިޔަނީ އޭގެ މާނަ އެނގޭތަ؟؟ ވައްކަމުގެ ނިސާބަކީވެސް 2.4 ގުރާމް ރަން ނުވަތަ އޭގެ އަގު

      4
      94
      • Anonymous

        ނުނޭ މާލިއްޔާތު ގަވާއިދުން އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއްނޫން ހުއްދަނުކުރާ އެއްވެސް ފައިސާއެއް ޚަރަދު ކުރުމަކީ. ތިއުޅެނީ ބޮޑެތި ދޮގުތަކާ މަކަރު ހަދައިގެން ރައްޔިތުން ވާވައްދަން.

        6
        1
        • ދެބަންދިހާރު

          ބުރޯ ދަތިރު އެލަވަންސަކީ ކިހިނެއް ވާ އެއްޗެއްކަން ދަސްކުރޭ ފުރަތަމަ.. ބަލަ ދަޢުލަތުގެ ހުރިހާ އިދާރާއަކުންވެސް އެޑްވާންސްށް ހަރަދުކުރަން ދޭ އެއްޗެކޭ ދަތުރު އެލަވަންސަކީ އެ ބޭނުންކުރީވެސް ދަތުރުގެ ކަންކަމަށް. ދަތިއަކަށް އަނތްބަކަށް ނޫން.. މާލިއްޔަތު ޤަވާއިދުގަ ދުވާލަކަށް ފައިސާ ގުނާ ގޮތުން ހުރިހާ މުވައްޒަފުންނަށް ވެސް މި މައްސަލަ ދިމާވާނެ.. ޤަވާއިދުގަ އޮވޭ އެހެންވީމަ ދެން ހަދަންޖެހޭ ގޮތްވެސް އެއީ އެފައިސާ އަނބުރާ ދައްކަން އެންގުން.. ދަޢުވާ އުފުލާލަށް ނޯވޭ.. ޤާނޫނާ ޤަވާއިދު އެމގިގެން ހަޅޭފަޅޭ ޖަހާބަލަ.. ޑީފެކުސަނުގަ މުޅިންވެސް އުޅޭ ދެބަން ދިހާރުން

      • ...

        ކިތަންމެ މަދު ނުވަތަ ކުޑަ ވިޔަސްް ވާނީ ވައްކަމަށް...ނިސާބު ހަމަ ނުވާނަމަ އަތް ބުރި ނުކުރާނެ...އެކަމަކު ހައްދު ޖެހޭނެ....މިއ އިސްލާމްދީނުގައި އޮތްގޮތް....ޑިމޮކްރަސީގަ އޮތްގިތެއް މަށަކަށް ނޭނގޭ...

        • ނަކް

          ނުކުރެވޭނެއޭ ނުވާނެއޭ ދެން އަންނަ ވެރިކަމެއްގަ ވެސް މިކަމަކަށް ލާހިކު ކުޅަދާނައެއް ނޫން ތިޔަ އެއްވެސް ދަޢުވާއެއް ކުރާކަށް.. އެހެން ކަމަކަށަ ކޮށްފަ ޖަލަށްވެސް ލައިފާނެ.. މަކަމަކަށް ނުވާނެ އެއީ މިހާލަތުގަ އަމަލުކުރަންޖެހޭ ގިތް ޤާނޫނުގަ ވަރަށް ސާފުވީމަ.. އަނބުރާ ހޯދަން އޮންނަނީ.. މި މައްސަލައިގަ ދަޢުވާއެއް ކުރަން ވެއްޖެއްޔާ ދަޢުލަތުގަ ނޫޅޭނެ ދަޢުވާ ނުކުރާނެ އެކަކުވެސް ދަތުރުފަތުރުތައް ކިރާ އިދާރާތަކުގަ.. އެހެންވީމަ ތެޅުނު ތެޅުނުހެން ދާނި ހުޅުނބު ހަމަޖެހިގެން ތިބޭ ފިެްތާލައިގެން އޯކޭ

