އަވަށްޓެރި އިންޑިއާގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލެމުންދާ ކަމަށާއި އެ ގައުމާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި، ޕީޕީއެމް އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާގައި ލަތީފް ވިދާޅުވީ ރާއްޖޭގައި މިއަދު ގިނަވަމުން ދަނީ އިންޑިއާގެ އިމާރާތްތަކާއި "ދިދަބުޑުތައް" ކަމަށެވެ. އަދި ރާއްޖޭގެ ދިދައަށް ވުރެ، އިންޑިއާގެ ދިދަ ގިނަވާން ފަށާފައިވާ ކަމަށާއި އެ ގޮތް ދިވެހި ރައްޔިތުން ރުހި، ގަބޫލުތޯ ލަތީފް ވަނީ ސުވާލު އުފައްދަވައިފައެވެ.

"އިންޑިއާއާ ދެކޮޅަށް ނުކުންނަން ޖެހޭ، ކީއްވެތޯ؟ އަޅުގަނޑުމެންގެ މިނިވަންކަން ގެއްލޭތީ. އަޅުގަނޑުމެންގެ މައްޗަށް ގަދަވެގަންނަނީ. ހުރިހާ ދިމާލަކުން. ދިވެހި ދިދަ އަށް ވުރެ އިންޑިއާ ދިދަ ގިނަވާން ފަށައިފި. އަޅުގަނޑުމެން އެގޮތެއް ގަބޫލެއް ނޫން،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވި ގޮތުގައި، "ދިވެހިން ދިވެހިންގެ" ގޮތުގައި ތިބުމަށް އިންޑިއާއާ ދެކޮޅަށް ތެދުވާން ޖެހެއެވެ. އަދި އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ދިވެހި އެއްވެސް ރައްޔިތަކު ގެންދިޔަ ނުދެއްވާނެ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

"އިންޑިއާ އެމްބަސީ ދޮށުގައި މުޒާހަރާ ކުރާނަން. ކެރިގެން މި ދެންނެވީ، ކުރާނަން. އަޅުގަނޑު އެކަނި ވެސް ކުރާނަން،" ލަތީފް ވިދާޅުވިއެވެ.

ލަތީފް، އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމަށް އައި ފަހުން، ރާއްޖެ އަށް އެންމެ ބޮޑެތި އެހީތަކެއް ވަމުން އަންނަ ގައުމަކީ އިންޑިއާއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ނަޖްވާ

    ކޮން ވާހަކަ އެއް ދައްކާކަށް ލަތީފޫ! 2050 ވަނަ އަހަރު އަންނަ އިރު ދުނިޔޭގެ ބޮޑު ބާރަކަށް އިންޑިޔާ އަދި ޗައިނާ ވާނެ! އެމީހުންނާ އެއްކޮށް އަހަރުމެން ކަހަލަ ކުދި ޤައުމުތައް އުޅުނީމަ ފައިދާ ވާނީ އެނގިއްޖެ!

    4
    41
    • Anonymous

      ކަލެއަށް ހާދަ އިނގިގެންތިއުޅެނީ!ކަލެއަށް ޢައިބުގަވާކަންކަންވެސް އިނގޭނެދޯ!ދެން އެންމެ ބާރުއޮތް ގައުމަކަށްވާނެއޭ ކިޔާފަ އެމީހުންނަށް އަޅުވެތިާންވީތަ؟ކަލޭ ވިސްނަނީ ފައިންތަ؟

      10
      2
    • އަލީ ރަސީދު އިބުނު ހަސަން

      ކަލޭގެ ތެރޭގަވެސް ގެރިއެއްބައިންދާ

      9
      1
  2. އަލީ ރާޖާ

    ލަތީފޫ މާ ބާރަށް ހަޅޭނުލަވާ. އަހަރުމެންނަށް މިކަން މިހެންވާނެކަން އެނގިތިބެ ކަލޭމެންނަށް ރޮއެ އާދޭސްކުރީމަވެސް ކަލޭމެން އަޑު ނާހާ އެއްމެން އެއްބައިވެގެން މިވެރިކަން ގެނައީ. މިއަދު ވަގުތު ފާއިތުވެއްޖެ

    29
    3
  3. ?ޖާބިރު.

    ކަލޭތިހިރީ ތެދުވެފަ ނުންތަ؟ ކާކުތަ އިތުރައް ތެދުކުރަން ތިއުޅެނީ.

