އިބްރާހިމް އިސްމާއިލް (އިބުރާ) ގެ މަންދު ކޮލެޖުން ބަދަލުގެ ގޮތުގައި ސަރުކާރު އަތުން 200 މިލިއަން ރުފިޔާ ހޯދުމަށް ދައުވާ ކުރުމަށް ނިންމައިފިއެވެ.

އެކޮލެޖުން ބަދަލު ހޯދަން ނިންމާފައި ވަނީ މީގެ ކުރިން މަންދު ކޮލެޖު ހިންގަމުން ދިޔަ މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ގެ އިމާރާތުން ބޭރުކުރި މައްސަލާގައެވެ.

އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދީފައިވާ ގޮތުގައި މަންދު ކޮލެޖުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަނީ އަންނަ ހަފްތާގެ ތެރޭގައެވެ. އެކޮލެޖުން މަސައްކަތް ކުރަމުން އަންނަނީ 200 މިލިއަން ރުފިޔާ ދައުލަތުން ހޯދުމަށް ކަމަށްވެސް ވެއެވެ.

އެމްއީއެސް އިމާރާތް މަންދުކޮލެޖުން ހިންގަމުން ދަނިކޮށް އެތަނުން ނިކުތުމަށް އަންގާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. ސަރުކާރުން އެންގި އެންގުމަށް ތަބާނުވެ މަންދު ކޮލެޖުން އެއިމާރާތުން ނުނިކުތުމުގެ ސަަބަބުން، އޭރުގެ އެޑިއުކޭޝަން މިނިސްޓްރީ އިން އެމްއީއެސް އިމާރާތުގެ ދޮރާށީގައި ތަޅުއެޅުވިއެވެ.

މަންދު ކޮލެޖްގެ ވެރިޔާ އިބްރާގެ އާއިލާ މެންބަރުންގެ ހިއްސާ އޮންނަ "ބިގް" އަށް ވެސް މި ސަރުކާރުން ވަނީ ބަދަލު ދީފައެވެ. "ބިގް" އަށް ބަދަލުގެ ގޮތުގައި ސަރުކާރުން 78 މިލިއަން ރުފިޔާ ދިނެވެ.

އިބުރާ އަކީ މިނިސްޓަރ ފައްޔާޒް އިސްމާއިލާއި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ ހަސަން އިސްމާއިލްގެ ބޭބެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ސީދި

    އިބްރާއަށްވެސް ބަދަލުދޭން ވަރަށްބޮޑަށް ފެނޭ. ރައްޔިތުންގެ މާލިއްޔަތުން ބަދަލުދީދީ މިއޮއްހުސްކޮށްލަނީ. މީ ވަރަށް މަޖާކަމެއް.

    87
    2
  2. ދާހިލީ

    ދަވާލާ ގުޅިގެން ހެޔޮ ގޮތުގައި ދަވާލާ ބައި އަޅާ މީހުން ލިސްޓް ކޮބާ ؟

    65
    1
  3. ޔޭސް

    ލާރިގަނޑެއް އަނެއްކާވެސް. މަނީ މަނީ ޔޭސް ސާ. އީވާއަށް އަޑުއިވޭތަ؟

    84
  4. ?ޖާބިރު.

    ސުބުހާނައްﷲ. އިބުރާ ތިއުޅެނީ އަހަރުމެން ބައްޑައްޖައްސަންތަ؟. ފަޑިޔާރުގެ އައް ބައި އަޅައިގެން މަކަރުން ފައިސާގަޑެއް ދަމައި ގަންނަން ނޫލޭތި. ތިކަމެއް ދެނެއްނުވާނެ.

    48
    4
  5. 19 ނަވާރަ

    ކޮއްކޮ އަރިހުގަ ދެންނެވީމާ މާ ބޮޑު ކަމަކަށް ނުވާނެ ރައްޔިތު މީހާއަށް ނުއެގި ތިކަން ކޮއްދެއްވާނެ. ބަދަލު ވިޔަފާރި. ދެމެހެއްޓެނެވި ތަރައްގީ

    63
  6. ބޯކިބާ

    މާލޭ ގޭގެއަށް އެކިނަންނަމުގަ ހަޒާނާގަހުރި ފައިސާކޮޅުދީދީ ހުސްކޮށްފި.