      • ބުރޯ

        1 ގުރާމް އަތުގާހުއްޓަސް ވާނީ ވިޔަފާރީގެ ބޭނުމަށް ކަމަށް

  2. ކާފަބޭ2020

    މިހާތަނަށްކޮށްފަހު ރި ހުކުމްތައްހު ރީހުދުކާފޫ ރު ހުލިވާފަދައިން ހު ރިހާހުކުމެއްބާތިލުކޮށްފަ ވީމާ މިސަ ރުކާ ރުޕެ ރަލައިޒްވެފައޮތީމަ ތިޔަކަންވާނީހުލި ޤާނޫނީބާ ރުގެބޭ ރުންއައިސަ ރުކާ ރެއްވީމަ ހަމަވާނީހުލި

    20
  3. ޢަންޑޭ

    ޥައްކަންކޮށްފައި އެއިންވިޔަފާރިކޮށް ފައިދާހޯދައި މުއްސަނދިވީމަ ދެން އެއްކަލަކުރިން ކުރިވައްކަމުންނެގި ލާރިގަނޑު އަނބުރާ އޭގެވެރިފަރާތައް ދިނީމައެނިމުނީތަ؟ މީ ގައުމެއް!

    23
  4. މޯދީ

    އޭސީސީއަކަށް ނުނިންމޭނެ ފައިސާ ހޯދާފަ މައްސަލަ ފައިލްކުރާގޮތަށް. ކޮމިޝަނުގެ ޤާނޫނު ބުނާގޮތުން ނިންމޭނީ ކޮރަޕްޝަން ނެތިއްޔާ ނެތްކަން. އޮތިއްޔާ ދަޢުވާކުރަން. ފައިސާ ހޯދާފަ ދަޢުވާ ނުކޮށް މައްސަލަ ނިންމުމުގެ ބާރު އޮންނާނީ ޕީޖީ އަތުގަ. އޭސީސީގެ މެންބަރުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މިއޮތީ ނާޖާއިޒު ފައިދާއެއް ހޯދާފަ. އެއީ މަޤާމުގަ ދެމިތިބުމުގެ ގެރެންޓީ.

    27
  5. ނައީމް

    ޖައްސަބަލަ ކީއްވެ ދުރުގަހުރެގެން ތިކިޔަނީ ހުސް 4ކުން ނިންމާނީ މިކަލޭގެ އައްވެސް ސިލްސިލާ އަދަބެއް އަންނާނެ ތައްޔާރުވޭ ބާކީ 2އަހަރު ބޫންބޫން ލާފަ ނިމެނީ ކުރެވުނުކަމެއް ހަރާން ހުސް ވައުދު ކަނޑުއަޑީ ހުވަފެނީ ތަސައްވަރު ހެދުނުގޯސް އިސްލާހުކުރަން ރައްޔިތުން ތައްޔާރުވެއްޖެ. މާ ގިނަ އިރުތަކެއް ނުވާނެ ވިސްނުން ބަދަލްވެއްޖެ ހީވެސް ނުކުރެވޭ ވަރުގެ މީހުންގެ ވިސްނުން ބަދަލްވެއްޖެ.

    22
  6. މާލެ ބޭބެ

    މިއީ ސާފް ކަރަޕްޝަން.. ދައުލަތުގެ އެންމެ ރުފިއާ އެއްގައި ޖެހުނަސް ދައުވާ ކުރެވެންވާނެ؛ ނަޒާހައްތެރިކަމެނެތް.
    ދައުވާ އުފުލަން ރައްޔިތުންގެ ޕެޓިޝަނެއް ހަދަން ގޮވާލަން.
    ސަރުކާރުގެ ފައިސާގައި ޖެހިއްޖެ... ދައުވާކުރޭ، ހަމަ ހަމަ ކަން ..އިންސާފު... އަދަބު. ރ.ޔާމިން ބޮލުގަ ބަދުނާމް އަޅުވާފަ އަދަބް ދިނީމަ ނުނިމޭ.. ނޫމަޑީގެ 55 މިލިއަން ޑޮލަރގެ މަށްސަލައިގައި ދިގު މުއްދަތަކަށް ރ.ސޯލިހު ޖަލަށް ލެވޭނެ.