    10
    23
  4. ސީސީއެމް

    އިންޑިޔާގެ ކަނޑު ނެތްނަމަ ރާއްޖެވެސް ނޯންނާނެ، އިންޑިޔާއިން ފިޔާ ނުފޮނުވައިފިޔާ ދިވެހިން ބަނޑަށް މަރުވޭ. މޮޅެތި ވާހަކަ ދެއްކުމުގެ ކުރިން 10 ފަހަރު ވިސްނާލާ، ސިކުނޑީގަ ތެތްކަމެއް ނެތް މީހުން ޕޯޑިއަމްތަކަށް އަރާ ތިބެނީ، އިންޑިޔާއަށް އަޅުވެތި ނުވިއްޔާ ވަކި ދެރަތަ ޗައިނާއަށް މުޅި ޤައުމު ވިއްކާލައިގެން ތިބި ވަގުން

    13
    51
    • Anonymous

      ރިޒުގުދެއްވަނީ ކަލެއަށް އިންޑިއާއިންދޯ

      45
      5
      • ސީސީއެމް

        މިހާރު އިންޑިޔާއެކޭ ރާއްޖެއެކޭ ވަކި ތަފާތެއް އެބައޮތްތަ ރޭޕު ކުރުމުގަ 1 ވަނަ، ކޮރަޕްޝަނުގަ 1 ވަނަ، އިންޑިޔާ ވަނީ މަލިކުވެސް އަތުލާފަ، އިންޑިޔާގެ ބޮޑެތި ފަރުބަދަތައް ކުރިމަތީގަ ރާއްޖޭގެ ތިރި ތިރި ޖަޒީރާ އެއީ ކޯއްޗެއް އެންމެ ބޮމަކުން މުޅި ޤައުމު އަނދާ ހުލިވާނީ! ރިޒްގު ދެއްވަނީ ﷲ ތެދެއް އެކަމަކު ރާއްޖެ ކަނޑު ކިޔާ ތަނެއް އިންސާނުންނެއް ނެތް ކަނޑަ އަޅާފަ މާކުރިން ވަނީ ރާއްޖެ އަޅުވެތިވެފަ އިންޑިޔާއަށް މިހާރު ހިންދީ ބަސް ނޭނގޭ ދިވެއްސަކު މަދުވާނެ ކާން ބޭނުންވަނީ ތަންދޫރީ ކުކުޅު ލާން ބޭނުންވަނީ އިންޑިޔާ ހެދުން އަޑުއަހަން ބޭނުންވަނީ ހިންދީ ލަވަ! ތިއޮތީ ރާކަނިމަސް ކެވިފަ. އެހެންވީމާ ކޮންމެހެން މާ ގައްޑާވާނެ ކަމެއް ނެތް އިންޑިޔާއާ ނުލާ އަހަރެމެންނަށް ދިރިއެއް ނޫޅެވޭނެ ބޮންދުންނާ ނުލާ ނޫޅެވޭ ފަދައިން، ހުރިހާ ކަމެއްވެސް ދިވެހިންގެ ކަންނެތް ކަމުން، މިތާގަ ކޮމެންޓު ޖެހީމަ މާ ގަދަ މީހަކަށް ވެވުނީތަ

        7
        10
        • Anonymous

          އިންޑިޔާއާނުލާ ނުއުޅެވޭނީ ކަލެއަށާ ކަލޭކަހަލަ ރީނދޫހުންޖެހިފަތިބޭ ގަމާރުން!ދިވެހީންގެ ގިނަމީހުން އިނގިރޭސިބަހުންވެސް ވާހަކަދައްކާ!އިނގިރޭސިން ކަައިއުޅޭބައެއްކާއެއްޗެހިވެސް ކައިއުޅޭ!ދެން އެވީ އަޅުވެތިވާންތަ!ނުވަތަ އެމީހުން އެތިބީ އަޅުވެތިވެފަތަ!ގައިމު އިނގިރޭސި ފިލްމާއި ސީރީސްތައވެސް ބަލާ! ބޮންއެޅީމަ އެކަނިތަ ރާއްޖެނެތިގެންދަނީ!މިއޮތްބޮޑުމާސިންގާ ކަނޑުމެދުގައޮތް ރާއްޖެ ނަގާލާބޮޑު ސުނާމީއަކުންވެސް ނެތިގެންހިނގައިދާނެ! އިންޑިއާއަކީ މަލަކަލްމައުތު ދޯ!ކަލޭ ހާދައިންޑިއާއާހިތާވެގެން ތިއުޅެނީ!އަހަރެމެން މީ ދިވެހިލޭހިނގާ ދިވެހި ދަރީން!އިސްލާމުން!ނުޖެހޭ އިންޑިއާއަށް އަޅުވެތިވާކަށް!ފިޔާހައްދަނީ އިންޑިއާއަކުން އެކަނިތަ!އިންޑިއާއަކީ އަހަރެމެން ހެއްދެވިފަރާތްތަ؟ކަލޭ އިންޑިއާއަށް އަޅުވެތިވެގެން އޮވެބަލަ!