    53
  7. ދަންނަ

    ކޮބާތޯ ތާލީމީ ފަންޑުން ނެގި ލާރިތަށް

    57
  8. ސަޓޯ

    މިއީ ކޮން މޮޔައެއްތަ

    50
    1
  9. މާޅުވެލި

    ރައްޔަތުންނަށް ހެއު ސަރުކާރު، ތިހެން ރުފިޔާތައް ބައި ބަޔަށްއަޅާ ޤައުމު ހުސްކޮށްފި

    26
  10. ޔާމިން

    200 މިލިއަނުން 50 މިލިއަން ކެނަ ރީގެ ނަޝީދުއަށް ދީ އޭ ރުން ވަ ރަށް ފަސޭހައިން މަންސަލަ ނިމުނީ އިބު ރާއަށް 150 މިލިޔަން ރުފިޔާ. މީތި ސަޅި.

    25
    1
  11. އަލިބެއްޔާ

    ތިޔައިން ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ކޮށްލަން ޖެހޭ ސުވާލަކީ ވައްކަމަކީ ކޮބައި ތޯ؟ -/200،000،000 އަކީ ކުރިޔަށް އޮތް 50 އަހަރު މަންދު ކޮލެޖް ހިނގި ނަމަވެސް ފައިދާ ނުވާނެ އަދަދެއް.. މި ނުވޭ ތޯ ވައްކަމަކަށް.

    30
  12. ވަތަން އެދޭ

    މަ ބޭނުމެއް ނޫން ދޭކަށް މަގޭ ޓެކްސް ފައިސާއިން ފޫހިބައިގަނޑެއްތީ އެކަމު މަ ދޭން ބޭނުން ނުވިއަސް ދޭނެ ތާ!

    24
    1
  13. އަލީ ނާޒިމް

    އަދިވެސް ބޯގަންވިލާގެއަށް ލިބުނު ލާރި މަދުވީ؟؟ މުޅި ދައުލަތް މިޔޮގެން ދަވާލަނީ!

    26
  14. ޝަބީރީ

    އެގްރިމެންޓްތައް ހަދާފައި ހުންނަނީ މާޒީއަށް ނުހަނު ފައިދަ ބޮޑުވާ ގޮތަށެވެ، އިބްރާ އަކީ ޢަރަބިއްޔާ ސްކޫލު ދަވާލި މީހެކެވެ. އެކި ނަންނަމުގައި އެކި ކަންކަން ކޮށްދިންކަމަށް ބުނެ ޢަރަބިއްޔާގެ ބަޖެޓް ހުސްކުރަން ޖެހުނީ ހިޔަޅަށް ޅަކޮތަރު ދޭން ޖެހުނު ގޮތަށެވެ.

    18
  15. ޒާ

    އިބުރާއަށް ތިޔަފައިސާ ދޭނެ މީހުން މިސަރުކާރުގައި ތިބީ. އެހެންވެ އެކަން ކުރަނީ އެ ވިޔަފާރީގެ ތެރެއިން

    22
  16. މުޖޫ

    ބަލަ ސަރުކާރު ބިމެއް. ސަރުކާރުން ބޭނުންވެގެން ބުނުމުން ނިކުންނަން ޖެހޭނެ. އެއިީ އިބްރާ އަކާ ބެހޭވެސް ބިމެއްނޫން

    24
  17. މަމޮޅު

    ރައްޔަތުނަށް ދެއްކެން ކޮންމެހެން އިބުރާ ކޯޓަށް ދާނެކަމެއްނެތޭ އެލާރި ނުލިބިގެނެއް ނޫންއިބުރާ ތިއުޅެނީ އަޑެއް އަރުވާލަން ދެއްކިވާހަކައެއް ތިއީ ތިއީ އެމްޑީޕީމީހެއްނު ސަރުކާރަކީވެސް ތިއީ ކޯޓަކީވެސް ތިއީ ރައީސަކީވެސްތިއީ ދެން ކޮންހާގިނަ ހާސަރުތަކެއް ދަމާކަށް ތިއިބުރާބޭނުންވާ ހުރިހާ ކަމެއް ކުރެވޭތޯބަލާނެ ރައްޔަތުން ބަޑަށްޖައް ސާފަވެސް މިލާދީނީ ސަރުކާގެ ގުންޑާއެއް ނުތީ ކޮންމެހެން ރައްޔަތުން ގުބޯހައްދާ ނޫޅޭތި ތިއިބުރާތިއީ ކާކުކަން ރައްޔަތުން ރަނގަޅަށް ދަންނާނެ ކޮންމެހެން މަމޮޅުހެދި ގެން ނޫސްތަކަށްއަރާ މަމޮޅުހެދޭނެ ކަމެއް ނެތްކަލޯ ތިލާދީނީ ބައިގަނޑު ލާރިޔާހެދި ބޫތުކައިގެން ވެރިކަން ފޭރިގަތީވެސް ދެދުނިޔޭ ންވެސްތިލާދީނީ ބައި ގަނޑަށް ހަލާކުހުރި.