    22
  7. ދޯދި

    އަލްހާނު ކައިރިން އަހާބަލަ ޔާމީނު ނެގިހައި ފައިސާގެ މައްސަލަ ބަލަން ޓުއިޓެއް ކުރެވިދާނެތޯ؟

    8
    29
    • Anonymous

      ޔާމީންގެ ކަމެއް ފެނޭތޯ ބަލަން 12 މަސް ހޭދަކުރި. އެކައްޗެއްވެސް ނުފެނުނު. ދެން ކުރާނެ ނުކުރާނެ ކަމެއްނޭނގި، ޖަލުގައި އޮތް ފާސިގުންގެ 2 މީހުން ނެރެ ދޮގު ހެކިބަސް ނަގައިގެންވެސް އިސްލާމީ ޝަރީޢާ އަދި ކޮމަންލޯ ސިސްޓަމްގައި ކްރިމިނަލް މައްސަލައެއް ޘާބިތުކުރާ މިންގަނޑު ކަމުގައިވާ "އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް" ލޭމަނުންގެ ބަހުރުވައިންނަމަ %95 ނުވަތަ އެއަށްވުރެ ބޮޑަށް އެކަމަކީ ހިނގިކަމެއްކަން ގަބޫލުކުރެވޭ މިންވަރަށް ހެކި ނުލިބުނު. ދެން ހެދިގޮތަކީ ހަސަދަވެރިން ބޭނުން ގޮތަކަށް ހުކުމް ކޮށްލީ. ހަސަދަވެރިންނަކީ ދިވެހި ގައުމު ތަރައްޤީވުމުން އެކަމާ ދެރަވާ މީޙުން.

      20
      1
    • އިންސާފު ގާއިމް ކުރޭ

      ނުޖެހޭ ދޯ އަހާކަށް. މިސަރުކާރުގައި ތިބި މީހުން ވެރިކަމަށް އައީ ޔާމީނަށް ވަގަށް ގޮވާފައި. އިތުރަކަށް މީހަކު ޓުވީޓަކުން ޔާމީނު ކުރި ވައްކަންތަކުގެ ހަނދާން އައު ކޮށްދޭކަށް ނުޖެހޭނެ! މިހާރު މިއޮތީވެސް ވަގު ސަރުކާރެއް. ވަގު މަޖިލީހެއް.

      17
  8. ޖަމަލުފޮޑި

    ނަޝީދު ޚަރަދުކުރި 444 ރުފިޔާ އަނބުރާ ދައްކަން ޖެހޭނީ. އެހެންފައިސާއެއް ދައްކައިފިއްޔާ ވާނީ މަނީލޯންޑަރ ކުރިކަމަށް.

    21
  9. އުތުރުން

    ނަސީދުގެ މައްޗަށް ދައުވާ އުފުލުމަށް ގޮވާލަމެވެ އަދި އޭނާ
    ކުރައްވާފައިވާ ގިނަގުނަ ކުށްތައް ތަހްގީގު ކުރުމަށް ސަރުކާރަށް ގޮވާލަމެވެ.

    21
    1
  10. ދުންމާރި4

    ކޮފީ ޕަކެޓު ގެޔަށް ގެންދިޔަ މީހާގެ މައްޗަށް ދަޢުވާކޮށް އަދަބު ކަނޑައެޅި މި ނަޝީދު މިކަހަލަ އެތައް ކަމެއް އެބަކުރޭ މީނާޔަކީ މިކަހަލަ ކަންކަން ހުއްޓުވުމުގެ އިސް މަޤާމެއްގަ ހުރިމީހެއް އެހެންވީމާ އަދަބު ބޮޑުވާންޖެހޭ ދައުވާވެސް ކުރަންޖެހޭ ނިކަމެތި ރައްޔިތުންނަށް ނޭނގިކުރެވޭ ކުދިކުދި މިފަދަ ކަންކަމުގަ ދަޢުވާކޮށްފަ މީނާޔަށް ދަޢުވާ ނުކުރުމަކީ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާއާވެސް ޚިލާފުކަމެ އަވަހަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ނަޝިދުގެ މައްޗަށް ދަޢުވާކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަން

    14
  11. ހަހަަހަ

    ގެއްލެނީ ގެއްލެނީ ގޮނޑި ގެއްލެނީ

    14
  12. ނަސޭހަތް

    އޭސީސީ މިނިވަން ކަމާ އެކު މަސައްކަތް ކުރުމަށް ގޮވާލަން. ވަކި މީހަކަށް ތަފާތު ކުރުމެއްނެތި ޤާނޫނު ހިންގުމަށް ވެސް އިލްތިމާސް ކުރަން.