          20
          1
        • Anonymous

          ކަލޭ ލަދެއްނުގަނޭތަ ޗައިނާއަށް ރާއްޖެވިއްކާލިއޭ ކިޔާއިރު!ޗައިނާ އަކީ އިންޑިއާ ކަހަލަ އަމިއްލައެދުމުން ފޯވެފަވާބައެއްނޫން!ބުރަޖުއެޅިއޭ ކިޔާފަ ޗައިނާ ސިފައިން އެބައުޅޭތަ ބުރިޖުބަލަހައްޓާށޭކިޔާފަ މިރާއްޖޭގަ ވަކިހިއްޕާލައިގެން! ހެލިކަޕްޓަރެއްއޮތޭކިޔާފަ ދިހައަރަށްވުރެގިނަވެއްޖެ އިންޑިއާ ސިފައިން ިރާއްޖގަ ތިބޭތާ!އަޅާއެނިމެނީ މިލިޓަރީ ބޭސް!ދެން ކަލޭކޮން ޗައިނާ އުނދުޅިއެކޭތިކިޔަނީ!ރާއްޖެކުޑައޭ އިންޑިއާކަނޑޭ ކިޔާނެކަމެއްނެތް!އިންޑިއާއްކަށް އަޅުވެތިއާކަށްނުޖެހޭ!އިންޑިއާ ހެދުމެއް އަހަރެމެން ނުލަން!ތިބުނާ ޑުރަމެްނުބަލާމީހުންވެސް މަދެއްނޫން!ތަންދޫރީ ކުކުޅު ކެއީމަ އިންޑިއާއަށް އަޅުވެތިވާނަމގަރުދިޔަކާކޮންމެމީހަކު އެހުރީ ރާއްޖެއަށް އަޅުވެތިވެފަ!ކަލޭ ދެފައިދަނޑިން ވިސްނާތީދެއްކޭވާހަކަތީ!

          11
          1
    • އަލިބެއްޔާ

      ބުރާންޗެއްތަ އަޅެ ފަހެ މީ... އިންޑިއާ ކަނޑު އެއީ އިންޑިއާގެ އުފެއްދުމެއްތަ؟ އިންޑިއާގެ މިލްކެއްތަ؟ މި ދިޔަ އަހަރު އެކަނި 8 ބިލިއަން ރުފިޔާގެ ލޯނު.. ކަލޭ ވިސްނަނީ ދެފައި ދަޑިންތަ؟

      27
      3
  5. ފުތާ

    ކަލޭއައް އިންޑިއާއިން ޖެހި ޗިޕް އެކްސްޕަޔަރޑް ތަ؟

    10
    2
  6. ފުތާ

    ކަލޭއައް އިންޑިއާއިން ޖެހި ޗިޕް އެކްސްޕަޔަރޑް ތަ؟ އޮޑިއެއް ހޯދައިގެން ދެން ދެސްޓޭޓް ދޭތެރޭ (ތިލަދުއްމައްޗާ ކޮޗިން) ދަތުރު އެޅޭތޯ ބަލާ ލުނބޯ މިރުސް ހިފައިގެން.

    10
    2
  7. ލޮލް

    ބޮލުގައި އިން ބާގަނޑު ބައްދާބަލަ

    7
    2
  8. ޔާމިން

    އަދިވެސް އިންޑިޔާ އާއި ދެކޮޅަށްތަ ތެދުވަންވީ ރައްޔިތުންގެ ލޭބޯ މިސަ ރުކާ ރާއި ދެކޮޅަށް ތެދުވެބަލަ. ލާދީނީ ނަޝީދު އާއި ވެ ރިކަމުގަ ހު ރި ކިބުލާ ދެކޮޅަށް ތެދުވެބަލަ.