    14
  18. އ. ޖ. އ

    ހަމަ ޔާމީނުގެ ބަލާ މީ

  19. ހުސޭނުބޭ

    ފައިނޭންސް މިނިސްޓަރު ހަމަ ވިދާޅުވިގޮތަށް ވައްކަންވެސް ކުރާނީ ބަޖެޓްކޮށްގެން! އިބުރާ މިއީ މި އަހަރަށް ކަނޑައެޅި ބައިއަޅާންޖެހޭ ނީހުންގެ ގޮތުގައި ބަޖެޓްކުރެވިފައިވާ ވަގެއްކަން ވިސްނިއްޖެ!

  20. ކުޑަބެ

    1980 އަދި 1990 ގައި ރާއްޖޭގެ އެއްމެ ވިދާލި އަދި އެހާރާއި މިހާރުވެސް ސަރުކާރުގައި ހިމެނޭ ހިންގުންތެރި ބޭފުޅުންނަކީ އެމް.އީ.އެސް އިން ކިޔެވި ބޭފުޅުން.. މިއަދު މިބޭފުޅުން ކިޔެވި ސްކޫލް ، އެމް.އީ.އެސްގެ ގޮތުގައި ފެންނަން ނެތުމަކީ ހިތާމަހުރި ކަމެއް...... މިކަމުގެ ޒިންމާ އިބްރާ ނަގަން ނުޖެހޭނެތޯ.....

  21. ޖެނީފޯކުލެންޑު

    ދައުލަތުގެ ޚަޒާނާ ކައިހުސްކުރަނީ ވަގުންނަކީކޮބައިކަން މިހާރު މިއެގެނީ ކުރީސަރުކާރޭކިޔައިގެން އަހރުމެންނައް އޮޅުވާލައިގެން އަހަރުމެންލައް ވާ އެސަރުކާރައް އެއްޗެހިކިޔުއް ވާފަ ހަޔާތކުޑަކަން

  22. ވޮއްލެ

    ތިޔަފައިސާ ލިބޭނެކަން ހަމަޔަގީން. އަވަހަށްކޯޓަށް ވަޑައިގަންނަވާ.

  23. ހިތރަ

    އޭތެދެއް! މަވެސް ބޭނުން ތާލީމީ ފަންޑުން ނެގި ލާރިތަކަށް ވީގޮތް ބަލަން. އަދި ނުދައްކާ ހުރިއްޔާ އިންޓަރަސްޓް އާއެކީ ނަގަން! ވަގުތު ނޫހުން އިސްނަގައިގެން މިކަން ބަލާބަލަ! ކެރެންޔާ!

  24. ހިޗޭ

    "ދަންނަ" އެބުނީ ރަނގަޅު ވާހަކަޔެއް. އެއީ ތަހުގީގު ކުރަން ޖެހޭ ބޮޑު މައްސަލައެއް.

  25. މޮންޓް

    ތިޔ ލާދީނީކަލޭގެއަށް މަގޭއަތުންނަގާ ޓެކުހުން އެންމެފައިސާފޮއްޗެއްވެސް ދީގެންނުވާނެ ތިޔއީ ކޮލެޖެއްތަަ ނުނީ ސެޓްފިކެޓް ވިއްކާ ފިހާރައެއްތަ!

  26. ކޮރު

    މުޅި ދައުލަތުގެ ރިޒާވް ވެސް މި ސޮރަށް ދޭންވީ

  27. ޓބޗ

    ޙެހެހެ

  28. ބޮޑު ފަރަންޖީ

    ކިހާ ބޮޑު ނުހޮރޮއްޕާނެއް މީދެން