    16
  13. ?ޖާބިރު.

    އަލްހާނު ތީ ބޮލުގަ އެއްޗަކުން ޖެހިފައި ހުންނަ ބޭކާރު އަގަތަޅާމީހެއް.

    2
    17
  14. އާދަނު

    ނަޝީދޫ. ތިޔަ އޮތީ ތިބާގެ އަތަށް ގޮވައިފަ. އަދިވެސް ކޮންމެވެސް އަޑެއް ލައްވައިލެވޭތޯ ބަލާތި.

    14
  15. ސަންތިމަރިޔަބު

    ޒީރޯޓޮލަރަންސްގެ ލާމަސީލު ނަމޫނާއެއް ދޮތަ
    ހަމަހިނިއަންނަނީ

  16. ނަޝީދު

    ކިތައްމެ ކުޑަ ނަމަވެސް ހިޔާނާތެއް ވާނީ ހިޔާނާތަކަށް ތީ ހަަމަ ރައްޔިތުންގެ ފައިސާ ދައުވާ ކުރަން ޖެހޭ...

  17. ފަރެސް

    ޝަރިޢަތްކުރަންޖެހޭވަރުގެކަމެއްކޮށްފިނަމަ މޫނެއް،ކަނދުރާއެއް،ކުޑައެއްބޮޑެއްބެލުމެއްނެތި ގާނޫނުގެ
    އަތްފޯރާ ގާނޫނުގެ ކުރިމަތީގައި ހުރިހާފަރާތެއް ހަމަހަމަވެގެންއިންސާފުލިބޭނީ ވައްކަމެއްކޮއްފިނަމަ
    ކުޑަވައްކަމަކަށްވިއަސް ވައްކަމަކަށްވާނެ މަރައިފިނަމަ ކުޑަކުއްޖަކުމެރިއަސް މެރިކަމަށްވާނެ މަސްތުވާތަކެތި ކުޑަކޮށްބޭނުންކުރިކަމުގައިވިއަސް ބޭނުންކުރިކަމަށްވާނެ ޒިނޭކުރުން ކުޑަކޮށް
    ކުރިކަމުގައިވިއަސް ކުރިކަމުގައިވާނެ ނަމަވެސް ހިތާމައަކީ ގާނޫނުގެ ބާރުނުފޯރާ ގާނޫނަށްވުރެ
    މަތީގައި ތިބޭފަރާތްވާތީ ވީމާ 13 އަހަރުގެ ޖަލުހުކުމަށްވީގޮތް މިކަމަށްވެސް ނުވުންއެދެން
    ދޮގެއްހަދައިފިނަމަ އެދޮގުފޮރުވަން އިތުރުދޮގުހަދާފަދައިން ކުޑަވައްކަންކުރާފަރާތެއް ބޮޑެތިވައްކަންވެސްކުރާނެ އަދި ދެކެވޭނީވެސް މިގޮތަށް

  18. ސަޓޯ

    ބައި ރުފިތާވެސް ވާނީ ވައްކަމަށް...

    10
  19. ޖިންނި

    މާކުން ނަޢީމް ވީމާ ވަކި ގޮތެއް މި މީހާ ވީމާ ވަކިގޮތެއް އޮވެގެން ނުވާނެ މި މީހާ މަގާމުން ވަކިކުރެވެން ޖެހޭނެ

  20. ޭލަކަި

    މީގރ އަހަރުތަކެއް ކުރިން ސިވިލްސާވިސް ކޮމިޝަންގައި މަސައްކަތް ކުރި މަސައްކަތުމީހެއް އެތަނުގައި ހުރި ޝަވަޖެލް ފުޅިއެއް ދެބައި ކޮއްފަ ހުރި ފުޅިއެއް ގެންދިއުމުން ކޯޓުން ހުކުމްކޮއް އެ މުސްކުޅި އަންހެން މީހާ ރަށަކައް އަރުވާލީ އެހެން ވީމަ 26 ރުފިޔާ އަށްދޭ ސަވަޖެލް ފުޅިބއަދި 444 ރ އެއްވަރު ނުވާނެކަން އަންގަން އަދި މި ކަމުަގައި އިހްމާުވެފަ އޮތުމްުން ހައްގު އަދަބު ދޭންޖެހޭ