    23
    2
  9. ހަސަދު

    ޕޯޑިއަމް ތަކުގައި ފާޅުގައި ބޮޑެތި ގައުމު ތަކާ ދެކޮޅަށް ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމަކީ ދިވެހިންނަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބިދާނެ ކަމެއް. ތައުލީމެއް ނެތް، ދުރުނުވިސްނޭ މީހުން ސިޔާސީ ޕޯޑިއަމް ތަކަށް ނޭރުވިއްޔާ ރަނގަޅުވާނީ.

    13
    17
    • އަލިބެއްޔާ

      ސިޔާސީ ދާއިރާގައި ތަޢުލީމު ހުރި ހަމަ އެންމެ މީހަކު ދައްކާލަބަލަ؟ ކަލޯމެނަށް މީދާ ކެއި އުނބެއް ވިޔަސް ކަންކަން މަތީ ބިއް ޖެހިފަ ތިބޭ ހަކުރުބޯ މީހެއް ވިޔަސް ޕާޓީ އިން ކުރިމަތި ލައިފިއްޔާ "ޕާޓީ ރޫޙު" ގައި ހޮވާނެ.. ދެން ޕޯޑިއަމަށް އަރާ އެ މީހުން ގޮވާނީ ދޮން ފަޅޮލޭތަ؟ ތަޢުލީމާއި ޙިލްމު ހުރި މީހުން މިހާރު މި ރާއްޖެއަށް ބޭނުމެއް ނުވޭ..

      22
      1
  10. Anonymous

    ގަމާރު ދިވެހީން ނޫޅޭނެ ފޫކޮޅުގަ ރޯވީމާ ނޫނީ!ޗައިނާ ބުރިޖުއެޅިއޭކިޔާފަ ޗައިނާ ސިފައިންވެސް މިރާއްޖޭްަ ފައިވިއްދާލައިގެން ނުތިބޭ!އިންޑިއާ އަށް އަޅުވެތިވެ ނިމެނީ އެކަމަކު ގިނަ ދިވެހީން ނިދާފަ

    26
    1
  11. Anonymous

    މިދުނި ޔެ އޮތީމަ އިންޑިއާ އޮތީ ރާއްޖެ އިންޑިއާ ކަނޑުގައޮތޭ ކިޔާފަ ނުޖެހޭ އަޅުވެތިވާކަށް

    23
    1
  12. ނަޖީ

    އިންޑިއާޔަކީ އައްޓެރިދުށްމަނެއް އަހަރުމެން ބޭނުމެނުވޭ އިންޑިއާގެ އެއްވެސް މަދަދެ މުސްލިމް ދިވެހި ރާއްޖެ ނުވިނަމަކަ ޔަހޫދީ އިންދިއާ ނުވިކަން ޔަގީން ބައެއް ޔަހޫދީން ކޮމެންޓުކުރާއިރު މިބުނެވެނީކީކޭކަމެއްވެސް ނޭގޭހާލަތުގަ ތިބޭކްން ފާހަގަކުރެވޭ

    18
    1
  13. ބްރޯ

    ރައްޔިތުން ނިކުމެ އިންޑިޔަ ސިފައިން މިތަނުން ބަލާނަން ދުވަސް ދަނި ކައިރިވަމުން.

    11
    1
  14. ބްރޯ

    އިންޑިޔާ ސިފައިން މިތަނުންބޭލުމަށްފަހު ދަވްލަތުންއެއްވެސް ފައިސާއެއް ހޭދަކުރަންޖެހިއްޖެ ނަމަ ނަސީދާ އިބޫސާލިހް މައްޗަށް ދައުވަކުރެވޭނެ . އަދި އައްޑޫ މޭޔަރު ސޯބެ އަށް ވެސް ދައުވާކުރެވޭނެ.

  15. Anonymous

    ައހަންނަށް އިންޑިޔާއާދޭތެރޭ ކިއުނު އެއްޗިއްސަށް މަޢާފަށް އެދެން.

  16. ނަސީދު

    އިންޑިޔާ އާއި ގުޅުން ބާވަންވީ އަޑި ނޭނގޭ ޑިލްނަހަދާ އޭރުން އޯކެވާނެ