  21. ޔާމިން

    ބައި ރުފިޔާވެސް ވަަގަށް ނަގިފިއްޔާ ވާނީ ވަށްކަމަށް. ދައުވާ ކު ރޭ. މީ ދައުލަތުގެ ރުފިޔާގައި ނުޖެހޭނަމޭކިޔާފަ ވެ ރިކަމަށް އައި މީހުނައްވީވަ ރަކީ ޕޖ ސަމީމުއަށް ގޮވާލަން ނަޝީދުގެ މަންޗައްދައުވާ ކު ރުމަށް ގޮވާލަން.

  22. އިސްތިއުފާ

    ބޮޑު ވަގު

  23. އަދީބު

    ޔާމިން އަދި ނަޝީދު އެއް ގޮޅިއަކަށް ލާން ފެނޭ، ރާއްޖޭގެ އެންމެ ބޮޑު 2 ވަގުން

  24. Anonymous

    އަލްހާނަކީ އަޒުހަރުން ފާސްނުވެގެން ކަނޑާލި ބޮލެއް.. ވަގަށް ލޯޔަރެއްކަމަށް ދެއްކިގެން އުޅުނީ އެތަން މިފެންނަނީ.. ބަލަ ދަޢުލަތުގެ ހުރިހާ އިދާރާއަކުންވެސް އެޑްވާންސްށް ހަރަދުކުރަން ދޭ އެއްޗެކޭ ދަތުރު އެލަވަންސަކީ އެ ބޭނުންކުރީވެސް ދަތުރުގެ ކަންކަމަށް. ދަތިއަކަށް އަނތްބަކަށް ނޫން.. މާލިއްޔަތު ޤަވާއިދުގަ ދުވާލަކަށް ފައިސާ ގުނާ ގޮތުން ހުރިހާ މުވައްޒަފުންނަށް ވެސް މި މައްސަލަ ދިމާވާނެ.. ޤަވާއިދުގަ އޮވޭ އެހެންވީމަ ދެން ހަދަންޖެހޭ ގޮތްވެސް އެއީ އެފައިސާ އަނބުރާ ދައްކަން އެންގުން.. ދަޢުވާ އުފުލާލަށް ނޯވޭ.. ޤާނޫނާ ޤަވާއިދު އެމގިގެން ހަޅޭފަޅޭ ޖަހާބަލަ

  25. Anonymous

    އަލްހާނަކީ އަޒުހަރުން ފާސްނުވެގެން ކަނޑާލި ބޮލެއް.. ވަގަށް ލޯޔަރެއްކަމަށް ދެއްކިގެން އުޅުނީ އެތަން މިފެންނަނީ.. ބަލަ ދަޢުލަތުގެ ހުރިހާ އިދާރާއަކުންވެސް އެޑްވާންސްށް ހަރަދުކުރަން ދޭ އެއްޗެކޭ ދަތުރު އެލަވަންސަކީ އެ ބޭނުންކުރީވެސް ދަތުރުގެ ކަންކަމަށް. ދަތިއަކަށް އަނތްބަކަށް ނޫން.. މާލިއްޔަތު ޤަވާއިދުގަ ދުވާލަކަށް ފައިސާ ގުނާ ގޮތުން ހުރިހާ މުވައްޒަފުންނަށް ވެސް މި މައްސަލަ ދިމާވާނެ.. ޤަވާއިދުގަ އޮވޭ އެހެންވީމަ ދެން ހަދަންޖެހޭ ގޮތްވެސް އެއީ އެފައިސާ އަނބުރާ ދައްކަން އެންގުން.. ދަޢުވާ އުފުލާލަށް ނޯވޭ.. ޤާނޫނާ ޤަވާއިދު އެމގިގެން ހަޅޭފަޅޭ ޖަހާބަލަ.